Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ނަވަލްނީ ޖަލުގެ ހޮސްޕިޓަލަކަށް ބަދަލުކުރުން

ރަޝިއާއިން ނަވަލްނީ ޖަލުގެ ހޮސްޕިޓަލަކަށް ބަދަލުކޮށްފި

ނަވަަލްނީ ބަދަލުކޮށްފައި ވަނީ ޖަލު ހޮސްޕިޓަލަކަށް

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 19 އެޕްރީލު 2021 | ހޯމަ 19:06
ރަޝިއާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ

ރަޝިއާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ

ރަޝިއާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ އެގައުމުގެ ޖަލުގެ ހޮސްޕިޓަލަކަށް ބަދަލުކޮށްފިއެވެ.

ލެޑްމިއަރ ސިޓީގައި ހުންނަ ޖަލު ހޮސްޕިޓަލަށް ނަވަލްނީ ބަދަލުކޮށްފައި މިވަނީ 20 ދުވަސްވަންދެން އޭނާ ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް ކޮށްފައި ވަނިކޮށެވެ. ޖަލުން މައުލޫމާތުދޭ ގޮތުގައި އެހޮސްޕިޓަލުން މިހާރު ދަނީ ނަވަލްނީ އަށް އެކަށީގެންވާ ފަރުވާ ފޯރުކޮށްދެމުންނެވެ. އަދި އޭނާ މިހާރު ވަނީ ވިޓަމިން ކާން އެއްބަސްވެފައި ކަމަށްވެސް ބުނެއެވެ.

ނަވަލްނީ ޖަލުގެ ހޮސްޕިޓަލަށް ބަދަލުކޮށްފައި ވަނީ އޭނާއަށް ސިއްހީ ފަރުވާ ނުދީފިނަމަ ފުރާނައަށް ނުރައްކާވެ މަރުވުމުގެ ފުރުސަތު ބޮޑު ކަމަށް ޑޮކްޓަރުން ބުނެފައި ވަނިކޮށެވެ. ނަވަލްނީގެ ހާލު ބަލަން ފުރުސަތު ދިނުމަށް އެދި ޖަލުގެ އޮފިޝަލުންނަށް ޑޮކްޓަރުން ފޮނުވި ސިޓީގައި ވަނީ ނަވަލްނީގެ ޕޮޓޭސިއަމް ލެވެލް ކަންބޮޑުވާ މިންވަރަކަށް އަރާފައިވާކަމަށް ފާހަގަކޮށްފައެވެ. މީގެ ސަބަބުން ކިޑްނީ މަސައްކަތް ކުރުމުގައި މައްސަލަ ހުރިކަން ފާހަގަވާ ކަމަށާއި ކޮންމެ ވަގުތަކު ވެސް ހިތުގެ މައްސަލައެއް ދިމާވެދާނެ ކަމަށް ޑޮކްޓަރުން ވަނީ ފާހަގަކޮށްފައެވެ.

ނަވަލްނީ ޖަލުގައި ހުރެގެން މަރުވެދާނެ ކަމުގެ ކަންބޮޑުވުން އެމެރިކާއިން ފާޅުކުރުމާއި ގުޅިގެން ރަޝިއާއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އެންޑްރީ ކެލިން ވަނީ ރަޝިއާއިން ނަވަލްނީ ޖަލުގައި ހުރެގެން މަރުވުމުގެ ފުރުސަތު ނުދޭނެ ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން އީޔޫ ގައުމުތަކުގެ ފޮރިން މިނިސްޓަރުން ކުރިއަށް ގެންދިޔަ ވީޑިއޯ ކޮންފަރެންސް ބައްދަލުވުމުގެއްގައި އެ އިއްތިހާދުން ވަނީ ރަޝިއާގެ އިދިކޮޅު ލީޑަރު ބަންދުގައި ހުންނެވި އިރު، އެކަށީގެންވާ ސިއްހީ ފަރުވާ ފޯރުކޮށްދެމުން ނުދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ނަވަލްނީގެ ސިއްހީ ހާލަތު އެއްދުވަހުން އަނެއް ދުވަހަށް ގޯސްވަމުންދާއިރު، އެނާއަށް ފަރުވާނުދެވޭތީ ވަގުތުން ވަގުތަށް ދޫކޮށްލުމަށް އީޔޫ އިން ވަނީ ގޮވާލާފައެވެ.

ރަޝިއާ ސަރުކާރުގެ ކޮރަޕްޝަނާ ދެކޮޅަށް އަޑު އުފުއްލަވަމުން ގެންދަވާ ނަވަލްނީގެ ސިއްހީ ހާލުކޮޅު ގޯސްވީ އޮގަސްޓު މަހުގެ 20 ވަނަ ދުވަހު ސައިބީރިޔާ އިން މޮސްކޯއަށް ދަތުރު ކުރަމުން ދިޔަ ފްލައިޓެއްގެ ތެރެއިން ސައިފޮދެއް ހިއްޕެވި ފަހުންނެވެ. އިދިކޮޅުން ތުހުމަތުކުރާ ގޮތުގައި ނަވަލްނީ އަށް ވިހަ ދިނުމުގެ ފަހަތުގައި ވަނީ ރަޝިޔާ ސަރުކާރެވެ. އެކަމަކު ސަރުކާރުން ވަނީ އެ ވާހަކަތައް ދޮގުކޮށްފައެވެ. ޖަރުމަނުގެ ހޮސްޕިޓަލެއްގައި 32 ދުވަސް ވަންދެން ފަރުވާ ހޯއްދެވުމަށްފަހު ނަވަލްނީ ހޮސްޕިޓަލުން ދޫކޮށްލާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހުއެވެ. ނަވަލްނީ ހޮސްޕިޓަލުުން ދޫކޮށްލާފައިވާއިރު، އޮކްޓޯބަރު މަހުގެ 20 ހިސާބުގައި އާލާސްކަންފުޅުގެ ހުރިހާ އަލާމާތެއް ވެސް ފިލައިގެން ގޮސްފައިވާ ކަމަށް ރޮއިޓަރސްގައި ރިޕޯޓް ކޮށްފައިވެއެވެ.

އެއާއެކު ރަޝިއާގެ ސަރުކާރުން އޭރުވެސް ވަނީ ނަވަލްނީ އަނބުރާ ގައުމަށް ގެނައުމަށް ވަރަށް ބޮޑަށް ބާރު އަޅާފައެވެ. ނަވަލްނީއަކީ ޙުކުމެއްގެ ދަށުން ސަސްޕެންޝަނެއްގައި ހުންނެވި ބޭފުޅަކަށްވެފައިި، ގައުމުން ބޭރުގައި ހުންނެވީ ސަސްޕެންޝަންގެ އުސޫލުތަކާ ޚިލާފަށް ކަމަށް ބުނެ ރަޝިއާގެ ޕްރިޒަން ސަރވިސް އިން ވަނީ ވަގުތުން ނަވަލްނީ އެނބުރި ގައުމަށް ވަޑައިގަތުމަށް އަމުރު ކޮށްފައެވެ. އަދި އަނބުރާ ވަޑައިނުގަންނަވައިފި ނަމަ، ސަސްޕެންޝަން ޖަލު ޙުކުމަކަށް ބަދަލުވެގެން ދިއުން ގާތް ކަމަށް ޕްރިޒަން ސަރވިސް އިން އޭރު ބުނެފައިވެއެވެ. އެންމެ ފަހުން އަނބުރާ ގައުމަށް ވަޑައިގަތުމާއެކު، ނަވަލްނީއަށް ވަނީ ޖަލު ޙުކުމްވެސް އިއްވާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދޫމާގެ ކެމިކަލް ހަމަލާ: ރަޝިއާއިން އެމެރިކާއަށް އިންޒާރު ދީފި

ދޫމާގެ ކެމިކަލް ހަމަލާ: ރަޝިއާއިން އެމެރިކާއަށް އިންޒާރު ދީފި

11 އެޕްރީލު 2018
ސީރިޔާގައި ދޭ ކެމިކަލް ހަމަލާތަކުގެ ޒިންމާ ނަގަން ޖެހޭނީ ރަޝިއާއިން: ޓިލަރސަން

ސީރިޔާގައި ދޭ ކެމިކަލް ހަމަލާތަކުގެ ޒިންމާ ނަގަން ޖެހޭނީ ރަޝިއާއިން: ޓިލަރސަން

24 ޖެނުއަރީ 2018
ޕޫޓިންއާ ވާދަކުރެއްވުމުގެ މަސައްކަތް ނަވަލްނީ ފައްޓަވައިފި

ޕޫޓިންއާ ވާދަކުރެއްވުމުގެ މަސައްކަތް ނަވަލްނީ ފައްޓަވައިފި

25 ޑިސެމްބަރު 2017
ޑިޕޯޓް ކުރުމުގެ މައްސަލައިގައި 4 ޤައުމަކަށް ވިސާ ދޫކުރާ އުސޫލު އެމެރިކާއިން ބަދަލުކޮށްފި

ޑިޕޯޓް ކުރުމުގެ މައްސަލައިގައި 4 ޤައުމަކަށް ވިސާ ދޫކުރާ އުސޫލު އެމެރިކާއިން ބަދަލުކޮށްފި

14 ސެޕްޓެމްބަރު 2017
ބެންކޮކްގެ ހޮސްޕިޓަލަކަށް ދިން ބޮމުގެ ހަމަލާއެއްގައި 24 މީހުން ޒަޚަމްވެއްޖެ

ބެންކޮކްގެ ހޮސްޕިޓަލަކަށް ދިން ބޮމުގެ ހަމަލާއެއްގައި 24 މީހުން ޒަޚަމްވެއްޖެ

22 މެއި 2017

އަހަރުތަކުން މިއަދު

8 ޖޫން
"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!
20242 އަހަރު ކުރިން
ރާއްޖެ

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް
20233 އަހަރު ކުރިން
ދުނިޔެ

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން
20224 އަހަރު ކުރިން
ސިއްހަތު

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟
20197 އަހަރު ކުރިން
ރިޕޯޓު

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟

ދަމު ނަމާދު. (تهجد ނަމާދު)
20188 އަހަރު ކުރިން
އިސްލާމް

ދަމު ނަމާދު. (تهجد ނަމާދު)

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު