Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫރަޕިއަން ސުޕަ ލީގު

ސުޕަ ލީގުން އިނގިރޭސި ކުލަބުތައް ވަކިވެއްޖެ

20 އެޕްރީލު 2021 | އަންގާރަ 21:03

ސުޕަ ލީގު ކާމިޔާބުނުވާނެ ކަމަށް މިހާރު ވަނީ ބެލެވިފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 20 އެޕްރީލު 2021 | އަންގާރަ 21:03
ޔޫރަޕިއަން ސުޕަ ލީގާ ދެކޮޅަށް އިނގިރޭސި ސަޕޯޓަރުން ކުރިއަށްގެންދިޔަ މުޒާހަރާގެ ތެރެއިން

ޔޫރަޕިއަން ސުޕަ ލީގާ ދެކޮޅަށް އިނގިރޭސި ސަޕޯޓަރުން ކުރިއަށްގެންދިޔަ މުޒާހަރާގެ ތެރެއިން

ޔޫރަޕުގެ ނަން މަޝްހޫރު ކުލަބުތަކެއް ގުޅިގެން އުފެއްދި ޔޫރަޕިއަން ސުޕަ ލީގުން ވަކިވާން އިނގިރޭސި ހަ ކުލަބުންވެސް ނިންމައިފިއެވެ.

އާދީއްތަ ދުވަހުގެރޭ ސުޕަ ލީގު ރަސްމީކޮށް އިއުލާންކޮށްފައިވަނީ ފައުންޑާ 12 ކުލަބަކާއެކުއެވެ. އެގޮތުން އެ މުބާރާތުގެ ފައުންޑާ ކުލަބުތަކުގެ ތެރޭގައި ހިމެނުނީ އިނގިރޭސި ޕްރިމިއާ ލީގުގެ މެންޗެސްޓާ ޔުނައިޓެޑާއި، ލިވަޕޫލާއި، ޗެލްސީ އާއި، މެންޗެސްޓާ ސިޓީ އާއި، އާސެނަލް އަދި ޓޮޓެންހަމާއި ސްޕެނިޝް ލީގުގެ ރެއާލް މެޑްރިޑާއި، ބާސެލޯނާ އަދި އެތުލެޓިކޯ މެޑްރިޑުގެ އިތުރުން އިޓާލިއަން ލީގުގެ އިންޓަ މިލާނާއި، އޭސީ މިލާން އަދި ޔުވެންޓަސްއެވެ.

ސުޕަ ލީގު އިއުލާންކޮށްފައިވަނީ ޔުއެފާ އާއި ފީފާއިން އެކަމާ ދެކޮޅަށް ތަކުރާރުކޮށް އިންޒާރު ދެމުން އަންނަނިކޮށެވެ. އެގޮތުން މިދިޔަ ޖެނުއަރީ މަހު ފީފާއިން ވަނީ ސުޕަ ލީގުގައި ބައިވެރިވާ ކޮންމެ ކުލަބެއް އަދި ކޮންމެ ކުޅުންތެރިއަކުވެސް ފީފާއިން ނޫނީ އެހެން ފެޑެރޭޝަންތަކުން ރާވާ ހިންގާ އެއްވެސް މުބާރާތެއްގައި ބައިވެރިނުވެވޭނެ ކަމަށް ބުނެ އިންޒާރެއް ދީފައެވެ. އެކަމަކު އެ އިންޒާރުތަކަށް ބެލުމެއް ނެތި ސުޕަ ލީގު ތައާރަފުކުރިއިރު، އެ މުބާރާތުގައި ކުޅޭ ކުޅުންތެރިންނަށް ގައުމީ ޓީމުގެ މެޗުތަކުގައި ނުކުޅެވޭނެ ކަމަށް ހޯމަ ދުވަހުގެރޭ ޔުއެފާގެ ރައީސް އަލެކްސަންޑަ ކެފެރިން ވަނީ ވިދާޅުވެފައެވެ.

އެއާއެކު ކުލަބުތަކުގެ ކުޅުންތެރިންނާއި ކޯޗުންވެސް ސުޕަ ލީގާ ދެކޮޅަށް ވާހަކަދައްކާފައިވާއިރު، އަންގާރަ ދުވަހުގެރޭ ސުޕަ ލީގުގައި ހިމެނުނު އިނގިރޭސި ހަ ކުލަބުންވެސް ވަނީ މި މުބާރާތުން ވަކިވިކަން ރަސްމީކޮށް އިއުލާންކޮށްފައެވެ.

އެއާއެކު ސުޕަ ލީގު ކާމިޔާބުނުވާނެ ކަމަށް ބެލެވިފައިވާއިރު، މީގެ ކުރިން މި ލީގުގައި ނުހިމެނޭ ބައެއް ކުލަބުތަކުންވެސް ވަނީ ސުޕަ ލީގާ ދެކޮޅަށް ވާހަކަދައްކާފައެވެ. އެގޮތުން ޖަރުމަނުގެ ގަދަ ދެ ބާރު ކަމަށްވާ ބަޔާން މިއުނިކާއި، ބޮރޫޝިއާ ޑޯޓްމުންޑް އަދި ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީންވެސް ވަނީ ސުޕަ ލީގުގައި ނުކުޅޭނެ ކަމަށް ބުނެފައެވެ.

ސުޕަ ލީގު އިއުލާންކުރުމާއެކު ފުޓްބޯޅަ ސަޕޯޓަރުން ނުރުހުން ފާޅުކުރަން ފެށިއިރު، މި ލީގުގައި ހިމެނޭ ކުލަބުތަކުގެ ސަޕޯޓަރުން ވަނީ މުޒާހަރާވެސް ކޮށްފައެވެ. ޔޫރަޕުގެ ނަން މަޝްހޫރު ކުލަބުތަކެއް ހިމަނައިގެން ސުޕަ ލީގު އުފެއްދުމުގެ ބޭނުމަކީ އެ ކުލަބުތަކުގެ މާލީ ހާލަތު ރަނގަޅު ކުރުމެވެ. މި ލީގުގެ ޗެއާމަނަކީ ރެއާލް މެޑްރިޑުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒެވެ. އަދި ވައިސް ޗެއާމަނުންނަކީ ލިވަޕޫލުގެ ވެރިޔާ ޖޯން ހެންރީ އާއި މެންޗެސްޓާ ޔުނައިޓެޑުގެ ޖޯލް ގްލޭޒާއެވެ.

ރިޕޯޓުތައް ބުނާ ގޮތުން ސުޕަ ލީގު ފަށަން ފުރަތަމަ ޚަރަދުކުރަން ނިންމީ އެމެރިކާގެ އިންވެސްޓްމަންޓް ބޭންކް ޖޭޕީ މޯގަންއިންނެވެ. އެގޮތުން ލީގު ފެށުމަށް ކޮންމެ ކުލަބަކަށް 3.5 ބިލިޔަން ޔޫރޯ ލިބިގެންދާނެއެވެ. އަދި ލީގު ކާމިޔާބުކުރާ ޓީމަކަށް 400 މިލިޔަން ޔޫރޯ ލިބިގެންދާނެ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. މިއީ ޗެމްޕިއަންސް ލީގު ކާމިޔާބުކުރާ ޓީމަކަށްވެސް ލިބޭ ފައިސާގެ އިނާމަށްވުރެ ހަތަރު ގުނަ އިތުރު އަދަދެކެވެ.

ސުޕަ ލީގާއެކު ޔުއެފާއިން ހަރުކަށި ފިޔަވަޅުތަކެއް އަޅަން ނިންމިއިރު، ހޯމަ ދުވަހުގެރޭ އެ އިދާރާއިން ވަނީ ޔޫރަޕުގެ އެންމެ ޝަރަފުވެރި ކުލަބު ފުޓްބޯޅަ މުބާރާތް ކަމަށްވާ ޔުއެފާ ޗެމްޕިއަންސް ލީގުގެ އައު ފޯމެޓް ފާސްކޮށްފައެވެ. ޔުއެފާއިން އިއުލާންކުރި ޗެމްޕިއަންސް ލީގުގެ އައު ފޯމެޓުގައިވާ ގޮތުން ގްރޫޕް ސްޓޭޖުގައި 32 ޓީމުގެ ބަދަލުގައި 36 ޓީމު ވާދަކުރާނެއެވެ. އަދި ގްރޫޕް ސްޓޭޖުގައި ކޮންމެ ޓީމަކަށް 10 މެޗު ކުޅެން ލިބޭނެއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

05 އޯގަސްޓު 2017

އަނބުރާ އިނގިރޭސިވިލާތަށް ދާން ބޭނުންވާ ކަމަށް ރޮނާލްޑޯ ބުނެފި

05 އޯގަސްޓު 2017
އަނބުރާ އިނގިރޭސިވިލާތަށް ދާން ބޭނުންވާ ކަމަށް ރޮނާލްޑޯ ބުނެފި
08 ޖުލައި 2017

ވިކްޓްރީ އަތުން ޕޮއިންޓަކުން ފުއްދާލަން ޖެހުނު ނަމަވެސް ނިއު ޕްރެމިއާ ލީގުން ޖާގަ ކަށަވަރު ކޮށްފި

08 ޖުލައި 2017
ވިކްޓްރީ އަތުން ޕޮއިންޓަކުން ފުއްދާލަން ޖެހުނު ނަމަވެސް ނިއު ޕްރެމިއާ ލީގުން ޖާގަ ކަށަވަރު ކޮށްފި
11 ޖޫން 2017

ފަހު ވަގުތު ހެރީ ކޭން އިނގިރޭސިން ސަލާމަތް ކޮށްދީފި

11 ޖޫން 2017
ފަހު ވަގުތު ހެރީ ކޭން އިނގިރޭސިން ސަލާމަތް ކޮށްދީފި
28 މެއި 2017

ސްޕެނިޝް ކަޕުގެ ތައްޓާއި އެކު އެންރީކޭ ބާސާގެ ކޯޗުކަމުން ވަކިވެއްޖެ

28 މެއި 2017
ސްޕެނިޝް ކަޕުގެ ތައްޓާއި އެކު އެންރީކޭ ބާސާގެ ކޯޗުކަމުން ވަކިވެއްޖެ
23 އެޕްރީލު 2017

އިނގިރޭސި އެފްއޭކަޕްގެ ފައިނަލަށް ޗެލްސީ

23 އެޕްރީލު 2017
އިނގިރޭސި އެފްއޭކަޕްގެ ފައިނަލަށް ޗެލްސީ
17 އެޕްރީލު 2017

ޗައިނާ ލީގުން ހުށަހެޅި 100 މިލިއަން ޕައުންޑުގެ ހުށަހެޅުން ރިޖެކްޓްކުރިން: އޮޒިލް

17 އެޕްރީލު 2017
ޗައިނާ ލީގުން ހުށަހެޅި 100 މިލިއަން ޕައުންޑުގެ ހުށަހެޅުން ރިޖެކްޓްކުރިން: އޮޒިލް
15 އެޕްރީލު 2017

ބަހަށް ދިން ހަމަލާއާއެކު ޑޯޓްމަންޑު ޗެމްޕިއަންސް ލީގުން ވަކިވަނީ!

15 އެޕްރީލު 2017
ބަހަށް ދިން ހަމަލާއާއެކު ޑޯޓްމަންޑު ޗެމްޕިއަންސް ލީގުން ވަކިވަނީ!
19 މާރިޗު 2017

މިއާމީ އޯޕެން ޓެނިސް މުބާރާތުން މުރޭ ވަކިވެއްޖެ

19 މާރިޗު 2017
މިއާމީ އޯޕެން ޓެނިސް މުބާރާތުން މުރޭ ވަކިވެއްޖެ
08 މާރިޗު 2017

އައިސީސީ ވިމެންސް ވޯލްޑްކަޕް: ފުރަތަމަ މެޗުގައި އިނގިރޭސިން އާ އިންޑިއާ

08 މާރިޗު 2017
އައިސީސީ ވިމެންސް ވޯލްޑްކަޕް: ފުރަތަމަ މެޗުގައި އިނގިރޭސިން އާ އިންޑިއާ
01 ފެބުރުއަރީ 2017

އޭއެފްސީ ޗެމްޕިއަންސް ލީގުން ބެންގްލޫރް އެފްސީ އަށް ފުރުސަތު ގެއްލިއްޖެ

01 ފެބުރުއަރީ 2017
އޭއެފްސީ ޗެމްޕިއަންސް ލީގުން ބެންގްލޫރް އެފްސީ އަށް ފުރުސަތު ގެއްލިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް