Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19، އިންޑިއާގެ ހާލަތު

އިންޑިއާއިން ރިކޯޑު އަދަދެއްގެ މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެ

22 އެޕްރީލު 2021 | ބުރާސްފަތި 15:12

ނިއުދިއްލީގެ ހޮސްޕިޓަލްތަކުން އޮކްސިޖަން ދަނީ ހުސްވަމުން

އަތޫފް އާތިފް
އަތޫފް އާތިފް | 22 އެޕްރީލު 2021 | ބުރާސްފަތި 15:12
އިންޑިއާގައި ކޮވިޑް ފެތުރެމުން އަންނަ މިންވަރު ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުން

އިންޑިއާގައި ކޮވިޑް ފެތުރެމުން އަންނަ މިންވަރު ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުން

އިންޑިއާއިން ބުރާސްފަތި ދުވަހު ރިކޯޑު އަދަދަކަށް މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް އެގައުމުގެ ސިއްހަތާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.

އިންޑިއާގެ ސިއްހަތާއި ބެހޭ ވުޒާރާއިން އެންމެ ފަހުން ނެރުނު ތަފާސްހިސާބުތައް ދައްކާ ގޮތުން އެގައުމުން ބުރާސްފަތި ދުވަހު 314،835 (ތިންލައްކަ ސާދަހާސް އަށްސަތޭކަ ތިރީސް ފަހެއް) މީހުން މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. މިއީ އެގައުމުން އެއް ދުވަހާ އެންމެ ގިނަ މީހުން ޕޮޒިޓިވްވި ދުވަހެވެ. އަދި މިއީ މިބަލީގައި ގައުމަކުން އެންމެ ގިނަ މީހުން އެއް ދުވަހާ ޕޮޒިޓިވްވި ކަމަށް ރިޕޯޓް ކުރި ދުވަސް ވެސް މެއެވެ.

އިންޑިއާގެ ސިއްހީ މާހިރުން ވަނީ މިބަލީގައި އެޑްމިޓް ކުރަން ޖެހޭ މީހުންގެ އަދަދު އެތައް ގުނައެއް އިތުރުވެފައިވުމުން ހޮސްޕިޓަލްތައް ފުރި އޮކްސިޖަން ލިބުމުގައި ދަތިވެފައިވާ ކަމަށް ބުނެފައެވެ. ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ކޮންޓްރޯލް ނުކުރެވޭނަމަ ބަލީގައި ފަރުވާ ނުލިބި ގިނަ މީހުން މަރުވެދާނެ ކަމުގެ ބިރު އޮތް ކަމަށްވެސް ސިއްހީ މާހިރުން އަންނަނީ ބުނަމުންނެވެ. މީގެ އިތުރުން ހޮސްޕިޓަލްތައް ފުރެމުން އަންނާތީ ބައެއް މީހުން ގޭގައި ކަރަންޓީނުވުމަށް ފޮނުވާލަން ޖެހޭ ކަމަށް ސިއްހަތާއި ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އިންޑިއާގައި ބަލި އެންމެ ބޮޑަށް ފެތުރިފައިވާ އެއް ސިޓީ ކަމަށްވާ ނިއުދިއްލީގެ ހޮސްޕިޓަލްތައް ވަނީ ފުރިފައެވެ. މިހާރު ހޮސްޕިޓަލްތަކުން އޮކްސިޖަން ހުސްވަމުން އަންނަ ކަމަށާއި ކުރިޔަށް އޮތް ހަފުތާއެއްގެ ތެރޭގައި ހޮސްޕިޓަލްތަކުން އޮކްސިޖަން ހުސްވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އިންޑިއާއިން ކޮވިޑަށް މީހުން ޕޮޒިޓިވްވާ އަދަދު ދުވަހެއް ދުވަހަކަށް މަތިވުމާއި ގުޅިގެން އެގައުމުން އަންނަނީ ބަލިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތައް ހަރުކަށިކުރަން ފަށާފައެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

4

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

11 ޖެނުއަރީ 2018

އިންޑިއާއިން އެހެން ޤައުމުތަކުގެ ޓެރިޓަރީއަށް ލޮލެއް ނާޅަން: މޯދީ

11 ޖެނުއަރީ 2018
އިންޑިއާއިން އެހެން ޤައުމުތަކުގެ ޓެރިޓަރީއަށް ލޮލެއް ނާޅަން: މޯދީ
17 ޑިސެމްބަރު 2017

ޓްރަމްޕްގެ ޓީމާއި ރަޝިއާގެ ގުޅުމުގެ ތަހުގީގު: ގިނަ އަދަދެއްގެ އީމެއިލްތަކެއް ހޯދައިފި

17 ޑިސެމްބަރު 2017
ޓްރަމްޕްގެ ޓީމާއި ރަޝިއާގެ ގުޅުމުގެ ތަހުގީގު: ގިނަ އަދަދެއްގެ އީމެއިލްތަކެއް ހޯދައިފި
02 ޑިސެމްބަރު 2017

އދގެ އެހީގެ ޕްރޮގްރާމަށް ރެކޯޑް އަދަދެއްގެ ފައިސާއަށް އެދިއްޖެ

02 ޑިސެމްބަރު 2017
އދގެ އެހީގެ ޕްރޮގްރާމަށް ރެކޯޑް އަދަދެއްގެ ފައިސާއަށް އެދިއްޖެ
30 ނޮވެމްބަރު 2017

ތޫފާން އޮކި: ލަންކާއިން 7 މީހުން، އިންޑިއާއިން 8 މީހުން މަރުވެއްޖެ

30 ނޮވެމްބަރު 2017
ތޫފާން އޮކި: ލަންކާއިން 7 މީހުން، އިންޑިއާއިން 8 މީހުން މަރުވެއްޖެ
04 އޮކްޓޯބަރު 2017

އިންޑިއާއިން ތެލުގެ އަގު ހެޔޮ ކޮށްފި

04 އޮކްޓޯބަރު 2017
އިންޑިއާއިން ތެލުގެ އަގު ހެޔޮ ކޮށްފި
04 އޮކްޓޯބަރު 2017

އިންޑިއާއިން ބަންގްލަދޭޝްއަށް 4.5 ބިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީއެއް ދިނުމަށް ސޮއިކޮށްފި

04 އޮކްޓޯބަރު 2017
އިންޑިއާއިން ބަންގްލަދޭޝްއަށް 4.5 ބިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީއެއް ދިނުމަށް ސޮއިކޮށްފި
06 ސެޕްޓެމްބަރު 2017

އުތުރު ކޮރެއާގެ އެންމެ ފަހުގެ ނިއުކްލިއާ ޓެސްޓާއި ގުޅިގެން ގިނަ އަދަދެއްގެ ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތައް ހިނގާފައިވޭ

06 ސެޕްޓެމްބަރު 2017
އުތުރު ކޮރެއާގެ އެންމެ ފަހުގެ ނިއުކްލިއާ ޓެސްޓާއި ގުޅިގެން ގިނަ އަދަދެއްގެ ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތައް ހިނގާފައިވޭ
28 މެއި 2017

އިންޑިއާއިން ލަންކާއަށް އެހީ ފޯރުކޮށްދޭން ފަށައިފި

28 މެއި 2017
އިންޑިއާއިން ލަންކާއަށް އެހީ ފޯރުކޮށްދޭން ފަށައިފި
20 މެއި 2017

އިންޑިއާއިން ހޯދަމުންދާ ޑރ. ޒާކިރު ނައިކްއަށް ސައުދީ ސިޓިޒެންޝިޕް ދީފި

20 މެއި 2017
އިންޑިއާއިން ހޯދަމުންދާ ޑރ. ޒާކިރު ނައިކްއަށް ސައުދީ ސިޓިޒެންޝިޕް ދީފި
29 މާރިޗު 2017

މޫސަލްގައި ގިނަ އަދަދެއްގެ އާއްމުން މަރުވި ހަމަލާގައި ކޯލިޝަންގެ ދައުރެއް އޮވެދާނެ:އެމެރިކާގެ ކޮމާންޑަރ

29 މާރިޗު 2017
މޫސަލްގައި ގިނަ އަދަދެއްގެ އާއްމުން މަރުވި ހަމަލާގައި ކޯލިޝަންގެ ދައުރެއް އޮވެދާނެ:އެމެރިކާގެ ކޮމާންޑަރ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް