Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިޚާބު

އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިޚާބު އަންނަ މަހު

މި މަހުގެ 24 ވަނަ ދުވަހު ދާއިރާތަކުގެ މަގާމްތަކަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 20 އެޕްރީލު 2021 | އަންގާރަ 08:02
އެމްޑީޕީ ޕްރައިމެރީގައި ވޯޓުލުން ކުރިއަށްދަނީ

އެމްޑީޕީ ޕްރައިމެރީގައި ވޯޓުލުން ކުރިއަށްދަނީ

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ގައުމީ މަޖިލީހުގެ އިންތިޚާބު އަންނަ މަހުގެ 29 ވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ.

ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީން އަންނަ މަހުގެ 29 ވަނަ ދުވަހު ގައުމީ މަޖިލީހުގެ އިންތިޚާބު ބާއްވަން ނިންމާފައިވާ އިރު، މި އިންތިޚާބުގައި ވޯޓުލެވޭނީ ދާއިރާތަކުގައި ހިމެނޭ ޕާޓީގެ އާންމު މެންބަރުންނަށް އެކަންޏެވެ. އަދި މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ޕާޓީގެ މެންބަރުންގެ ގޮތުގައި ތިބި ފަރާތްތަކަށް ވެސް ވޯޓުލެވެނޭ ކަމަށާއި، ޕާޓީގެ މެންބަރަކަށް ވުމުގެ ފަހު ފުރުސަތަކީ ގައުމީ މަޖިލީހުގެ އިންތިޚާބު އޮންނަ ދުވަހެވެ.

Advertisement - newsAdvertisement

އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިޚާބަށް އެކި ދާއިރާތަކުގައި ފޯރިގަދަ ކެމްޕޭންތައް ފަށާފައިވާ އިރު، އެ ދާއިރާތަކަށް ކުރިމަތިލާ މެންބަރުން އަންނަނީ ބައްދަލުވުންތައް ބާއްވާ ފޯރިއާއެކު ކެމްޕޭން ކުރަމުންނެވެ.

ދާއިރާތަކުގެ އިންތިޚާބު 2021ގެ ޓައިމްލައިންގައިވާ ގޮތުން މި މަހުގެ 18 ވަނަ ދުވަހު ވަނީ ދާއިރާތަކުގެ އިންތިޚާބު އިއުލާންކޮށްފައެވެ. އަދި މި މަހުގެ 24 ވަނަ ދުވަހު ދާއިރާތަކުގެ މަގާމްތަކަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލާނެއެވެ. އަދި އަދި އެދުވަހު ވޯޓުލެވޭ ފަރާތްތަކުގެ ލިސްޓް އާންމު ކުރުމާއި، ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ވެސް ހުޅުވާލާނެއެވެ.

މީގެ އިތުރުން މި މަހުގެ 28 ވަނަ ދުވަހު ވޯޓުލެވޭ ފަރާތްތަކުގެ ލިސްޓަށް ހުށަހަޅާ ޝަކުވާ ބަލައިގަތުމުގެ މުއްދަތު ހަވީރު 4:00ށް ހަމަވާނެއެވެ. އަންނަ މަހުގެ 5 ވަނަ ދުވަހު ފައިނަލް ވޯޓަރޒް ލިސްޓް އާންމު ކޮށް، 8 މެއިގައި ކެންޑިޑޭޓުން ވާދަ ކުރުމުގެ ފޯރމް ބަލައިގަތުމުގެ މުއްދަތު ހަމަވާނެއެވެ. މި ފޯމް ހުށަހަޅަން ޖެހޭނީ ތާއީދު ފޯރމް އާއެކު އެ ދުވަހުގެ ހަވީރު 4:00 އަށެވެ. އަދި 9 މެއިގައި ކެންޑިޑޭޓުންގެ މަންދޫބުންނަށް ވުމުގެ ފުރުޞަތު ހުޅުވާލައި 12 މެއިގައި ކެންޑިޑޭޓުންގެ މަންދޫބުންނަށްވުމުގެ ފުރުޞަތު ބަންދުވާނެއެވެ.

އެމްޑީޕީން ބުނީ 12 މެއިގައި ކެންޑިޑޭޓުންގެ ފައިނަލް ލިސްޓު، ކެންޑިޑޭޓް ނަންބަރާ އެކު އިއުލާން ކުރެވޭނެ ކަމަށެވެ. އަދި އިންތިޚާބު މިހާރު ތާވަލުކޮށްފައިވާ ގޮތަށް 29 މެއިގައި އޮންނާނެ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް

އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް

16 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

17 ޖެނުއަރީ
ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!
20251 އަހަރު ކުރިން
ރިޕޯޓު

ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ
20242 އަހަރު ކުރިން
ރާއްޖެ

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ
20233 އަހަރު ކުރިން
ރާއްޖެ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން
20224 އަހަރު ކުރިން
ރާއްޖެ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި
20215 އަހަރު ކުރިން
ދުނިޔެ

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް
20188 އަހަރު ކުރިން
ރިޕޯޓު

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު