Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ޔާމީން ރަޝީދުގެ މަރަށް 4 އަހަރު

ޔާމީން ރަޝީދުގެ މަރަށް 4 އަހަރު: އަދިވެސް އިންސާފުގެ އިންތިޒާރުގައި!

ޔާމިންގެ މަރުގައި ފުލުހުންގެ ބޮޑު އިހުމާލެއް

ޝުރުފާ މުހައްމަދު
ޝުރުފާ މުހައްމަދު, ރާއްޖެ އެމްވީ | 23 އެޕްރީލު 2021 | ހުކުރު 03:50
މަރާލާފައިވާ ބްލޮގަރ ޔާމިން ރަޝީދު

މަރާލާފައިވާ ބްލޮގަރ ޔާމިން ރަޝީދު

ބްލޮގަރ ޔާމިން ރަޝީދަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅޭ މ. ސްޕެޓޫލާ، ސިޑި ކައިރިން 2017 ވަނަ އަހަރުގެ އޭޕްރީލް 23 ވަނަ ދުވަހުގެ ރޭ ދަންވަރު 2:59 ހާއިރެވެ. އެ ދުވަހަށް މިއަދު ހަތަރު އަހަރު ފުރުނީއެވެ. ޔާމީން ރަޝީދުގެ މެޔާއި ކަރާއި ބޮލަށް ވަނީ ތޫނު އެއްޗަކުން ހަމަލާދީފައެވެ. އޭނާގެ މޭގެ 14 ތަނަކަށް ވަޅިހަރައި އިހާނެތި ގޮތަކަށް އޭނާއަށް އަނިޔާކޮށްފައިވާއިރު އޭނާ މަރުވެފައި ވަނީ ޒަޚަމްތަކަށް ފަރުވާދެމުން ދަނިކޮށް އެރޭ 3:40 ހާއިރެވެ.

އޭގެ ކުރިން ވުރެ ކުރިން ގެއްލުވާލި ނޫސްވެރިއާ އަހުމަދު ރިލްވާންއަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި އެންމެ އިސް ސަފުގައި ހުރި ޔާމިން ރަޝީދު އިހާނެތި ގޮތަކަށް މަރާލިތާ ހަތަރު އަހަރުވީ އިރު، އަދިވެސް ދެ އެކުވެރިން ކުރެ އެކަކަށް ވެސް އިންސާފު ލިބިފައެއް ނުވެއެވެ. ރިލްވާންގެ މައްސަލައިގައި ޔާމިން ހަރަކާތްތެރިވި ވަރަށް ބަލައި އޭރު އެންމެ ގިނައި ވާހަކަދެކެވުނީ އޭނާއަކީ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ އެންމެ ގާތް ރަހުމަތްތެރިޔާ ކަމުން އެދެމީހުންގެ މަރު ގުޅިފައިވާ ކަމުގެ ވާހަކަތަކެވެ. ދެ މީހުންގެ މަރުގައި ވެސް އެއްގޮތް ކަންތައްތަކެއް ފާހަގަ ވެސް ވެއެވެ.

ޔާމިންގެ މަރުގެ މައްސަލައަށް ހަތަރު އަހަރުވެގެން ދިޔަ އިރު، އެކަމާ ގުޅުން ހުރި އެތައް މައުލޫމާތުތަކަކާއި، ކުރިތަކެއް ވަނީ ފަޅައިގެން ނިކުމެފައެވެ. ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ރިޔާސީ ވައުދުތަކުގެ ތެރެއިން މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އެކުލަވާލި މަރު ކޮމިޝަން އިން ބަލާ މައްސަލަތަކުގެ ތެރޭގައި މި މައްސަލަ ހިމެނޭ އިރު މިހާތަނަށް އައި އިރު ކޮމިޝަނުން ވަނީ ޔާމިން ރަޝީދުގެ މަރާ ގުޅޭ ގިނަ މައުލޫމާތުތަކެއް ހާމަކޮށްފައެވެ.

މަރު ކޮމިޝަނުން ނެރުނު ތަހުގީގު ރިޕޯޓުގައި ޔާމިން ރަޝީދުގެ މަރު ގުޅުވާފައި ވަނީ ހަރުކަށި ފިކުރާއެވެ. ހަމައެގޮތަށް އޭނާގެ އެކުވެރި އަހުމަދު ރިލްވާންގެ މަރު ވެސް ގުޅުވާފައި ވަނީ ހަރުކަށި ފިކުރާއެވެ. އޭނާ މަރާލައިގެން އުޅުނު ދުވަސްވަރު ސޯޝަލް މީޑިއާގައި ވެސް އެކަމަށް ބާރުލިބޭ ފަދަ ބައެއް ކަންކަން ފެންމަތިވެގެން އައެވެ. މަޝްހޫރު ބްލޮގަރު އޭގެ އެތައް އަހަރެއް ކުރިންކޮށްފައިވާ ޓުވީޓުތަކެއް ފެންމަތިކޮށް، އޭނާ އަކީ ދީނާ ހިލާފު މީހެއް ކަމަށާއި އާންމުކޮށް އޭނާ އެފަދަ ވާހަކަތައް ދައްކާފައިވާ ކަމަށް ގިނަ ބަޔަކު އޭރު ބުންޏެވެ. އެންމެ ފަހުން މަރު ކޮމިޝަނުގެ ރިޕޯޓުގައި ވެސް ކަން ނިންމާފައި އޮތީ އެގޮތަށެވެ.

އެ މައްސަލާގައި ކޯޓަށް ހުށަހަޅާފައިވާ ހެކިތައް ވެސް އެކަން ހިނގައިދިޔައީ އެގޮތަށް ކަމަށް ބުނެއެވެ. އެގޮތުން ބްލޮގަރު ޔާމީން ރަޝީދު މަރާލި ކަމަށް ދައުލަތުން 6 މީހެއްގެ މައްޗަށް ދައުވާ ކުރެއެވެ. އެއީ ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި، މ. އިރާސްމިކުގޭ އަހުމަދު ޒިހާން އިސްމާއީލާއި، ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނާއި، މ. ކުދެހިގޭ ހަސަން ޝިފާޒްގެ އިތުރުން މ. ތާއިފް އިސްމާއިލް ރަޝީދު އަދި މ. ކޮޅުފުށީ އީސްޓް ހުސައިން ޒިޔާދެވެ. މި ހަމީހުންގެ މައްޗަށް ވެސް ކުރަނީ ތޫނު އެއްޗަކުން ހަމަލާދީ މީހަކު މަރާލިކަމުގެ ދައުވާއެވެ.

މައްސަލާގައި ކްރިމިނަލް ކޯޓުގައި ހެކިން ދިން ހެކިބަހަށް ބަލާއިރު އެ ހަ މީހުން ޔާމީން މަރާލަން މަޝްވަރާތައް ފެށީ ފުރުގާން މިސްކިތުގައި ކަމަށާއި، އޭނާ މަރާލުމުގައި އިތުރު ބަޔަކު އެހީވި ކަމަށް ހެކިން ބުނެފައިވެއެވެ. ކާކުކަން ނޭނގޭ ގޮތަށް އަޑު ބަދަލުކޮށްގެން، އެ ހަމީހުންނަކީ ވެސް އޭނާ ދަންނަ ހަމީހުން ކަމަށް ބުނެ ހެކި ދިން މީހާ ބުނީ ޔާމީން މަރާލުމުގެ މަޝްވަރާތައް ފެށުނީ ނޮވެމްބަރު، 2016 ގައި ފުރުގާން މިސްކިތުގައި ކަމަށާއި އެ މަޝްވަރާ ފެށުނީ މާލޭގައި ބޭއްވި ފޮޓޯ މައުރަޒެއްގައި އިސްލާމްދީނަށް ފުރައްސާރަވާ ފަދަ އެއްޗެހިތަކެއް އާންމުކުރި ހިސާބުން ކަމަށެވެ.

މަރަކަސް، މާރާމާރީ އަކަސް، އެފަދަ ކޮންމެ ކަމެއްގައި ވެސް އެންމެ ފުރަތަމަ ސުވާލު އުފައްދަނީ ފުލުހުން އެމީހުންގެ ޒިންމާ އަދާކުރިތޯއެވެ. ޔާމީންގެ މަރުގެ މައްސަލާގައި އިހުމާލުބޮޑުކަން އެކި ގޮތް ގޮތުން އޮތީ ހާމަވާށެވެ.

ޔާމީން ރަޝީދު މަރާލުމާ ގުޅިގެން އޭނާގެ ޓުވިޓަރ އެކައުންޓުގެ ތެރެއަށް ފީނާ ތަންކޮޅެއް ފުނުގައި ހުރި ޓުވީޓުތައް ތިލަ ކުރިއިރު، ޚުދު ޔާމީން ވެސް ބުނެފައި އޮންނަތަން ފެންނަނީ، އޭނާ އަށް މަރުގެ އިންޒާރުތައް ލިބެމުންދާ ކަމަށާއި، އެކަން ފުލުހުންނަށް ރިޕޯޓު ކުރުމުން ޖަވާބެއް ވެސް ދީފައި ނުވާ ކަމަށެވެ.

05 ޖެނުއަރީ 2015 ގައި ޔާމީން ކުރި ޓުވީޓެއްގައި މީގެ މަސްތަކެއް ކުރިން މަރުގެ އިންޒާރު އޭނާއަށް ދިން މައްސަލަ ފުލުހުންނަށް ހުށަހެޅި ކަމަށް ބުނެފައިވެއެވެ. އެކަމަކު ފުލުހުންގެ ފަރާތުން އެއްވެސް އެއްޗެއް އެއާ ގުޅޭ ގޮތުން ބުނެފައި ނުވާ ކަމަށް ހާމަކޮށްފައިވެއެވެ. އެކަމާ ހިތްހަމަ ނުޖެހުން ފާޅު ކުރުމުގެ ގޮތުން ތިމަންނާ ޓެކްސްގެ ގޮތުގައި ދައްކާ ފައިސާ އަނބުރާ ދޭން ޖެހޭނެ ކަމަށް ވެސް ޔާމީންގެ ޓުވީޓުގައި ވެއެވެ. ޔާމީން މާނަ ކުރި ކަމަށް ބެލެވެނީ ރައްޔިތުން ދައްކާ ޓެކްސް ފައިސާއިން ހިންގާ މުއައްސަސާތަކުން ރައްޔިތުން ކަމަކު އެދުމުން އެކަމާ އަޅާނުލާ ނަމަ އެ ފައިސާ އަނބުރާ ދޭން ޖެހޭނެ ކަމަށެވެ.

އޭގެ ފަހުން ސީދާ ކޮމިޝަނަރ އޮފް ޕޮލިސްއަށް ޓެގްކޮށް 23 މާރޗް 2015 ގައި ޔާމީން، ކުރި ޓުވީޓެއްގައި އޮންނަނީ، ހުސްވި އަހަރު (2014) މަރުގެ އިންޒާރުގެ މައްސަލަ ފުލުހުންނަށް ހުށަހެޅި ކަމަށާއި، އޭގެ ފަހުން ފުލުހުންގެ އިދާރާއިން އެއްވެސް އެއްޗެއް އޭނާއަށް އަންގާފައި ނުވާ ކަމަށެވެ. އެހެން ކަމުން 2015 ވަނަ އަހަރު ދެން ރިޕޯޓެއް ނުކުރާނެ ކަމަށެވެ. މިއިން ފުލުހުންގެ ހާލަތު އެނގޭ ކަމަށެވެ.

ފުލުހުންގެ އިހުމާލުގެ މައްސަލަ އޭނާ މަރާލި އަހަރުގެ މޭ މަހު އޭނާގެ އާއިލާއިން ސިވިލް ކޯޓަށް ވެސް ހުށަހެޅިއެވެ. އެހެންނަމަވެސް އެއީ ކޯޓަށް ބަލަން އިހުތިސާސް ލިބިގެންވާ މައްސަލައެއް ނޫން ކަމަށް ބުނެ އެ މައްސަލަ ވަނީ ކޯޓުން ބޭރުކޮށްލާފައެވެ.

ފާއިތުވެގެން ދިޔަ 15 ވަރަކަށް އަހަރުގެ މާޒީއަށް ބަލާއިރު ރާއްޖޭގައި ހިނގާފައިވާ މިކަހަލަ ހާދިސާތައް މަދެއް ނޫނެވެ. ޑރ. އަފްރާޝީމް، ރިލްވާން، ޔާމިން ރަޝީދު، އަނަސް މިހެން ގޮސް ދިގު ލިސްޓަކަށް ނަންތައް އަމުނާލެވިދާނެއެވެ. މިއިން ކޮންމެ މަރަކަށް ވެސް އެތައް އަހަރެއް ވެފައިވާއިރު ކޯޓު މަރުހަލާ ނިމި އިންސާފު ލިބުނު އެންމެ މަރެއް ވެސް ނެތެވެ.

މިކަންކަމަށް ހައްލު ހޯދުމަށް މި ސަރުކާރުން މަސައްކަތެއް ނުކުރެއޭ ވެސް ދެންނެވޭކަށް ނެތެވެ. ސަރުކާރުން ރިޔާސީ ކޮމިޝަނެއް އުފައްދައި މަސައްކަތް ކުރި ނަމަވެސް ކޮމިޝަނުގެ މަސައްކަތްތައް ވެސް ރައްޔިތުންނާ ހަމައަށް އައިސްފައި ވަނީ ވަރަށްވެސް ދޯދިޔާ ކޮށެވެ. ގާނޫނަކުން ބޮޑެތި ބާރުތަކެއް ދީފައިވީ ނަމަވެސް ކޮމިޝަނަކުންވާ މާބޮޑު ފައިދާއެއް ނެތް ކަމަށް ގަބޫލުކުރާ މީހުން ވެސް މަދެއް ނޫނެވެ. އެހެން ގަބޫލު ނުކުރެވެންވީ ސަބަބެއް ވެސް ނެތެވެ. ކޯލިޝަން ސަރުކާރުގައި އެންމެ ފުރަތަމަ ކުރައްވާނެ ކަމަކީ މަރުތަކަށް އިންސާފު ހޯދުން ކަމަށް ވިދާޅުވިނަމަވެސް އަދާހަމައަށް އެ ކޮމިޝަނުން ހޯދައިދެވުނު އިންސާފެއް ނެތެވެ. ބޮޑު ބާރުތަކަކާ އެކު ކޮމިޝަން އޮތީ ނިދާފައޭ ވެސް ދެންނެވިދާނެއެވެ.

އިންސާފުގެ މި ދަތުރުގައި ކޯޓުތަކުގެ ދައުރު ވެސް ވަކި ކުޑައެއް ނޫނެވެ. ޔާމިން ރަޝީދުގެ މަރުގެ މައްސަލައަށް އެކަނި ބަލާލިޔަސް އެކަން އޮތީ ފެންނާށެވެ. ހެކިބަސް ނެގުން ދިގުލައިގެން ގޮސް ޝަރީއަތަށް ގިނަ ދުވަސްތަކެއް ވެފައިވާއިރު އަދިވެސް އަޑުއެހުންތައް ތާވަލުކޮށްގެން ދަނީ ކުރިއަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔާމީން ރަޝީދުގެ ގޭގެ ސަރަހައްދުގައި ހުސް ކެމެރާ، ގާތިލުންނަށް ފިލޭނެތަ!؟

ޔާމީން ރަޝީދުގެ ގޭގެ ސަރަހައްދުގައި ހުސް ކެމެރާ، ގާތިލުންނަށް ފިލޭނެތަ!؟

24 އެޕްރީލު 2017
ޝަރީއަތް ނިމެންދެން ވާނުވާގައި ހަ އަހަރު: ދެ ފަރާތަށް ވެސް ދެވޭ އަނިޔާއެއް؟

ޝަރީއަތް ނިމެންދެން ވާނުވާގައި ހަ އަހަރު: ދެ ފަރާތަށް ވެސް ދެވޭ އަނިޔާއެއް؟

30 މާރިޗު 2017
ސަރުކާރު މަރަށް ތެޅެނީތަ؟

ސަރުކާރު މަރަށް ތެޅެނީތަ؟

23 މާރިޗު 2017
ރައީސް ޔާމީންގެ ސަރުކާރަށް ރައްޔިތުން އިތުބާރު ނުކަރީ ކީއްވެ؟

ރައީސް ޔާމީންގެ ސަރުކާރަށް ރައްޔިތުން އިތުބާރު ނުކަރީ ކީއްވެ؟

02 މާރިޗު 2017
19 އަހަރު ފަހުން ވެސް "އަމާނާތަށް" ބެލުންތެރިންގެ ބޮޑު ތަރުހީބެއް

19 އަހަރު ފަހުން ވެސް "އަމާނާތަށް" ބެލުންތެރިންގެ ބޮޑު ތަރުހީބެއް

19 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު