Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިންޑިއާއިން ރާއްޖެއަށް ދަތުރުކުރުން

އިންޑިއާއިން އަންނަ މީހުން މިހާރު ކަރަންޓީން ވާންޖެހޭނެ

23 އެޕްރީލު 2021 | ހުކުރު 18:56

އިންޑިޔާއިން ރާއްޖެ އަންނަ ދިވެހިންނާއި އެޤައުމުން ވޯކް ވިސާގައި ރާއްޖެ އަންނަ މީހުން ކޯވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައި ވީނަމަވެސް ކަރަންޓީން ވާންޖެހޭ

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 23 އެޕްރީލު 2021 | ހުކުރު 18:56
ވެލާނާ އިންޓަނެޝަނަލް އެއާޕޯޓް

ވެލާނާ އިންޓަނެޝަނަލް އެއާޕޯޓް

އިންޑިއާއިން ރާއްޖެ އަންނަ މީހުން ކޮވިޑް-19ގެ ވެކްސިން ފުރިހަމަކޮށްފައިވީނަމަވެސް ކަރަންޓީން ވާންޖެހޭގޮތަށް ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނުން ކަނޑައަޅައިފިއެވެ.

އިމިގްރޭޝަނުން ކުރި ޓްވީޓެއްގައި ބުނީ އިންޑިޔާއިން ރާއްޖެ އަންނަ ދިވެހިންނާއި އެޤައުމުން ވޯކް ވިސާގައި ރާއްޖެ އަންނަ މީހުން ކޯވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައި ވީނަމަވެސް ކަރަންޓީން ވާންޖެހޭނެ ކަމަށެވެ. އެގޮތުން، ހޯމް ކަރަންޓީންގެ 10 ދުވަސް މިފަރާތްތަކުން ފުރިހަމަ ކުރަންޖެހޭނެ ކަމަށާއި، 22 އޭޕްރިލުން ފެށިގެން މިއުސޫލަށް އަމަލުކުރަން ފަށާފައިވާކަމަށް އިމިގްރޭޝަނުން ވަނީ އަންގާފައެވެ.

Advertisement - newsAdvertisement

އިމިގްރޭޝަނުން މިގޮތަށް ނިންމާފައިވާއިރު އިންޑިއާގައި ކޯވިޑް ފެތުރޭ މިންވަރު ވަނީ އަނެއްކާވެސް އިތުރުވެފައެވެ. އިންޑިއާއިން މިމަހު އެކަނި 3.5 މިލިއަން މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، އެގައުމުގެ ކޮވިޑް ކޭސްތައް އިންތިހާއަށް މައްޗަށް ޖެހިފައި މިވަނީ އެގައުމުން ފެނުނު ކޮވިޑްގެ އައު ވޭރިއަންޓާ އެކުއެވެ. ކޮވިޑްގެ މި އައު ރާޅާއިއެކު އިންޑިއާގެ ހޮސްޕިޓަލްތަކަށް ބާރުބޮޑުވެ އެއް އެނދެއްގައި ދެމީހުންނަށް ދަނީ ފަރުވާދެމުންނެވެ. އަދި އޮކްސިޖަން މަދުވެ ފަރުވާދިނުމުގައި ގިނަ ގޮންޖެހުންތަކަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ.

މިއަހަރުގެ ކުރީކޮޅު އިންޑިޔާގައި ދުވާލެއްގެ މައްޗަށް ކޮވިޑް ޖެހޭ މީހުންގެ އަދަދު ހުރީ 10،000ށް ވުރެ ދަށުގައެވެ. ނަމަވެސް އޭޕްރީލް މަހުގެ 2 ވަނަ ދުވަހުން ފެށިގެން އެގައުމުގެ ހާލަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. އިންޑިޔާގެ އެކި ހިސާބުތަކުގައި މި ބަލި ފެތުރިފައިވާއިރު މަހަރާޝްތްރާ، ކެރެލާ، ކަރްނާޓަކާ، އަދި ޓެމިލް ނާޑޫން ފެނިފައިވާ ކޭސްތަކުގެ އަދަދު ދަނީ ކޮންޓްރޯލް ނުކުރެވި އިތުރު ވަމުންނެވެ. 

ދުނިޔޭގައި މިވަގުތު ކޮވިޑްގެ ހާލަތު އެންމެ ގޯސްވެފައިވާ އަނެއް ދެގައުމުކަމުގައިވާ ބްރެޒިލްއާއި އެމެރިކާގައި ދުވާލެއްގެ މައްޗަށް ފެންނަ ކޭސްތަކަށްވުރެ އިންޑިޔާގައި ފެންނަ ކޭސްތައް ދެގުނަ އިތުރެވެ. ނަމަވެސް މީހުން މަރުވާ ރޭޓް އަނެއް ދެގައުމާ އަޅާބަލާއިރު މަދެވެ.

ކޭސްތައް އިތުރުވަމުން އައި ނަމަވެސް އެގައުމުގައި ކުރިޔަށްގެންދާ ހިންދީ ދީނުގެ ބޮޑެތި ހަރަކާތްތަކަށް ހުއްޓުމެއްނާދެއެވެ. މިހަރަކާތްތަކުގައި 650،000ށް ވުރެ ގިނަ މީހުން ބައިވެރިވެފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ. މި ހަރަކާތްތަކުގައި ގައިދުރުކަމެއް ނޯންނައިރު މާސްކު އެޅުމެއްވެސް ނޯވެއެވެ.

އަނެއްކޮޅުން ހަތަރު ސްޓޭޓެއްގައި ބޭއްވި އިންތިޚާބުތަކުގެ ކެމްޕެއިން ހަރަކާތްތަކާ ގުޅިގެންވެސް ކޭސްތައް ވަނީ އިތުރުވެފައެވެ.

އިންޑިއާގެ ކޮވިޑްގެ ކޭސްތައް އިތުރުވުމާއި ގުޅިގެން އެގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވީ އެގައުމު މިވަނީ އަނެއްކާވެސް ބަލިމަޑުކަމުގެ ބޮޑު ހަނގުރާމައަކާއި ކުރިމަތިލާފައި ކަމަށެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންނަށް އަންނައުނެއް ނުދޭ: ވަކީލް

08 ފެބުރުއަރީ 2017
މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންނަށް އަންނައުނެއް ނުދޭ: ވަކީލް
05 ފެބުރުއަރީ 2017

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު އަންނަ ހުކުރު ދުވަހު ބާއްވާނީ

05 ފެބުރުއަރީ 2017
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު އަންނަ ހުކުރު ދުވަހު ބާއްވާނީ
31 ޖެނުއަރީ 2017

"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ

31 ޖެނުއަރީ 2017
"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ
27 ޖެނުއަރީ 2017

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

27 ޖެނުއަރީ 2017
އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
10 ޖެނުއަރީ 2017

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
07 ޖެނުއަރީ 2017

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް