Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ދިރާގު ދިވެހި ޕްރިމިއާ ލީގު

ޓީސީ ބަލިކޮށް މާޒިޔާއަށް ހަތް ޕޮއިންޓުގެ ލީޑެއް

ތާވަލުގެ އެއްވަނައިގައި މާޒިޔާ އޮތީ 28 ޕޮއިންޓާއެކު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 16 އެޕްރީލު 2021 | ހުކުރު 19:31
މާޒިޔާ އާއި ޓީސީ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން މާޒިޔާ މޮޅުވީ 3-1 ން

މާޒިޔާ އާއި ޓީސީ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން މާޒިޔާ މޮޅުވީ 3-1 ން

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ހުކުރު ދުވަހުގެރޭ ކުޅުނު މެޗުން ޓީސީ ސްޕޯޓްސް ކުލަބު ބަލިކޮށް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ތާވަލުގެ އެއްވަނައިގައި ހަތް ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.

ޤައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުން މާޒިޔާ މޮޅުވީ 3-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، ދެ ޓީމަށްވެސް ވަނީ ރަނގަޅު ފުރުޞަތުތަކެއް ލިބިފައެވެ. އެގޮތުން މެޗުގެ 11 ވަނަ މިނެޓުގައި އޭރިއާ ތެރެއިން މާޒިޔާގެ މިޑްފީލްޑަރު ހަމްޒާ މުޙައްމަދު (ހަމްޕު) ހަމަލާއެއް އުފެއްދި ނަމަވެސް، އެ ހަމަލާ ޓީސީގެ ގޯލްކީޕަރު އާޒާދު މަމަދޯފް ވަނީ މަތަކޮށްފައެވެ. އަދި އޭހެ ހަ މިނެޓު ފަހުން ޓީސީގެ ބިދޭސީ ފޯވާޑް ސެމިއުލް ކޯޑެލަށް ހުސް ފުރުޞަތެއް ލިބުނު ނަމަވެސް، އޭރިއާ ބޭރުން އޭނާ ފޮނުވާލި ހަމަލާ މާޒިޔާގެ ގޯލްކީޕަރު ހުސައިން ޝަރީފް ވަނީ ދިފާޢުކޮށްފައެވެ.

އޭގެ ފަހުން ފުރަތަމަ ހާފުގެ ފަހުކޮޅު މާޒިޔާގެ މިޑްފީލްޑަރު މުޙައްމަދު އުމެރިއަށް ވަނީ ރަނގަޅު ދެ ފުރުޞަތެއް ލިބި ބޭކާރުވެފައެވެ. އެކަމަކު މި ހާފު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް މާޒިޔާއިން ވަނީ ލީޑު ނަގާފައެވެ. ހަމްޕު ނަގައިދިން ހުރަހަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކޮނޭލިއަސް ސްޓެވާޓް (ކޯނޭ) އެވެ.

މި މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު ލީޑު ފުޅާކުރަން މާޒިޔާގެ އުމެއިރަށް ވަނީ ރަނގަޅު ފުރުޞަތެއް ލިބި ބޭކާރުވެފައެވެ. އެގޮތުން އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ. އެއާއެކު މެޗުގެ 53 ވަނަ މިނެޓުގައި ޓީސީން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން މުޙައްމަދު އައްޒާމެވެ. އެކަމަކު އޭގެ ހަތް މިނެޓު ފަހުން އިބްރާހީމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) ވަނީ ލަނޑެއް ޖަހައި، މާޒިޔާއަށް އަލުން ލީޑު ނަގައިދީފައެވެ.

އޭގެ ފަހުން ލީޑު ފުޅާކުރުމަށް މެޗުގެ 77 ވަނަ މިނެޓުގައި މާޒިޔާގެ ހަމްޕުއަށް ހުސް ފުރުޞަތެއް ލިބުނު ނަމަވެސް، އޭރިއާ ތެރެއިން އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ. ނަމަވެސް މެޗު ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށް މާޒިޔާއިން ވަނީ ލީޑު ފުޅާކޮށްފައެވެ. ކޯނޭ ތަނަވަސްކޮށްދިން ފުރުޞަތަކުން މި ލަނޑު އެ ޓީމަށް ފޭދޫ އިއްބެއެވެ.

މި މެޗަށްފަހުވެސް މާޒިޔާގެ ކޯޗު ރިސްޓޯ ވިޑަކޮވިޗް ވަނީ ދަނޑުގެ ހާލަތާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. އޭނާ ބުނީ އަބަދު ދައްކަން ޖެހޭ އެއް ވާހަކައަކީ ދަނޑުގެ ހާލަތާ ގުޅިގެން ކުޅުންތެރިންނަށް އުނދަގޫވާ ވާހަކަ ކަމަށާއި، މި މެޗުގައިވެސް އެކަން ދިމާވި ކަމަށެވެ. އަދި މެޗުގެ ފުރަތަމަ ހާފުަގއި ޖެހި ލަނޑާއެކު ކުޅުންތެރިންނަށް ފަސޭތަކެެއްވި ކަމަށާއި، އަދި މިއީ މާޒިޔާއަށް ޙައްޤު މޮޅެއް ކަމަށްވެސް ވިޑަކޮވިޗް ބުންޏެވެ.

ކުރީގެ ޓީމާ ދެކޮޅަށް ކުޅުނު މެޗަށްފަހު ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނީ ހަގީގަތުގައި މާޒިޔާއިން ލީޑު ނެގުމާ ހަމައަށް ޓީސީން ރަނގަޅަށް ކުޅުނު ކަމަށާއި، އެކަމަކު އޭގެ ފަހުން މާޒިޔާއިން ކޮންފިޑެންސާއެކު ކުޅުނު ކަމަށެވެ. އަދި މި މެޗުގެ ނަތީޖާއަކީ ޓީސީއަށް ރަނގަޅު ނަތީޖާއެއް ކަމަށް ނުބުނެވޭނެ ކަމަށާއި، އަދި ރޯދަ މަހުގެ ފުރަތަމަ މެޗަށް ވުމާއެކު ޒުވާން ކުޅުންތެރިންގެ ކޮންސަންޓްރޭޝަން ލެވެލް ވަރަށް ދަށްކަން ފާހަގަވެގެންދިޔަ ކަމަށްވެސް ބުންޏެވެ.

މި މޮޅާއެކު މާޒިޔާއިން ތާވަލުގެ އެއްވަނައިގައި ހަތް ޕޮއިންޓުގެ ލީޑެއް ނެގިއިރު، އެ ޓީމަށް ކުޅުނު 12 މެޗުން ވަނީ 28 ޕޮއިންޓް ލިބިފައެވެ. ތާވަލުގެ ދެވަނައިގައި އޮތް ވެލެންސިއާއަށް 11 މެޗުން 21 ޕޮއިންޓް ލިބިފައިވާއިރު، އާދީއްތަ ދުވަހުގެރޭ ދަ ގްރާންޑޭ ސްޕޯޓްސް ކުލަބު ބަލިކޮށް، ވެލެންސިއާއަށް މާޒިޔާގެ ފަރަގު ހަތަރު ޕޮއިންޓަށް ކުޑަކުރެވޭނެއެވެ. މީގެ އިތުރުން މާޒިޔާ އަތުން ބަލިވި ޓީސީ އޮތީ ތާވަލުގެ ހަވަނައިގައި 13 މެޗުން 13 ޕޮއިންޓާއެކުއެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުމާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންޓީސީ ސްޕޯޓްސް ކުލަބު

ކޮމެންޓް

އިތުރަށް ކިޔާލަން

ވިކްޓަރީ އިން އީގަލްސްގެ މައްޗަށް ކުރި ހޯދައިފި

ވިކްޓަރީ އިން އީގަލްސްގެ މައްޗަށް ކުރި ހޯދައިފި

14 ޑިސެމްބަރު 2025
ޔޫވީ އަތުން ބުރަށް ނުވަ ލަނޑުގެ މޮޅެއް

ޔޫވީ އަތުން ބުރަށް ނުވަ ލަނޑުގެ މޮޅެއް

13 ޑިސެމްބަރު 2025
ޔޫވީ އިން ގްރީން ބަލިކޮށްފި

ޔޫވީ އިން ގްރީން ބަލިކޮށްފި

01 ޑިސެމްބަރު 2025
ފަހަތުން އަރައި ބުރުން ވެލެންސިއާ ބަލިކޮށްފި

ފަހަތުން އަރައި ބުރުން ވެލެންސިއާ ބަލިކޮށްފި

30 ނޮވެމްބަރު 2025
ޓީސީ ބަލިކޮށް އޮޑި ދެ ވަނަ އަށް

ޓީސީ ބަލިކޮށް އޮޑި ދެ ވަނަ އަށް

30 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު