Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެލޯކަލްކައުންސިލް އިންތިޚާބުގެ ޝަކުވާ ހުށަހެޅުން

ހަ ވޯޓު ފޮއްޓެއް އަލުން ގުނުމަށް އެމްޑީޕީން ހުށަހަޅައިފި

މިފަހަރުގެ އިންތިޚާބުގައި އާދަޔާ ޚިލާފަށް ބާތިލު ވޯޓު ގިނަކަން ހަސަން ލަތީފް ފާހަގަކުރެއްވި

ނަހުފާ މުހައްމަދު
ނަހުފާ މުހައްމަދު | 14 އެޕްރީލު 2021 | ބުދަ 11:22
އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަނީ

އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަނީ | ރާއްޖެއެމްވީ

ލޯކަލްކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބާއި ގުޅިގެން، ހަ ވޯޓު ފޮއްޓެއްގެ މައްސަލަ އެމްޑީޕީގެ ފަރާތުން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައި ވާކަމަށް، ޕާޓީގެ ޗެއާ ޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

އެމްޑީޕީ އޮފީހުގައި ބުދަ ދުވަހުގެ މެންދުރުފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ، މާލޭ ސިޓީގެ ޖުމްލަ ހަ ދާއިރާއެއްގެ ވޯޓުފޮށި އަލުން ގުނުމަށް މިހާރު ހުށަހަޅާފައި ވާކަމަށެވެ.

އެމްޑީޕީން ޝަކުވާ ހުށަހެޅި ފޮށިތަކުގެ ތެރޭގައި ހިމެނެނީ، T03   (މެދުހެންވޭރު ދާއިރާ)، T04  (ހެންވޭރު ދެކުނު ދާއިރާ) ، T05  (ހެންވޭރު ހުޅަނދު ދާއިރާ) ، T10 (މައްޗަންގޯޅި އުތުރު ދާއިރާ)، T14  (މާފަންނު އުތުރު ދާއިރާ) ، T16 (މާފަންނު ހުޅަނގު ދާއިރާ) އެވެ.

އެ ފޮށިތަކުގެ އިތުރުން، ބާތިލް ވޯޓާއި ގުޅޭ ގޮތުން ދިރާސާތަކެއްކޮށް ޖުމްލަ ހުށަހެޅުމެއް ހުށަހަޅާފައި ވާކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ. އެގޮތުން، އިންތިޚާބު ކާމިޔާބުކުރި ކެންޑިޑޭޓާއި އެމްޑީޕީގެ ކެންޑިޑޭޓާ ދެމެދު ހުރި ވޯޓުގެ ފަރަގަށް ވުރެ، ބާތިލު ވޯޓުގެ އަދަދު އިތުރުކަން ފާހަގަކުރެވިފައިވާކަމަށް ވިދާޅުވިއެެވެ.

ފާއިތުވި އަހަރުތަކުގެ އިންތިޚާބުތަކާއި މި އިންތިޚާބުގެ ބާތިލް ވޯޓުގެ ބައެއް ތަފާސްހިސާބުތަކަށް އަލިއަޅުއްވާލައްވައި ހަސަން ލަތީފް ވިދާޅުވީ، މިއަހަރުގެ އިންތިޚާބުގައި އާދަޔާ ޚިލާފަށް ބާތިލް ވޯޓު ނިސްބަތުން އިތުރުވެފައި ވާކަމަށެވެ. އަދި ގިނަ ވޯޓުތަކެއް ވޯޓު ކަރުދާހުގައި ހުރިއިރު، ކެންޑިޑޭޓްގެ ހައްގު ގެއްލޭގޮތަށް، މުޅި ކަރުދާސް ބާތިލު ކޮށްފައިވާކަން ފާހަގަކުރެއްވިއެވެ.

ނިމިދިޔަ އިންތިޚާބުގެ ވޯޓުލުން ޖުމްލަގޮތެއްގައި އަމާންކޮށް ކުރިއަށްދިޔަ ކަމުގައި ވިޔަސް، އިންތިޚާބުގެ ގިނަ މައްސަލަތަކެއް ވާދަވެރި ސިޔާސީ ޕާޓީތަކުން ފާހަގަކޮށްފައި ވެއެވެ. ހަމައެހެންމެ، އިންތިޚާބުގެ ނަތީޖާ ޝީޓްތަކެއްގެ މައްސަލަ ބެލުމަށް އިލެކްޝަންސް ކޮމިޝަނުން އަންގާރަދުވަހު ކުރި މަސައްކަތަށް ހުރަސްއެޅޭނެހެން އިދިކޮޅު ޕީޕީއެމުން ހަމަނުޖެހުމެއްވެސް ހިންގާފައިވެއެވެ.

ލޯކަލް ކައުންސިލް އިންތިޚާބުމޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)

އިތުރަށް ކިޔާލަން

04 ޖެނުއަރީ 2026

ޕީއެންސީގެ ބޭފުޅުން އާއްމު މީހުންނަށް ބިރު ދައްކައިގެން ޕާޓީތަކުގެ ދަފްތަރުން ކެނޑެން މަޖުބޫރު ކުރުވާ ކަމުގެ ތުހުމަތު

04 ޖެނުއަރީ 2026
ޕީއެންސީގެ ބޭފުޅުން އާއްމު މީހުންނަށް ބިރު ދައްކައިގެން ޕާޓީތަކުގެ ދަފްތަރުން ކެނޑެން މަޖުބޫރު ކުރުވާ ކަމުގެ ތުހުމަތު
03 ޖެނުއަރީ 2026

އެމްޑީޕީ އިން އެކުގައި މަސައްކަތް ނުކުރާނަމަ ވަރަށް ބޮޑު ލޮޅުމެއް އަރައި، 10 އަހަރު ގައުމު ފަހަތަށް ދާނެ: ބިގޭ

03 ޖެނުއަރީ 2026
އެމްޑީޕީ އިން އެކުގައި މަސައްކަތް ނުކުރާނަމަ ވަރަށް ބޮޑު ލޮޅުމެއް އަރައި، 10 އަހަރު ގައުމު ފަހަތަށް ދާނެ: ބިގޭ
02 ޖެނުއަރީ 2026

2023 ގައި އެމްޑީޕީ އަށް ލިބުނު ޑެމޭޖަކީ ހަރުދަނާ ވުމަށް ލިބުނު ފުރުސަތެއް: މެންބަރު މީކާއީލް

02 ޖެނުއަރީ 2026
2023 ގައި އެމްޑީޕީ އަށް ލިބުނު ޑެމޭޖަކީ ހަރުދަނާ ވުމަށް ލިބުނު ފުރުސަތެއް: މެންބަރު މީކާއީލް
02 ޖެނުއަރީ 2026

ހުދުމުހުތާރު ވެރިކަމުގެ ޗޮއިސް ނޫން ޗޮއިސް އަކަށް ހަމައެކަނި އޮތީ އެމްޑީޕީގެ ޗޮއިސް: މެންބަރު އަހުމަދު ދީދީ

02 ޖެނުއަރީ 2026
ހުދުމުހުތާރު ވެރިކަމުގެ ޗޮއިސް ނޫން ޗޮއިސް އަކަށް ހަމައެކަނި އޮތީ އެމްޑީޕީގެ ޗޮއިސް: މެންބަރު އަހުމަދު ދީދީ
31 ޑިސެމްބަރު 2025

ހުޅުމާލެ މުނިސިޕަލް ޚިދުމަތް ކައުންސިލް ދަށަށް ބަދަލު ކުރަން މުއިއްޒު ކުރައްވަން ޖެހޭނީ އެންމެ ފޯނު ކޯލެއް، އެކަން ނުކުރައްވަނީ ގަސްތުގަ: އަލީ ނިޔާޒް

31 ޑިސެމްބަރު 2025
ހުޅުމާލެ މުނިސިޕަލް ޚިދުމަތް ކައުންސިލް ދަށަށް ބަދަލު ކުރަން މުއިއްޒު ކުރައްވަން ޖެހޭނީ އެންމެ ފޯނު ކޯލެއް، އެކަން ނުކުރައްވަނީ ގަސްތުގަ: އަލީ ނިޔާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު