Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުގްރީން ފަންޑުގައި ހުރި ފައިސާ

ފެބްރުއަރީ މަހު ގްރީން ފަންޑަށް 63 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާކުރި

ފެބްރުއަރީ މަހު 63,543,334.54 ރުފިޔާ ގްރީން ފަންޑަށް ވަނީ ޖަމާކޮށްފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 19 އެޕްރީލު 2021 | ހޯމަ 20:19
ފިނޭންސް މިނިސްޓްރީ

ފިނޭންސް މިނިސްޓްރީ

މިއަހަރުގެ ފެބްރުއަރީ މަހު ގްރީން ފަންޑަށް 63 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިފާ ފެބްރުއަރީ މަހުގެ ގްރީންފަންޑު ރިޕޯޓް ދައްކާގޮތުން 63,543,334.54 ރުފިޔާ ގްރީން ފަންޑަށް ވަނީ ޖަމާކޮށްފައެވެ. އެއީ ރިސޯޓްތަކުން ގްރީން ޓެކުހުގެ ގޮތުގައި ލިބުނު 60,533,317.36 ރުފިޔާ އާއި ހޮޓާ ތަކުން ލިބުނު 943,588.86 ރުފިޔާގެ އިތުރުން ގެސްޓް ހައުސްތަކުން ލިބުނު 1,187,405.93 ރުފިޔާ އަދި ސަފާރީތަކުން ލިބުނު 879,022.39 ރުފިޔާއެވެ.

ވަކިވަކި އަތޮޅުތަކުން ގްރީން ޓެކުހުގެ ގޮތުގައި ލިބުނު އަދަދުތަކަށް ބަލާއިރު، އެންމެ ގިނަ އަދަދެއް ލިބިފައި ވަނީ ކ. އަތޮޅުންނެވެ. އެއީ 23,014,861.27 ރުފިޔާއެވެ. މާލެ ސިޓީން ގްރީން ޓެކުހުގެ ގޮތުގައި ލިބިފައި ވަނީ 369,481.80 ރުފިޔާއެވެ.

ފިނޭންސްގެ ތަފާސްހިސާބުތައް ދައްކާގޮތުން ފެބްރުއަރީ މަހު ސަރުކާރުން ވަނީ ގްރީން ފަންޑުން 58,045,957.88 ރުފިޔާ ޚަރަދުކޮށްފައެވެ. އޭގެ ތެރޭގައި އަތޮޅުތެރޭގެ އެކި ރަށްރަށުގެ ފެނާއި ނަރުދަމާގެ މަޝްރޫއުތަކަށް ކުރި ޚަރަދު ހިމެނެއެވެ.

އަހަރު ފެށުނު އިރު ގްރީން ފަންޑުގައި 809,590,720.39 ރުފިޔާ ހުރި އިރު، އަހަރުގެ ޖެނުއަރީ މަހު ގްރީން ފަންޑަށް 57,347,607.85 ވަނީ އިތުރުވެފައެވެ. އަދި 12,873,713.84 ރުފިޔާ ވަނީ ފަންޑުން ޚަރަދުކޮށްފައެވެ. ފެބްރުއަރީ މަހު ފަންޑަށް އިތުރުވި 63,543,334.54 ރުފިޔާ އާއި އެމަހު ޚަރަދު ކުރި 58,045,957.88 ރުފިޔާއާ އެކު ފެބްރުއަރީ މަހުގެ ނިޔަލަށް ގްރީން ފަންޑުގައި ޖުމްލަ ހުރީ 859,561,991.06 ރުފިޔާއެވެ.

އިތުރަށް ކިޔާލަން

12 މެއި 2017

އޭޕްރީލް މަހު މީރާއަށް 1.1 ބިލިއަން ރުފިޔާ

12 މެއި 2017
އޭޕްރީލް މަހު މީރާއަށް 1.1 ބިލިއަން ރުފިޔާ
09 މެއި 2017

ފަސް ރުފިޔާގެ ޕޮލިމާ ނޫޓު މިމަހުގެ 10 ވަނަ ދުވަހުގައި ނެރެނީ

09 މެއި 2017
ފަސް ރުފިޔާގެ ޕޮލިމާ ނޫޓު މިމަހުގެ 10 ވަނަ ދުވަހުގައި ނެރެނީ
14 އެޕްރީލު 2017

މީރާއަށް މިދިޔަ މަހު 1.3 ބިލިއަން ރުފިޔާ

14 އެޕްރީލު 2017
މީރާއަށް މިދިޔަ މަހު 1.3 ބިލިއަން ރުފިޔާ
31 މާރިޗު 2017

ފެބްރުއަރީ މަހު ދެ ލައްކަ އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި

31 މާރިޗު 2017
ފެބްރުއަރީ މަހު ދެ ލައްކަ އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
13 މާރިޗު 2017

ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި މިންވަރު 29 ޕަސެންޓް އިތުރުވެއްޖެ

13 މާރިޗު 2017
ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި މިންވަރު 29 ޕަސެންޓް އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު