Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރަމަޟާން ކްރިކެޓް ކާނިވަލް

އޯޕަން މުބާރާތުގެ ސެމީއަށް ޓީމުތައް ދަތުރުކޮށްފި

ސެމީގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ ޝުގަ ކޯނާއި ކޭޑީއެމް

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 22 އެޕްރީލު 2021 | ބުރާސްފަތި 14:48
ރަމަޟާން ކްރިކެޓް ކާނިވަލުގެ އޯޕަން ޓޭޕްބޯލް ކްރިކެޓް މުބާރާތުގެ ތެރެއިން

ރަމަޟާން ކްރިކެޓް ކާނިވަލުގެ އޯޕަން ޓޭޕްބޯލް ކްރިކެޓް މުބާރާތުގެ ތެރެއިން

މާލޭ ސްޕޯޓްސް ކުލަބާއި ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ރަމަޟާން ކްރިކެޓް ކާނިވަލުގެ އޯޕަން ޓޭޕްބޯލް ކްރިކެޓް މުބާރާތުގެ ސެމީ ފައިނަލަށް ޓީމުތައް ދަތުރުކޮށްފިއެވެ.

ކްރިކެޓް ކާނިވަލަކީ ރަމަޟާން މަހުގައި ކުރިއަށްގެންދާ އެންމެ ބޮޑު އެއް ކުޅިވަރު ހަރަކާތެވެ. އެގޮތުން މި ކާނިވަލުގައި ތިން މުބާރާތެއް ކުޅެއެވެ. އެއީ އޯޕަން ޓޭޕްބޯލް ކްރިކެޓް މުބާރާތާއި، ކުންފުނިތަކަށް ހުޅުވާލައިގެން ބާއްވާ ކޮމްޕެނީ ޓޭޕްބޯލް ކްރިކެޓް މުބާރާތާއި، ސަރުކާރު އޮފީސްތަކުގެ މެދުގައި ބާއްވާ އޮފީސް ޓޭޕްބޯލް ކްރިކެޓް މުބާރާތެވެ.

އެކުވެނި ކްރިކެޓް ދަނޑުގައި ކުރިއަށްދާ އޯޕަން މުބާރާތުގެ ސެމީގެ ޖާގަތައް ހޯދާފައިވަނީ ގްރޫޕް އޭގެ އެއްވަނަ ހޯދި ސަންކުއިކް ލިލީ އާއި ދެވަނަ ހޯދި ޝުގަ ކޯނުގެ އިތުރުން، ގްރޫޕް ބީގެ އެއްވަނަ ހޯދި ކޭޑީއެމާއި ދެވަނަ ހޯދި ވެލް ލެފްޓެވެ.

މި މުބާރާތިގެ ގްރޫޕް ސްޓޭޖުގައި ބުރާސްފަތި ދުވަހުގެ ހަވީރުވެސް ދެ މެޗު ކުޅެވިގެންދިޔައިރު، ފުރަތަމަ މެޗުން ސަންކުއިކް ލިލީ ވަނީ ކިންޒާ ކެފޭ އަތުން 58 ލަނޑުން މޮޅުވެފައެވެ. މި މެޗުގައި ގުރު ދިމާވުމުން ސަންކުއިކް ލިލީ ކުޅެން އަރައި، އަށް އޯވަރު ހަމަވިއިރު ފަސް ކުޅުންތެރިން ނުބައިވެގެން ވަނީ 141 ލަނޑު ހަދާފައެވެ. ޖަވާބުގައި ކިންޒާ ކެފޭ ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ހެދިފައިވަނީ 83 ލަނޑެވެ.

ބުރާސްފަތި ދުވަހު ކުޅުނު ދެވަނަ މެޗުން ކޭޑީއޭމް މޮޅުވީ ވެލް ލެފްޓާއި ވާދަކޮށް 33 ލަނޑުންއެވެ. މި މެޗުގައި ކޭޑީއެމް ފުރަތަމަ ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ތިން ކުޅުންތެރިން ނުބައިވެގެން ވަނީ 131 ލަނޑު ހަދާފައެވެ. ޖަވާބުގައި ވެލް ލެފްޓް ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ހެދިފައިވައިނީ 92 ލަނޑެވެ.

މި މެޗުތަކަށްފަހު މުބާރާތުގެ ސެމީއަށް ޓީމުތައް ދަތުރުކުރިއިރު، ސެމީގެ މެޗުތައް ކުޅޭނީ ހުކުރު ދުވަހުއެވެ. އެގޮތުން ސެމީގެ ފުރަތަމަ މެޗުގައި ވެލް ލެފްޓާއި ސަންކުއިކް ލިލީ ބައްދަލުކުރާއިރު، ދެވަނަ މެޗުގައި ބައްދަލުކުރާނީ ޝުގަ ކޯނާއި ކޭޑީއެމެވެ.

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

އޮސްޓްރޭލިއަން އޯޕަން: ނަޑާލް ބަލިކޮށް 18 ވަނަ ގްރޭންޑް ސްލޭމް ފެޑެރާ އުފުލާލައިފި

30 ޖެނުއަރީ 2017
އޮސްޓްރޭލިއަން އޯޕަން: ނަޑާލް ބަލިކޮށް 18 ވަނަ ގްރޭންޑް ސްލޭމް ފެޑެރާ އުފުލާލައިފި
26 ޖެނުއަރީ 2017

އަންހެން ވޮލީ މުބާރާތުގެ ޓިކެޓް ވިއްކަން ފަށައިފި

26 ޖެނުއަރީ 2017
އަންހެން ވޮލީ މުބާރާތުގެ ޓިކެޓް ވިއްކަން ފަށައިފި
26 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް
26 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް
24 ޖެނުއަރީ 2017

ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ

24 ޖެނުއަރީ 2017
ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު