Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
އޯޑީގެ މުއްދަތު އިތުރުކުރުމުގެ މައްސަލަ

އިގްތިސާދު ހަމައަކަށް އަޅުވައި އައު ހަރަކާތްތަކަށް ޖާގަ ދިނުމަށް އޯޑީ ފެސިލިޓީގެ މުއްދަތު އިތުކުރުން މުހިންމު

މިފައިސާ އަނބުރާ ދައްކަން މިހާރު މަސައްކަތްކޮށްފިނަމަ އިގްތިސާދަށް ބުރުއަރާނެ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 22 އެޕްރީލު 2021 | ބުރާސްފަތި 03:27
އޯޑީގެ މުއްދަތު އިތުރުކުރުމަށް ކުރިއަށްދިޔަ ކޮމިޓީ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރ ބައިވެރިވެވަޑައިގެން

އޯޑީގެ މުއްދަތު އިތުރުކުރުމަށް ކުރިއަށްދިޔަ ކޮމިޓީ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރ ބައިވެރިވެވަޑައިގެން

ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ގާނޫނުގައި ވާ މުއްދަތަށް ދީފައިވާ އިސްތިސްނާ ހުއްދައިގެ މުއްދަތު އިތުރު ކޮށްދިނުމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވަނީ ރައްޔިތުންގެ މަޖިލީހުގައި އެދިވަޑައިގެންފައެވެ. ކޮވިޑުގެ ބަލިމަޑުކަމުގެ ތެރެއިން މިދިޔަ އަހަރުގެ އޭޕްރީލް މަހު ފިނޭންސް މިނިސްޓްރީން ވަނީ ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނުން އިސްތިސްނާ ހާލަތެއް ގެނައުމުގެ ހުއްދަ މަޖިލީހުން ދީ އެ ލިމިޓް 4.4 ބިލިއަން ރުފިޔާއަށް އިތުރުކޮށްދިނުމަށް އެދިވަޑައިގެންފައެވެ.

މިދިޔަ އަހަރު އެކަމަށް އެދިވަޑައިގެން ފިނޭންސް މިނިސްޓަރ މަޖިލީހަށް ހުށަހެޅުއްވި ހުށަހެޅުމުގައި ވަނީ ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނުގެ ދަށުން ކަނޑައަޅާފައިވާ ފިސްކަލް ހަމަތަކަކީ އެއަށް ފިނޭންސް މިނިސްޓްރީން އަމަލުކުރުން ލާޒިމް ހަމަތަކެއްކަމުގައިވީ ނަމަވެސް އެވަގުތު ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19 ގެ ސަބަބުން ގައުމުގެ އިގްތިސާދީ އަދި މާލީ ހާލަތަށް ދިމާވެފައިވާ ގޮންޖެހުންތަކާއެކު އެ ގާނޫނުގެ 32 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފިސްކަލް ހަމަތަކަށް އަމަލުކުރުމަކީ އިގްތިސާދީ ގޮތުން އަމަލުކުރެވޭނެ ކަމެއް ނޫންކަމަށެވެ. އެހެންކަމުން ގާނޫނުގެ ކަމާގުޅުންހުރި މާއްދާތަކަށް އަމަލުކުރުން އެއް އަރަހަށް ފަސް ކުރުމަށް މަޖިލީހުން ފާސް ކުރުމަށް ވަނީ އެދިވަޑައިގަންފައެވެ. އެއާ އެއްގޮތަށް މަޖިލީހުން ވަނީ ގާނޫނުން އިސްތިސްނާ ހާލަތެއް ގެނައުމަށް ފާސްކޮށް 4.4 ބިލިއަން ރުފިޔާއަށް ލިމިޓް އިތުރުކޮށްފައެވެ.

އެމުއްދަތަށް އަހަރެއް ވާން ކުޑަދުވަސް ކޮޅަކަށް ވެފައިވަނިކޮށް މިނިސްޓަރ ވަނީ މުއްދަތު އިތުރު އެއް އަހަރަށް ފަސްކޮށްދިނުމަށް މަޖިލީހަށް ހުށަހަޅުއްވާފައެވެ. އެއާއެކު މެމްބަރުންގެ ތެރެއިންވެސް ގިނަ މެމްބަރުންތަކެއް ފާހަގަކުރެއްވި އެއް ކަމަކީ މުއްދަތު އިތުރުކުރަނީ ކޮންކަމަކަށްތޯއެވެ. މުއްދަތު އިތުރުކޮށްދިނުމަށް އެދި ހުށަހަޅުއްވަމުން މިނިސްޓަރ ވިދާޅުވީ މަޖިލީހުން ދީފައިވާ އިސްތިސްނާއަށް 1 އަހަރުވާން ކައިރިވެފައިވާއިރު، އަދި އިގްތިސާދީ މި ފުން ވަޅުގަނޑުން އެއްކޮށް އަރައިގަނެވިފައި ނުވާ ކަމަށާއި އަދިވެސް ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެން ކުރިމަތިވެފައިވާ ތަދުމަޑުކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ އަދި މާލީ ހާލަތަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައި ކަމަށެވެ. ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ގާނޫނުގެ 36 ވަނަ މާއްދާގެ ދަށުން ލިބިދޭ އިސްތިސްނާ ހާލަތުން އަރައި ގަނެވިފައި ނުވާ ކަމަށެވެ.

އެހެންކަމުން މި ދަނޑިވަޅުގައި ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ގާނޫނުގެ 32 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ބައެއް ފިސްކަލް ހަމަތަކަށް އަމަލުކުރުމަކީ ރާއްޖޭގެ އިގްތިސާދީ އަދި މާލީ ހާލަތު ތަންދޭ ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ. އަދި މި ވަގުތު މި ހަމަތަކަށް ރުޖޫއަ ވާން މަސައްކަތް ކޮށްފިނަމަ، ރާއްޖޭގެ އިގްތިސާދަށް, ދައުލަތް މެދުވެރިކޮށް ދެމުން އަންނަ ސަޕޯޓަށާއި، ދައުލަތުގެ ކޭޝްފްލޯ މެނޭޖްކުރުމަށާއި ދައުލަތް ހިންގުމަށް ވަރަށް ގިނަ ގޮންޖެހުންތައް ކުރިމަތިވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އޯޑީގެ މުއްދަތު އިތުރުކުރުމުގެ މައްސަލަ ދިރާސާކުރުމަށް ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ 9 މެމްބަރުންގެ ވަގުތީ ކޮމިޓީއެއް އެކުލަވާލާފައެވެ. މިކޮމިޓީން ވަނީ ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު އާއި އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް އަދި އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތާ ބައްދަލުކޮށް މިކަމާއި ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކޮށްފައެވެ.

ކޮމިޓީން މިބޭފުޅުންނާ ބައްދަލުކޮށްގެން ކުރިޔަށް ގެންދިޔަ ބައްދަލުވުންތަކަށް ބަލާއިރު ހުރިހާ ބައްދަލުވުމެއްގައިވެސް މެމްބަރުން ވަނީ މުއްދަތު އިތުރުކުރަން ޖެހޭ ސަބަބެއް ސާފުކޮށްދިނުމަށް ކަމާގުޅުންހުރި އިދާރާތަކުގައި އެދިވަޑައިގަންނަވާފައެވެ.

ކޮމިޓީން މިކަމާއި ގުޅިގެން އެންމެ ފުރަތަމަ ބައްދަލުކޮށްފައިވަނީ ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު އާއި ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް އަހުމަދު ސަރުވަޝް އާއެވެ. މިދެބޭފުޅުން ކޮމިޓީގައި ފާހަގަކުރެއްވީ ކޮވިޑްގެ ހާލަތުގައި ދައުލަތުގެ ކޭޝް ފްލޯގައި މައްސަލައެއް ދިމާނުވެ ކުރިޔަށް ގޮސްފައިވަނީ އޭރު ނެގި މިފެސިލިޓީގެ ސަބަބުންކަމަށެވެ. ސަރުކާރުން ޕްރައިވެޓް ސެކްޓަރ އަށާއި ޚިދުމަތްދެމުންދާ އެހެނިހެން ފަރާތްތަކަށް ދައްކަންޖެހޭ ބިލްތައް ގަވާއިދުން ދެއްކި ޚިދުމަތްތައް ދެވެމުންދިޔައީ މި ފެސިލިޓީގެ ސަބަބުން ކަމަށް އެބޭފުޅުން ފާހަގަކުރައްވައެވެ.

މިހާރުގެ ހާލަތަށް ބަލާއިރު އިގްތިސާދު އަދި އޮތީ އެއްކޮށް ހަމައަކަށް އެޅިފައި ނޫންކަމަށާއި އެހެންކަމުން މިފައިސާ އަނބުރާ ދައްކަން މިހާރު މަސައްކަތްކޮށްގެން އިގްތިސާދަށް އެކަމުގެ ސަބަބުން ބުރުއަރާނެ ކަމަށް އެބޭފުޅުން ފާހަގަކުރެއްވިއެވެ. އަދި މުއްދަތު އިތުރުކޮށްފިނަމަ އަންނަ އަހަރުގެ އޭޕްރީލް މަސް އަންނަންވާއިރު ޕަބްލިކް ބޭންކް އެކައުންޓްގައި ހުރި އޯޑީ ސުމަކަށް އައުން ނުވަތަ އޯވަރޑްރޯ ކުރަން ނުޖެހޭ ހާލަތަށް އައުމުގެ ފުރުސަތު ވަރަށް ބޮޑަށް ލިބިގެންދާކަމަށް އެބޭފުޅުން ފާހަގަކުރައްވައެވެ.

ސަރުވަޝް ދެން ފާހަގަކުރެއްވި ކަމަކީ ކޮވިޑްގެ ހާލަތާއި ގުޅިގެން މިދިޔަ އަހަރު ދެމުން ގެންދިޔަ އެހީތަކެވެ. ކޮވިޑްގެ ހާލަތާއި ގުޅިގެން އާމްދަނީއަށް އަސަރުކޮށްފައިވާ ފަރާތްތަކަށާއި ކުންފުނިތަކަށް ސަރުކާރުން ވަނީ މާލީ އެހީތެރިކަން ފޯރުކޮށްދީފައެވެ. ލޯންތައް ދެއްކުމުގެ މުއްދަތު ވަނީ ފަސްކޮށްފައެވެ. މިފަދަ އެހީތެރިކަމެއް ދެމުން އައިސް އިގްތިސާދު ދެމެހެއްޓުމަށް ދެމުން އައި އެހީ ކުއްލިއަކަށް ހުއްޓާލައިފިނަމަ އެކަމުގެ ސަބަބުން އިގްތިސާދަށް ބޮޑު ގެއްލުމެއް ލިބޭނެކަމަށް ސަރުވަޝް ވިދާޅުވިއެވެ.

ކޮމިޓީން ދެން ބައްދަލުކުރި އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމްވެސް ލަފާދެއްވީ އިގްތިސާދު ހަމައަކަށް ނޭޅެނީސް އިގްތިސާދު ހަމައަކަށް އެޅުވުމަށް ދީފައި ހުންނަ އެހީތައް ކަނޑާލުމަށް މާހިރުންވެސް ދެކޮޅު ހައްދަވާ ކަމަށެވެ. އިގްތިސާދު ހަމައަކަށް އެޅުވުމަށް މިފަދަ ފެސިލިޓީތައް ދޭންޖެހޭކަން ގަވަރުނަރު ފާހަގަކުރެއްވިއެވެ. މިކަމުގައި ގަވަރުނަރުގެ ކަންބޮޑުވުން ހުރީ އޯޑީ ފެސިލިޓީގެ އަދަދު އިތުރުވެދާނެތީއެވެ. އެއީ އެކަމުގެ ސަބަބުން އިންފްލޭޝަން މައްޗަށް ގޮސް އެކްސްޗޭންޖަށް ރޭޓަށް ބަދަލުތަކެއް އަންނާނެތީއެވެ.

ކޮމިޓީގެ ބައްދަލުވުންތަކަށް ފަހު މިހާރު ވަނީ އޯޑީ ފެސިލިޓީއަށް މުއްދަތު އިތުރުކޮށްދިނުމަށް ނިންމާފައެވެ. މިކަމަށް ވަރަށް އަވަހަށް މަޖިލީހުން ގޮތެއް ނިންމާނެކަމަށް ބެލެވެއެވެ. އެއާއެކު އަނެއްކާވެސް 4.4 ބިލިއަން ރުފިޔާ ދެއްކުމުގެ މުއްދަތު އިތުރުވެގެންދާނެއެވެ.

މިކަމުގައި ފިނޭންސް މިނިސްޓަރ ވިދާޅުވީ މިހާރު ރާއްޖޭގެ އިގްތިސާދީ ދުވެލި ހުރިގޮތުން ކުރިޔަށް އޮތްތަނުގައި ޕަބްލިކް އެކައުންޓްގައި ބެލެންސްގައި ހުންނަ މިންވަރު އާމްދަނީ އިތުރުވަމުންދާ ވަރަކުން އަންނާނީ ސެޓްލްވަމުންކަމުގައެވެ. އެހެންކަމުން އާމްދަނީ އިތުރުވެ އިގްތިސާދު ރަނގަޅުވަމުންދާ ސްޕީޑަށް ބަލާއިރު ޕަބްލިކް ބޭންކް އެކައުންޓް ބެލެންސް ސުމަކަށް އައުމަކީވެސް ގާތްކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވަނީ މިދިޔަ އަހަރު މަޖިލީހުގައި ދެއްކެވި ވާހަކަފުޅު މިއަހަރުވެސް ތަކުރާރުކުރައްވާފައެވެ. އެއީ މިހާރުވެސް މިދިޔަ މުއްދަތުގެ ތެރޭގައި ދައުލަތަށް އާމްދަނީ ލިބޭ މިންވަރަކުން އޯވަރޑްރޯ ކުރާ މިންވަރަކުން އެމިންވަރު ސެޓެލްކުރަމުން ދާނެ ކަމަށެވެ. އެކަން އޮޓޮމެޓިކުން ވަމުން އަންނާނެ ކަމަށެވެ.

ކޮވިޑާ ގުޅިގެން މިދިޔަ އެއް އަހަރުގެ ތެރޭގައި 3.8 ބިލިއަން ރުފިޔާ އޯވަރޑްރޯ ކޮށްފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އިންތިހާބުގައި ސަރުކާރު ޓެގު އަޅުވައިގެން އުޅޭ ކެންޑިޑޭޓުން، އިދިކޮޅުގެ އަޑެއް ނެތް!

އިންތިހާބުގައި ސަރުކާރު ޓެގު އަޅުވައިގެން އުޅޭ ކެންޑިޑޭޓުން، އިދިކޮޅުގެ އަޑެއް ނެތް!

23 މާރިޗު 2019
ރައީސް ސޯލިހްގެ އިންޑިއާ ދަތުރުފުޅު: ގުޅުންތަކުގެ އައު ސޮފްޙާތަކެއް

ރައީސް ސޯލިހްގެ އިންޑިއާ ދަތުރުފުޅު: ގުޅުންތަކުގެ އައު ސޮފްޙާތަކެއް

11 ޑިސެމްބަރު 2018
ރައީސް ސޯލިހާއެކު ދަނޑުވެރިންނަށް އައު އުދަރެހެއް

ރައީސް ސޯލިހާއެކު ދަނޑުވެރިންނަށް އައު އުދަރެހެއް

20 ނޮވެމްބަރު 2018
އައު ސަރުކާރުގެ ކެބިނެޓް: ސިޔާސީ މަސްލަހަތަށް ވުރެ ގައުމުގެ މަސްލަހަތު އިސްކުރަންޖެހޭ

އައު ސަރުކާރުގެ ކެބިނެޓް: ސިޔާސީ މަސްލަހަތަށް ވުރެ ގައުމުގެ މަސްލަހަތު އިސްކުރަންޖެހޭ

23 އޮކްޓޯބަރު 2018
ސިޔާސީ އަމިއްލަ އެނދުމުގެ ތެރެއިން ހަލާކުވެގެންދަނީ ގައުމުގެ އިގްތިސާދު

ސިޔާސީ އަމިއްލަ އެނދުމުގެ ތެރެއިން ހަލާކުވެގެންދަނީ ގައުމުގެ އިގްތިސާދު

15 ފެބުރުއަރީ 2018

އަހަރުތަކުން މިއަދު

12 މާރިޗު
ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.
20242 އަހަރު ކުރިން
ރިޕޯޓު

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!
20233 އަހަރު ކުރިން
ރިޕޯޓު

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''
20224 އަހަރު ކުރިން
ރިޕޯޓު

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ
20197 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު