Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވެކްސިން ކިއުތަކުގެ މައްސަލަ

ވެކްސިން ޓޯކަން ނެގުން ކިއުބީ މެދުވެރިކޮށް!

ކޮންމެ މަރުކަޒަކުންވެސް ޓޯކެން ދޫކުރާނީ ވަކި އަދަދަކަށް

ނަހުފާ މުހައްމަދު
ނަހުފާ މުހައްމަދު, ރާއްޖެ އެމްވީ | 19 އެޕްރީލު 2021 | ހޯމަ 13:11
ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމަށް މަޖިލިސް ބޭރުގައި ހަދާފައި ކިއު

ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމަށް މަޖިލިސް ބޭރުގައި ހަދާފައި ކިއު

ވެކްސިންޖެހުމަށް ހެދޭ ދިގު ކިއުތަކުގައި ތޮއްޖެހިގެން ތިބެންޖެހޭ މައްސަލައަށް ހައްލެއް ހޯދައިދިނުމަށްޓަކައި، އޮންލައިންކޮށް ޓޯކެން ނަންބަރު ނެގޭނެ އިންތިޒާމު ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ހަމަޖައްސައިފިއެވެ.

އޮންލައިން އެޕްލިކޭޝަނެއްކަމަށްވާ ކިއުބީ މެދުވެރިކޮށް ޓޯކެން ނަންބަރު ނެގުމުގެ އިތުރުން ކިއު ނަންބަރުގެ ތަރުތީބު ބެލޭނެކަމަށް އެޗްޕީއޭއިން މައުލޫމާތުދެއެވެ. އެގޮތުން މާލޭގެ ތިން ސަރަހައްދެއްގައި ގާއިމުކޮށްފައިވާ ވެކްސިންޖަހައިދޭ މަރުކަޒުތަކުން، ކިއު ނަންބަރު ދޫކުރުމަށް އެޗްޕީއޭއިން ހަމަޖައްސާފައިވެއެވެ.

Advertisement - newsAdvertisement

އޮންލައިންކޮށް ޓޯކެން ދޫކުރުމަށް ހަމަޖެހިފައިވާ މަރުކަޒުތަކަކީ، ސޯޝަލް ސެންޓަރާއި، ނޭޝަނަލް އާޓްގެލެރީގެ އިތުރުން ހުޅުމާލޭގައި ގާއިމުކޮށްފައިވާ ވެކްސިންޖަހާ މަރުކަޒެވެ. މި މަރުކަޒުތަކުން ކޮންމެ ދުވަހަކުވެސް ނަންބަރު ދޫކުރާނީ ވަކި އަދަދަކަށެވެ. އެގޮތުން ސޯޝަލް ސެންޓަރުން 500 ނަންބަރު ދޫކުރުމަށް ހަމަޖެހިފައި ވާއިރު އާޓްގެލެރީން ދޫކުރާނީ 300 ނަންބަރެވެ. އަދި ހުޅުމާލޭ ވެކްސިންދޭ މަރުކަޒުން 200 ނަންބަރު ދޫކުރުމަށް ހަމަޖެހިފައިވެއެވެ.

މާލޭގައި މިހާރު ވެކްސިން ޖަހައިދޭން ހަމަޖެހިފައިވަނީ ރޭގަނޑު 9:00 ފެށިގެން 11:45 ދެމެދުއެވެ. އެހެންކަމުން ރޭގަނޑު 9:00 ފެށިގެން ކިއުބީ އެޕްލިކޭޝަނުން ނަންބަރު ނެގޭނެކަމަށް އެޗްޕީއޭއިން މައުލޫމާތުދެއެވެ.

އޮންލައިންކޮށް ޓޯކެން ދޫކުރަން ފެށިކަމުގައި ވިޔަސް މަރުކަޒުތަކުން ވެސް ޓޯކެން ދޫކުރުން ކުރިއަށްދާނެކަމަށް އެޗްޕީއޭއިން މައުލޫމާތުދެއެވެ. އަދި އެގޮތަށް ނަގާ ޓޯކެން ނަންބަރުގެ ތަރުތީބު، ކިއުބީ މެދުވެރިކޮށް ނުވަތަ ޓޯކެންގައިވާ ކިއުއާރް ކޯޑް ސްކޭން ކޮށްގެން ބެލޭނެކަމަށް އެޗްޕީއޭއިން ބުނެއެވެ.

ކޮވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒް އަދި ދެވަނަ ޑޯޒް ޖަހާ މީހުންގެ އަދަދު އިތުރުވެ، މާލެ ސަރަހައްދުން ވެކްސިން ޖެހުމަށް ހެދޭ ކިއުތައް ދިގުވުމުގެ ސަބަބުން، ރޯދަ މަހު ވެކްސިން ޖަހައިދޭ ވަގުތު ވަނީ އިތުރުކޮށްދީފައެވެ. އެކަމަކު ވަގުތު އިތުރުކުރުމުންވެސް ވެކްސިންގެ ދިގު ކިއުތަކަށް ބަދަލެއް އައިސްފައެއް ނުވެއެވެ.

އިތުރަށް ކިޔާލަން

14 މާރިޗު 2017

ނަރުހުންނަށް ވެކްސިން ދިނުމުގެ އުސޫލުން ބޭރުން ކަންކުރުމުން މައްސަލަ ހޫނުވެއްޖެ

14 މާރިޗު 2017
ނަރުހުންނަށް ވެކްސިން ދިނުމުގެ އުސޫލުން ބޭރުން ކަންކުރުމުން މައްސަލަ ހޫނުވެއްޖެ
14 މާރިޗު 2017

އިންފްލުއެންޒާ ވެކްސިން ހުރީ ވަރަށް މަދުން: ހެލްތް މިނިސްޓްރީ

14 މާރިޗު 2017
އިންފްލުއެންޒާ ވެކްސިން ހުރީ ވަރަށް މަދުން: ހެލްތް މިނިސްޓްރީ
05 މާރިޗު 2017

ކެންޑިޑޭޓުންގެ ގުރުއަތު ނެގުން ފަސްކޮށްފި

05 މާރިޗު 2017
ކެންޑިޑޭޓުންގެ ގުރުއަތު ނެގުން ފަސްކޮށްފި
26 ފެބުރުއަރީ 2017

ހިމަބިހި ނައްތާލުމުގެ ކެމްޕެއިންގާ 70،000 މީހުންނަށް ވެކްސިން ދެވޭނެ

26 ފެބުރުއަރީ 2017
ހިމަބިހި ނައްތާލުމުގެ ކެމްޕެއިންގާ 70،000 މީހުންނަށް ވެކްސިން ދެވޭނެ
23 ފެބުރުއަރީ 2017

ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރި އަމުރު ބާތިލް ކޮށްފި

23 ފެބުރުއަރީ 2017
ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރި އަމުރު ބާތިލް ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު