Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބަރުލަމާނީ ނިޒާމެއް ގާއިމުކުރުން

ބޭނުންވަނީ ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް ބޮޑުވަޒީރުކަން - ނަޝީދު

18 އެޕްރީލު 2021 | އާދީއްތަ 20:55

ސަރުކާރު ހިންގުމުގައި ދުރުގައި ހުންނަވަން ނަޝީދު ބޭނުންފުޅެއް ނުވޭ

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 18 އެޕްރީލު 2021 | އާދީއްތަ 20:55
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު

ބޭނުންވަނީ ރާއްޖޭގައި އޮތް ރިޔާސީ ނިޒާމު، ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް، ބޮޑުވަޒީރަށް ވެވަޑައިގަންނަވަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ރައިސޫލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަށް ދަންނަވައިފިއެވެ.

ރައީސް ނަޝީދު ރައީސް ސާލިހަށް ކުރެއްވި މެސެޖެއްގައި ވިދާޅުވެފައި ވަނީ ރާއްޖޭގައި ބަރުލަމާނީ ނިޒާމެއް ގާއިމުކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވަން ބޭނުންފުޅުވާ ކަމަށާއި ސަރުކާރު ހިންގުމުގައި އެއްފަރާތެއްގައި ހުންނަވަން އެމަނިކުފާނު ބޭނުންފުޅު ނުވާކަމަށެވެ. އަދި ބޭނުންފުޅުވަނީ ބޮޑުވަޒީރަށްވެ ގައުމު ހިންގުމުގެ އެންމެ ކުރީ ސަފުގައި ހުންނަވަން ކަމަށް ވަނީ ވިދާޅުވެފައެވެ.

ނަޝީދުގެ މެސެޖުގައި އެމަނިކުފާނު ވަނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ނުބާއްވައި އެއަހަރު ރާއްޖޭގެ ވެެރިކަން ކުރާ ނިޒާމު ބަރުލަމާނީއަށް ބަދަލުކޮށް، ރައްޔިތުންގެ މަޖިލީހުން ސަރުކާރު އެކުލަވާލުމަށް ވެސް ހުށައަޅުއްވާފައެވެ. އަދި 2024 ވަނަ އަހަރުގެ މަޖިލީސް އިންތިޚާބާއި ކުރިމަތިލާއިރު، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަކީ ގާނޫނުގައިވާގޮތަށް މަޖިލީހުން ކަނޑައަޅާ ބޭފުޅަކަށް ހަދަން ބޭނުންފުޅުވާ ކަމަށް ވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގައި ވެރިކަން ހިންގުމަށް އެންމެ ރަނގަޅު ނިޒާމަކީ ބަރުލަމާނީ ނިޒާމުކަމަށް ރައީސް ނަޝީދު އަބަދުވެސް ގަބޫލުކުރައްވާއިރު، މިހާރު އޮތް ރިޔާސީ ނިޒާމު ބަދަލުކުރެއްވުމުގެ މަސައްކަތް ކުރައްވާނީ ރައީސް ސާލިހާއި މަޝްވާރާކުރެއްވުމަށް ފަހު ކަމަށް ރައީސް ނަޝީދު ވަނީ އެކިފަހަރުމަތިން ވިދާޅުވެފައެވެ.

ރާއްޖޭގެ ބައެއް ނޫސްތަކުން ރިޕޯޓްކުރާ ގޮތުން ރައީސް ނަޝީދު، ރައީސް ސާލިހަށް ފޮނުއްވި މިމެސެޖް އެމަނިކުފާނު ވަނީ ކެބިނެޓުގެ ބައެއް ވަޒީރުންނަށާއި މަޖިލިސް މެމްބަރުންނަށް ވެސް ފޮނުއްވާފައެވެ.

އިތުރަށް ކިޔާލަން

06 މާރިޗު 2017

ސައުދީން ބޭނުންވަނީ ރާއްޖޭގައި އަސްކަރީ މަރުކަޒެއް ގާއިމްކުރަން: ރައީސް ނަޝީދު

06 މާރިޗު 2017
ސައުދީން ބޭނުންވަނީ ރާއްޖޭގައި އަސްކަރީ މަރުކަޒެއް ގާއިމްކުރަން: ރައީސް ނަޝީދު
05 މާރިޗު 2017

ބޭނުންވަނީ ތަރައްޤީ، ކަނޑުއަޑީގެ ކެބިނެޓް ބައްދަލުވުންތަކެއް ނޫން: ޠާރިޤު

05 މާރިޗު 2017
ބޭނުންވަނީ ތަރައްޤީ، ކަނޑުއަޑީގެ ކެބިނެޓް ބައްދަލުވުންތަކެއް ނޫން: ޠާރިޤު
01 މާރިޗު 2017

ޖަލުގައި ބަންދުކުރިތާ 14 މަސް ފަހުން ޝުމްބާ ގޭބަންދަށް ބަދަލުކޮށްފި

01 މާރިޗު 2017
ޖަލުގައި ބަންދުކުރިތާ 14 މަސް ފަހުން ޝުމްބާ ގޭބަންދަށް ބަދަލުކޮށްފި
25 ފެބުރުއަރީ 2017

ތިނަދޫގައި އަޅާ އިސްލާމިކް ސެންޓަރުގެ ޕްރޮޖެކްޓް އެއްކޮށް މިސަރުކާރުން މިވަނީ ބަދަލުކޮށްފަ: ގަސަމް

25 ފެބުރުއަރީ 2017
ތިނަދޫގައި އަޅާ އިސްލާމިކް ސެންޓަރުގެ ޕްރޮޖެކްޓް އެއްކޮށް މިސަރުކާރުން މިވަނީ ބަދަލުކޮށްފަ: ގަސަމް
19 ފެބުރުއަރީ 2017

މައުމޫންގެ ހަަތަރު ބޭފުޅުންގެ މައްޗަށް އުފުލާފައިވާ ދައުވާއާ ގުޅިގެން ބަޔާން ބަދަލުކޮށްފި

19 ފެބުރުއަރީ 2017
މައުމޫންގެ ހަަތަރު ބޭފުޅުންގެ މައްޗަށް އުފުލާފައިވާ ދައުވާއާ ގުޅިގެން ބަޔާން ބަދަލުކޮށްފި
18 ފެބުރުއަރީ 2017

ސާފު ބޯފެން ފޯރުކޮށްދިނުމުގެ މެންޑޭޓް މަޖިލީހުގެ ކޮމިޓީން ބަދަލުކޮށްފި

18 ފެބުރުއަރީ 2017
ސާފު ބޯފެން ފޯރުކޮށްދިނުމުގެ މެންޑޭޓް މަޖިލީހުގެ ކޮމިޓީން ބަދަލުކޮށްފި
14 ފެބުރުއަރީ 2017

ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމު ސިޔާސީ މަގާމަކަށް ބަދަލުކޮށްފި

14 ފެބުރުއަރީ 2017
 ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމު ސިޔާސީ މަގާމަކަށް ބަދަލުކޮށްފި
02 ފެބުރުއަރީ 2017

ޒައިދުލް އަމީން ގޭބަންދަށް ބަދަލުކޮށް، އޭނާގެ ޕާސްޕޯޓް ހިފަހައްޓައިފި

02 ފެބުރުއަރީ 2017
ޒައިދުލް އަމީން ގޭބަންދަށް ބަދަލުކޮށް، އޭނާގެ ޕާސްޕޯޓް ހިފަހައްޓައިފި
22 ޖެނުއަރީ 2017

ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު

22 ޖެނުއަރީ 2017
ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު
12 ޖެނުއަރީ 2017

އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު

12 ޖެނުއަރީ 2017
އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް