Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިންޑިއާގައި ކޮވިޑް ކޭސްތައް ގިނަވުން

ކޮވިޑުގެ ކޭސްތައް ގިނަވެ، އިންޑިއާ ޔޫކޭގެ ރެޑް ލިސްޓަށް

އިންޑިއާއިން ފެނިފައިވާ ކޮވިޑް ވޭރިއަންޓުގެ 100ށް ވުރެ ގިނަ ކޭސް ޔޫކޭއިން ފެނިފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 20 އެޕްރީލު 2021 | އަންގާރަ 02:51
އިންޑިއާގައި ކޮވިޑް-19ށް ޓެސްޓު ކުރަނީ- އެ ޤައުމުން ދެލައްކައަށްވުރެ ގިނަ ކޭސް ދަނީ ރިޕޯޓު ކުރެވެމުން

އިންޑިއާގައި ކޮވިޑް-19ށް ޓެސްޓު ކުރަނީ- އެ ޤައުމުން ދެލައްކައަށްވުރެ ގިނަ ކޭސް ދަނީ ރިޕޯޓު ކުރެވެމުން

އަވައްޓެރި އިންޑިއާގައި ކޮވިޑް-19 ގެ ކޭސްތައް ގިނަވެ، އިނގިރޭސިވިލާތުން ދަތުރުފަތުރުގެ ސަމާލުގެ ގޮތުގައި ކަނޑައަޅާ "ރެޑް ލިސްޓް" ގައި އިންޑިއާ ހިމެނިއްޖެއެވެ.

ބީބީސީގައި ރިޕޯޓް ކޮށްފައިވާ ގޮތުން 23 އޭޕްރީލް ވާ ހުކުރު ދުވަހުން ފެށިގެން އިންޑިއާ، ޔޫކޭގެ ރެޑް ލިސްޓުގައި ހިމެނިގެންދާނެއެވެ. އެގޮތުން ފާއިތުވި 10 ދުވަސް ތެރޭގައި އިންޑިއާއަށް ދަތުރުކޮށްފައިވާ މީހެއްނަމަ އެ ޤައުމަށް އެތެރެވުން މަނާވާނެ ކަމަށް ބީބީސީގައި ރިޕޯޓް ކޮށްފައިވެއެވެ. އެހެންނަމަވެސް، ޔޫކޭ އަދި އައިރިޝް ޕާސްޕޯޓެއް އޮތް މީހެއް ނަމަ އެ ޤައުމަށް އެތެރެވުމުގެ ހުއްދަ ދޭނެއެވެ. އަދި އެފަދަ މީހުންވެސް ސަރުކާރުން ކަނޑައަޅާ ތަނެއްގައި 10 ދުވަހުގެ ކަރަންޓީން މުއްދަތެއް ފުރިހަމަ ކުރަން ޖެހެއެވެ.

ރިޕޯޓުތައް ބުނާގޮތުން އިންޑިއާއިން ފެނިފައިވާ ކޮވިޑް ވޭރިއަންޓުގެ 100ށް ވުރެ ގިނަ ކޭސް ޔޫކޭއިން މިހާތަނަށް ރިޕޯޓް ކޮށްފައިވެއެވެ. އެކަމުގެ ސަބަބުން އެ ޤައުމުގައި ކޮވިޑް-19 އަށް ޓެސްޓު ކުރުމުގެ ކަންކަންވެސް މިހާރު ވަނީ އިތުރަށް ވަރުގަދަކޮށްފައެވެ. ސިއްޙީ މާހިރުންނާ ޙަވާލާދީ ބީބީސީގައި ރިޕޯޓު ކޮށްފައިވާ ގޮތުން އިންޑިއާއިން ފެނިފައިވާ ވޭރިއަންޓުގައި ކަންބޮޑުވާން ޖެހޭ ފަދަ ކަންކަން ފާހަގަ ކުރެވިފައިވާއިރު، ސައިންސްވެރިން ދަނީ މިހާރު އެކަންކަން އިތުރަށް ދިރާސާ ކުރަމުންނެވެ.

މިހިނގާ އޭޕްރީލް މަހުގެ 15 ވަނަ ދުވަހުން ފެށިގެން އިންޑިއާއިން ދަނީ ރެކޯޑު އަދަދުތަކުން ކޭސްތައް ރިޕޯޓު ކުރެވެމުންނެވެ. އެގޮތުން ދުވާލެއްގެ މައްޗަށް ދެލައްކައަށްވުރެ ގިނަ ކޭސް ރިޕޯޓު ކުރެވެމުންދާއިރު، ބައެއް މައި ސްޓޭޓުތަކުގައި ގެންދަނީ ލޮކްޑައުންގެ ފިޔަވަޅުތައްވެސް ތަންފީޒު ކުރަމުންނެވެ.

އިތުރަށް ކިޔާލަން

15 އެޕްރީލު 2017

އިންޑިއާ ސިފައިން އައްޑަނައަކަށް އިންސާނަކު ބޭނުންކުރި ކަމަށް ބުނާ މައްސަލައެއް ބަލަނީ

15 އެޕްރީލު 2017
އިންޑިއާ ސިފައިން އައްޑަނައަކަށް އިންސާނަކު ބޭނުންކުރި ކަމަށް ބުނާ މައްސަލައެއް ބަލަނީ
10 އެޕްރީލު 2017

ކަޝްމީރުގެ އިންޑިއާ ފަޅީގައި ހިނގި ހަމަނުޖެހުންތަކުގައި ހަ މަރު

10 އެޕްރީލު 2017
ކަޝްމީރުގެ އިންޑިއާ ފަޅީގައި ހިނގި ހަމަނުޖެހުންތަކުގައި ހަ މަރު
11 މާރިޗު 2017

އިންޑިއާގެ ސްޓޭޓް ތަކުގެ އިންތިޚާބުގައި ބީޖޭޕީ ކުރީގައި

11 މާރިޗު 2017
އިންޑިއާގެ ސްޓޭޓް ތަކުގެ އިންތިޚާބުގައި ބީޖޭޕީ ކުރީގައި
18 ފެބުރުއަރީ 2017

ދެހާސްފަހެއްގައި އިންޑިއާގައި ދެވުނު ބޮން ގޮއްވުމުގެ ހާދިސާތަކުގައި ހައްޔަރު ކުރެވުނު ތިން މީހުން ދޫކޮށްލައިފި

18 ފެބުރުއަރީ 2017
ދެހާސްފަހެއްގައި އިންޑިއާގައި ދެވުނު ބޮން ގޮއްވުމުގެ ހާދިސާތަކުގައި ހައްޔަރު ކުރެވުނު ތިން މީހުން ދޫކޮށްލައިފި
15 ފެބުރުއަރީ 2017

އެއްފަހަރާ އެންމެ ގިނަ ސެޓްލައިޓް ލޯންޗްކުރުމުގެ ރެކޯޑް އިންޑިއާ އަށް

15 ފެބުރުއަރީ 2017
އެއްފަހަރާ އެންމެ ގިނަ ސެޓްލައިޓް ލޯންޗްކުރުމުގެ ރެކޯޑް އިންޑިއާ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު