Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނޫސްވެރިކަމުގެ މިނިވަންކަން

ރާއްޖެއިން ނޫސްވެރިކަމުގެ މިނިވަންކަމުގައި ހޯދި ކުރިއެރުމާއެކު ރައީސްއަށް ބޮޑު އުފާފުޅެއް

21 އެޕްރީލު 2021 | ބުދަ 07:08

މިއަހަރު ރާއްޖެ އޮތީ 72 ވަނައިގައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 21 އެޕްރީލު 2021 | ބުދަ 07:08
ރާއްޖެޓީވީގެ 'ފަށާއިރު' ޕްރޮގްރާމުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެ ވަޑައިގަންނަވަނީ

ރާއްޖެޓީވީގެ 'ފަށާއިރު' ޕްރޮގްރާމުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެ ވަޑައިގަންނަވަނީ

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ނޫސްވެރިކަމުގެ މިނިވަންކަން އޮންނަވަރު ބަލައި ކޮންމެ އަހަރަކު އާންމު ކުރަމުންދާ "ވާރލްޑް ޕްރެސް ފްރީޑަމް އިންޑެކްސް"އިން ދިވެހިރާއްޖެއަށް 7 ދަރަޖައިގެ ކުރިއެރުމެއް ލިބުމާއެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިޙު އެކަމުގެ ހިތްހަމަޖެހިވަޑައިގަތުން ފާޅު ކުރައްވައިފިއެވެ.

ކޮންމެ އަހަރަކު އެއްފަހަރު 180 ގައުމު ހިމެނޭގޮތަށް އާންމު ކުރަމުންދާ ޕްރެެސް ފްރީޑަމް އިންޑެކްސްއަށް ބަލާއިރު، 2018 ވަނަ އަހަރު ނެރުނު ލިސްޓްގައި ރާއްޖެ އޮތީ 120 ވަނައިގައެވެ. އަދި 2019 އަނަ އަހަރު އާންމު ކުރި ލިސްޓްގައި ރާއްޖެ 98 ވަނައިގައި އޮތްއިރު، 2020 ވަނަ އަހަރު ނެރުނު ލިސްޓުގައި ރާއްޖެ އޮތީ 79 ވަނައިގައެވެ. އިތުރު 7 ދަރަޖައިގެ ކުރިއެރުމާއެކު މިއަހަރު ރާއްޖެ އޮތީ 72 ވަނައިގައެވެ.

Advertisement - newsAdvertisement

އެކަމާ ގުޅޭގޮތުން ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރާއްޖެއިން ހޯދި ބޮޑު ކާމިޔާބީގެ ސަބަބުން ފަޚުރުވެރިވެވަޑައިގަންނަވާ ކަމަށެވެ. އެގޮތުން ނޫސްވެރިކަމުގެ މިނިވަންކަމުގައި ރާއްޖެއަށް މި ލިބުނު ކުރިއެރުމަކީ ނޫސްވެރިންނަށް މިނިވަންކަމާއި ރައްކާތެެރިކަމާއެކު މަސައްކަތް ކުރެވޭނެ މާޙައުލެއް ޤާއިމު ކޮށްދިނުމަށް ކުރަމުންދާ މަސައްކަތަށް ލިބިގެންދިޔަ ކުރިއެރުމެއްގެ ގޮތުގައި ރައީސް ވަނީ ސިފަ ކުރައްވާފައެވެ.

އާރުއެސްއެފް ގައިވާގޮތުން ރާއްޖެ ލިސްޓުގެ ފަހަތަށް މީގެކުރިން ވެއްޓުނީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ހިނގާދިޔަ ކަންތައްތަކުގެ ސަބަބުންނެވެ. 2013 ވަނަ އަހަރު ޔާމީން ވެރިކަމާއި ހާވާލުވެވަޑައިގެންނެވި އިރު ރާއްޖެ އޮތީ ލިސްޓުގެ 103 ވަނައިގައެވެ. 2018 އާއި ހަމަޔަށް ރާއްޖެ 17 ދަރަޖަ ދަށަށް ވެއްޓުނެވެ. އޭރު ސަރުކާރުން މަޖިލީހުގައި އޮތް މެޖޯރިޓީ ބޭނުންކޮށްގެން ބޭނުންގޮތަކަށް ގާނޫނުތައްހަދައި އެކި މުއައްސަސާތަކުން އަމަލުކުރަމުން ދިޔަ ގޮތުގެ ސަބަބުން ޔާމީންގެ ވެރިކަމުގެ ފަސް އަހަރުވެސް ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ ދިޔައީ ފަހަތަށެވެ.

ޔާމީންގެ ވެރިކަމުގައި އަބުރާ ބެހުން ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅައި، 2016 ވަނަ އަހަރު ފާސްކުރި "އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނު" އަކީ ނޫސްވެރިކަމުގެ މިނިވަންކަން ގެއްލުމަށް ދިމާވި މައިގަނޑު އެއް ސަބަބުގެ ގޮތުގައި އެ ޖަމިއްޔާއިން ސިފަކޮށްފައި ވެއެވެ. އަދި ފުލުހުންގެ ފަރާތުން ނޫސްވެރިންނާއި މީޑީއާތަކަށް ކުރިމަތިވި ގޮންޖެހުންތަކާއި، ގާނޫނުތަކާއި، އިޖުރާއަތުތަކާ ޚިލާފަށް ނޫސްވެރިން ހައްޔަރުކޮށް ދައުވާ ކުރުމަކީ ރާއްޖޭގައި ނޫސްވެރިކަމަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުންތަކުގެ ގޮތުގައި ސިފަކޮށްފައި ވެއެވެ.

މި ގާނޫނު ބޭނުންކޮށްގެން ރާއްޖޭގެ މީޑިއާތަކާއި ނޫސްވެރިންގެ މައްޗަށް އެތައް ދައުވާއެއް ކުރެވިގެން ދިޔައެވެ. ރާއްޖޭގެ މިނިވަން މީޑިއާތަކަށް ރައީސް ޔާމީނުގެ ވެރިކަމުގައި އެތައް ގޮންޖެހުންތަކާއި ކުރިމަތިލާންޖެހުނުކަމަށް އާރުއެސްއެފްއިން ފާހަގަކޮށްފައިވާއިރު، އެޖައްމިއްޔާއިން މިސާލެއްގެ ގޮތުގައި ނަގާފައިވަނީ 'ރާއްޖެޓީވީ'އެވެ. އެގޮތުން ރައީސް ޔާމީނުގެ ވެރިކަމުގައި ރާއްޖެޓީވީގެ ނޫސްވެރިންގެ މައްޗަށް ޖިނާއީ ދައުވާކޮށް، ރާއްޖެޓީވީގެ މައްޗަށް އަބުރުގެ ދައުވާކޮށް ހަތަރު ފަހަރެއްގެ މަތިން 3.7 މިލިއަން ރުފިޔާއިން ޖޫރިމައިނާކޮށްފައިވެއެވެ.

އަދި އެންމެ ގިނަ ދުވަސްވީ ނޫސް "ހަވީރު" ހުއްޓާލަންޖެހުމާއި، ނޫސްވެރިޔާ މުހައްމަދު ރިލުވާން އަބްދުﷲ ގެއްލުވާލުމުގެ އިތުރުން ރަހުމު ކުޑަ ގޮތަކަށް މަރާލާފައިވާ ބްލޮގަރ ޔާމީން ރަޝީދު މަރާލުމުގެ ހާދިސާއަކީވެސް ޔާމީންގެ ވެރިކަމުގައި ހިނގައިގައިވާ ކަންތައްތަކެވެ.

ނަމަވެސް ރައީސް އިބްރާހިމް ސޯލިހު ވެރިކަމަށް ވަޑައިގެން ވަނީ އަބުރުގެ ގާނޫނު އުވާލައްވާފައެވެ. އެއާއިއެކު ރާއްޖެއަށް ނޫސްވެރިކަމުގެ މިނިވަންކަމަށް ކުރިއެރުންތަކެއް ލިބުނުކަން އާރުއެސްއެފް އިންވެސް ފާހަގަކޮށްފައި ވެއެވެ.

އެންމެ ހިނގާ

1

އޮޑި އަށް ގެނައި ރެއާލް އަށް ކުޅުނު ރޮޑްރިގޭޒް، ކުލަބު ދޫކޮށް ގޮސްފި

2

ވިހައިގެން ހޮސްޕިޓަލުން ނުނިކުމެވި އުޅެނިކޮށް ލިބުނީ ފެނަކައިގެ ވަޒީފާއިން ވަކިކުރިކަމުގެ ޗިޓު!

3

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

4

ލޯބިވާ ކުޑަކުޑަ ހިތާއެވެ! ލޯބިވާ ދަރިފުޅާއެވެ!: ތުއްތު ޒީވާގެ ވަކިވުމާއެކު އަޝްރަފްގެ އައު ޅެމަކުން ރޮއްވާލައިފި!

5

އަނެއްކާ ވެސް އެކްސިޑެންޓެއް ހިނގައި، 17 އަހަރުގެ އަންހެން ކުއްޖަކަށް އަނިޔާވެއްޖެ

އިތުރަށް ކިޔާލަން

03 މެއި 2017

ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން ފުޅާ ދައިރާއެއްގައި އެބަ އޮތް: ހޯމް މިނިސްޓްރީ

03 މެއި 2017
ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން ފުޅާ ދައިރާއެއްގައި އެބަ އޮތް: ހޯމް މިނިސްޓްރީ
01 މެއި 2017

ނޫސްވެރިކަމުގެ މިނިވަންކަން އެއްވެސް ވަރަކަށް ނެތް ގައުމުތަކުގެ ލިސްޓުގައި ރާއްޖެ ހިމެނިއްޖެ

01 މެއި 2017
ނޫސްވެރިކަމުގެ މިނިވަންކަން އެއްވެސް ވަރަކަށް ނެތް ގައުމުތަކުގެ ލިސްޓުގައި ރާއްޖެ ހިމެނިއްޖެ
20 އެޕްރީލު 2017

ރާއްޖެއިން ބޭރުގައި ނިންމާފައިވާ އާބިޓްރަލް އެވޯޑެއް ރާއްޖޭގައި ތަންފީޒް ކުރާނީ ސިވިލް ކޯޓުން: ހައިކޯޓް

20 އެޕްރީލު 2017
 ރާއްޖެއިން ބޭރުގައި ނިންމާފައިވާ އާބިޓްރަލް އެވޯޑެއް ރާއްޖޭގައި ތަންފީޒް ކުރާނީ ސިވިލް ކޯޓުން: ހައިކޯޓް
10 އެޕްރީލު 2017

ނޫސްވެރިކަމުގެ މިނިވަންކަން ހޯދަން މީޑިއާ ކައުންސިލްގެ ކުރީގެ ރައީސުން އިގުރާރުވެއްޖެ

10 އެޕްރީލު 2017
ނޫސްވެރިކަމުގެ މިނިވަންކަން ހޯދަން މީޑިއާ ކައުންސިލްގެ ކުރީގެ ރައީސުން އިގުރާރުވެއްޖެ
03 މާރިޗު 2017

ވަލު ޖަނަވާރާއި ގަސްގަހާގެހި ހިމާޔަތް ކުރުމުގައި ރާއްޖެއިން ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފައި: އެންވަޔަރަމަންޓް މިނިސްޓްރީ

03 މާރިޗު 2017
ވަލު ޖަނަވާރާއި ގަސްގަހާގެހި ހިމާޔަތް ކުރުމުގައި ރާއްޖެއިން ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފައި: އެންވަޔަރަމަންޓް މިނިސްޓްރީ
28 ފެބުރުއަރީ 2017

އިޒްރާއީލް ކުށްވެރިކޮށް ފަލަސްތީނުގެ ބިންތަކުން ފޭބުމަށް ރާއްޖެއިން ގޮވާލައިފި

28 ފެބުރުއަރީ 2017
އިޒްރާއީލް ކުށްވެރިކޮށް ފަލަސްތީނުގެ ބިންތަކުން ފޭބުމަށް ރާއްޖެއިން ގޮވާލައިފި
26 ފެބުރުއަރީ 2017

ރާއްޖެއިން ބޭރުގެ ޓްރަރިސްޓް ޖަމާއަތެއްގެ ބޮޑެއްގެ ގޮތުގައި ހުރި މީހާގެ މައްޗަށް ހިންގާ ޝަރީއަތް ސިއްރުކޮށްފި

26 ފެބުރުއަރީ 2017
ރާއްޖެއިން ބޭރުގެ ޓްރަރިސްޓް ޖަމާއަތެއްގެ ބޮޑެއްގެ ގޮތުގައި ހުރި މީހާގެ މައްޗަށް ހިންގާ ޝަރީއަތް ސިއްރުކޮށްފި
23 ފެބުރުއަރީ 2017

ބިދޭސީންނަށް ރާއްޖެއިން ބިން އަމިއްލަކުރެވޭ އިސްލާޙު އަނބުރާ ގެންދަންޖެހޭ: ރައީސް މަޢުމޫން

23 ފެބުރުއަރީ 2017
ބިދޭސީންނަށް ރާއްޖެއިން ބިން އަމިއްލަކުރެވޭ އިސްލާޙު އަނބުރާ ގެންދަންޖެހޭ: ރައީސް މަޢުމޫން
20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް