Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އޯވަރޑްރޯ ކުރަން ދީފައިވާ މުއްދަތު

އޯވަރޑްރޯ ކުރުމުގެ މައްސަލައިގައި ވަކިގޮތެއް ނުނިމުނީ މަޖިލީހުގެ ރައީސް ހިތުހުރި ގޮތަކަށް ކަންކަން ކުރައްވާތީ: ނާޝިޒް

މައްސަލަ ދިރާސާކުރުމަށް ވަގުތީ ކޮމިޓީއަކަށް ފޮނުވުމަށް ފާހެއްނުވި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 20 އެޕްރީލު 2021 | އަންގާރަ 14:31
ކިނބިދޫ ދާއިރާގެ މެމްބަރ މުހައްމަދު ނާޝިޒް

ކިނބިދޫ ދާއިރާގެ މެމްބަރ މުހައްމަދު ނާޝިޒް

ދައުލަތުގެ ކޭޝްފްލޯ މެނޭޖްކުރުމަށްޓަކައި މަރުކަޒީ ބޭންކުން ސަރުކާރުގެ ދަރަންޏަށް ނެގޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން މިދިޔަ އަހަރު ދިން ހުއްދަ އިތުރުކޮށްދޭން ސަރުކާރުން ހުށަހަޅާފައިވާ ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުގެ އަންގާރަ ދުވަހުގެ ޖަލްސާގައި ވަކިގޮތެއް ނުނިމުނީ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ހިތުހުރިގޮތަކަށް ކަންކުރައްވާތީކަމަށް ވިދާޅުވެ މާލިއްޔަތު ކޮމިޓީގެ މުގައްރިރު އަދި ކިނބިދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ނާޝިޒު މަޖިލީހުގެ ރައީސަށް ފާޑުވިދާޅުވެއްޖެއެވެ.

މަރުކަޒީ ބޭންކުން ސަރުކާރުގެ ދަރަންޏަށް ނެގޭ ގޮތަށް މަޖިލީހުން މިދިޔަ އަހަރު ދިން ހުއްދަ އިތުރުކޮށްދިނުމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ހޯމަ ދުވަހު ބޭއްވި ޖަލްސާގައެވެ. އެއާއެކު މިމައްސަލައަށް ހޯމަ ދުވަހާއި އަންގާރަ ދުވަހުގެ ޖަލްސާގައި ވަނީ މެމްބަރުން ބަހުސްކުރައްވާފައެވެ. މިބަހުސްގެ ތެރެއިން ވިލުފުށި ދާއިރާގެ މެމްބަރ ހަސަން އަފީފް ހުށަހެޅުއްވީ މިމައްސަލަ ދިރާސާކުރުމަށް ވަކި ޚާއްސަ ކޮމިޓީއަކަށް ފޮނުވުމަށެވެ. އެހުށަހެޅުއްވުމަށް މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ތާއީދު ކުރެއްވި އެވެ.

Advertisement - newsAdvertisement

އެހުށަހެޅުން ފާސްކުރަން ފެނޭތޯ އަންގާރަ ދުވަހުގެ ޖަލްސާގައިވަނީ ވޯޓަށް އައްސަވާފައެވެ. ޚާއްސަ ކޮމިޓީއަކުން މިމައްސަލަ ދިރާސާކުރުމަށް ފެންނަކަމަށް 12 މެމްބަރުން ވޯޓު ދެއްވިއެވެ. ޚާއްސަ ކޮމިޓީއަކަށް މިމައްސަލަ ފޮނުވުމަށް ނުފެންނަކަމަށް 48 މެމްބަރަކު ވޯޓު ދެއްވިއިރު ވަކި ގޮތަކަށް ވޯޓު ނުދެއްވާ އެއް މެމްބަރަކު އިންނެވިއެވެ.

ޚާއްސަ ކޮމިޓީއަކަށް މިކަން ދިރާސާކުރުމަށް ފޮނުވުމަށް ފާސްނުވުމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ދެން މިމައްސަލައަކަށް އިތުރަކަށް ވޯޓަކަށް ނާއްސަވައެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެ އަންގާރަ ދުވަހުގެ ޖަލްސާ ނިންމަވާލެއްވީއެވެ. އެހިސާބުން ސުވާލު އުފެދެނީ މިމައްސަލައަށް އަސްލު މިވަނީ ކިހިނެއްކަމާމެދުއެވެ. މިމައްސަލަ ތަޅުމުން ބޭރުވީކަމަށް ވިދާޅެއްނުވެއެވެ. ވަކި އެއްޗެއް ވިދާޅުނުވެ މަޖިލީހުން ވަކި ގޮތެއް ނުނިންމަވާކަމަށް ވިދާޅުވެ ޖަލްސާ ނިންމަވާލެއްވީއެވެ.

މިކަމާގުޅޭގޮތުން "ރާއްޖެ އެމްވީ" އާ ވާހަކަދައްކަވަމުން މާލިއްޔަތު ކޮމިޓީގެ މުގައްރިރުކަންވެސް ކުރައްވާ ކިނބިދޫ ދާއިރާގެ މެމްބަރ މުހައްމަދު ނާޝިޒް ވިދާޅުވީ އަންގާރަ ދުވަހުގެ ޖަލްސާގައި އޯވަރޑްރޯ ކުރުމުގެ ކަންތަކުގައި ވީ ރަނގަޅަށް ނޫންކަމަށެވެ. މަޖިލީހަށް ކަމެއް ހުށަހެޅުން ވޯޓު ނެގި ކަންކަންދާންޖެހޭނީ ވަކި އުސޫލެއްގެ މަތިންކަމަށް ނާޝިޒް ވިދާޅުވިއެވެ. ނަމަވެސް އަންގާރަ ދުވަހުގެ ޖަލްސާގައި ކަން ހިނގާފައިވަނީ ވަގުތީ ކޮމިޓީއަކަށް އެމައްސަލަ ނުދިޔުމުން ދެން އެހިސާބުން އެމައްސަލަ އެހެން ކޮމިޓީއަކަށް ނުފޮނުވާ ގޮތަށްކަމަށް ނާޝިޒް ވިދާޅުވިއެވެ.

އެއީ އެކަން ވާންޖެހޭ ގޮތް ނޫންކަމަށާއި މަޖިލީހުގެ ގަވާއިދުގެ 125 ވަނަ މާއްދާގެ ދަށުން އެމައްސަލަ ދެން ދާންޖެހޭނީ ދާއިމީ ކޮމިޓީއަކަށް ކަމަށް ވިދާޅުވިއެވެ. އެ ދާއިމީ ކޮމިޓީއަކީ މާލިއްޔަތު ކޮމިޓީކަމުގައި ވަނީނަމަވެސް އެއޮންނަ އުސޫލުގެ ތެރެއިން އެކަން ވާންޖެހޭނެކަމަށް ނާޝިޒް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 125 ވަނަ މާއްދާގައި އޮތީ ވަގުތީ ކޮމިޓީތަކަކީ މަޖިލީހަށް ހުށަހެޅޭ ކަންތައްތަކުގެ ތެރެއިން ދާއިމީ ކޮމިޓީއަކުން ބެލުމުގެ ބަދަލުގައި، ވަގުތީ ކޮމިޓީއެއް އުފައްދަން މަޖިލީހަށް ފެންނަ ހާލަތުގައި އުފައްދާ ކޮމިޓީތަކެއް ކަަމަށެވެ.

ނާޝިޒް ވިދާޅުވީ މިމައްސަލާގައި ފެނިގެންދަނީ މަޖިލީހުގެ ރައީސް ވަކި ގޮތަކަށް މިކަން ކުރައްވަން ބޭނުންފުޅުވާގޮތް ކަމަށެވެ. މިކަމުގައި މަޖިލީހުން ވަކި ގޮތެއް އޭޕްރީލް މަހުގެ 26ގެ ކުރިން ނިންމަންޖެހޭއިރު މިހާރު މިވާގޮތުން ދައުލަތް ޝަޓްޑައުންއަކަށް ދަނީކަމަށް ނާޝިޒް ވިދާޅުވިއެވެ.

ނާޝިޒް ވަނީ މިކަމުގައި އެމްޑީޕީ ޕާލަމަންޓްރީ ގްރޫޕުގައިވެސް އެއްވެސް ވަރަކަށް މަޝްވަރާކޮށްފައިނުވާކަމަށް ވިދާޅުވެފައެވެ. އަދި ޕީޖީގެ ބައްދަލުވުންތައް ބާއްވަނީ ހިތަށް އެރީމާ ހިތަށް އެރިގޮތަކަށް ކަމަށް ވިދާޅުވެ އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕު ހިނގަމުންދާގޮތާމެދު ވަނީ ފާޑުވިދާޅުވެފައެވެ.

މިމައްސަލައާ ގުޅޭގޮތުން "ރާއްޖެއެމްވީ"ން މަޖިލީހުގެ އިދާރާއާ ސުވާލުކުރުމުން އިދާރާއިން ދިން ޖަވާބަކީ މަޖިލީހުން އަދި މިކަމުގައި ވަކި ގޮތެއް ނުނިންމަވާ ކަމަށެވެ. މާނައަކީ މިމައްސަލަ ދެން ކުރިޔަށްދާނެ ގޮތެއް އަދި މަޖިލީހުން ނުނިންމަވައެވެ. މައްސަލަ ތަޅުމުން ބޭރުވެއްޖެނަމަ މިމައްސަލަ ޖެހޭނީ އަލުން ހުށަހަޅާށެވެ.

ވަގުތު ކުޑަތަންވެފައިވާ ކަމެއްގައި ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ސުޕަރ މެޖޯރިޓީ އޮވެ ސަރުކާރުން ބޭނުންވާ ކަމެއްގައި މަޖިލީހުން ލަސްތަކެއް ކުރިމަތިކުރުވި މިއީ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް

ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް

29 ޖެނުއަރީ 2017
ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން

ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން

25 ޖެނުއަރީ 2017
ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

21 ޖެނުއަރީ 2017
އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް

އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް

20 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

19 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

31 ޖެނުއަރީ
އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ
20224 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި
20197 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް
20188 އަހަރު ކުރިން
ރާއްޖެ

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު