Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުރޭޕްކުރުން

''ރޭޕްކުރުން'' ޖިނާއީ ބޮޑުކުށެއް، އަދަބުވެސް ބޮޑުވާންޖެހޭ

24 އެޕްރީލު 2021 | ހޮނިހިރު 04:40

މިފަދަ މައްސަލަތަކުގައި ޗެއިން އޮފް ކަސްޓަޑީ ގުޅިފައި އޮންނަންވާނެ

މުހައްްމަދު ނިޝާން އިބްރާހިމް
މުހައްްމަދު ނިޝާން އިބްރާހިމް | 24 އެޕްރީލު 2021 | ހޮނިހިރު 04:40
ރޭޕް

ރޭޕް

2008 ވަނަ އަހަރު ފާސްކުރެވުނު ގާނޫނު އަސާސީގެ 45 ވަނަ މާއްދާއިން ބާރު ލިބިގެން 2016 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 18 ވީ ހޯމަ ދުވަހު އޮތް ރައްޔިތުންގެ މަޖުލީހުގެ ފުރަތަމަ ދައުރުގެ 26 ވަނަ ޖަލްސާއިން ފާސްކުރެވި 'ޖިނާއީ އިޖުރާއަތުގެ ބިލު' 2016 މެއި 2 ވަނަ ދުވަހު ގާނޫނު އަސާސީގެ 92 ވަނަ މާއްދާގައިވާގޮތަށް ރައީސް ތަސްދީގުކުރެއްވިއިރު، އެގާނޫނުގައި ރޭޕްކުރުމަކީ ޖިނާއީ ބޮޑު ކުށެއްކަމުގައި ހިމަނާފައި ނުވެއެވެ.

އެހެންނަމަވެސް ދިވެހިރާއްޖޭގައި މިކުށުގެ އަމަލުތައް ގިނަވެ މުޖުތަމައުގެ އަމާންކަން ގެއްލޭ ހިސާބަށް ދިޔުމުން، 2020 ވަނަ އަހަރުގެ ރައްޔިތުން މަޖުލީހުގެ 2 ވަނަ ދައުރުގެ 33 ވަނަ ޖަލްސާއިން މި ގާނޫނަށް އިސްލާހެއް ގެނެވި ޖިނާއީ ބޮޑު ކުށުގެ ތެރެއަށް މިކުށް އިތުރުކުރެވިގެން ގޮސްފައިވެއެވެ. މިހާރު ރޭޕްކުރުމަކީ އަދަބު ބޮޑުވެގެންވާ ކުށެކެވެ. މިކުށް ބޮޑު ކުށެއްކަމުގައި ވުމުން، މަތީ މަރުހަލާގެ ކޯޓުތަކުން ނިންމާފައިވާ ނިންމުންތަކަށް ބަލާއިރު، މިއީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރަސް އެޅޭ ކުށަކަށް ވެގެން ގޮސްފައިވެއެވެ.

މިބާވަވަތުގެ ކުށްތައް ކުރާ މީހުން ތަހުގީގު މަރުހަލާގައި އަދި ޝަރީއަތުގެ މަރުހަލާގައިވެސް ލިބިފައިވާ ހެއްކާއި ގަރީނާއަށް ރިއާޔަތްކޮށް ބަންދުގައި ބަހައްޓަންޖެހޭ ބައެއްކަމަށް މަތީ މަރުހަލާގެ ކޯޓުތަކުގެ ނިންމުންތައް ދެކެއެވެ. އަދި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 59 ވަނަ މާއްދާއާއި 60 ވަނަ މާއްދާވެސް މިކަމަށް ހަވާލާދެއެވެ. މިކަން މިހެން އޮތަސް މީހަކު ހައްޔަރުކުރަންވާނީ ނުކޮށް ނުވީމާކަމާއި، ސަބަބުތައް ހާމަވާންޖެހޭނެ ކަމަށް ދެކެމެވެ. އަދި ބަންދުގައި ބަހައްޓަންޖެހޭ އެކަށީގެންވާ ހެއްކާއި ގަރީނާވެސް އޮންނަންވާނެއެވެ.

ރޭޕްކުރުމާއި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލަތަކުގައި ހައްޔަރުކުރާ މީހުން ބަންދުގައި ބެހެއްޓުމަށް އެކަށީގެންވާ މިންވަރުގެ ހެކި ފަނޑިޔާރަށް ހުށަހަޅާފައިވާނަމަ އެމީހަކު ބަންދުން ދޫނުކޮށް ދެމެހެއްޓުމަކީ ގާނޫނީ ރޫހެވެ. އަދި އެކަން ދާންވާނީވެސް އެގޮތަށް ކަމަށް ދެކެމެވެ. ދާދިފަހުން އަޅުގަނޑުމެންނަށް ޚަބަރުތައް ލިބުނީ އީދު މިސްކިތް ހުންނަ ސަހަރައްދުގައި ގަދަކަމުން ގޯޅިގަނޑެއްގެ ތެރެއަށް އަންހެނަކު ވެއްދުމަށްފަހު ރޭޕްކުރަން ބަޔަކު މަސައްކަތްކުރި ވާހަކައެވެ. އަދި އެކަމަށް ރިއާޔަތްކުރާ ވީޑިއޯ އެއްވެސް ސޯޝަލް މީޑިއާއިން ފެނިގެން ގޮސްފައިވެއެވެ.

މިމައްސަލައިގެ ތަހުގީގުގައި އެކަން ކުރި ބަޔަކު ކުށަށް އަމިއްލައަށް އިއުތިރާފު ނުވިކަމުގައި ވިޔަސް އެކަން ހިނގާފައިވާކަމަށް ފުލުހުންނަށް އެކަށީގެންވާ ހެކި ހޯދެންވާނެއެވެ. އެހެކީގެ ތެރޭގައި މިސްކިތުގައި ނަމާދަށް ތިބި މީހުންނަށް އިވިފައިވާ ހަޅޭކުގެ އަޑަކީ އެކަމަށް ހަވާލާދޭ ގަރީނާއެކެވެ. އަދި ސޯޝަލް މީޑިއާއިން ފެންނަ ވީޑިއޯ ފުޓޭޖަކީ ބާރުދޭ ގަރީނާއެކެވެ. މި ވީޑިއޯ ފުލުހުންގެ ފޮރެންސިކުން އެނަލައިޒް ކުރުމަށްފަހު ވީޑިއޯއިން ފެންނަ މީހުންނާއި ތުހުމަތު ކުރެވޭ މީހުންނާއި އަޅާބެލެންވާނެއެވެ.

މިކަން ފުލުހުންގެ ފޮރެންސިކަށް ތަހައްސުސްވެފައިވާ (ސްޕެޝަލައިޒްޑް) ވެފައިވާ މީހެއްގެ ބަސް (ޚަބީރުގެ ބަސް) ހޯދުމަށްފަހު، ވީޑިއޯ އިން ފެންނަ މީހުންނާ ތުހުމަތު ކުރެވޭ މީހުންގެ އެއްގޮތް ސިފަތައް ޝަރީއަތުގައި ކިޔާދޭންޖެހޭނެއެވެ. އެއީ އެއްބައެއްކަން ޚަބީރުގެ ބަހުން ސާފުވެއްޖެނަމަ ވީޑިއޯ ފުޓޭޖަކީ ހެއްކެއްގެ ދަރަޖައަށް އުފުލިގެން ދާނެއެއްޗެކެވެ. ދެން އޮތީ މަންޒަރު ދުށް މީހުންގެ ބަސްތަކެވެ. މިއީ އިސްލާމީ ޝަރީއާގައި އަދި ގާނޫނުގައިވެސް އެންމެ ބާރުގަދަ ހެއްކެވެ. އިންސާނެއްގެ ލޮލުން ފެނިގެން ސާފުކަންމަތީގައި އެމީހަކު ބުނާ ބުނުމަށްވުރެ ވަރުގަދަ ހެއްކެއް ނުވެއެވެ.

އިތުރަށް މިމައްސަލައިގައި އޮންނާނީ ފޮރެންސިކް އިތުރު ތަހުލީލުތަކާއި ބާރުދޭ ކަސްޑަޓީ ޗެއިންގެ ހެއްކާއި ގަރީނާ އެއްކުރުމެވެ. މިގޮތަށް ކަސްޓަޑީ ޗެއިން މެދުކެޑުމެއްނެތި ގުޅުވާލެވޭކަމަށްވާނަމަ މިކަން ކުރި ބައެއްގެ މައްޗަށް ގާނޫނުއަސާސީގެ 51 ވަނަ މާއްދާގެ ދަށުން އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ކުށް ސާބިތުވާނެއެވެ. މިކުށުގެ އަދަބަކީ ޖިނާއީ ކަންކަމުގައި ނަނގާންޖެހޭ ދިފާއުތަކާއި މައާފު ލިބިގެންވާ ދިފާއުތަކާއި، އަދި ވެސް އެހެން ސަބަބުތައް ހާޒިރުވެ އޮތްކަމަށް ތުހުމަތުގައިވާ މީހާއަށް ސާބިތުކޮށް ނުދެވިއްޖެނަމަ 25 އަހަރަށް ޖަލަށްލުމެވެ. ނުވަތަ ބޮޑު އަދަބެކެވެ.

މިއަދު ރާއްޖޭގައި އެއްވެސް ބަލާލުމެއް ނެތި ހާމަތަންތަނުގައި މިފަދަ އަނިޔާވެރި އަމަލުތައް ހިންގަމުން ދަނީ މިކަމުގައި ގާނޫނު ނެތިގެން ނޫނެވެ. ގާނޫނުތަކާއި އިޖުރާއަތުތަކާއި، އާންމު އުސޫލުތަށް އެއްވެސް ޝައްކެތްނެތް މިންވަރަށް ސާފުކޮށް ލިޔެވިފައިވެއެވެ. އިންސާފު ލިބުން ލަސްވުމާއި، އިންސާފު ނުލިބުމާއި، އެކަމުގެ އުންމީދު ނެތުމަކީ އަބަދުވެސް އާންމުންގެ ޝަކުވާއެވެ. މިއުޅެނީ ގާނޫނުތަކުގެ މައްސަލައެއް ނޫނެވެ. މީހުންގެ މައްސަލައެވެ. ގާނޫނަށް ބަދަލު ގެނައުމަކުން ހައްލުވާނެ ކަންކަމެއް ނޫނެވެ. އަހަރެމެން އިންސާނުން އިސްލާހުވުމުން ނޫނީ މިކަން ހައްލެއް ނުވާނެއެވެ.

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

3

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

4

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

5

މެންބަރު ޖަނާބު ހުންނެވީ ބޭގަރާރުވެފައި!

އިތުރަށް ކިޔާލަން

09 އެޕްރީލު 2024

ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ އުމުރު ދަށްކުރުމުން، މިހާރަށްވުރެވެސް އުމުރުން ހަގުކުދިން ގޭންގުތަކަށް ރެކްރޫޓުކުރުމުގެ ބިރު އެބައޮތް

09 އެޕްރީލު 2024
ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ އުމުރު ދަށްކުރުމުން، މިހާރަށްވުރެވެސް އުމުރުން ހަގުކުދިން ގޭންގުތަކަށް ރެކްރޫޓުކުރުމުގެ ބިރު އެބައޮތް
11 ޖެނުއަރީ 2024

އާޒިމާއަށް ކުރި ޖިނާއީ ދައުވާތަކަށް 5 އަހަރު، 25 އަޑުއެހުން ބޭއްވުނު، މައްސަލައިގެ ޝަރީއަތް އަދިވެސް ނުފެށޭ

11 ޖެނުއަރީ 2024
އާޒިމާއަށް ކުރި ޖިނާއީ ދައުވާތަކަށް 5 އަހަރު، 25 އަޑުއެހުން ބޭއްވުނު، މައްސަލައިގެ ޝަރީއަތް އަދިވެސް ނުފެށޭ
03 ޖެނުއަރީ 2023

މިލިއަން ޑޮލަރާމެދު ޖިނާއީ ތުހުމަތެއް ނެތްއިރުވެސް، ޔާމީނާއި ޔޫސުފް ނައީމްގެ ވާހަކަ ދިމަލެއްނުވޭ

03 ޖެނުއަރީ 2023
މިލިއަން ޑޮލަރާމެދު ޖިނާއީ ތުހުމަތެއް ނެތްއިރުވެސް، ޔާމީނާއި ޔޫސުފް ނައީމްގެ ވާހަކަ ދިމަލެއްނުވޭ
19 މާރިޗު 2022

މައިންބަފައިން ދަރިންނަށް އަދަބުވެސްދެއެވެ.

19 މާރިޗު 2022
މައިންބަފައިން ދަރިންނަށް އަދަބުވެސްދެއެވެ.
20 މާރިޗު 2021

ޔޫޓީއެފް މައްސަލައިގައި އާންމުކޮށްފައިވާ އެއްބަސްވުމަކީ ދޮގުކަމަށްވާނަމަ، ޖިނާއީ ދަޢުވާކުރުމަށް ޤާނޫނު ހުއްދަކުރޭ!

20 މާރިޗު 2021
ޔޫޓީއެފް މައްސަލައިގައި އާންމުކޮށްފައިވާ އެއްބަސްވުމަކީ ދޮގުކަމަށްވާނަމަ، ޖިނާއީ ދަޢުވާކުރުމަށް ޤާނޫނު ހުއްދަކުރޭ!
23 ސެޕްޓެމްބަރު 2020

ގާޒީ އިސްމާއީލް: އިންސާފު ހޯދަން ދާންވީ ޖިނާއީ އިޖުރާއަތު ނުދަންނަ ފަނޑިޔާރެއްގެ އަރިހަށް؟!

23 ސެޕްޓެމްބަރު 2020
ގާޒީ އިސްމާއީލް: އިންސާފު ހޯދަން ދާންވީ ޖިނާއީ އިޖުރާއަތު ނުދަންނަ ފަނޑިޔާރެއްގެ އަރިހަށް؟!
06 ޖުލައި 2019

އަނިޔާކުރާ ފުލުހުންނަށްވެސް ޖިނާއީ މިންގަނޑުން ދައުވާ ކުރަން ޖެހޭ!!

06 ޖުލައި 2019
އަނިޔާކުރާ ފުލުހުންނަށްވެސް ޖިނާއީ މިންގަނޑުން ދައުވާ ކުރަން ޖެހޭ!!
15 އެޕްރީލު 2019

މަސްތުވުމަކީ ޖިނާއީ ކުށެއްގެ ދިފާއެއް ކަމަށް ބެލިދާނެތަ ؟

15 އެޕްރީލު 2019
މަސްތުވުމަކީ ޖިނާއީ ކުށެއްގެ ދިފާއެއް ކަމަށް ބެލިދާނެތަ ؟
11 ޖުލައި 2018

އިބޫ އަށް ހަމަލާދޭން އުޅުން: އަދިވެސް މީހަކު ހައްޔަރެއް ނުކުރޭ، ކަންބޮޑުވާންޖެހޭ!

11 ޖުލައި 2018
އިބޫ އަށް ހަމަލާދޭން އުޅުން: އަދިވެސް މީހަކު ހައްޔަރެއް ނުކުރޭ، ކަންބޮޑުވާންޖެހޭ!
02 ޖުލައި 2017

ޖިނާއީ އިޖުރާއަތުގެ ގާނޫނު ތަންފީޒްކުރުމަށް ފުލުހުންނާއި ޕީޖީ އަދި ކޯޓް ތައްޔާރަށް!

02 ޖުލައި 2017
ޖިނާއީ އިޖުރާއަތުގެ ގާނޫނު ތަންފީޒްކުރުމަށް ފުލުހުންނާއި ޕީޖީ އަދި ކޯޓް ތައްޔާރަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް