Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ހުކުރު މިސްކިތް ސަރަހައްދު އާބާތުރަ ފިލުވުން

ރޯދައަށް މާލޭ ހުކުރު މިސްކިތުގެ މުންނާރު ސާފުކޮށް، އުވަލައިިފި

މި މަސައްކަތް ސްޓެލްކޯއިން ފަށާފައިވަނީ މިމަހުގެ 6 ވަނަ ދުވަހު

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް, ރާއްޖެ އެމްވީ | 20 އެޕްރީލު 2021 | އަންގާރަ 13:10
މާލެ ހުކުރު މިސްކިތު މުންނާރު

މާލެ ހުކުރު މިސްކިތު މުންނާރު

ރޯދައަށް މާލޭ ހުކުރު މިސްކިތުގެ މުންނާރު ސާފުކޮށް، އުވަލައިފިއެވެ.

މާލޭ ހުކުރު މިސްކިތުގެ މުންނާރާއި މެދުޒިޔާރަތުގެ އާބާތުރަ ފިލުވައި ސާފުކުރުމުގެ މަސައްކަތް، ފަންނާއި ސަޤާފަތާއި ތަރިކައާބެހޭ ވުޒާރާއާއި ސްޓެލްކޯ ގުޅިގެން ފަށާފައިވަނީ މިމަހުގެ 6 ވަނަ ދުވަހުއެވެ. ސްޓެލްކޯއިން މިމަސައްކަތާ ހަވާލުވެ، ކުރިއަށްގެންދަނީ ކުންފުނީގެ އިޖުތިމާޢީ ޒިންމާގެ ދަށުންނެވެ. މި މަސައްކަތާއި ގުޅޭގޮތުން ސްޓެލްކޯއިން ވަނީ މިފަދަ މަސައްކަތެއްގައި އެ ކުންފުނިން ބައިވެރިވެފައިވަނީ، އާސާރީ ބިނާތައް ޙިމާޔަތްކޮށް ބެލެހެއްޓުމުގައި ކުންފުނީގެ އެހީތެރިކަން ފޯރުކޮށްދިނުމަށްކަމަށް ބުނެފައެވެ. އެކުންފުނިން މީގެ ކުރިންވެސްވަނީ ހުކުރު މިސްކިތުގެ މުންނާރު ސާފުކުރުމުގެ މަސައްކަތްތައް ކޮށްފައެވެ.

Advertisement - newsAdvertisement

ހުކުރު މިސްކިތު މުންނާރު އަވަސް އަވަހަށް ސާފުކުރަންޖެހެނީ މުންނާރަކީ ހިރިގަލާއި އުވައިން ހަދާފައިވާ ބިނާއެއްކަމުގައިވާއިރު، އުވައަކީ ހިކުމަށް ގިނަ ވަގުތު ބޭނުންވާ އެއްޗެއްކަމުގައިވެފައި، ރާއްޖެއަށް ކުރާ ވިއްސާރައިގެ ސަބަބުން މި ފުރުސަތު ނުލިބުމުގެ ސަބަބުން މުންނާރުގައި ފެހިޖަހާގޮތް މެދުވެރިވާތީއެވެ. މިކަން ހައްލުކުރުމަށް މުންނާރު ދޮވެ ސާފްކުރުމުގެ ހަރަކާތް މެދުކެނޑުމެއް ނެތި ކުރިއަށްގެންދާނެ ކަމުގައި ހެރިޓެޖް މިނިސްޓްރީން ބުނެއެވެ. މި މަސައްކަތް ކުރަނީ ދިވެހި އާސާރުތަކާއި ތަރިކައަށް ގެއްލުން ނުވާނެ ގޮތްތައް ބަލައިގެންކަމަށް އެ މިނިސްޓްރީއިން ބުނެއެވެ. އެގޮތުން ވަޅުދިޔަ ހިއްކައި ފެހި އުނގުޅުމުގައި ބޭނުން ކުރަނީ އިހުގައި ދިވެހިން ހިރިގަލުގެ ވަޅުތަކުން ފެހި އުނގުޅުމަށް ބޭނުން ކުރިގޮތަށް ކާށި ބޮނބިކަމުގައި އެ މިނިސްޓްރީން ބުނެއެވެ. މީގެ އިތުރުން ހުކުރު މިސްކިތު މުންނާރާއި މެދުޒިޔާރަތް ސާފުކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދަނީ ކަމާ ގުޅޭ ފަންނީ މީހުންގެ އެހީތެރިކަމާއެކުއެވެ.

މާލޭ ހުކުރު މިސްކިތުގެ މުންނާރާއި މެދުޒިޔާރަތުގެ އާބާތުރަ ފިލުވައި ސާފުކުރުމުގެ މަސައްކަތް، ފަންނާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާއާއި ސްޓެލްކޯ ގުޅިގެން ފަށާފައިވާއިރު، އިންޑިއާގެ ފަންނީ އަދި މާލީ އެހީތެރިކަމާއެކު ހުކުރު މިސްކިތް ހިމާޔަތްކޮށް މަރާމާތުކުރުމުގެ މަސައްކަތްވެސް ވަނީ ފަށާފައެވެ. ހުކުރު މިސްކިތް ހިމާޔަތްކޮށް މަރާމާތުކުރުމުގެ މަސައްކަތް ކޮށްދިނުމަށް އިންޑިއާއިން ހުށަހެޅީ، އިންޑިއާގެ ބޮޑު ވަޒީރު ނަރޭންދްރަ މޯދީ، 2019 ވަނަ އަހަރުގެ ޖޫންމަހު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައެވެ. މި މަސައްކަތަށް 1.5 މިލިއަން ޑޮލަރު ނުވަތަ 23 މިލިއަން ރުފިޔާގެ ހިލޭ އެހީ އިންޑިއާއިން ވަނީ ހުށަހަޅާފައެވެ.

ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން 2020 ވަނަ އަހަރު މި މަޝްރޫއުގެ މަސައްކަތަށް ވަނީ ބުރޫއަރާފައެވެ. އެކަމަކު ހުސްވި މާޗުމަހުގައި އާކިއޮލޮޖިކަލް ސާވޭ އޮފް އިންޑިއާ (އޭ.އެސް.އައި) ގެ ޓީމެއް ވަނީ ރާއްޖެ އައިސްފައެވެ. އަދި މިސްކިތް ހިމާޔަތް ކުރުމަށާއި މަރާމާތުކުރުމަށް ކުރަން ހުރި މަސައްކަތްތަކުގެ ޑޮކިއުމެންޓޭޝަން ވަނީ ފަށާފައެވެ.

މި މަޝްރޫއަށް ބޭނުންވާ މަސައްކަތްތެރިންނާއި، ސާމާނު އަދި ލަކުޑި ހޯދުމަށް މި ހަފްތާގެ ތެރޭގައި ޓެންޑަރަށް ހުޅުވާލާއިރު، ޓެންޑާގައި ރާއްޖޭގެ އަދި އިންޑިއާ ކުންފުނިތަކަށް ބައިވެރި ވެވޭނެއެވެ.

މާލޭ ހުކުރު މިސްކިތަކީ ދިވެހީންގެ އިސްލާމީ ވަޙުދަތާއި، ދިވެހީންގެ ހުނަރުވެރިކަމާއި ފަންނުވެރިކަން ދައްކުވައިދޭ އެންމެ ދުވަސްވީ އެއް ބިނާއެވެ. އައްސުލްޠާން އިބްރާހީމް އިސްކަންދަރު 1 ގެ އަމުރުފުޅަކަށް މީލާދީން 1656 ގައި ބިނާކުރެވުނު މި މިސްކިތަކީ ދުނިޔޭގެ އެހެން އެއްވެސް ޤައުމަކުން ނުފެންނަ ފަދަ ހިރިގަލުގެ ފުރިހަމަ މަސައްކަތް ފެނިގެންދާ ބިނާއެކެވެ.

ރާއްޖޭގައި ހިރިގަލުން އިމާރާތްކޮށްފައިވާ މަދު މިސްކިތްތަކުގެ ތެރޭގައި ހިމެނޭ ހުކުރު މިސްކިތް ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، އެތަނަށް ލިބިފައިވާ ގެއްލުންތައް މަރާމާތު ކުރުމުގެ މަސައްކަތް ޔުނެސްކޯއާއި އިންޑިއާ ސަރުކާރާއި ގުޅިގެން ދަނީ ކުރަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ވިލިމާލޭގައި ސްޓެލްކޯ އިން ބޭނުންކުރަމުންދާ ސައިކަލެއް އެ އަވަށުން ބޭރުކުރަން އަންގައިފި

ވިލިމާލޭގައި ސްޓެލްކޯ އިން ބޭނުންކުރަމުންދާ ސައިކަލެއް އެ އަވަށުން ބޭރުކުރަން އަންގައިފި

23 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި

މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި

20 ޖެނުއަރީ 2017
މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި

މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި

17 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު