Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މާވަށު އަދި ގާދިއްފުށީގައި އަލުން ވޯޓުލަނީ

މާވަށާއި ގާދިއްފުށީގައި މައްސަލަ ޖެހުނު 3 ފޮށީގެ އިންތިޚާބު އަލުން ބާއްވަނީ

ގާދިއްފުށި އަންހެނުންނަށް ހާއްސަ ކުރެވިފައިވާ ގޮނޑި އަދި މާވަށު ކައުންސިލް ރައީސްކަމާއި މެންބަރުންގެ ވޯޓުލުން އަލުން ކުރިއަށްދާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 19 އެޕްރީލު 2021 | ހޯމަ 19:07
އިލެކްޝަން ކޮމިޝަނުން އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

އިލެކްޝަން ކޮމިޝަނުން އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ލ. މާވަށާއި ތ. ގާދިއްފުށީގައި މައްސަލަ ޖެހުނު 3 ވޯޓު ފޮށީގެ އިންތިޚާބު އަލުން ބާއްވަން ނިންމާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.

ހޯމަ ދުވަހުގެ ރޭ އިލެކްޝަންސް ކޮމިޝަންގެ އިންތިޚާބާއިބެހޭ މަރުކަޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ 3 ވޯޓު ފޮއްޓެއްގެ އިންތިޚާބު އަލުން ބާއްވަން ނިންމާފައިވާ ކަމަށާއި، 3 ފޮށީގައިވެސް ދިމާވެފައިވަނީ އެއް މައްސަލައެއް ކަމަށެވެ. އެގޮތުން ގާދިއްފުށީ 1 ނަންބަރު ވޯޓު ފޮއްޓަށް ދާއިރާ ނޫން 2 މީހަކު ވޯޓުލާފައިވުމާއި، މާވަށު 2 ނަންބަރު ވޯޓު ފޮއްޓަށް ދާއިރާ ނޫން 2 މީހަކު ވޯޓުލާފައިވާކަން، ކަން ހިނގައިދިޔަ ގޮތުގެ ރިޕޯޓުން އަދި އިލެކްޝަންގެ ތަހުގީގަށް އެނގިފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ދާއިރާ ނޫން 2 މީހަކު ވޯޓުލާފައިވާކަން ސާބިތުވެފައިވެއެވެ. އަދި ކަން ހިނގައިދިޔަ ގޮތުގެ ރިޕޯޓުގައިވެސް އޮޅިގެން ގާދިއްފުށީ ކަރުދާސްކޮޅު ދޫކުރެވިގެން ގާދިއްފުށީ ދާއިރާގެ ވޯޓުލާފައިވާކަމާއި، އެއީ ލ. ކުނަހަންދޫ ރަށްވެއްސަކާއި، ރ. އިންނަމާދޫގެ ރަށްވެއްސެއްކަން ހާމަވެފައިވެއެވެ. އޮފިޝަލުންނަށް އޮޅިގެން ދެވުނު މި ވޯޓު ކަރުދާސްކޮޅު ގާދިއްފުށީގެ ފޮއްޓަށް ލާފައިވާއިރު ގާދިއްފުށީ އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑިއަށް ވާދަ ކުރެއްވި ކެންޑިޑޭޓް ނަންބަރު 8 ޕީޕީއެމްގެ ކެންޑިޑޭޓް ހައްވާ އަބްދުލް ހާދީ އަދި އެމްޑީޕީގެ ކެންޑިޑޭޓް، ކެންޑިޑޭޓް ނަންބަރު 7 މަރިޔަމް ހަސަނަށްވެސް 222 ވޯޓު ވަނީ ލިބިފައެވެ.

މި ވޯޓު ފޮށީގައި 2 މައްސަލައެއް ދިމާވެފައިވެއެވެ. އެއީ ކައުންސިލް ރައީސްކަމުގެ މަގާމާއި ކައުންސިލް މެންބަރުންނަށް ވޯޓުލުގައި ދިމާވެފައިވާ މައްސަލައެކެވެ. އެގޮތުން ލ. މާވަށު 2 ނަންބަރު ވޯޓް ފޮއްޓަށް ދާއިރާ ނޫން މީހަކު ވޯޓުލާފައިވާކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ. އަދި މިދާއިރާއަށްވެސް ދާއިރާނޫން 2 މީހަކު ވޯޓުލާފައިވާކަމަށާއި، ކަން ހިނގައިދިޔަ ރިޕޯޓުގައި އޮޅިގެން އެ ދެމީހުންނަށް މާވަށު ކަރުދާސް ދެވިފައިވާކަމަށް ޝަރީފް ވިދާޅުވިއެވެ.

މީގެ އިތުރުން މާވަށު ކައުންސިލް މެންބަރުން ހޮވުމަށް ނެގުނު ވޯޓުގައިވެސް ދާއިރާނޫން 2 މީހުން ވޯޓުލާފައިވާތީ އެ މައްސަލަވެސް ހައްލުކޮށް އަލުން ކައުންސިލް މެންބަރުން ހޮވުމަށް ވޯޓުނެގުމަށް ވަނީ ނިންމާފައެވެ. އީސީގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ލ. މާވަށު 2 ނަންބަރު ވޯޓު ފޮއްޓަށް، އެމްޑީޕީގެ ކެންޑިޑޭޓް، ކެންޑިޑޭޓް ނަންބަރު 12 ހަސަން ޝިފާޒް އަދި ޕީޕީއެމްގެ ކެންޑިޑޭޓް، ކެންޑިޑޭޓް ނަންބަރު 14 އިބްރާހިމް އަބޫބަކުރަށްވެސް 432 ވޯޓު ލިބިފައިވާ ކަމަށެވެ. އެހެންކަމުން މި ދާއިރާގައި ނުހިމެނޭ މީހަކު ވޯޓުލާފައިވާކަން އިލެކްޝަންސް ކޮމިޝަނަށް ސާބިތުވާތީ ކައުންސިލް މެންބަރުކަންވެސް ހޮވުމަށް އަލުން ވޯޓުލުމަށް ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ތ. ގާދިއްފުށީ N9.1  ވޯޓު ފޮށި އަދި ލ. މާވަށު O6.2 ގައި ވޯޓު އަލުން ބާއްވާނެ ކަމަށާއި، މި ދެރަށުގައިވެސް ވޯޓުލުން ހަމަޖެހިފައިވާނީ މިހާރުވެސް އެ ފޮއްޓަށް ރަޖިސްޓްރީވެފައިވާ ފަރާތްތައް އެކަނި ކަމަށެވެ. އަދި މައްސަލަޖެހޭ ދެމީހުންގެ ދޭތެރޭގައި އެކަނި ވޯޓުލުން ކުރިއަށްދާނެ ކަމަށާއި، ވޯޓު ބާއްވާނެ ތާރީހެއް ވަރަށް އަވަހަށް ކަނޑައަޅާނެ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

17 ޖެނުއަރީ
ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!
20251 އަހަރު ކުރިން
ރިޕޯޓު

ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ
20242 އަހަރު ކުރިން
ރާއްޖެ

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ
20233 އަހަރު ކުރިން
ރާއްޖެ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން
20224 އަހަރު ކުރިން
ރާއްޖެ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި
20215 އަހަރު ކުރިން
ދުނިޔެ

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް
20188 އަހަރު ކުރިން
ރިޕޯޓު

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު