Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ޔާމީން މިނިވަން ކުރުން

ޔާމީން މިނިވަން ކުރަން ފުލުހުންނާއި ކުރިމަތިލާން ޕީޕީއެމުން ތައްޔާރު!

އަޑުން އަޑުން ނަގާ، ތަކުރާރުކޮށް ގޮވަމުން ދަނީ ރައީސް ޔާމީން މިނިވަން ކުރުމަށް

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 21 އެޕްރީލު 2021 | ބުދަ 18:32
ޕީޕީއެމުން ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން

ޕީޕީއެމުން ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން

ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލާ ޕީޕީއެމުން އަންނަނީ ސިލްސިލާކޮށް މުޒާހަރާ ކުރަމުންނެވެ. މި މުޒާހަރާތައް ރާއްޖޭގެ ކޮވިޑުގެ ހާލަތު އެންމެ ގޯސްވިއިރު ވެސް އަންނަނީ މުޒާހަރާތައް ކުރަމުންނެވެ. އެގޮތުން އެކި ނަން ނަމުގައި ޕީޕީއެމުން މުޒާހަރާތައް ބާއްވަމުންދެއެވެ. ބައެއްފަހަރު މި މުޒާހަރާތަަކަކީ ދައްކާލާ ޗަރުކޭހެއް ސިފަވާ ކަހަލައެވެ. މަގުމަތީގައި ދެކޮޅަށް ދުވެ އެނބުރޭނެ ގޮތަކަށް އެނބުރި މުޒާހަރާތައް ނިންމާލާނީ ވަކި ކޮޅެއްގައި ނުޖެހިއެވެ.

މިއީ ހައްތަހާވެސް އިދިކޮޅުން ކުޅެމުންދާ ކުޅިވަރުތަކެެވެ. މި ރަމަޟާން ރޯދަ މަހު ވެސް އިދިކޮޅުން މިވަނީ މުޒާހަރާތައް ފަށާފައެވެ. މިފަދަ މާތް މައްސަރު ހާއްސަ ކުރެވިފައިވަނީ ހުސް އަޅުކަމަށްވާއިރު އަޅުކަން ކުރުން ވެސް ދޫކޮށްލާ ޕީޕީއެމުން ނިންމީ މަގުމައްޗަށް ނިކުންނާށެވެ. އަޑުން އަޑުން ނަގާ، ތަކުރާރުކޮށް ގޮވަމުން ދަނީ ރައީސް ޔާމީން މިނިވަން ކުރުމަށެވެ. އެގޮތުން ބުދަ ދުވަހުގެ ރޭ ވެސް ޕީޕީއެމުން ވަނީ މަގުތަކަށް ނިކުމެފައެވެ. މިފަހަރު މަގުތަކަށް ނިކުމެފައިވަނީ ރައީސް ޔާމީންގެ މޫނު ކުރަހާފައިވާ މާސްކްތައް އަޅައިގެންނެވެ. ފުލުހުން ބެރިކޭޑް ޖަހާ މަގުތައް ބަންދުކޮށްފައިވާއިރު ޕީޕީއެމް އޮފީހާ ދިމާލުގައި ގައުމީ ދިދަ އާއި ޕީޕީއެމްގެ ދިދަ ހިފައިގެން ސަޕޯޓަރުން މަގުގެ ދެކޮޅަށް ހިނގައެވެ.

އަދި މިފަހަރުގެ މުޒާހަރާގައި ވަނީ ފުލުހުންނަށް ވެސް އިންޒާރު ދީފައެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ކުރީގެ ރައީސް ޔާމިނަށް ދެރަގޮތެއް ނުހައްދަވާނެ ކަމަށް ވިދާޅުވި ކަމަށާއި އެހެންކަމުން އެމަނިކުފާނު މާދަމާ މިނިވަން ކުރުމަށް ޕީޕީއެމުން ވަނީ ގޮވާލާފައެވެ. އަދި ބުރާސްފަތި ދުވަހުގެ ރޭ ބާއްވާ މުޒާހަރާގައި ފުލުހުންނާއި ވެސް ކުރިމަތިލާނެ ކަމަށް ބުނެ އިދިކޮޅުން ވަނީ އިންޒާރު ދީފައެވެ.

ކޮވިޑުގެ ބަލިމަޑުން އަރައިނުގަނެވިގެން އުޅެނިކޮށް އިދިކޮޅުން މިވަނީ ފުލުހުންނަަށް ވެސް ދުއްތުރާ ޖައްސާފައެވެ. ކޮންމެ ހާލަތެއް ގައުމަށް ދިމާވިކަމުގައި ވީނަމަވެސް ރައްޔިތުންގެ ހިދުމަތުގައި ހަމަ ތިބެނީ މި ފުލުހުންނެވެ. އެހެންކަމަށްވާއިރު ފުލުހުންނާއި ވެސް ކުރިމަތިލާނެ ކަމަށް ބުނެ ޕީޕީއެމުން މި ދައްކާ ދެއުޅިއަށް ނުވާ ވާހަކަތަކަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ވާހަކަތަކެއް ނޫނެވެ. މި އުޅުން ދޫކޮށްލާ، މިފަދަ މާތް މައްސަރަށް ޕީޕީއެމުން އިހްތިރާމް ކުރަން އެބަޖެހެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔާމީންގެ ގާތިލުން ހޯދިއްޖެނަމަ، އަފްރާޝީމްގެ މަރުގެ ހަގީގަތް ހޯދުމުގެ ފުރުސަތު ބޮޑު!

ޔާމީންގެ ގާތިލުން ހޯދިއްޖެނަމަ، އަފްރާޝީމްގެ މަރުގެ ހަގީގަތް ހޯދުމުގެ ފުރުސަތު ބޮޑު!

26 އެޕްރީލު 2017
ޔާމީން ރަޝީދު އަނިޔާވެރިކޮށް މަރާލުން - ޓައިމްލައިން

ޔާމީން ރަޝީދު އަނިޔާވެރިކޮށް މަރާލުން - ޓައިމްލައިން

25 އެޕްރީލު 2017
ޔާމީން ރަޝީދުގެ ގޭގެ ސަރަހައްދުގައި ހުސް ކެމެރާ، ގާތިލުންނަށް ފިލޭނެތަ!؟

ޔާމީން ރަޝީދުގެ ގޭގެ ސަރަހައްދުގައި ހުސް ކެމެރާ، ގާތިލުންނަށް ފިލޭނެތަ!؟

24 އެޕްރީލު 2017
މަގޫދޫ ދޮން އައިމިނަ: ބޭނުންވަނީ މިނިވަން ދިވެހިރާއްޖެއެއްގެ ފަސްގަނޑަށް ފަހު ނޭވާލާން

މަގޫދޫ ދޮން އައިމިނަ: ބޭނުންވަނީ މިނިވަން ދިވެހިރާއްޖެއެއްގެ ފަސްގަނޑަށް ފަހު ނޭވާލާން

02 މާރިޗު 2017
ރައީސް ޔާމީންގެ ސަރުކާރަށް ރައްޔިތުން އިތުބާރު ނުކަރީ ކީއްވެ؟

ރައީސް ޔާމީންގެ ސަރުކާރަށް ރައްޔިތުން އިތުބާރު ނުކަރީ ކީއްވެ؟

02 މާރިޗު 2017

އަހަރުތަކުން މިއަދު

5 އެޕްރީލު
ކުޅުމުގެ މައިދާން އެއް ހަމަކުރުން - އިޖުތިމާއީ ހަމަހަމަ ކަމަށް ކުޅިވަރު
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ކުޅުމުގެ މައިދާން އެއް ހަމަކުރުން - އިޖުތިމާއީ ހަމަހަމަ ކަމަށް ކުޅިވަރު

ރޯދަ ނިމުނު އިރުވެސް ތުރުކީން ކާޑު ނުލިބި އެންމެ ފަހުން އެއްކަލަ ބުލީކުރާ އިންޑިއާގެ ފައިބުޑަށް
20242 އަހަރު ކުރިން
ރިޕޯޓު

ރޯދަ ނިމުނު އިރުވެސް ތުރުކީން ކާޑު ނުލިބި އެންމެ ފަހުން އެއްކަލަ ބުލީކުރާ އިންޑިއާގެ ފައިބުޑަށް

އުދައްޔުގެ ބޭބެ ތަކުރާރުކޮށް ބުނަމުން ދިޔައީ އޭނާއަށް ފަރުވާ ނުދީ އުދައްޔުއަށް ފަރުވާ ދިނުމަށް: ހެކިވެރިޔާ
20233 އަހަރު ކުރިން
ރާއްޖެ

އުދައްޔުގެ ބޭބެ ތަކުރާރުކޮށް ބުނަމުން ދިޔައީ އޭނާއަށް ފަރުވާ ނުދީ އުދައްޔުއަށް ފަރުވާ ދިނުމަށް: ހެކިވެރިޔާ

ޕިއްޒާ ޓޯސްޓް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕިއްޒާ ޓޯސްޓް

ޔާމީން ސަރުކާރުން ސަލްމާން މިސްކިތުގެ ބޮޑު އޮޅުވާލުމެއް، ރާއްޖެއާ ދެކޮޅަށް ދައުވާކޮށްފާނެ
20215 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުން ސަލްމާން މިސްކިތުގެ ބޮޑު އޮޅުވާލުމެއް، ރާއްޖެއާ ދެކޮޅަށް ދައުވާކޮށްފާނެ

އިންތިޚާބުގައި ޖޭޕީ އަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވީ \'\'ވަގެއް\'\'ގެ އަތުގައި ހިފުމުން: އަލީ ސޯލިހު
20197 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ޖޭޕީ އަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވީ \'\'ވަގެއް\'\'ގެ އަތުގައި ހިފުމުން: އަލީ ސޯލިހު

ރައީސް މައުމޫނު ދޫކޮށްލަން އެމްޑީޕީން މަގުމަތީގައި ތިބޭއިރު ދުންޔާ އާއި ގައްސާނު ގޭގަގައި، ކޮން ކަހަލަ މަންޒަރެއް؟!
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް މައުމޫނު ދޫކޮށްލަން އެމްޑީޕީން މަގުމަތީގައި ތިބޭއިރު ދުންޔާ އާއި ގައްސާނު ގޭގަގައި، ކޮން ކަހަލަ މަންޒަރެއް؟!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު