Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމާލެ ސިޓީގެ ޑެޕިޔުޓީ މޭޔަރ ކަމުގެ މަގާމު

މާލޭގެ ޑެޕިއުޓީ މޭޔަރު ކަމުގެ މަގާމުގެ ވާދަވެރިކަން ބޮޑުވަނީ

ޝުޖާއު ޑެޕިޔުޓީ މޭޔަރުކަމަށް ގެނައުމަށް ސޯޝަލް މީޑިޔާގައި އަންނަނީ ކެމްޕެއިން ކުރަމުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 17 އެޕްރީލު 2021 | ހޮނިހިރު 02:50
ކައުންސިލް އިންތިޚާބު ކާމިޔާބުކުރުމަށްފަހު ޕީޕީއެމް އޮފީހުގައި ބޭއްވި ހަރަކާތްތަކުގެ ތެރެއިން

ކައުންސިލް އިންތިޚާބު ކާމިޔާބުކުރުމަށްފަހު ޕީޕީއެމް އޮފީހުގައި ބޭއްވި ހަރަކާތްތަކުގެ ތެރެއިން

ނިމިގެންދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި މާލެ ސިޓީ ކައުންސިލްގެ ގޮނޑިތައް ކާމިޔާބު ކުރެއްވި ބޭފުޅުންގެ މެދުގައި ޑެޕިޔުޓީ މޭޔަރުކަމުގެ ވާދަވެރިކަން ބޮޑުވެއްޖެއެވެ.

ގިނަ ގޮނޑިތަކެއް އިދިކޮޅުން ކާމިޔާބުކޮށްފައިވާއިރު ކައުންސިލް އިންތިޚާބުގައި ހުޅުމާލޭ ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާޢު މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރުކަމުގެ މަގާމަށް ގެނައުމަށް ޕީޕީއެމް/ޕީއެންސީގެ ސަޕޯޓަރުންނާއި އިސްވެރިން ވަނީ މަސައްކަތް ފަށާފައެވެ. އެގޮތުން ސޯޝަލް މީޑިޔާގައި ސުޖާއުގެ ސަޕޯޓަރުން އެކަމަށް ކެމްޕެއިން ކުރަން ވަނީ ފަށާފައެވެ. ސުޖާއުގެ ސަޕޯޓަރުން ބުނާގޮތުގައި ޝުޖާޢު އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ހާލުގައި ޖެހުނު ދުވަހުވެސް ރައީސް ޔާމީންގެ ދިފާއުގައި އެންމެ ކުރީ ސަފުގައި މަސައްކަތްކުރެއްވި ބޭފުޅެއްކަމަށެވެ. އަދި މިހާރު ގޮނޑިތަކަށް އިންތިޚާބުވެފައިވާ ކެންޑިޑޭޓުންގެ ތެރެއިން ޑެޕިއުޓީ މޭޔަރަށް ރަނގަޅީ ޝުޖާޢު ކަމަށް ބުނެ އަންނަނީ ކެމްޕެއިން ކުރަމުންނެވެ.

Advertisement - newsAdvertisement

ޝުޖާޢު ޑެޕިޔުޓީ މޭޔަރުކަމަށް ގެނައުމުގެ ކެމްޕެއިނެއް ފަށާފައިވާއިރު ވިލިމާލޭގެ ގޮނޑި ކާމިޔާބުކުރެއްވި ނަހުލާ އަލީ ވަނީ ޑެޕިއުޓީ މޭޔަރުގެ މަގާމަށް ކުރިމަތިލައްވަން ނިންމަވާފައިވާކަން ހާމަކުރައްވާ އެކަމަށް އެއްބާރުލުން ދިނުމަށް އެދި ސިޓީއެއް އާންމު ކުރައްވާފައެވެ. ސިޓީގައި ކުރިއަށް އޮތް ރިޔާސީ އިންތިހާބު ޕީޕީއެމްއިން ކާމިޔާބު ކުރުމަށް، ޒުވާނުންނާއި އަންހެނުންގެ ގިނަ އަދަދެއްގެ ވޯޓު ނެގުމަށް ޓަކައި އިލްމީ، ގާބިލު، ކެރޭ، ހިތްވަރު ހުރި އަންހެނަކު ޑެޕިއުޓީ މޭޔަރު ކަމަށް ހަމަޖެހުމަކީ ރައީސް އަބްްދުﷲ ޔާމީން އަބްދުލްގައްޔޫމާއި ޕީޕީއެމްއިން އެދޭ ގޮތް ކަމަށް ގަބޫލުކުރައްވާ ކަމަށް ވަނީ ވިދާޅުވެފައެވެ.

އަދި މިދިޔަ ދައުރުގައި މާލޭގެ މޭޔަރު ކަމާއި ޑެޕިއުޓީ މޭޔަރުކަން ކުރެއްވީ އަންހެނަކާއި ފިރިހެނެއްކަން ފާހަގަކުރައްވައި އަންހެނުންނަށް ހަމަހަމަ ފުރުސަތު ދިނުމަކީ ޕީޕީއެމްއިން ތަރުހީބު ދޭނެ ކަމަށް ޔަގީން ކުރާ ކަމަށް އެނާ ވިދާޅުވިއެވެ.

ޑެޕިޔުޓީ މޭޔަރުކަމަށް ދެން ޝައުގުވެރިކަން ފާޅުކުރައްވާފައިވަނީ މާފަންނު ދެކުނު ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި އަބްދުﷲ ނާސިރު (އައްލޮ) އެވެ. އެކަން ހާމަކޮށް އަބްދުﷲ ނާސިރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރައްޔިތުންނަށް ޚިދުމަތްކުރުމަށް ރައްޔިތުންދިން ފުރުޞަތުގެ ބޭނުން ހެޔޮގޮތުގައި ހިއްޕަވާނެކަމަށެވެ. އަދި ޑެޕިއުޓީ މޭޔަރަކަށް ވުމުގެ ޝަޢުގުވެރިކަން ހުރިކަމަށް ވަނީ ވިދާޅުވެފައެވެ.

މާލެ ސިޓީ ކައުންސިލްގައި މޭޔަރ ހިމެނޭގޮތަށް 19 ގޮނޑިއެއް ހިމެނެއެވެ. މީގެތެރެއިން މޭޔަރުގެ ގޮނޑި ކާމިޔާބުކުރައްވާފައިވަނީ ޕީޕީއެމް ޓިކެޓްގައި އެގޮނޑިއަށް ވާދަކުރެއްވި ޑރ މުހައްމަދު މުއިއްޒުއެވެ. މިއީ ގާނޫނަށް ގެނައި ބަދަލާއެކު މޭޔަރު އިންތިޚާބުކުރި ފުރަތަމަ ފަހަރެވެ.

ޑެޕިޔުޓީ މޭޔަރު ހޮވާނީ ކައުންސިލްގެ މެމްބަރުންގެ މެދުގައި ނެގޭ ވޯޓުންނެވެ. މޭޔަރު ހިމެނޭހެން މާލެސިޓީގެ 14 ގޮނޑި ޕީޕީއެމް އިން ވަނީ ކާމިޔާބުކޮށްފައެވެ.

މާލޭ ސިޓީ ކައުންސިލް

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް
07 ޑިސެމްބަރު 2025

ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

07 ޑިސެމްބަރު 2025
ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި
03 ޑިސެމްބަރު 2025

އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް

03 ޑިސެމްބަރު 2025
އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް
27 ނޮވެމްބަރު 2025

ކަންބޮޑުވުންތައް ބޮލާލާ ޖަހާ ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި

27 ނޮވެމްބަރު 2025
ކަންބޮޑުވުންތައް ބޮލާލާ ޖަހާ ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި
27 ނޮވެމްބަރު 2025

ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި

27 ނޮވެމްބަރު 2025
ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު