Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ބާސާގައި ކޫމަނުގެ ކުރިމަގު

މުސްތަޤުބަލާ ގުޅުވައިގެން ދައްކާ ވާހަކަތަކަށް ކޫމަން ރައްދުދީފި

ކޫމަނަށް ކޯޗުގެ މަގާމު ދެމެހެއްޓޭނެ ކަމުގެ ޔަގީންކަމެއް ނެތް

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 17 އެޕްރީލު 2021 | ހޮނިހިރު 10:38
ބާސެލޯނާގެ ކޯޗު ރޮނާލްޑް ކޫމަން

ބާސެލޯނާގެ ކޯޗު ރޮނާލްޑް ކޫމަން

ބާސެލޯނާގައި އޭނާގެ މުސްތަޤުބަލާ ގުޅުވައިގެން ދައްކާ ވާހަކަތަކަށް އެ ޓީމުގެ ކޯޗު ރޮނާލްޑް ކޫމަން ރައްދުދީފިއެވެ.

ބާސާގެ ކޯޗުގެ މަގާމާ ކޫމަން ހަވާލުވީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި ދެ އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އޭރު ބާސާގެ ރައީސަކަށް ހުރީ ޖޯސެފް މާރިއާ ބާޓޮމެއުއެވެ. އެކަމަކު މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ބާޓޮމެއު މަގާމުން އިސްތިއުފާދީފައިވާއިރު، ދާދި ފަހުން ބޭއްވި ބާސާގެ އިންތިޚާބު ޖޮއާން ލަޕޯޓާ ވަނީ ކާމިޔާބުކުރައްވާފައެވެ.

ރިޕޯޓުތައް ބުނާ ގޮތުން ލަޕޯޓާ އިންތިޚާބުވުމާއެކު، އޭނާ ވަނީ ބާސާއަށް ބައެއް ބަދަލުތައް ގެންނަށް ނިންމާފައެވެ. އެގޮތުން ބާސާގެ ކޯޗަކަށް އެ ޓީމުގެ ލެޖެންޑް ޒަވީ ހެނާންޑޭޒް ގެންނަން ލަޕޯޓާ ބޭނުންވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި ދާދި ފަހުން ސްޕެއިނުގެ މީޑިއާތަކުން ވަނީ މި ސީޒަނުގައި ބާސާއަށް ތައްޓެއް ނުހޯދިއްޖެނަމަ، ކޫމަނަށް އެ ޓީމުގެ ކޯޗުގެ މަގާމު ދެމެހެއްޓޭނެ ކަމުގެ ޔަގީންކަން ނެތް ކަމަށްވެސް ރިޕޯޓުކޮށްފައެވެ.

އެކަމަކު މި ފަހުން ކޫމަނުގެ އިރުޝާދުގެ ދަށުން ބާސާއިން ރަނގަޅު ނަތީޖާތަކެއް ނެރެމުން އަންނައިރު، މި އަހަރު ސްޕެނިޝް ލީގުގައި އެ ޓީމު ބަލިވެފައިވަނީ އެންމެ މެޗަކުންނެވެ. އެއީ ލީގުގައި އެންމެ ފަހުން ކުޅުނު އެލް ކްލަސިކޯ މެޗުންނެވެ. ނަމަވެސް މި ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުން ބާސާ ވަނީ ޕީއެސްޖީ އަތުން ކަޓާފައެވެ.

ސްޕެނިޝް ކަޕުގެ ފައިނަލުގައި ހޮނިހިރު ދުވަހުގެރޭ އެތުލެޓިކް ބިލްބާއޯއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޫމަން ބުނީ ލީގުގައި ބަލިނުވެ 19 މެޗު ބާސާއިން ހަމަކުރިއިރު، އެންމެ މެޗަކުން ބަލިވުމާއެކު ބާސާގެ މުސްތަޤުބަލާ ގުޅޭ ސުވާލުތައް ކުރިމަތިވުމުން ހައިރާންވާ ކަމަށެވެ. އަދި މިއީ ވަކި ބަޔަކު ބޭނުންވެގެން ކުރާ ސުވާލުތަކެއް ގޮތަށްވެސް ބައެއް ފަހަރު ދޭހަވާ ކަމަށް ކޫމަން ވަނީ ބުނެފައެވެ.

ކޫމަން އިތުރަށް ބުނީ އޭނާގެ އެއްބަސްވުމުގައި ބާކީ އެއް އަހަރު އެބައޮތް ކަމަށާއި، މުސްތަޤުބަލާ ގުޅުވައިގެން ވާހަކަތަކެއް ދެކެވުނު ނަމަވެސް، އޭނާގެ ވިސްނުން ހުރީ ޓީމާ އެކު ކުރިއަށްދިއުން ކަމަށެވެ. އަދި މިއީ ކުރިމަތިވާނެ ބޮޑު ޕްރެޝަރެއްކަން އެނގޭ ކަމަށާއި، ނަމަވެސް މަސައްކަތްކުރާނީ ބާސާއާއެކު ކާމިޔާބީ ހޯދަން ކަމަށްވެސް ކޫމަން ބުންޏެވެ.

ބާސާގެ ކޯޗުގެ މަގާމު ދެމެހެއްޓޭނެ ކަމުގެ ޔަގީންކަން ކޫމަނަށް ނެތް ކަމަށް ރިޕޯޓުތައް ބުނި ނަމަވެސް، މީގެ ކުރިން ބައެއް މީޑިއާތަކުން ވަނީ އެއްބަސްވުމާ އެއްގޮތަށް ކުރިއަށް އޮތް ސީޒަނުގައިވެސް ބާސާއަށް އިރުޝާދުދޭނީ ކޫމަން ކަމަށް ރިޕޯޓުކޮށްފައެވެ. އެކަމަކު ކޫމަނުގެ ކުރިމަގާ މެދު ބާސާގެ އައު ބޯޑުން ވަރަށް އަވަހަށް ގޮތެއް ނިންމާނެ ކަމަށްވެސް ސްޕެއިނުގެ ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

އަންނަ ސީޒަނުގައިވެސް ކޫމަން ބާސާއަށް އިރުޝާދުދޭނެ ކަމަށް ރިޕޯޓުތައް ބުނިއިރު، އެ ޓީމަށް އޮތް އެންމެ ބޮޑު ޗެލެންޖަކީ ކެޕްޓަން ލިއޮނެލް މެސީ މަޑުކުރުވުމެވެ. މި ސީޒަން ނިމުމުން ހިލޭ ޓްރާންސްފާއެއްގެ ދަށުން ކުލަބު ބަދަލުކުރުމުގެ ފުރުސަތު މެސީއަށް އޮތް ނަމަވެސް، ރިޕޯޓުތައް ބުނާ ގޮތުން އަންނަ ސީޒަނުގައިވެސް މެސީ ބާސާގައި މަޑުކުރާނެއެވެ. އަދި ކޫމަނުގެ މަސައްކަތާ މެދު މެސީ ހިތްހަމަޖެހޭ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ރޮނާލްޑް ކޫމަންބާސެލޯނާ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ރަޝްފޯޑުގެ ލަނޑުން މޮޅުވެ، ބާސެލޯނާ ގަދަ 16 އަށް

ރަޝްފޯޑުގެ ލަނޑުން މޮޅުވެ، ބާސެލޯނާ ގަދަ 16 އަށް

17 ޑިސެމްބަރު 2025
އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި

އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި

14 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

27 ފެބުރުއަރީ
ރައީސް ނަޝީދަށް ރަޝިއާ ސަފީރުގެ ބަހުގެ ހޫނު ހަމަލާ އެއް!
20251 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދަށް ރަޝިއާ ސަފީރުގެ ބަހުގެ ހޫނު ހަމަލާ އެއް!

ޕީޖީ ޝަމީމުގެ އަތުލިޔުއްވުން ފޮންޓަކަށް: "މަގޭ ހުސޭނު"
20242 އަހަރު ކުރިން
ރާއްޖެ

ޕީޖީ ޝަމީމުގެ އަތުލިޔުއްވުން ފޮންޓަކަށް: "މަގޭ ހުސޭނު"

އެމްޑަބްލިއުއެސްސީގެ 'މަލަސް ރެސިޑެންސް' ފްލެޓްތައް މުވައްޒަފުންނާ ހަވާލުކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

އެމްޑަބްލިއުއެސްސީގެ 'މަލަސް ރެސިޑެންސް' ފްލެޓްތައް މުވައްޒަފުންނާ ހަވާލުކޮށްފި

ބޮލްސޮނާރޯ ޔޫކްރެއިން އަށް - ތިހެންތިވީ ގައުމުގެ ހުންގާނު ހެއްވާ މަޖާ ރޯލު ކުޅޭ އެކްޓަރަކާއި ހަވާލުކުރުމުން
20224 އަހަރު ކުރިން
ދުނިޔެ

ބޮލްސޮނާރޯ ޔޫކްރެއިން އަށް - ތިހެންތިވީ ގައުމުގެ ހުންގާނު ހެއްވާ މަޖާ ރޯލު ކުޅޭ އެކްޓަރަކާއި ހަވާލުކުރުމުން

ބުރިޖު މަތިން ފުންމާލަން އުޅުނު މީހަކު އާންމުން ހިފަހައްޓައިފި
20215 އަހަރު ކުރިން
ރާއްޖެ

ބުރިޖު މަތިން ފުންމާލަން އުޅުނު މީހަކު އާންމުން ހިފަހައްޓައިފި

ދިވެހިރާއްޖޭގެ ޕްރައިމަރީ ގްރޭޑްތަކުގައި މީޑިއަމް އޮފް އިންސްޓްރަކްޝަންގެ ގޮތުގައި ބޭނުންކުރަން އެންމެ ރަނގަޅީ ދިވެހި ބަސް
20197 އަހަރު ކުރިން
ދިވެހި ބަސް

ދިވެހިރާއްޖޭގެ ޕްރައިމަރީ ގްރޭޑްތަކުގައި މީޑިއަމް އޮފް އިންސްޓްރަކްޝަންގެ ގޮތުގައި ބޭނުންކުރަން އެންމެ ރަނގަޅީ ދިވެހި ބަސް

ތާނަ ލިޔުމުގައި ސުކުން ކުރެވޭ ހަމަތައް
20188 އަހަރު ކުރިން
ދިވެހި ބަސް

ތާނަ ލިޔުމުގައި ސުކުން ކުރެވޭ ހަމަތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު