Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވެރިކަމުގެ ނިޒާމު ބަދަލުކުރުން

ނަޝީދު ރައީސަށް: ވެރިކަމުގެ ނިޒާމަށް ބަދަލު ގެނެވޭނީ ފެންނަ ނުފެންނަ ވޯޓަކުންކަމާ މެދު ޝައްކެއް ނެތް

ވެރިކަމުގެ ނިޒާމު ބަދަލު ކުރުމުގެ ކޮންމެ މަޝްވަރާއެއް އަދި ކޮންމެ މަސައްކަތަކީ، ރައްޔިތުންގެ ވޯޓާއި ގުޅުންހުރި ކަންކަން ކަމަށް ނަޝީދު ވިދާޅުވި

ނަހުފާ މުހައްމަދު
ނަހުފާ މުހައްމަދު | 19 އެޕްރީލު 2021 | ހޯމަ 15:02
ރައީސް ނަޝީދު

ރައީސް ނަޝީދު

ރާއްޖޭގެ ވެރިކަމުގެ ނިޒާމަށް ބަދަލުގެނެވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމާއި މެދު ޝައްކު ނުކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި އޮތް ރިޔާސީ ނިޒާމު، ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް، ބޮޑުވަޒީރަށް ވެވަޑައިގަންނަވަން  ބޭނުންފުޅުވާކަމަށް ރައީސް ނަޝީދު ރައިސޫލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަށް ހުށަހެޅުއްވުމާއި ގުޅިގެން، ވެރިކަމުގެ ނިޒާމު ބަދަލު ކުރެވޭނީ ރައްޔިތުންގެ ވޯޓަކުން ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. އަދި މިހާރު އަމަލު އަމަލުކުރަމުންދާ ވެރިކަމުގެ ނިޒާމަކީ ރައްޔިތުންގެ ވޯޓަކުން އަމަލުކުރަމުންދާ ނިޒާމަކަށް ވާތީ، އެ ނިޒާމަށް ބަދަލު ގެނެވޭނީ ރައްޔިތުންގެ ވޯޓަކުން ކަމަށް ރައީސް ސާލިހު ދެކިވަޑައިގަންނަވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވެސް ވިދާޅުވެފައި ވެއެވެ.

Advertisement - newsAdvertisement

މިކަމާއި ގުޅިގެން ރައްދު ދެއްވައި ކުރެއްވި ޓްވީޓެއްގައި ނަޝީދު ވިދާޅުވީ، ވެރިކަމުގެ ނިޒާމު ބަދަލު ކުރުމުގެ ކޮންމެ މަޝްވަރާއެއް އަދި ކޮންމެ މަސައްކަތަކީ، ރައްޔިތުންގެ ވޯޓާއި ގުޅުންހުރި ކަންކަން ކަމަށެވެ.

ރާއްޖޭގައި ބަރުލަމާނީ ނިޒާމެއް ގާއިމުކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވަން ބޭނުންފުޅުވާކަމަށް ވިދާޅުވެ ރައީސް ނަޝީދު ރައީސް ސާލިހަށް ކުރެއްވި މެސެޖުގައި، ސަރުކާރު ހިންގުމުން އެއްފަރާތްވެގެން ހުންނަވަން ބޭނުންފުޅު ނުވާކަމަށާއި ގައުމު ހިންގުމުގެ މަސައްކަތުގައި ޝާމިލްވެ ވަޑައިގަންނަވަން ބޭނުންފުޅުވާކަމަށް ވިދާޅުވެފައިވެއެވެ.

ނަޝީދު ކުރެއްވި މެސެޖްގައި، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ބޭއްވުމުގެ ބަދަލުގައި، އެއަހަރުގެ ފެބްރުއަރީ މަހު، ރާއްޖޭގައި މިހާރު އޮތް ރިޔާސީ ނިޒާމު ބަރުލަމާނީ ނިޒާކަމަށް ބަދަލު ކުރުމަށް ހުށަހަޅާފައި ވެއެވެ. އަދި މިހާރުގެ މަޖިލީހުން ސަރުކާރު އެކުލަވާލުމަށާއި، 2024 އަހަރުގެ މަޖިލިސް އިންތިޚާބަށް ކުރިމަތިލާއިރު، ގާނޫނާއި އެއްގޮތްވާ ގޮތުގެ މަތިން، ރައްޔިތުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް މީހަކު ކަނޑައެޅޭ ގޮތަށް ހަމަޖެއްސުމަށް ވެސް ހުށަހަޅާފައިވެއެވެ.  

އިތުރަށް ކިޔާލަން

21 ޖެނުއަރީ 2017

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު