Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ވ. އާރަށު ހިޔާނާތް

މިލިއަން ޑޮލަރާމެދު ޖިނާއީ ތުހުމަތެއް ނެތްއިރުވެސް، ޔާމީނާއި ޔޫސުފް ނައީމްގެ ވާހަކަ ދިމަލެއްނުވޭ

މި މުއާމަލާތުގެ ނުނިޔަތް އެކުލެވޭ މިންވަރު ހާމަވާކަމަށް ހުކުމުގައި ބުނޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 3 ޖެނުއަރީ 2023 | އަންގާރަ 10:10
ކުރީގެ ރައީސް އަބްދުﷲ ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން

އާރަށު ހިޔާނާތުގެ މައްސަލައިގައި އުފުލާފައިވާ ދައުވާތައް ސާބިތުވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީނު ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. ޔާމީނަށް ރިޝްވަތު ދެއްވި މައްސަލަ ސާބިތުވެ ޔޫސުފް ނައީމަށް ވަނީ 3 އަހަރާއި 2 މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ.

ކްރިމިނަލް ކޯޓުގެ ހުކުމުގައި ބުނެފައިވާގޮތުގައި، ޔާމީނުގެ އެކައުންޓަށް ޔޫސުފް ނައީމް ޖަމާކުރި މިލިއަން ޑޮލަރާމެދު ޔާމީނާއި ޔޫސުފް ނައީމްވެސް ފުރަތަމަ ވާހަކަދެއްކެވީ ދެ ގޮތަކަށެވެ. ނަމަވެސް އޭރު އެއީ މައްސަލައަކާ ގުޅޭ ޖިނާއީ ތުހުމަތެއްވެސް ނެތް މަރުހަލާގައެވެ.

އެގޮތުން ބަލާއިރު، ޔޫސުފް ނައީމްގެ އެކައުންޓުން ދޫކުރި 1 މިލިއަން ޑޮލަރުގެ ޗެކާމެދު ޖިނާއީ އެއްވެސް ތުހުމަތެއް ނެތް މަރުހަލާގައި، ބޭންކުން ވަނީ ޔޫސުފް ނައީމާއި ޔާމީނާވެސް ސުވާލުކޮށްފައެވެ.

އޭރު ޔޫސުފް ނައީމް ވިދާޅުވެފައިވަނީ އެއީ ވިޔަފާރީގެ މުއާމަލާތެއް ކަމަށެވެ. އެހެންނަމަވެސް އެ މައުލޫމާތުތައް ލިއުމުން ހިއްސާކުރެއްވުމަށް ބޭންކުން އެދުމުން، އޭނާ އެ މައުލޫމާތު ފޯރުކޮށްދެއްވާފައެއް ނުވެއެވެ. އެހާހިސާބުންވެސް ސުވާލު އުފެދޭ ކަންކަން ފެންމަތިވެގެން ދިޔައެވެ.

ދެން އޮތީ ބޭންކުން ރައީސް ޔާމީނާ ސުވާލުކުރުމުން، ރައީސް ޔާމީނު ދެއްވި ޖަވާބެވެ. ޖިނާއީ އެއްވެސް ތުހުމަތެއް ނެތި ބޭންކުން ސުވާލު ކުރުމުން ޔާމީނު ވިދާޅުވީ، އެއީ ސިޔާސީ ކެމްޕޭނަށް އެހީވުމުގެ ފައިސާ ކަމަށެވެ. ޖިނާއީ އެއްވެސް ތުހުމަތެއް ނެތް މަރުހަލާގައި އެއް ފަރާތުން މިއީ ވިޔަފާރީގެ މުއާމަލާތެއްކަމަށް ވިދާޅުވިއިރު، ދެން ހުންނެވި ފަރާތުން ވިދާޅުވީ މިއީ ސިޔާސީ ކެމްޕޭނުގެ ފައިސާ ކަމަށެވެ.

އެކަމުންވެސް މި މުއާމަލާތުގެ ނުނިޔަތް އެކުލެވޭ މިންވަރު ހާމަވާކަމަށް ހުކުމުގައި ބުނެއެވެ.

ޖިނާއީ އެއްވެސް ތުހުމަތެއް ނެތް މަރުހަލާއެއްގައި، މުއާމަލާތުގެ ދެ ބައިވެރިން ބޭންކަށް ދިން މައުލޫމާތުގައި އެއްވެސް ގުޅުމެއް ނެތުމުންނާއި، ޔޫސުފް ނައީމްގެ ފަރާތްޕުޅުން ބޭންކަށް މުއާމަލާތާގުޅޭ އެއްވެސް ލިއުމެއް ހާމަކުރައްވާފައި ނެތުމުން، މި މުއާމަލާތުގެ ނުނިޔަތް ހާމަވެގެންދެއެވެ.

ބޭންކަށް ދެ ގޮތަކަށް މައުލޫމާތު ދެއްވުމަށްފަހު، ޖިނާއީ ތުހުމަތު އުފަންވުމުން، ދެބޭފުޅުންވެސް ދެން ތިއްބެވީ ހަނެވެ. ތަހުގީގު މަރުހަލާގައިވެސް ދެބޭފުޅުން ނިންމެވީ ހަނު ތިއްބެވުމަށެވެ. ދިފާއީ ހެތްކެއް ހުރިކަމަށް ތަހުގީގުގައި ހާމަކުރައްވާފައެއްވެސް ނުވެއެވެ.

އެހެންނަމަވެސް ޝަރީއަތް ފެށުމުން ހެކިތަކެއް ހުށައަޅާފައިވާއިރު، ރައީސް ޔާމީނުވެސް ދެން މަސައްކަތްކުރެއްވީ އެއީ ޑޮލަރު މާރުކުރުމުގެ ސައްހަ މުއާމަލާތެއްކަމަށް ދެއްކެވުމަށެވެ. އެކަން ހުކުމުގައިވެސް ސާފުކޮށް ބަޔާންކޮށްފައިވެއެވެ. ނަމަވެސް އެއީ ތަހުގީގުގެ ކުރިން ހުދު ރައީސް ޔާމީނު ދެއްކެވި ވާހަކަތަކާވެސް ފުށުއަރާ ވާހަކައެއްކަން ހުކުމުގައި ފާހަގަކޮށްފައިވެއެވެ. ސަބަބަކީ އޭރު ޔާމީނު ވިދާޅުވަމުން ގެންދެވީ އެއީ ސިޔާސީ ކެމްޕޭނުގެ ފައިސާކަމަށެވެ.

ހަގީގަތަކީ ވ. އާރަށުގެ މުއާމަލާތާ ގުޅިގެން ޔާމީނު އެ ވިދާޅުވާފަދަ ޑޮލަރު މާރު ކުރުމުގެ ސައްހަ މުއާމަލާތެއް ހިނގާފައިވާނަމަ، ތަހުގީގު މަރުހަލާގައި އެކަމާގުޅޭ ދިފާއީ ހެކިތައް ހާމަކުރައްވަންވެސް އަަވަސްވެގަންނާނެ ކަމެވެ. ދައުލަތުންވެސް ވަނީ އެއީ އެފަދަ މައުސޫމު މުއަމަލާތެއް ކަމުގައިވާނަމަ، އެމީހެއްގެ މައުސޫމުކަން ދަލީލު ކޮށްދިނުމަށް އޭރު މަސައްކަތް ނުކުރައްވަންވީ ސަބަބެއް ނެތްކަމަށް ބުނެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މަސްތުވުމަކީ ޖިނާއީ ކުށެއްގެ ދިފާއެއް ކަމަށް ބެލިދާނެތަ ؟

މަސްތުވުމަކީ ޖިނާއީ ކުށެއްގެ ދިފާއެއް ކަމަށް ބެލިދާނެތަ ؟

15 އެޕްރީލު 2019
ކްލަބްތަކަށް ތިން މިލިއަން ރުފިޔާ ދީގެން ނެރެވުނު ނަތީޖާއަކީ ކޮބާ؟

ކްލަބްތަކަށް ތިން މިލިއަން ރުފިޔާ ދީގެން ނެރެވުނު ނަތީޖާއަކީ ކޮބާ؟

25 ޑިސެމްބަރު 2018
ދުނިޔޭގެ އެންމެ އަގު ބޮޑު ވެޑިންގް ޑްރެސްގެ އަގަކީ 12 މިލިއަން ޑޮލަރު

ދުނިޔޭގެ އެންމެ އަގު ބޮޑު ވެޑިންގް ޑްރެސްގެ އަގަކީ 12 މިލިއަން ޑޮލަރު

21 ޖެނުއަރީ 2018
66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

14 ޖެނުއަރީ 2018
ދެން އެނޫން ގޮތެއް ނެތިގެން ހާމަކުރި އެއްމިލިއަން ޑޮލަރު!

ދެން އެނޫން ގޮތެއް ނެތިގެން ހާމަކުރި އެއްމިލިއަން ޑޮލަރު!

04 ނޮވެމްބަރު 2017

އަހަރުތަކުން މިއަދު

26 އެޕްރީލު
ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި
20251 އަހަރު ކުރިން
ރާއްޖެ

ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!
20233 އަހަރު ކުރިން
ރިޕޯޓު

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!
20224 އަހަރު ކުރިން
ކުޅިވަރު

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ
20197 އަހަރު ކުރިން
ރިޕޯޓު

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި
20188 އަހަރު ކުރިން
ރާއްޖެ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު