Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުއަޔާޓާއިން "ޓްރެވެލް ޕާސް" ތައާރަފްކުރުން

އަޔާޓާއިން "ޓްރެވެލް ޕާސް" ތައާރަފްކުރަން ނިންމައިފި

18 އެޕްރީލު 2021 | އާދީއްތަ 08:05

ރަސްމީކޮށް މި ފާސް ބޭނުންކުރަން ފަށައި، އަންނަ މަހު 1 ގައި މި ފާހާއެކު ސިންގަޕޫރަށް ދަތުރުކުރެވޭނެ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 18 އެޕްރީލު 2021 | އާދީއްތަ 08:05
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖައްސާފައިވާ ފްލައިޓްތަކެއް

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖައްސާފައިވާ ފްލައިޓްތަކެއް

އަޔާޓާ އިން ޓްރެވެލް ފާހެއް ތައާރަފުކުރަން ނިންމައި، އޭގެ ޓްރައެލްތައް ފަށައިފިއެވެ.

އިންޓަނޭޝަނަލް އެއަރ ޓްރާންސްޕޯޓު އެސޯސިއޭޝަން (އަޔާޓާ)އިން ތައާރަފުކުރާ މި ޓްރެވެލް ފާހަކީ، ކޮވިޑް-19ގެ މި ބަލިމަޑުކަމުގެ ތެރޭގައި އެއް ގައުމުން އަނެއް ގައުމަށް ދަތުރުކުރުމަށް ލުއިފަސޭހަގޮތްތަކެއް ހޯދައިދިނުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ބައެކެވެ. ޑިޖިޓަލް ހެލްތް ޕާސްޕޯޓެއްގެ ގޮތުގައި ބޭނުންކުރާ މި ފާހަކީ ފޯނަށް އަޅާލެވޭ އެޕްލިކޭޝަނެކެވެ. މިއެޕްލިކޭޝަން މެދުވެރިކޮށް، ދަތުރުވެރިޔާ ހުރީ ވެކްސިން ޑޯޒް ފުރިހަމަ ކޮށްފައިތޯއާއި، ދަތުރުވެރިޔާގެ ޕީސީއާރް ޓެސްޓް ނަތީޖާ ބަލައިލެވޭނެއެވެ. އެއާއެކު ކަރަންޓީނަކާ ނުލާ ދަތުރުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ރަސްމީކޮށް މި ފާސް ބޭނުންކުރަން ފަށައި، އަންނަ މަހު 1 ގައި މި ފާހާއެކު ސިންގަޕޫރަށް ދަތުރުކުރަން ފަށާއިރު، އެހެން ގައުމުތަކުން ވެސް އަންނަނީ މި ފާސް އެގައުމަކުން ބަލައިގަންނަން އެއްބަސްވަމުންނެވެ. މިހާރު އެއްބަސްވެފައިވާ ގައުމުތަކަށް ބަލާއިރު، އޮސްޓްރޭލިއާ، ބުރުނާއީ، ޗައިނާ، ނިއުޒިލެންޑް އަދި ޓައިވާން ހިމެނެއެވެ.

މިދިޔަ އަހަރުން ފެށިގެން އަޔާޓާއިން ތައާރަފުކުރުމަށް މަސައްކަތް ކުރަމުން އަންނަ މި ފާހަކީ ދަތުރުވެރިޔާއަކީ އެއްތަނުން އަނެއްތަނަށް ދަތުރުކުރުމަށް ޝަރުތުހަމަވާ މީހެއްކަން ދެނެގަތުމަށް ފަސޭހަ އެޕްލިކޭޝަނެކެވެ. 20 އެއާރލައިނަކުން މިހާރު މީގެ ޓްރައެލްތައްވަނީ ފަށާފައެވެ.

ގައުމުތަކުގެ ބޯޑަރު ހުޅުވާލިނަމަވެސް ގިނަ ބަޔަކު ދަތުރު ކުރަން ފަށާނީ ކަރަންޓީނަށް ލުއި ލިބެން ފެށުމުންކަމަށް އަޔާޓާއިންވަނީ ބުނެފައެވެ. 2020 ވަނަ އަހަރު ވެގެންދިޔައީ، އޭވިއޭޝަން ދާއިރާ އަށް އެންމެ ބޮޑު ގެއްލުމެއް ލިބުނު އަހަރުގެ ގޮތުގައެވެ.

އޭވިއޭޝަން ދާއިރާއިން ރިކަވަރީއަށް ކުރާ ދަތުރަކީ ދިގު އަދި އުނދަގޫ ދަތުރަކަށް ވާނެ ކަމަށް އަޔާޓާއިން ބުނެފައިވެއެވެ. 2019 ވަނަ އަހަރު ނިމުނު އިރު އެ ސިނާއަތް އޮތް ހާލަތަށް ދެވޭނީ އެންމެ އަވަހަށް ވެސް 2024 ވަނަ އަހަރު ކަމަށް ލަފާކޮށްފައިވެއެވެ. އެއާއެކުވެސް އެންމެ އަވަހަށް ރިކަވަރ ވާނީ ޑޮމެސްޓިކް މާކެޓްތައް ކަމަށާއި އިންޓަނޭޝަނަލް މާކެޓްތައް ރިކަވާވާން އިތުރު މުއްދަތު ނަގާނެ ކަމަށް އެ ޖަމްއިއްޔާ އިން ލަފާކޮށްފައިވެއެވެ. މި ރިކަވަރީގައި "ޓްރެވެލް ޕާސް" މުހިއްމު ދައުރެއް އަދާކުރާނެ ކަމަށް އަޔާޓާއިން ބުނެެއެވެ.

ޓްރެވެލް ޕާސް

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2022

ދުނިޔޭގެ ޕާސްޕޯޓް ރޭންކިންގައި ރާއްޖެއަށް 58 ވަނަ

15 ޖެނުއަރީ 2022
ދުނިޔޭގެ ޕާސްޕޯޓް ރޭންކިންގައި ރާއްޖެއަށް 58 ވަނަ
12 އޮކްޓޯބަރު 2021

ދުނިޔޭގެ ޕާސްޕޯޓް ރޭންކިންގގައި ރާއްޖެއަށް 66 ވަނަ

12 އޮކްޓޯބަރު 2021
ދުނިޔޭގެ ޕާސްޕޯޓް ރޭންކިންގގައި ރާއްޖެއަށް 66 ވަނަ
10 އެޕްރީލު 2017

ރިޔާދް ޓްރެވެލް ފެއަރގައި ރާއްޖެއިން ބައިވެރިވެއްޖެ

10 އެޕްރީލު 2017
ރިޔާދް ޓްރެވެލް ފެއަރގައި ރާއްޖެއިން ބައިވެރިވެއްޖެ
09 އެޕްރީލު 2017

އެއަރ ފްރާންސްއިން ޑައިރެކްޓް ފްލައިޓް ރާއްޖެއަށް ބާއްވަން ނިންމައިފި

09 އެޕްރީލު 2017
އެއަރ ފްރާންސްއިން ޑައިރެކްޓް ފްލައިޓް ރާއްޖެއަށް ބާއްވަން ނިންމައިފި
09 އެޕްރީލު 2017

މޯލްޑިވިއަނުން ކޮލަންބޯއަށް ޑައިރެކްޓް ފްލައިޓް ބާއްވަން ނިންމައިފި

09 އެޕްރީލު 2017
މޯލްޑިވިއަނުން ކޮލަންބޯއަށް ޑައިރެކްޓް ފްލައިޓް ބާއްވަން ނިންމައިފި
02 އެޕްރީލު 2017

ޑްރައިޕާސް މެގަ ޕްރޮމޯޝަންގެ ނަސީބުވެރިންނާއި އިނާމް ހަވާލުކޮށްފި

02 އެޕްރީލު 2017
ޑްރައިޕާސް މެގަ ޕްރޮމޯޝަންގެ ނަސީބުވެރިންނާއި އިނާމް ހަވާލުކޮށްފި
11 މާރިޗު 2017

ގެސްޓުހައުސްތަކަށް ޙާއްސަކޮށްގެން އެވޯޑެއް ދިނުމަށް ނިންމައިފި

11 މާރިޗު 2017
ގެސްޓުހައުސްތަކަށް ޙާއްސަކޮށްގެން އެވޯޑެއް ދިނުމަށް ނިންމައިފި
02 މާރިޗު 2017

ޖޮއިން ޓީމް އެމްޓީސީސީގެ ނަމުގައި ޖޮބް ފެއަރ އެއް ބާއްވަން ނިންމައިފި

02 މާރިޗު 2017
ޖޮއިން ޓީމް އެމްޓީސީސީގެ ނަމުގައި ޖޮބް ފެއަރ އެއް ބާއްވަން ނިންމައިފި
21 ފެބުރުއަރީ 2017

ވަން ވާރލްޑް ޓްރެވެލް މާޓު 2017 ގައި ރާއްޖެއިން ބައިވެރިވެއްޖެ

21 ފެބުރުއަރީ 2017
ވަން ވާރލްޑް ޓްރެވެލް މާޓު 2017 ގައި ރާއްޖެއިން ބައިވެރިވެއްޖެ
05 ފެބުރުއަރީ 2017

އެމްޓީސީސީން އިތުރު ހިއްސާ ވިއްކަން ނިންމައިފި

05 ފެބުރުއަރީ 2017
އެމްޓީސީސީން އިތުރު ހިއްސާ ވިއްކަން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް