Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގާނޫނު

ވިޔަފާރިތަކަށް ދޫކުރާ ފައިސާގެ އެންމެ ބޮޑު އަދަދަކީ 3 މިލިއަން ރުފިޔާ ކަމަށް ބުނާ ބިލުގެ ބަހުސް ފަށައިފި

ސަރުކާރުގެ ފަރާތުން މި ބިލް ހުށަހަޅުއްވާފައިވަނީ މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 20 އެޕްރީލު 2021 | އަންގާރަ 07:56
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނީ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނީ

ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ބަހުސް ރައްޔިތުންގެ މަޖިލީހުން ފަށައިފިއެވެ.

ސަރުކާރުގެ ފަރާތުން މި ބިލް ހުށަހަޅުއްވާފައިވަނީ މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރެވެ. ބިލް ހުށަހަޅުއްވަމުން މެންބަރު ވިދާޅުވީ މި ބިލު ހުށަހެޅުމުގެ ބޭނުމަކީ އެންމެ ކުދި، އަދި މެދު ފަންތީގެ ވިޔަފާރި ކުރިއެރުވުމަށްޓަކައި، މިހާރު އެފަދަ ވިޔަފާރިތައް ގިންތިކުރުމުގައި ބަލާ މިންގަޑުތަކަށް އިސްލާހު ގެނެސް ވިޔަފާރި ގިންތި ކުރުމުގައި ބޭނުންކުރާނެ އުސޫލެއް އެކުލަވާލުމަށް ކަމަށެވެ. އަދި ވިޔަފާރީގެ ކައުންސިލް އެކުލެވިގެންވާ ގޮތަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށް ކަމަށެވެ.

މެންބަރު ވިދާޅުވީ މި ގާނޫނުގެ ބޭނުމަށްޓަކައި ވިޔަފާރި ބެހިގެން ވަނީ ތިން ގިންތިއަކަށް ކަމަށެވެ. އެއީ އެންމެ ކުދި ފަންތީގެ ވިޔަފާރިއާއި، ކުދި ފަންތީގެ އިތުރުން މެދު ފަންތީގެ ވިޔަފާރި ކަމަށެވެ. މި ގިންތިތަކަށް ވިޔަފާރިތައް ފެތޭތޯ ބެލުމުގައި ވަކި މިންގަނޑުތަކެއް ވާ ކަމަށް ވިދާޅުވިއެވެ. އެގޮތުން އެންމެ ކުދި ވިޔަފާރީގެ މުވައްޒަފުންގެ އަދަދެއްގެ ގޮތުގައި ބަލަނީ 0ން ފެށިގެން 5 މީހުންނާ ހަމައަށެވެ. ޖުމްލަ އާމްދަނީ 5 ލައްކައާއި ހަމައަށް ބަލާއިރު ސާފު ފައިދާގެ ގޮތުގައި ބަލަނީ އަހަރެއްގެ މައްޗަށް 75،000 ރުފިޔާއެވެ.

މި އިސްލާހާއެކު ކައުންސިލުގެ ސެކްރެޓޭރިއެޓް ބެލެހެއްޓުމަށް އިކޮނޮމިކް މިނިސްޓްރީއާ ހަވާލު ކުރެވިގެން ދާނެއެވެ. އަދި ކައުންސިލުގެ ޖަލްސާ ކޮންމެ މަހަކު އެއް ފަހަރު ބޭއްވުމުގެ ބަދަލުގައި މީލާދީ އަހަރުގެ ކޮންމެ ކުއާޓަރެއްގައި މަދުވެގެން ދެފަހަރު ބޭއްވުމަށް ހަމަޖެހިގެން ދާނެއެވެ. މީގެ އިތުރުން ވިޔަފާރިތަކަށް ދޫކުރާ ފައިސާގެ އެންމެ ބޮޑު އަދަދަކީ 3 މިލިއަން ރުފިޔާއަށް ކަމަށް ވެސް މި އިސްލާހާއެކު ބަދަލުވެގެންދާނެއެވެ.

މި އިސްލާހުގައިވާ އިތުރު ކަންކަމުގެ ތެރޭގައި ގާނޫނުގެ ވަޒީފާ އަދާކުރާ ފަރާތްތަކާ ގުޅޭ ބާބު، 8 ވަނަ ބާބު އުނިކުރެވިގެން ދާނެއެވެ. އަދި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވައިދުތައް ހެދުމުގެ މަސްއޫލިއްޔަތު ކައުންސިލުން ހެދުމުގެ ބަދަލުގައި މިނިސްޓްރީން ހެދުމަށް ބަދަލުވެގެން ދާނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދުނިޔޭގެ އެންމެ ބޮޑު ކަނޑު އަޑީގެ ރެސްޓޯރެންޓާއެކު ހުރަވަޅި ރިސޯޓް ރައީސް ޔާމީން ހުޅުއްވައިދެއްވަނީ

ދުނިޔޭގެ އެންމެ ބޮޑު ކަނޑު އަޑީގެ ރެސްޓޯރެންޓާއެކު ހުރަވަޅި ރިސޯޓް ރައީސް ޔާމީން ހުޅުއްވައިދެއްވަނީ

30 ޖެނުއަރީ 2017
ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

28 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

30 މާރިޗު
މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟
20251 އަހަރު ކުރިން
ރިޕޯޓު

މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް
20242 އަހަރު ކުރިން
ރިޕޯޓު

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!
20233 އަހަރު ކުރިން
ރިޕޯޓު

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި
20224 އަހަރު ކުރިން
މީހުން

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް
20215 އަހަރު ކުރިން
ރާއްޖެ

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟
20197 އަހަރު ކުރިން
އިސްލާމް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު