Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުވެރިކަމުގެ ނިޒާމް

ނިޒާމަކީ ރިޔާސީ ނިޒާމެއްކަމެއް ގާނޫނުއަސާސީން އެނގޭކަށެއް ނެތް!

22 އެޕްރީލު 2021 | ބުރާސްފަތި 09:49

ދިވެހިޖުމްހޫރިއްޔާގެ ގާނޫނުއަސާސީން މި ރާއްޖޭގައި އޮންނަނީ ރިޔާސީ ނިޒާމެއްކަމެއް ނުވަތަ ބަރުލަމާނީ ނިޒާމެއްކަމެއް ސާފުކޮށް އެނގޭކަށެއް ނެތް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 22 އެޕްރީލު 2021 | ބުރާސްފަތި 09:49
ރިޔާސީ ބަޔާން އިއްވި ދުވަހު ރައީސް ސާލިހު (މ) އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ (ކ) އާއި އެކު ރައީސް ނަޝީދު (ވ) ގެ އަރިހުގައި މަޖިލީހަށް ވަޑައިގަންނަވަނީ

ރިޔާސީ ބަޔާން އިއްވި ދުވަހު ރައީސް ސާލިހު (މ) އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ (ކ) އާއި އެކު ރައީސް ނަޝީދު (ވ) ގެ އަރިހުގައި މަޖިލީހަށް ވަޑައިގަންނަވަނީ

މިހާރު އެންމެ އާރުލާފައި ދެކެވެނީ ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ ނިޒާމެއްތޯ ނުވަތަ ބަރުލަމާނީ ނިޒާމެއްތޯއާ މެދު ދެކެވޭ ވާހަކައެވެ. މިކަމަށް ގޮތެއް ނިންމާނީ ދައުލަތުގެ ބާރަކުން ނުވަތަ ހަމަ ބުނެލާ ބަހަކުން ނޫނެވެ. މިކަން ކުރުމަށް ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނަގަން ޖެހެއެވެ. ނަމަވެސް އުފެދޭ ސުވާލަކީ ރާއްޖޭގައި އޮންނަން ޖެހޭނީ ރިޔާސީ ނިޒާމެއް ކަމެއް ނުވަތަ ބަރުލަމާނީ ނިޒާމެއް ކަމެއް ގާނޫނު އަސާސީން ސާފުވޭތޯ އެވެ.

މި މައްސަލައާ ގުޅިގެން ގާނޫނީ ވަކީލު ނިޝާން އިބްރާހިމް ވިދާޅުވަނީ ދިވެހިޖުމްހޫރިއްޔާގެ ގާނޫނުއަސާސީން، މިރާއްޖޭގައި އޮންނަނީ ރިޔާސީ ނިޒާމެއްކަމެއް ނުވަތަ ބަރުލަމާނީ ނިޒާމެއް ކަމެއް ސާފުކޮށް އެނގެން ނެތްކަމަށެވެ. ނިޝާން މިގޮތަށް ހާމަކޮށް ކުރައްވާފައިވާ ޓްވީޓެއްގައި ވަނީ މިރާއްޖޭގެ ވެރިކަމުގެ ނިޒާމު، ގާނޫނުއަސާސީން ސާފެއް ނޫންކަމަށާއި، ބަރުލަމާނީއާއި ރިޔާސީ ނިޒާމުގެ ސިފަ ވެސް ގާނޫނުއަސާސީގައި އެކުލެވިފައިވާކަމަށާއި، މި ދެ ނިޒާމަށް ވެސް އަމަލު ކުރެވެމުންދާ ކަމެވެ. އަނެއްހެން ދަންނަވާނަމަ މަސްހުނިވެފައިވާ ނިޒާމެއްގެ ވާހަކައެވެ.

ގާނޫނިީ ވަކީލު ނިޝާން ވިދާޅުވަނީ ސީދާ ބަރުލަމާނީގެ ސިފަ އެކުލެވިގެންވާ ގޮތަށް ނިޒާމު ފުރޮޅާލުމަށް ރައްޔިތުންގެ މަޖުލީހުގެ 4 ބައިކުޅަ 3 ބައި މެންބަރުންގެ ވޯޓު ބޭނުންވާނެކަމަށާއި، މިކަމުގައި ރައްޔިތުންގެ ބަސްހޯދުން ގާނޫނު އަސާސީގެ 262 ވަނަ މާއްދާގެ (ށ) ގެ (3) ވަނަ ނަންބަރުގެ ދަށުން ލާޒިމުކޮށްފައިވާކަމަށެވެ. އެހެންކަމުން ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓަކަށް ދާން ޖެހެއެވެ. މީގެ ކުރިން 2007 ވަނަ އަހަރު ވެސް ރާއްޖޭގައި އޮންނަން ފެންނަ ނިޒާމަކާ މެދު ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނެގިގެން ދިޔައެވެ.

2007 ވަނަ އަހަރު ވެރިކަމުގެ ނިޒާމު ކަނޑައަޅަން ނެގުނު ވޯޓްގައި 95،619 މީހުން ވޯޓް ދީފައިވަނީ ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ ނިޒާމު ކަމަށެވެ. ބަރުލަމާނީ ނިޒާމު އޮންނަން ފެންނަ ކަމަށް ވޯޓް ދީފައިވަނީ 58،504 މީހުންނެވެ. މި ވޯޓުގައި 199،841 މީހުން ވޯޓުލުމަށް ރަޖިސްޓްރީވިއެވެ. އެހެންނަމަވެސް ވޯޓު ލާފައިވަނީ 155،890 މީހުންނެވެ.

ނަމަވެސް މިހާރު ކުރެވޭ ބަހުސްގެ ތެރެއިން ބައެއް އިތުރު ކަންކަމަށް ބަލައިލާނަމަވެ. ގާނޫނު އަސާސީގެ 262 ވަނަ މާއްދާގައި ބަޔާންވެގެންވަނީ، ގާނޫނު އަސާސީގެ 107 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އިންތިޚާބުކުރެވޭ މުއްދަތާއި، ރައީސުލްޖުމްހޫރިއްޔާ އިންތިޚާބުކުރެވޭ ގޮތް ބަދަލުކުރަންވާނީ ރައްޔިތުން މަޖިލީހުން އެގޮތަށް ފާސްކުރިކަމުގައިވިޔަސް ރައްޔިތުންގެ ސީދާ ވޯޓަކުން އެކަން ކުރުމަށް ރައްޔިތުން ރުހޭކަމުގައިވާނަމައެވެ.

ވަކީލު ނިޝާން މިފަދަ ގޮތަކަށް ޓުވީޓްކުރައްވާފައިވަނީ ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު، މިރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ގެނައުމަށް މަސައްކަތްކުރައްވަމުން އަންނަ ދަނޑިވަޅެއްގައެވެ. އަދި ބަރުލަމާނީގެ ވާހަކަފުޅު ރައީސް ނަޝީދު، ރައީސް ސާލިހުގެ އަރިހުގައި ދަންނަވާފައިވާ ދަނޑިވަޅެއްގައެވެ.

ރިޔާސީ ނިޒާމާއި ބަރުލަމާނީ ނިޒާމާމެދު މިރާއްޖޭގެ މަސްރަހު ހޫނުވެފައިވާއިރު، މީގެ ކުރީން ވެސް ވަނީ މިކަމުގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ގޮސްފައެވެ. އެފަހަރު ބޮޑު އަޣުލަބިއްޔަތަކުން ރައްޔިތުން ބުނެފައިވަނީ މިރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ ނިޒާމެއްކަމުގައެވެ. މިދިޔަ އަހަރުގެ ތެރޭގައި ވެސް ނިޒާމީ ބަހުސް ލީޑަރުންގެ މެދުގައި ކުރެވެން ފެށިއެވެ. ނަމަވެސް އެއިރުވެސް ގޮތް ނިންމާނީ ރައްޔިތުން ކަމަށް ލީޑަރުން ގަބޫލުކުރައްވައި، އެގޮތުގައި ތިއްބެވެ. ގާނޫނުއަސާސީގައި ބުނެފައިވާ ގޮތުން މިފަދަ ބޮޑެތި ނިންމުންތައް ނިންމާއިރު ރައްޔިތުންގެ ބަސް ހޯދަންޖެހޭނެއެވެ. 

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

30 ސެޕްޓެމްބަރު 2018

ނިމުނު ރިޔާސީ އިންތިހާބު: މައުމޫނުގެ ހަގީގީ ސަޕޯޓަރުން ފެނިގެންދިޔަ އިންތިހާބެއް

30 ސެޕްޓެމްބަރު 2018
ނިމުނު ރިޔާސީ އިންތިހާބު: މައުމޫނުގެ ހަގީގީ ސަޕޯޓަރުން ފެނިގެންދިޔަ އިންތިހާބެއް
27 ސެޕްޓެމްބަރު 2018

ރިޔާސީ އިންތިހާބު: ކޮރަޕްޝަނާއި އެޑްވާންސްކޮށް ވައްކަން ކުރުމަށް ރައްޔިތުން ބުނީ ނޫނެކޭ

27 ސެޕްޓެމްބަރު 2018
ރިޔާސީ އިންތިހާބު: ކޮރަޕްޝަނާއި އެޑްވާންސްކޮށް ވައްކަން ކުރުމަށް ރައްޔިތުން ބުނީ ނޫނެކޭ
22 ސެޕްޓެމްބަރު 2018

ރިޔާސީ އިންތިޚާބު: ފުވައްމުލަކު ރައްޔިތުން ގޮތެއް ނިންމައިފި!

22 ސެޕްޓެމްބަރު 2018
ރިޔާސީ އިންތިޚާބު: ފުވައްމުލަކު ރައްޔިތުން ގޮތެއް ނިންމައިފި!
04 އޯގަސްޓު 2018

ވުޖޫދުގައި ނެތް ޕާޓީއަކުން ރިޔާސީ ކެންޑިޑޭޓެއް ނެރެވިދާނެތަ؟

04 އޯގަސްޓު 2018
ވުޖޫދުގައި ނެތް ޕާޓީއަކުން ރިޔާސީ ކެންޑިޑޭޓެއް ނެރެވިދާނެތަ؟
20 މެއި 2018

ރިޔާސީ އިންތިހާބުު 2018: ނަޝީދާއި، ޔާމީންގެ ތަފާތު!

20 މެއި 2018
ރިޔާސީ އިންތިހާބުު 2018: ނަޝީދާއި، ޔާމީންގެ ތަފާތު!
25 ޖެނުއަރީ 2018

މިސްރުގެ ރިޔާސީ އިންތިޚާބު ހަމަ އެކަނި ދައްކާލާ ޝޯވ އަކަށް!

25 ޖެނުއަރީ 2018
މިސްރުގެ ރިޔާސީ އިންތިޚާބު ހަމަ އެކަނި ދައްކާލާ ޝޯވ އަކަށް!
05 ޖެނުއަރީ 2018

ރިޔާސީ ރޭސް: އެއް އަހުގެ ރޭހެއް!

05 ޖެނުއަރީ 2018
ރިޔާސީ ރޭސް: އެއް އަހުގެ ރޭހެއް!
02 އޮކްޓޯބަރު 2017

ރިޔާސީ އިންތިހާބަށް ބާކީ އެއް އަހަރު، ހަމައެކަނި ޗޮއިސްއަކީ ރައީސް ޔާމީން!

02 އޮކްޓޯބަރު 2017
ރިޔާސީ އިންތިހާބަށް ބާކީ އެއް އަހަރު، ހަމައެކަނި ޗޮއިސްއަކީ ރައީސް ޔާމީން!
23 ސެޕްޓެމްބަރު 2017

ކެންޔާގައި އަލުން ބާއްވާ ރިޔާސީ އިންތިޚާބަށް ނަޒަރެއް!

23 ސެޕްޓެމްބަރު 2017
ކެންޔާގައި އަލުން ބާއްވާ ރިޔާސީ އިންތިޚާބަށް ނަޒަރެއް!
08 ފެބުރުއަރީ 2017

ސަނާ ކިޔާވަރުގެ ރިޔާސީ ބަޔާނެއް އަޑެއް ނީވުނު!

08 ފެބުރުއަރީ 2017
ސަނާ ކިޔާވަރުގެ ރިޔާސީ ބަޔާނެއް އަޑެއް ނީވުނު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް