Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކުވައިތު ފަންޑުގެ އެހީ ލިބޭނެކަމުގެ ޔަގީންކަން

ރާއްޖެއަށް ކުވެއިތު ފަންޑުގެ އެހީތެރިކަން ލިބޭނެކަމުގެ ޔަގީންކަން އަރުވައިފި

ކޮވިޑް-19އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ބޮޑުވަޒީރާ ހިއްސާކޮށްފައިވޭ

ޝުރުފާ މުހައްމަދު
ޝުރުފާ މުހައްމަދު | 20 އެޕްރީލު 2021 | އަންގާރަ 17:25
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ކުވައިތުގެ ބޮޑުވަޒީރު ޝައިހު ސަބާހު ޚާލިދު އަލް ހަމަދު އަލް ސަބާހުގެ އަރިހަށް ކުރެއްވި ޒިޔާރާތް

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ކުވައިތުގެ ބޮޑުވަޒީރު ޝައިހު ސަބާހު ޚާލިދު އަލް ހަމަދު އަލް ސަބާހުގެ އަރިހަށް ކުރެއްވި ޒިޔާރާތް

ކުރިއަށް އޮތް ތަނުގައިވެސް ރާއްޖެއަށް ކުވެއިތު ފަންޑުގެ އެހީތެރިކަން ލިބޭނެކަމުގެ ޔަގީންކަން އެ ގައުމުން އަރުވައިފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު، ކުވައިތުގެ ބޮޑުވަޒީރު ޝައިހު ސަބާހު ޚާލިދު އަލް ހަމަދު އަލް ސަބާހުގެ އަރިހަށް ކުރެއްވި ޒިޔާރަތުގައި ކޮވިޑް-19ގެ ސަބަބުން ރާއްޖެއަށް ކުރި އަސަރުތަކާއި އަދި ބަލިމަޑުކަމުން އަރައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް އެޅުއްވި ފިޔަވަޅުތަކާ ބެހޭ މައުލޫމާތު، ކުވައިތުގެ ބޮޑުވަޒީރަށް މިނިސްޓަރ ޝާހިދު ހިއްސާކުރެއްވި ކަމަށެވެ. އަދި ކޮވިޑް-19 އިން ރައްކާތެރިވުމަށާއި، ބަލިމަޑުކަމުން އަރައިގަނެ، އިޤްތިޞާދު ހުޅުވާލައި އަދި ފަތުރުވެރިކަން އަލުން ކޮޅަށް ޖެހުމަށް ދިވެހި ސަރުކާރުން ކުރެއްވި މަސައްކަތްތަކަށް ކުވައިތުގެ ބޮޑުވަޒީރު ތައުރީފުކުރެއްވިކަމަށް މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރަށް ދެގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ކުރިއެރުމަށް ކުވައިތު ސަރުކާރުން މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން ބޮޑުވަޒީރު ދެއްވައި، ކުރިއަށް އޮތްތަނުގައިވެސް ކުވައިތު ފަންޑުގެ އެހީތެރިކަން ލިބޭނެކަމުގެ ޔަގީންކަން ބޮޑުވަޒީރު ދެއްވިކަމަށްވެސް ފޮރިން މިނިސްޓްރީން ބުނެއެވެ. އަދި ދެގައުމުގެ ގުޅުން ބަދަހިކޮށް، ބައިނަލްއަގުވާމީ މަސްރަހުގައި އެކުގައި ގުޅިގެން މަސައްކަތްކުރުމާބެހޭ ގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި ދެގައުމުގެ މެދުގައި އޮންނަ އަޚުވަންތަގުޅުމަކީ އެއް ގައުމުން އަނެއް ގައުމަށް ކުރާ އިތުބާރާއި ގަދަރުގެ މައްޗަށް ބިނާވެގެންވާ، ދީނީ އަދި ސަގާފީ ގުޅުމެއްކަމަށް މިނިސްޓަރ ވިދާޅުވެފައިވާކަމަށްވެސް މިނިސްޓްރީން ބުންޏެވެ. މީގެ އިތުރަށް ދިވެހިރާއްޖޭގެ އިގްތިސާދީ އަދި އިޖްތިމާއީ ތަރައްގީއަށް ކުވައިތު ފަންޑް ފޮރ އަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓްއާއި ކުވައިތުގެ ސަރުކާރުން އަބަދުވެސް ފޯރުކޮށްދެއްވަމުންދާ އެހީތެރިކަމަށްޓަކައި މިނިސްޓަރ ޝާހިދު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު، ކުވައިތުގެ އަމީރު ޝައިހު ނަވާފް އަލް އަޙްމަދު އަލް ޖާބިރް އަލް ސަބާޙްއަށް ފޮނުއްވި ސިޓީފުޅެއް، މިނިސްޓަރ ޝާހިދު ވަނީ ބޮޑުވަޒީރަށް އަރުވާފައިވާ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ. އަދި މި ބައްދަލުވުމުގައި މިނިސްޓަރ ޝާހިދު ވަނީ ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން ކުވައިތުގެ ބޮޑުވަޒީރަށާއި ރައްޔިތުންނަށް ހެޔޮ އެދުންތައް އަރިސްކުރައްވާފައެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ ޝާހިދުގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވީ މިނިސްޓްރީގެ ސެކްރެޓަރީ – މަލްޓިލޭޓަރަލް ޑރ. ހާލާ ހަމީދާއި ޑިރެކްޓަރ މުއުމިނާ އިބްރާހިމް އަދި އެސިސްޓަންޓް ޑިރެކްޓަރ އަހްމަދު ސަލްމާން ޒަކީއެވެ.

އިތުރަށް ކިޔާލަން

28 ފެބުރުއަރީ 2017

ނޫސްވެރިން ތަމްރީނުކުރުމަށް އިންޑިއާއިން އެހީތެރިކަން ހޯދަނީ

28 ފެބުރުއަރީ 2017
ނޫސްވެރިން ތަމްރީނުކުރުމަށް އިންޑިއާއިން އެހީތެރިކަން ހޯދަނީ
27 ފެބުރުއަރީ 2017

ހާލުގައި ޖެހުނު ޑިންގީއަކަށް އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފި

27 ފެބުރުއަރީ 2017
ހާލުގައި ޖެހުނު ޑިންގީއަކަށް އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފި
25 ފެބުރުއަރީ 2017

އިންޑިޔާ އިން ރާއްޖެއަށް ތައުރީފު ކުރުމުގައި ގެންގުޅެނީ ވަކި މިންގަނޑެއް!

25 ފެބުރުއަރީ 2017
އިންޑިޔާ އިން ރާއްޖެއަށް ތައުރީފު ކުރުމުގައި ގެންގުޅެނީ ވަކި މިންގަނޑެއް!
21 ފެބުރުއަރީ 2017

އަލުން އަނބުރާ ރާއްޖެއަށް ދާނަން، އުންމީދު ކަނޑައެއް ނުލަން: ރައީސް ނަޝީދު

21 ފެބުރުއަރީ 2017
އަލުން އަނބުރާ ރާއްޖެއަށް ދާނަން، އުންމީދު ކަނޑައެއް ނުލަން: ރައީސް ނަޝީދު
21 ފެބުރުއަރީ 2017

ސައުދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާތީ ކަންބޮޑުވަނީ އަނެއް ދިވެހިރާއްޖެއަށްދާން ބޭނުން މީހުން: ނިހާން

21 ފެބުރުއަރީ 2017
ސައުދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާތީ ކަންބޮޑުވަނީ އަނެއް ދިވެހިރާއްޖެއަށްދާން ބޭނުން މީހުން: ނިހާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު