Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ހުކުރު ޚުތުބާ

އިސްރާފު ކުރުމަކީ ކޮންމެ ކަމެއްގައި ވެސް ހައްދު ފަހަނަ އަޅައި ދިޔުން، އެއީ ހަމައެކަނި ކެއިން ބުއިމާ ގުޅިފައިވާ ކަމެއް ނޫން

ދެވަނަ ފަހަރަށް ބޭނުން ކުރެވިދާނެ ކާއެއްޗެހި އުކާނުލައި އެތަކެތި ބޭނުން ކުރުމަށް އިސްލާމްދީން ބާރު އަޅާ

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 23 އެޕްރީލު 2021 | ހުކުރު 07:59
އިސްރާފު ކުރުމަކީ ޝައިޠާނާގެ އަމަލެއް ކަމަށް ޚުތުބާ ބުނި

އިސްރާފު ކުރުމަކީ ޝައިޠާނާގެ އަމަލެއް ކަމަށް ޚުތުބާ ބުނި

އިސްރާފު ކުރުމަކީ ކޮންމެ ކަމެއްގައި ވެސް ހައްދު ފަހަނަ އަޅައި ދިޔުން ކަމަށާއި އެއީ ހަމައެކަނި ކެއިން ބުއިމާ ގުޅިފައިވާ ކަމެއް ނޫން ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

ކާބޯތަކެތީގެ ނިއުމަތަށް ޝުކުރު ކުރުމާއި އިސްރާފު ނުކުރުން މި މައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ހުކުރު ޚުތުބާގައި ބުނީ އުރެދުންތަކަށް އަރައިގަތުން ގިނަކޮށް ކުފްރުވުމާ ހަމައަށް ހިނގައްޖެނަމަ އެއީ ވެސް އެކަމުގައި އިސްރާފު ކުރުމެއް ކަމަށެވެ. ދެވަނަ ފަހަރަށް ބޭނުން ކުރެވިދާނެ ކާއެއްޗެހި އުކާނުލައި އެތަކެތި ބޭނުން ކުރުމަށް އިސްލާމްދީން ބާރު އަޅާ ކަމަށް ވެސް ޚުތުބާގައި ބުންޏެވެ. ކާބޯތަކެއްޗަކީ މާތްﷲ ގެ ނިއުމަތެއް ކަމަށާއި އެތަކެތި އުކާލުމަކީ ނިއުމަތުގެ ވެރި ފަރާތަށް ޝުކުރު ނުކުރުމެވެ. އަދި މުދާ ހަލާކުވަންދެން ބަހައްޓާ، އެތަކެތި އުކާލުމަކީ އިސްރާފު ކުރުމަށް ވުރެން ވެސް ނުބައި ކަމެއް ކަމަށް ޚުތުބާގައި ބުންޏެވެ.

Advertisement - newsAdvertisement

އިސްރާފު ކުރުމަކީ ޝައިޠާނާގެ އަމަލެއް ކަމަށާއި އެކަމުގެ ގެއްލުން ސިއްހީ ގޮތުންނާއި މާލީ ގޮތުން ފަރުދުންނާއި މުޖުތަމައުއަށް ފޯރާނެ ކަމަށް ވެސް ޚުތުބާގައިވެއެވެ. މިއަދު އިސްރާފު ކުރަނީ ހަމައެކަނި މުއްސަނދިން ނޫންކަން ފާހަގަކޮށް ޚުތުބާގައި ބުނީ އަތްމަތި ދަތި މީހުން ވެސް ކޮންމެހެން ކުރަން ނުޖެހޭ ޚަރަދުތައް ކުރަމަށްޓަކައި ދަރަނި ނަގަމުންދާ ތަން ފެންނަ ކަމަށެވެ. ޒަމާނާއެކު ތަނަވަސް މީހުންނާއި ފައި ހަމަކުރުމުގެ ބަހަނާގައި ކަމަށެވެ. އެހެންނަމަވެސް މުސްލިމުންނާއި ލިބޭ އެއްޗަކުން ފުއްދާލައިގެން ދިރިއުޅޭ ބައެއް ކަމަށް ޚުތުބާގައި ބުންޏެވެ.

މީގެ އިތުރުން ގަސް އިންދުމާއި ދަނޑު ގޮވާން ކުރުމާއި އަމިއްލަ އުފެއްދުންތެރިކަން އިތުރުކޮށް ކާބޯތަކެރި އުފެއްދުމަށް ގަދައަޅައި މަސައްކަތް ކުރުމަށް އިސްލާމް ދީން ވަރަށް ބާރު އަޅައެވެ. ޚުތުބާގައި ބުނީ އެއީ ތިމާ ކުރާ މަސައްކަތުން އަނެކުންނަށް ލިބޭ މަންފާ އަކީ ތިމާއަށް ލިބޭ ވަރަށް ބޮޑު ދަރުމައަކާއި ސަވާބެއް ކަމަށެވެ.

ކެއިން ބުއިމުގައި ހިފައްޓަން ޖެހޭ ދީނީ އަދި ސިއްހީ އަދަބުތަކެއްވާ ކަމަށާއި އޭގެ ތެރޭގައި ކެއުމުގެ ކުރިންނާއި ފަހުން އަތްދޮވުމާއި ބިސްމި ކިއުމާއި ކަނާއަތުން ކެއުމާ، ކައި ނިމިމުން މާތް ﷲ އަށް ހަމްދު ކުރުން ހިމެނޭ ކަމަށް ވެސް ޚުތުބާގައި ބުންޏެވެ.

މުސްލިމުން ކައިބޮއި އުޅެން ވާނީ ދިރިހުރުމަށްޓަކައި ކަމަށާއި ކެއުމަށާއި ބުއިމަށްޓަކައި ދިރި ތިބޭ ބަޔަކަށް މުސްލިމުން ވެގެން ނުވާނެ ކަމަށް ޚުތުބާގައި ބުންޏެވެ.

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

ކެންޑިޑޭޓުންގެ ޝަރުތު ބަދަލުކުރުމަކީ ޤަބޫލުކުރާ އުސޫލެއް ނޫން: އެމްޑީޕީ

08 ފެބުރުއަރީ 2017
ކެންޑިޑޭޓުންގެ ޝަރުތު ބަދަލުކުރުމަކީ ޤަބޫލުކުރާ އުސޫލެއް ނޫން: އެމްޑީޕީ
04 ފެބުރުއަރީ 2017

ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު

04 ފެބުރުއަރީ 2017
ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު
31 ޖެނުއަރީ 2017

ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް

31 ޖެނުއަރީ 2017
ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް
24 ޖެނުއަރީ 2017

ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ

24 ޖެނުއަރީ 2017
ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ
22 ޖެނުއަރީ 2017

ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ

22 ޖެނުއަރީ 2017
ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު