Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަސްތުވާތަކެތި ބޭނުންކުރުން

މަސްތުވުމަކީ ޖިނާއީ ކުށެއްގެ ދިފާއެއް ކަމަށް ބެލިދާނެތަ ؟

އަމިއްލަ އިހުތިޔާރުގައި މަސްތުވެ ހުރެ ކުށަށް އަރައިގެންފިނަމަ ޒިންމާ އުފުލަންޖެހޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 15 އެޕްރީލު 2019 | ހޯމަ 10:28
ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ބައެއް މަސްތުވާތަކެތި

ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ބައެއް މަސްތުވާތަކެތި

ޖިނާއީ އެކި ކުށްތައް ކުރާ މީހުންނަށް ވެސް ޤާނޫނުން ލިއްބައިދޭ ތަފާތު ދިފާއުތަކެއް ހުރެއެވެ. ނަފްސާނީ މައްސަލައެއް ހުންނަ "މޮޔަ" މީހަކު ކުށެއް ކޮށްފިނަމަ ދިފާއެއް ގޮތުގައި އެކަން ނެގެއެވެ. އިންސާނާގެ ޖަޒުބާތަށް އިންތިހާއަށް އަސަރުކުރާފަދަ ކަމެއް ދިމާވުން ނުވަތަ "ޕްރޮވޮކޭޝަން" އަކީވެސް ބައެއް ހާލަތްތަކުގައި ދިފާއެއްގެ ގޮތުގައި ބެލެވޭ ކަމެކެވެ. ނުވަތަ ތިމާގެ ފުރާނައަށް ނުރައްކާވާ ފަދަ މަޖުބޫރީ ހާލަތެއްގައި ކުށަށް އަރައިގަންނަ މީހާއަށް ވެސް ޤާނޫނީ ގޮތުން ދިފާއެއް ކަމުގައި ބެލެވޭ ހާލަތްތަކެއްވެއެވެ. އަދި ހުއްދަ މަޤްސަދެއް ހާސިލު ކުރުމަށް ކުރާ ނުރަނގަޅު ކަންތައްތައް ވެސް ބައެއް ފަހަރު އެމީހާއަށް ނެގޭ ދިފާއަކަށްވެގެންދެއެވެ. އޭގެ އިތުރުން ވެސް ކުށްކުރާ މީހާއަށް އެކި ދިފާއުތައް ފަހިވެފައިވާއިރު، މަސްތުވެގެން ހުރެ ކުށަށް އަރައިގަތުން ނުވަތަ މަސްތުވުމަކީ ދިފާއެއް ކަމުގައި ބެލެވޭނެތޯއެވެ؟

މަސްތުވުން ނުވަތަ "އިންޓޮކްސިކޭޝަން"އަކީ މަސްތުގެ ހާލަތުގައި ކުށަށް އަރައިގަންނަ މީހާ އެކުށުން ސަލާމަތް ވުމަށް ޖިނާއީ ޤާނޫނުގައި ބޭނުންކުރެވޭ ދިފާއެކެވެ. ނަމަވެސް މި ދިފާއު ލިބިގެންދަނީ ވަކި ޚާއްސަ ޝަރުތުތަކެއް ހަމަވާނަމައެވެ. އެގޮތުން މަސްތުވުން ދެގޮތަކަށް މާނަކުރާއިރު، އެ ދެ ހާލަތުގައި ވެސް ދިފާއު ލިބިދިނުމާއި ނުދިނުން ތަފާތުުވެގެންދެއެވެ. އޭގެ ތެރެއިން އެއް ހާލަތަކީ ތިމާ އަމިއްލަ އިހުތިޔާރުގައި މަސްތުވުން ކަމަށްވާއިރު، ދެވަނަ ހާލަތަކީ އެމީހަކަށް ނޭނގި އެހެން މީހަކު ކުރާ ކަމެއްގެ ސަބަބުން ނުވަތަ އޭނާއަށް ނޭނގި އެހެން މީހަކު ދޭ އެއްޗެއްގެ ސަބަބުން މަސްތުވުމެވެ.

މި ދެ ހާލަތަށް ބަލާއިރު، ތިމާ އަމިއްލަ އިހުތިޔާރުގައި މަސްތުވާއެއްޗެއް ބޭނުން ކުރުމަށް ފަހު ކުށަށް އަރައިގެންފިނަމަ އިންޓޮކްސިކޭޝަންގެ ދިފާއެއް ނުނެގޭނެއެވެ. އެގޮތުން ތިމާއަށް އެނގިހުރެ ހަށިގަނޑަށް ވާސިލުކުރާ އެއްޗެއްގެ ސަބަބުން މަސްތުވުމާއި، ކުށަކަށް އަރައިގަނެވޭ މިންވަރަށް މަސްތުވެދާނެ ކަމަށް އަމިއްލައަށް ޤަބޫލު ނުކުރެވި ހުރެ މަސްތުވުން ވެސް ބެލެވޭނީ ޤަސްތުގައި މަސްތުވުން ކަމަށް ޤާނޫނުލްއުޤޫބާތުގެ 31 ވަނަ މާއްދާގެ (ނ) ގައި ބަޔާން ކޮށްފައިވެއެވެ.

އޭގެ މިސާލީ ގަޟިއްޔާއެއްގެ ގޮތުން "އާރް ވ ހާރޑީ 1985" ފާހަގަ ކޮށްލެވެއެވެ. އެގޮތުން މިކޭސްގައި ހާރޑީގެ ބައިވެރިޔާ ގެއިން ނުކުތުމަށް އެންގުމުން އެކަމާ ކަންބޮޑުވެގެން ހުރެ މުއްދަތު ހަމަވެފައިވާ "ސެޑޭޓިވް ވޭލިއަމް" ގުޅަތަކެއް ކާލިއެވެ. އަދި އެހާލަތުގައި ހުރެ ގޭގައި ރޯކޮށްލާފައިވާއިރު، އެދައުވާ އުުފުލުމުން ހާރޑީ ބުނީ އެކަން ކުރީ ގަސްތުގައި ނޫން ކަމަށާއި، މަސްތުގެ ހާލަތުގައި ހުރުމުން ކަަމަށެވެ. ނަމަވެސް އިސްތިއުނާފީ މަރުހަލާގައި ކޯޓުން ނިންމީ އޭނާ އެ ބޭސްތައް ކެއީ ގަސްތުގައި ކަމަށްވެފައި، ބޭސް ކެއި އިރު އޭގެން ކޮށްފާނެ އަސަރަކަށް ވިސްނާނުލައި ކެެއުމުން އެ ހާލަތުގައި އޭނާ ކުށުގެ މަސްއޫލިއްޔަތު އުފުލަން ޖެހޭނެ ކަމަށެވެ.

އަމިއްލަ އިހުތިޔާރުން ބޭރުގައި މަސްތުވުމަކީ އެމީހަކު ކުރި ކުށަށް މާފް ލިބިދޭ ދިފާއެއްގެ ގޮތުގައި ބެލެވޭނެ ކަމަށް ޤާނޫނުލްއުޤޫބާތުގެ 54 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު، އެހާލަތުގައި މާފް ލިބިދިނުމުގައި ވެސް ވަކި ޝަރުތުތަކެއް ފުރިހަމަވާންޖެހެއެވެ. އެގޮތުން ކުރާ ކުށުގެ އަމަލުގެ ބާވަތާއި ނަތީޖާ އެކަށީގެންވާ ގޮތެއްގައި ވިސްނައިގަތުމަށް ނުކުޅެދިގެންވުން ޝަރުތެއްގެ ގޮތުގައި ހިމެނެއެވެ. މާނައަކީ އިހުތިޔާރުން ބޭރުގައި މަސްތުވެގެން ހުންނަ މީހާއަށް ވެސް އެމީހާ ކުރާ ކުށުގެ އަމަލާއި އޭގެ ނަތީޖާ ސާފުކޮށް ދެނެގަނެވޭނަމަ އެއީ ދިފާއެއްގެ ގޮތުގައި ނުބެލެވޭނެއެވެ. އޭގެ އިތުރުން، ކުށުގެ އަމަލުގެ ނުރަނގަޅުކަން ވިސްނައިގަތުމަށް ނުކުޅެދިގެންވުމާއި، އެ އަމަލު ހުއްޓުވުމަށް ބާރެއް ހިންގުމަށްވެސް ނުކުޅެދިގެންވާނަމަ އެއީ ދިފާއެއްގެ ގޮތުގައި ބެލެވެއެވެ.

އެގޮތުން އަމިއްލަ އިހުތިޔާރުގައި ނޫން ގޮތަކަށް މަސްތުވި ކަމަށް ބެލެވޭ 2 ހާލަތެއް ޤާނޫނުލްއުޤޫބާތުގެ 54 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާއިރު، އެކަން ކުރިމަތިވީ އެމީހަކަށް ނޭނގި ހަށިގަނޑު ތެރެއަށް ވާސިލު ކުރި އެއްޗެއްގެ ސަބަބުން ކަމަށްވާނަމަ އެއީ އަމިއްލަ އިހުތިޔާރުން ބޭރުން މަސްތުވުން ކަމަށް ބެލެވޭނެއެވެ. އަދި އެފަދަ ހާލަތްތަކުގައި މަސްތު ކުރުވި އެއްޗެއްގެ ނިސްބަތަށް ބަލާއިރު، އެކަމަކުން އާންމު ގޮތެއްގައި މަސްތުވެދާނެ މިންވަރަށް ވުރެ ބޮޑަށް މަސްތުވެފައިވާނަމަ އަދި އެމީހެއްގެ ހަށިގަނޑުގެ ކަންކަން ހުންނަ ގޮތުން އެކަން އެހެން ވެދާނެކަން ދެނެގަނެވިފައި ނުވާ ނަމަވެސް ބެލެވޭނީ އަމިއްލަ އިހުތިޔާރުން ބޭރުން މަސްތުވުން ކަމަށެވެ.

ރާއްޖޭގައިވެސް މަސްތުވާތަކެތީގެ މައްސަލަތައް އިތުރުވެފައިވާއިރު، އޭގެ ތެރެއިން ނިސްބަތުން ގިނަ މީހުންނަކީ އަމިއްލަ އިހުތިޔާރުގައި މަސްތުވެފައިވާ ކަމުގެ ކުށް ސާބިތުވާ މީހުންކަން ފާހަގަ ކޮށްލެވެއެވެ. އަދި މަސްތުވާއެއްޗެހި ބޭނުންކޮށްގެން ހުރެ ވައްކަމާއި ފޭރުން ފަދަ ތަފާތު ކުށްތަކަށް އަރައިގަތުން ވެސް މި މުޖުތަމައުގައި އާންމުވެފައިވާއިރު، އެފަދަ ހާލަތެއްގައި މަސްތުވުމަކީ އެމީހަކު އަރައިގަންނަ ކުށަކުން ބަރީއަވުމަށް ދެއްކޭނެ ހުއްޖަތެއް ނޫނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޓްރަމްޕްގެ މައްޗަށް ހުށަހެޅި ޖިނާއީ ހުރިހާ ދައުވާއެއް ސާބިތުވާ ކަމަށް އެމެރިކާގެ ކޯޓަކުން ހުކުމް ކޮށްފި

ޓްރަމްޕްގެ މައްޗަށް ހުށަހެޅި ޖިނާއީ ހުރިހާ ދައުވާއެއް ސާބިތުވާ ކަމަށް އެމެރިކާގެ ކޯޓަކުން ހުކުމް ކޮށްފި

31 މެއި 2024
ބައިނަލްއަގުވާމީ ޖިނާއީ ކޯޓަކީ ކޮބާ؟ އިސްރާއީލުގެ އޮފިޝަލުން ކަންބޮޑުވަނީ ކީއްވެ؟

ބައިނަލްއަގުވާމީ ޖިނާއީ ކޯޓަކީ ކޮބާ؟ އިސްރާއީލުގެ އޮފިޝަލުން ކަންބޮޑުވަނީ ކީއްވެ؟

02 މެއި 2024
ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ އުމުރު ދަށްކުރުމުން، މިހާރަށްވުރެވެސް އުމުރުން ހަގުކުދިން ގޭންގުތަކަށް ރެކްރޫޓުކުރުމުގެ ބިރު އެބައޮތް

ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ އުމުރު ދަށްކުރުމުން، މިހާރަށްވުރެވެސް އުމުރުން ހަގުކުދިން ގޭންގުތަކަށް ރެކްރޫޓުކުރުމުގެ ބިރު އެބައޮތް

09 އެޕްރީލު 2024
އާޒިމާއަށް ކުރި ޖިނާއީ ދައުވާތަކަށް 5 އަހަރު، 25 އަޑުއެހުން ބޭއްވުނު، މައްސަލައިގެ ޝަރީއަތް އަދިވެސް ނުފެށޭ

އާޒިމާއަށް ކުރި ޖިނާއީ ދައުވާތަކަށް 5 އަހަރު، 25 އަޑުއެހުން ބޭއްވުނު، މައްސަލައިގެ ޝަރީއަތް އަދިވެސް ނުފެށޭ

11 ޖެނުއަރީ 2024
މިލިއަން ޑޮލަރާމެދު ޖިނާއީ ތުހުމަތެއް ނެތްއިރުވެސް، ޔާމީނާއި ޔޫސުފް ނައީމްގެ ވާހަކަ ދިމަލެއްނުވޭ

މިލިއަން ޑޮލަރާމެދު ޖިނާއީ ތުހުމަތެއް ނެތްއިރުވެސް، ޔާމީނާއި ޔޫސުފް ނައީމްގެ ވާހަކަ ދިމަލެއްނުވޭ

03 ޖެނުއަރީ 2023

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު