Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެލޯކަލް ކައުންސިލް އިންތިޚާބު

އަންގާރަ ދުވަހު ބައެއް ވޯޓު ފޮށިތަކުގެ ސެކިއުރިޓީ އުރަ ކަނޑަނީ

19 އެޕްރީލު 2021 | ހޯމަ 23:45

ސެކިއުރިޓީ އުރަ ކަނޑައިގެން ބެލުމަށް ނިންމާފައިވަނީ ވޯޓުގެ ފަރަގު ކުޑަވުމުން

އަތޫފް އާތިފް
އަތޫފް އާތިފް | 19 އެޕްރީލު 2021 | ހޯމަ 23:45
އިލެކްޝަން ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފް

އިލެކްޝަން ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފް

އަންގާރަ ދުވަހު ބައެއް ވޯޓު ފޮށިތަކުގެ ސެކިއުރިޓީ އުރަ ކެނޑުމަށް ނިންމާފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހުގެރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ އިލެކްޝަން ކޮމިޝަނަށް ލިބިފައިވާ ޝަކުވާތަކަށް ބެލުމަށްފަހު އަންގާރަ ދުވަހު 11 ވޯޓު ފޮއްޓެއްގެ ސެކިއުރިޓީ އުރަ ކަނޑައި، ބަލަންޖެހޭ ކަންކަން ބެލުމަށް ނިންމާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ޝަރީފް ވިދާޅުވީ ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބާ ގުޅިގެން 208 ޝަކުވާއެއް ލިބިފައިވާ ކަމަށާއި، އޭގެ ތެރެއިން ގިނަ ޝަކުވާތަކަކީ އެއްވެސް އަސްލެއްގެ މައްޗަށް ނޫން ގޮތަކަށް ލިބިފައިވާ ޝަކުވާތަކެއް ކަމަށެވެ. ޝަރީފް ވިދާޅުވީ ލިބުނު ޝަކުވާތަކުގެ ތެރެއިން 11 ޝަކުވާއެއް ބެލުމަށް ނިންމާފައިވާ ކަމަށެވެ.

-        ތ. މަޑިފުށި (އެން 3.1) ބައެއް ސައްހަ ވޯޓު ބާތިލް ވޯޓުކަމަށް ގުނާފައިވާތީ ޝަކުވާ ލިބިގެން

-        ދ. މީދޫ 2 ނަމްބަރު ވޯޓު ފޮށި (އެމް 1.2) ސައްހަ ވޯޓު އަލުން ގުނައިދިނުމަށް ޝަކުވާ ލިބިފައިވުމުން

-        ވިލަމަންދޫ ރިސޯޓުގައި ބެހެއްޓިފައިވާ ވޯޓު ފޮށި (ޒެޑް 109.1) ސައްހަ ވޯޓެއް ބާތިލު ވޯޓެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށް ބުނެ ޝަކުވާ ލިބިފައިވުމުން

-        ލ. ކަލައިދޫ ވޯޓު ފޮށި (އޯ 12.1) ބާތިލް ވޯޓު ގުނައިދިނުމަށް އެދި ޝަކުވާ ލިބިފައިވުމުން

-        ގއ. އަތޮޅު ހަ ނަމްބަރު ވޯޓު ފޮށި (މާލޭގައި ބެހެއްޓިފައި ހުރި) ބާތިލް ވޯޓު ގުނައިދިނުމަށް އެދިފައި ވުމުން

-        ދ. ރިނބިދޫގައި ބެހެއްޓިފައިވާ ތ. އޮމަދޫ ވޯޓު ފޮށި، ސައްހަ ވޯޓުތަކެއް ބާތިލް ވޯޓުތަކެއްގެ ގޮތުގައި ގުނާފައިވާ ކަމަށް ބުނެ ޝަކުވާ ކޮށްފައިވާތީ

-        ޅ. އޮޅުވެލިފުށި (ޖީ4.1) ސައްހަ ބާތިލް ވަކިވަކިން ގުނައިދިނުމަށް ޝަކުވާ ހުށަހަޅާފައިވާތީ

-        މ. އަތޮޅު މާލެ (ކޭޓީ.3) ބާތިލް ވޯޓެއް ޗެކް ކުރުމަށް އެދިފައިވުމުން އަދި ކޭ1.1 ވޯޓު ފޮށީގައި ހިމެނޭ ބާތިލް ފަސް ވޯޓު ޗެކް ކުރުމަށް ޝަކުވާ ހުށަހަޅާފައިވާތީ

-        ދިޔަމިނގިލި ވޯޓު ފޮށި، ކެންޑިޑޭޓު ނަމްބަރު 11 އަދި 12 ވޯޓު ގުނުމަށް ޝަކުވާ ހުށަހަޅާފައިވާތީ

-        ގއ. ދެއްވަދޫ ވޯޓު ފޮށި، (ޕީ6.1) ކައުންސިލް މެމްބަރުންގެ ބާތިލް ވޯޓު ގުނުމަށް ޝަކުވާ ހުށަހަޅާފައިވާތީ

ޝަރީފް ވިދާޅުވީ މި 11 ފޮށީގެ ސެކިއުރިޓީ އުރަ 3 ކަނޑައިގެން އިންތިޚާބުގެ ނަތީޖާ ކަށަވަރު ކުރުމަށް އަންގާރަ ދުވަހު ނިންމާފައިވާ ކަމަށެވެ. އަދި މި ކަންކަން ކުރިޔަށްދާއިރު، ވޯޓު ފޮށީގެ މަސްލަހަތު ހިމެނޭ ފަރާތްތަކަށް އެކަން މޮނީޓަރކުރުމަށް ފުރުސަތު ދެވިގެންދާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ މި ފޮށިތަކުގެ ސެކިއުރިޓީ އުރަ ކަނޑައިގެން ބެލުމަށް ނިންމީ ފަރަގު ކުޑަވުމުން ކަމަށެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

4

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް

26 ޖެނުއަރީ 2017
 ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް
26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
22 ޖެނުއަރީ 2017

ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!

22 ޖެނުއަރީ 2017
ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!
20 ޖެނުއަރީ 2017

މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!

20 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!
18 ޖެނުއަރީ 2017

ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!

18 ޖެނުއަރީ 2017
ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!
16 ޖެނުއަރީ 2017

ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

16 ޖެނުއަރީ 2017
ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
11 ޖެނުއަރީ 2017

އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި

11 ޖެނުއަރީ 2017
އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް