Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރާއްޖޭގެ ޓީޓީ ކުރިއެރުވުން

ރާއްޖޭގެ ޓީޓީ ކުރިއަރުވަން އިންޑިއާގެ ޓީޓީ އެސޯސިއޭޝަނާއެކު މަޝްވަރާކޮށްފި

ކޮމަންވެލްތު ޓީޓީ ފެޑެރޭޝަނުގެ ރައީސް ވިވެކް ކޯލީވެސް ބައިވެރިވެވަޑައިގަތް

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 20 އެޕްރީލު 2021 | އަންގާރަ 08:51
އިންޑިއާގެ ޓޭބަލް ޓެނިސް ފެޑެރޭޝަނުގެ ރައީސް ޑުޝްޔަންޓް ޗޯޓާލާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން

އިންޑިއާގެ ޓޭބަލް ޓެނިސް ފެޑެރޭޝަނުގެ ރައީސް ޑުޝްޔަންޓް ޗޯޓާލާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން

ރާއްޖޭގައި ޓޭބަލް ޓެނިސް ކުރިއެރުވުމަށް އިންޑިއާއާ ގުޅިގެން ކުރެވޭނެ މަސައްކަތްތަކާ ގުޅޭގޮތުން ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފާއި، އިންޑިއާގެ ޓޭބަލް ޓެނިސް ފެޑެރޭޝަނުގެ ރައީސް ޑުޝްޔަންޓް ޗޯޓާލާ މަޝްވަރާކުރައްވައިފިއެވެ.

ރާއްޖޭގެ ޓީޓީ ކުރިއަރުވަން އިންޑިއާގެ ޓީޓީ އެސޯސިއޭޝަނާއެކު މަޝްވަރާކުރިއިރު، ކުޅިވަރާ ބެހޭ ވަޒީރުގެ ދައުވަތަކަށް މިދިޔަ ހޮނިހިރު ދުވަހު އިންޑިއާގެ ޓޭބަލް ޓެނިސް ފެޑެރޭޝަނުގެ ރައީސް ޑުޝްޔަންޓް ޗޯޓާލާ ވަނީ ރާއްޖެ ވަޑައިގެންފައެވެ. އަދި އަންގާރަ ދުވަހު ކުޅިވަރާ ބެހޭ ވުޒާރާގައި ވަނީ މަޝްވަރާ ބައްދަލުވުން ބާއްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި މުޅި ރާއްޖެއަށް އިންޑިއާގެ އެހީތެރިކަމާއެކު ޓީޓީ ފުޅާކުރުމަށް ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ. އަދި ރާއްޖޭގައި މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ކޮމަންވެލްތު ޔޫތު ޓުއާ އާއި ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓީޓީ ޗެމްޕިއަންޝިޕާ ގުޅޭގޮތުންވެސް ވަނީ މަޝްވަރާކޮށްފައެވެ. މިއީ އިންޑިއާގެ ޓީޓީ ފެޑެރޭޝަނަކުން ގައުމަކާއެކު މިފަދަ މަސައްކަތްތަކެއް ކުރާ ފުރަތަމަ ފަހަރު ކަމަށް އެ ފެޑެރޭޝަންގެ ރައީސް ވަނީ މި ބައްދަލުކުރެއްވުމުގައި ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމުގައި އޮންލައިންކޮށް ކޮމަންވެލްތު ޓޭބަލް ޓެނިސް ފެޑެރޭޝަނުގެ ރައީސް އަދި ދުނިޔޭގެ މަޝްހޫރު ކުޅިވަރު ސާމާނު އުފައްދާ ކުންފުނި ސްޓެގުގެ ޗެއާމަން ވިވެކް ކޯލީވެސް ބައިވެރިވެވަޑައިގަތެވެ. މި ބައްދަލުވުމުގައި ރާއްޖޭގެ ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.

މި ބައްދަލުވުމަށްފަހު ކުރެއްވި ޓްވީޓެއްގައި ވަޒީރު ވިދާޅުވީ ރާއްޖޭގެ ޓީޓީ ކުރިއެރުވުމަށް މި ބައްދަލުވުމުގައި ރަނގަޅު މަޝްވަރާތަކެއް ކުރެވިގެންދިޔަ ކަމަށެވެ. އަދި އެކަމަށް މަސައްކަތްކޮށްދެއްވާނެ ކަމުގެ ޔަގީންކަން އިންޑިއާގެ ޓޭބަލް ޓެނިސް ފެޑެރޭޝަނުގެ ރައީސް ޑުޝްޔަންޓް ޗޯޓާލާ ދެއްވާފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ރާއްޖޭގެ ޓީޓީ ކުރިއަރުވަން އިންޑިއާގެ ޓީޓީ އެސޯސިއޭޝަނާއެކު މަޝްވަރާކުރިއިރު، ރާއްޖޭގައި ޓީޓީ އިތުރަށް ފުޅާކުރުމަށް ކުޅިވަރާ ބެހޭ ވަޒީރު އަންނަނީ ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީޓީއޭއެމް) އާ ގުޅިގެން ހާއްސަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ޓޭބަލް ޓެނިހުގެ ބައިނަލްއަގުވާމީ ދެ މުބާރާތެއް މި އަހަރު ރާއްޖޭގައި ބޭއްވުމުގެ ފުރުސަތު ހޯދާފައިވާއިރު، އެ ދެ މުބާރާތް އޯގްސްޓް މަހުގެ ތެރޭގައި ބޭއްވުމަށް މިހާރު ވަނީ ތާވަލުކޮށްފައެވެ.

އަދި ދާދި ފަހުން ގައުމީ ޓީޓީ ޓީމުތަކުގެ ކޯޗަކަށް ގްރީސްގެ ކޮންސްޓަންޓީނޯސް ކޮސްޓޮޕޮލޮސް ހަމަޖެއްސިއިރު، ވަޒީރު ވަނީ ގައުމީ ޓީމުގެ ކޯޗާވެސް ބައްދަލުކުރައްވައި މަޝްވަރާކުރައްވާފައެވެ.

އިތުރަށް ކިޔާލަން

30 މާރިޗު 2017

އޭޝިއަން ޗެމްޕިއަންޝިޕުގައި ވާދަކުރުމަށް ޓީޓީ ޓީމު ޗައިނާއަށް ފުރައިފި

30 މާރިޗު 2017
އޭޝިއަން ޗެމްޕިއަންޝިޕުގައި ވާދަކުރުމަށް ޓީޓީ ޓީމު ޗައިނާއަށް ފުރައިފި
18 މާރިޗު 2017

އޮފީސް ކުންފުނި ޓީޓީ މުބާރާތް: ފުރަތަމަ ޑިވިޝަންގެ ތަށި ދިރާގުން މިލްކުކޮށްފި

18 މާރިޗު 2017
އޮފީސް ކުންފުނި ޓީޓީ މުބާރާތް: ފުރަތަމަ ޑިވިޝަންގެ ތަށި ދިރާގުން މިލްކުކޮށްފި
04 މާރިޗު 2017

ޔޫތު ނެޓްބޯޅަ ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ސްކޮޑް ފައިނަލްކޮށްފި

04 މާރިޗު 2017
ޔޫތު ނެޓްބޯޅަ ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ސްކޮޑް ފައިނަލްކޮށްފި
28 ފެބުރުއަރީ 2017

މިއީ ރާއްޖޭގެ ފުޓުބޯޅަ އަށް ލިބުނު ކާމިޔާބީއެއް، ތަށި ހިފައިގެން ރާއްޖެ އަންނާނީ: ނިޒާމްބެ

28 ފެބުރުއަރީ 2017
މިއީ ރާއްޖޭގެ ފުޓުބޯޅަ އަށް ލިބުނު ކާމިޔާބީއެއް، ތަށި ހިފައިގެން ރާއްޖެ އަންނާނީ: ނިޒާމްބެ
22 ފެބުރުއަރީ 2017

ޓީޓީ ޗެމްޕިއަންޝިޕް: ފިރިހެން ޗެމްޕިއަނަކަށް މުހައްމަދު ޒީސްތު އަދި އަންހެން ޗެމްޕިއަނަކަށް ރަފާ

22 ފެބުރުއަރީ 2017
ޓީޓީ ޗެމްޕިއަންޝިޕް: ފިރިހެން ޗެމްޕިއަނަކަށް މުހައްމަދު ޒީސްތު އަދި އަންހެން ޗެމްޕިއަނަކަށް ރަފާ
11 ފެބުރުއަރީ 2017

ޓީޓީއަށް ކުޑަކުދިން އަހުލުވެރި ކުރުމަށް ކޭމްޕެއް ބާއްވައިފި

11 ފެބުރުއަރީ 2017
ޓީޓީއަށް ކުޑަކުދިން އަހުލުވެރި ކުރުމަށް ކޭމްޕެއް ބާއްވައިފި
10 ފެބުރުއަރީ 2017

ކޫޑޯ ވޯލްޑްކަޕްގައި ވާދަކުރުމަށް ރާއްޖޭގެ އައްޝަމް އިންޑިއާގައި

10 ފެބުރުއަރީ 2017
ކޫޑޯ ވޯލްޑްކަޕްގައި ވާދަކުރުމަށް ރާއްޖޭގެ އައްޝަމް އިންޑިއާގައި
03 ފެބުރުއަރީ 2017

ރާއްޖޭގެ މޮޅު ކުޅުންތެރިޔާ އެނބުރި ރަށަށް ދިއުމުން ރަތްދޫލައިގެ މަރުހަބާއެއް

03 ފެބުރުއަރީ 2017
ރާއްޖޭގެ މޮޅު ކުޅުންތެރިޔާ އެނބުރި ރަށަށް ދިއުމުން ރަތްދޫލައިގެ މަރުހަބާއެއް
02 ފެބުރުއަރީ 2017

ޓީޓީ އަމްޕަޔާ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

02 ފެބުރުއަރީ 2017
ޓީޓީ އަމްޕަޔާ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
24 ޖެނުއަރީ 2017

ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ

24 ޖެނުއަރީ 2017
ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު