Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމާޒިޔާ އާއި ގްރީންގެ މެޗު

ވެލެންސިއާއާ ދެމެދު އޮތް ފަރަގަށް ބެލުން މުހިންމެއް ނޫން: ވިޑަކޮވިޗް

21 އެޕްރީލު 2021 | ބުދަ 00:12

މާޒިޔާ އާއި ގްރީން ބައްދަލުކުރާ މެޗު ފަށާނީ ބުދަ ދުވަހުގެރޭ 22:00 ގައި

އަތޫފް އާތިފް
އަތޫފް އާތިފް | 21 އެޕްރީލު 2021 | ބުދަ 00:12
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ ކޯޗު ރިސްޓޯ ވިޑަކޮވިޗް

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ ކޯޗު ރިސްޓޯ ވިޑަކޮވިޗް

ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ދެވަނައިގައި އޮތް ކުލަބު ވެލެންސިއާ އާއި އެއްވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ދެމެދު އޮތް ފަރަގު ބެލުން މުހިންމު ނޫން ކަމަށް މާޒިޔާގެ ކޯޗު ރިސްޓޯ ވިޑަކޮވިޗް ބުނެފިއެވެ.

ލީގުގެ ދެވަނަ ބުރުގެ މެޗުތައް ނިމުމަކާ ގާތްވެފައިވާއިރު، ލީގު ތާވަލުގެ އެއްވަނައިގައި އޮތް މާޒިޔާއާ ދެވަނައިގައި އޮތް ވެލެންސިއާ ދެމެދު އޮތީ ހަތަރު ޕޮއިންޓުގެ ފަރަގެކެވެ. އެއްވަނައިގައި ކުޅުނު 12 މެޗުން ލިބުނު 28 ޕޮއިންޓާއެކު މާޒިޔާ އޮތްއިރު، ދެވަނައިގައި އޮތް ވެލެންސިއާއަށް ކުޅުނު 12 މެޗުން 24 ޕޮއިންޓް ވަނީ ލިބިފައެވެ.

ލީގުގައި ބުދަ ދުވަހުގެރޭ ކުލަބު ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ވިޑަކޮވިޗް ބުނީ މާޒިޔާއިން މިވަގުތު ވިސްނާނީ ހަމައެކަނި ގްރީން ސްޓްރީޓްސް މެޗަށް ކަމަށެވެ. އަދި ވެލެންސިއާއާ ދެމެދު އޮތް ފަރަގު މި ވަގުތައް މުހިންމު ނޫން ކަމަށާއި، މުހިންމީ ކުރިއަށް އޮތް ގްރީން ސްޓްރީޓްސް މެޗުން ތިން ޕޮއިންޓް ހޯދުން ކަމަށްވެސް ވިޑަކޮވިޗް ބުންޏެވެ.

މީގެ ކުރިން މި ސީޒަނުގެ ފުރަތަމަ ބުރުގައި މުޙައްމަދު ނިޒާމް (ނިޒާމްބެ) ގެ އިރުޝާދުގެ ދަށުން މާޒިޔާއިން ވަނީ 7-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން ގްރީން ސްޓްރީޓްސް ބަލިކޮށްފައެވެ. އެކަމާ ގުޅޭ ގޮތުން ވިޑަކޮވިޗް ބުނީ އެއީ މާޒީ ކަމަށާއި މިހާރު ގްރީން ސްޓްރީޓްސްއަކީ ކުރިއަށްވުރެ އެތަށް ގޮތަކުން ވަރުގަދަ ޓީމެއް ކަމަށެވެ. އަދި ގްރީން ސްޓްރީޓްސްއަކީ މާޒިޔާ ކަހަލަ ބޯޅަ ހިފަހައްޓައިގެން ކުޅޭ ޓީމެއް ކަމަށްވެސް ވިޑަކޮވިޗް ވަނީ ބުނެފައެވެ.

މާޒިޔާ މެޗުގެ ކުރިން ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ނިސްތާރު މުޙައްމަދު ބުނީ، މި މެޗަށް ނުކުންނާނީ މިދިޔަ މެޗުން ލިބުނި ފިލާވަޅުތައް ދަސްކޮށްގެން ކަމަށެވެ. އެގޮތުން އެންމެ ފަހުން ގްރީން ސްޓްރީޓްސްއިން ކުޅުނު މެޗުގައި ކުލަބު އީގަލްސްއާ 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައި ވާއިރު، އެ މެޗާ އަޅާ ބަލާއިރު މާޒިޔާ މެޗަށް ކުރިމަތިލާނީ މި މެޗުގައި ޓެކްޓިކަލް ޑިސިޕްލިން ހިފެހެއްޓުމަށް ކަމަށްވެސް ބުންޏެވެ.

ނިސްތާރު ބުނީ މާޒިޔާއަކީ ބަލިކުރެވޭނެ ވަރުގެ ޓީމެއް ކަމަށާއި، އެކަމަށް ގްރީން ސްޓްރީޓްސްއިން އޮތީ ތައްޔާރަށް ކަމަށެވެ. އަދި މި މެޗާ ކުރިމަތިލާއިރު ޕްރެޝަރު އޮތީ މާޒިޔާއަށް ކަމަށާއި، އެހެންކަމުން މި މެޗަށް އެޓީމުންވެސް ވަރަށް ރަނގަޅަށް ތައްޔާރުވާނެ ކަމަށްވެސް ނިސްތާރު ވަނީ ބުނެފައެވެ.

ލީގުގެ ދެވަނަ ބުރުގައި މާޒިޔާއާ ދެކޮޅަށް ގްރީން ސްޓްރީޓްސް ނުކުންނައިރު، އެ ޓީމު އޮތީ ތާވަލުގެ ތިންވަނައިގައި ކުޅުނު 13 މެޗުން ލިބުނު 19 ޕޮއިންޓާއެކުއެވެ. ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ގްރީން ސްޓްރީޓްސް ބައްދަލުކުރާ މެޗު ފަށާނީ ބުދަ ދުވަހުގެރޭ 22:00 ގައެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

4

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

19 އެޕްރީލު 2017

ވަކިން ހާއްސަކޮށް މޯހަން ބާގަން މެޗަށް ތައްޔާރެއް ނުވަން، ޓީމަށް އިތުބާރު އެބައޮތް: މާޒިޔާ ކޯޗު

19 އެޕްރީލު 2017
ވަކިން ހާއްސަކޮށް މޯހަން ބާގަން މެޗަށް ތައްޔާރެއް ނުވަން، ޓީމަށް އިތުބާރު އެބައޮތް: މާޒިޔާ ކޯޗު
03 އެޕްރީލު 2017

ކުރިއަށް އޮތް ތިން އަހަރަށް ގައުމީ ޓީމުގެ ސްޕޮންސަރަކަށް ބީއެމްއެލް ހަމަޖައްސަން މަސައްކަތްކުރަނީ

03 އެޕްރީލު 2017
ކުރިއަށް އޮތް ތިން އަހަރަށް ގައުމީ ޓީމުގެ ސްޕޮންސަރަކަށް ބީއެމްއެލް ހަމަޖައްސަން މަސައްކަތްކުރަނީ
02 އެޕްރީލު 2017

ޓޮޓެންހަމުން ޗެލްސީއާ ދެމެދު އޮތް ފަރަގު ހަތް ޕޮއިންޓަށް ކުޑަކޮށްފި

02 އެޕްރީލު 2017
ޓޮޓެންހަމުން ޗެލްސީއާ ދެމެދު އޮތް ފަރަގު ހަތް ޕޮއިންޓަށް ކުޑަކޮށްފި
22 މާރިޗު 2017

ފުރަތަމަ މެޗުން ބަލިވުމަކީ ޓާގެޓަށް ދިއުމަށް އޮތް ހުރަހެއް ނޫން: ޝަރަފް

22 މާރިޗު 2017
ފުރަތަމަ މެޗުން ބަލިވުމަކީ ޓާގެޓަށް ދިއުމަށް އޮތް ހުރަހެއް ނޫން: ޝަރަފް
16 މާރިޗު 2017

ރާއްޖެއަށް އޮތް ޗެލެންޖަކީ މިއަށް ވުރެން ވަރުގަދަ ތައްޓެއް ހޯދުން: ނިޒާމްބެ

16 މާރިޗު 2017
ރާއްޖެއަށް އޮތް ޗެލެންޖަކީ މިއަށް ވުރެން ވަރުގަދަ ތައްޓެއް ހޯދުން: ނިޒާމްބެ
09 މާރިޗު 2017

ޓީސީ އޮތް ފޯމާ ދޭތެރޭ ބެލުން މުހިންމެއް ނޫން: ފެސްކޯ

09 މާރިޗު 2017
ޓީސީ އޮތް ފޯމާ ދޭތެރޭ ބެލުން މުހިންމެއް ނޫން: ފެސްކޯ
31 ޖެނުއަރީ 2017

ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ

31 ޖެނުއަރީ 2017
ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ
25 ޖެނުއަރީ 2017

ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!

25 ޖެނުއަރީ 2017
ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!
10 ޖެނުއަރީ 2017

ކުރިއަށް އޮތް ސީޒަނަށް ނިޔާ ވެސް ވިކްޓްރީއާ ގުޅިއްޖެ

10 ޖެނުއަރީ 2017
ކުރިއަށް އޮތް ސީޒަނަށް ނިޔާ ވެސް ވިކްޓްރީއާ ގުޅިއްޖެ
07 ޖެނުއަރީ 2017

ރާއްޖޭ ފުޓުބޯޅަ އެނގޭ، ކާމިޔާބުކުރެން އޮތް އެއްޗެއް ކުރާނަން: ސެކުލޮސްކީ

07 ޖެނުއަރީ 2017
ރާއްޖޭ ފުޓުބޯޅަ އެނގޭ، ކާމިޔާބުކުރެން އޮތް އެއްޗެއް ކުރާނަން: ސެކުލޮސްކީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް