Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއދ. ގެ އާންމު މަޖިލީހުގެ އިންތިޚާބު ކާމިޔާބުވާނެ

އދ. ގެ އާންމު މަޖިލީހުގެ އިންތިޚާބު ކާމިޔާބުވާނެ ކަމުގެ ޔަގީންކަން އެބައޮތް - ޝާހިދު

16 އެޕްރީލު 2021 | ހުކުރު 10:04

ރިޔާސަތަށް ރާއްޖެ އިންތިޚާބުކުރުމަށް ވަރަށް ގިނަ ގައުމުތަކުގެ އެއްބާރުލުން ލިބޭ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 16 އެޕްރީލު 2021 | ހުކުރު 10:04
ފޮރިން މިނިސްޓަރ ޝާހިދު އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން

ފޮރިން މިނިސްޓަރ ޝާހިދު އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން | އަބްދުﷲ ޝާހިދު ޓްވިޓަރ

އދ. ގެ އާންމު މަޖިލީހުގެ އިންތިޚާބު ކާމިޔާބުވާނެކަމުގެ ޔަގީންކަން އެބައޮތްކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އިންޑިއާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ވިއޯންއަށް ދެއްވި ބަސްދީގަތުމެއްގައި މިނިސްޓަރ ވިދާޅުވީ، އާންމު މަޖިލީހުގެ ރިޔާސަތަށް ރާއްޖެ އިންތިޚާބުކުރުމަށް ވަރަށް ގިނަ ގައުމުތަކުގެ އެއްބާރުލުން ލިބެމުންއަންނަ ކަމަށެވެ. އެހެންކަމުން އިންތިޚަބު ކާމިޔާބުކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތްކަމަށެވެ.

Advertisement - newsAdvertisement

މިނިސްޓަރ ވިދާޅުވީ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވެރިކަމަށް ވަޑައިގެން އެންމެ އިސްކަމެއްދެއްވީ ބައިނަލްއަޤްވާމީ ގުޅުންތައް ވަރުގަދަކުރުމަށްކަމަށް ކަމަށާއި، ޤައުމުތަކާއެކު ޑިޕްލޮމެޓިކް ގުޅުންތައް ގާއިމުކުރުމަށް ކަމަށެވެ. އަދި ރާއްޖެއިން ކޮމަންވެލްތާ އަލުން ގާއިމުކުރި ގުޅުން ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ، އެއީ ހީނަރުވެފައި އޮތް ގުޅުންތައް ބަދަހިކުރުމަށް އެޅުނު މުހިއްމު ފިޔަވަޅެއްކަމަށެވެ.

އދ. ގެ ޢާންމު މަޖިލީހަށް ރާއްޖެއިން އިންތިޚާބުވުމަށް ކުރާ މަސައްކަތްތަކަށް އިންޑިއާއިން ފޯރުކޮށްދޭ އެހީތެރިކަމަށް މިނިސްޓަރ ޝުކުރުއަދާ ކުރެއްވިއެވެ. އދ. ގެ ޢާންމު މަޖިލީހުގެ ރިޔާސަތަށް ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު އިންތިޚާބުކުރުމަށް އިންޑިއާއާއި، ސަޢުދީ ޢަރަބިއްޔާއިން ތާއީދުކުރާނެކަން މީގެ ކުރިން ހާމަކުރައްވާފައިވާއިރު، މިނިސްޓަރ ޝާހިދު މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ވަނީ އިންޑިއާގައި ތިއްބެވި 16 ގައުމެއްގެ މަންދޫބުންނާއި 7 ގައުމެއްގެ އެމްބެސެޑަރުންނާ ވެސް ބައްދަލުކުރައްވާފައެވެ.

އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސް ހޮވުމަށް ބާއްވާ އިންތިޚާބު އަންނަ ޖޫން މަހުގެ ތެރޭގައި ބޭއްވުމަށް ނިންމާފައިވާއިރު، މި އިންތިޚާބުގައި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާ ވާދަކުރައްވަނީ އަފްޣާނިސްތާނުގެ ކުރީގެ ފޮރިން މިނިސްޓަރު ޑރ. ޒަލްމާއި ރަސޫލެވެ.

ޑރ. ރަސޫލަކީ 2010 އިން 2013 އަފްޣާނިސްތާނުގެ ފޮރިން މިނިސްޓަރުކަން ކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. އަފްޣާނިސްތާނާއި ބައިނަލްއަގުވާމީ ދުނިޔެއާ އޮންނަ ގުޅުން ވަރުގަދަކުރުމަށް ޑރ. ރަސޫލް ވަނީ ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ. އޭގެ ކުރިން ނެޝަނަލް ސެކިޔުރިޓީ އެޑްވައިޒަރުގެ މަގާމުގެ އިތުރުން ސިވިލް އޭވިއޭޝަން މިނިސްޓަރުކަން ވެސް ޑރ. ރަސޫލް ވަނީ އަދާކުރައްވައިފައެވެ.

އދ. އާންމު މަޖިލީހުގެ ރައީސުންގެ އިންތިޚާބު ރޮޓޭޝަން އުސޫލުން އޮންނައިރު ކޮންމެ އަހަރަކު ވެސް އިންތިޚާބުކުރަނީ އެފްރިކާ، އޭޝިއާ ޕެސިފިކް، އިރުމަތީ ޔޫރަޕު، ލެޓިން އެމެރިކާ، ކެރީބިއަންގެ އިތުރުން ހުޅަނގު ޔޫރަޕުގެ ގައުމުތަކުގެ ބޭފުޅެކެވެ.

އެހެންނަމަވެސް މިފަހަރު ފުރުސަތު ލިބުނީ އޭޝިއާ ޕެސިފިކް ގައުމުތަކަށެވެ. މި ސަރަހައްދަށް ބަލާއިރު، މީގެ ކުރިން އިންޑިއާ، ސްރީލަންކާ، ބަންގްލަދޭޝްގެ އިތުރުން އަފްޣާނިސްތާނުން ވަނީ އދ. ގެ އާންމު މަޖިލީހުގެ ރިޔާސަތު ބަލަހައްޓާފައެވެ. އިންތިޚާބުގެ ކުރިން ކެންޑިޑޭޓުން އެބޭފުޅުންގެ "ވިޝަން ސްޓޭޓްމަންޓް" އދ. ގެ އާންމު މަޖިލީހަށް ހުށަހަޅަންޖެހެއެވެ.

އދ. އާންމު މަޖިލީހުގައި މެންބަރު 193 ގައުމު ބައިވެރިވެއެވެ. މި މަޖިލީހަކީ އދ. ގެ ސިޔާސަތުތައް މައިގަނޑު ގޮތެއްގައި ކަނޑައަޅާ މަޖިލީހެވެ. އަދި މި މަޖިލީހުގައި މެންބަރު ހުރިހާ ގައުމެއްގެ މަސްލަހަތު ހިމާޔަތް ކުރުމަށް ވެސް މަސައްކަތްތައްކުރެއެވެ.

ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދް / ޓްވިޓާޢަބްދުﷲ ޝާހިދު

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

10 ނޮވެމްބަރު 2025

ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު ހުޅުވުމުން ރައީސް ޞާލިހު އާއި ޝާހިދުގެ ޝުކުރު އިންޑިއާ އަށް

10 ނޮވެމްބަރު 2025
ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު ހުޅުވުމުން ރައީސް ޞާލިހު އާއި ޝާހިދުގެ ޝުކުރު އިންޑިއާ އަށް
04 އޮކްޓޯބަރު 2025

ސައްދާމް ހުސައިން އިރާގުގެ ރައްޔިތުންނާއި ދެކޮޅަށް ކެމިކަލް ވެޕަން ބޭނުންކުރި ފަދައިން މުޢިއްޒު އެވަނީ ދިވެހި ރައްޔިތުންނާއި ދެކޮޅަށް އެފަދަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްފައި: އަބްދުﷲ ޝާހިދު

03 އޮކްޓޯބަރު 2025

ޕްރައިވެޓް ސެކްޓަރ އަކީ މިސަރުކާރުން ގަބޫލުކުރާ ސެކްޓަރ އެއް ނޫން: އަބްދުﷲ ޝާހިދު

03 އޮކްޓޯބަރު 2025
ޕްރައިވެޓް ސެކްޓަރ އަކީ މިސަރުކާރުން ގަބޫލުކުރާ ސެކްޓަރ އެއް ނޫން: އަބްދުﷲ ޝާހިދު
03 އޮކްޓޯބަރު 2025

މިއީ އޮޅުވާލުމާ، ފޮރުވުމާ ލޫޓުވުމުގެ ސަރުކާރެއް: އަބްދުﷲ ޝާހިދު

03 އޮކްޓޯބަރު 2025
މިއީ އޮޅުވާލުމާ، ފޮރުވުމާ ލޫޓުވުމުގެ ސަރުކާރެއް: އަބްދުﷲ ޝާހިދު
11 ސެޕްޓެމްބަރު 2025

"ފީއަލީގައި ތަރައްގީކުރި އައުޓްޑޯ ވޮލީ ކޯޓު ހުޅުވުމަށް އެމްޑީޕީގެ ރައީސް ޝާހިދު އަދި ކުރީގެ ނައިބް ރައީސް ވަޑައިގަންނަވާތީ ރަސްމިއްޔާތު ކެންސަލްކުރަން ސަރުކާރުން އެންގި"

11 ސެޕްޓެމްބަރު 2025
"ފީއަލީގައި ތަރައްގީކުރި އައުޓްޑޯ ވޮލީ ކޯޓު ހުޅުވުމަށް އެމްޑީޕީގެ ރައީސް ޝާހިދު އަދި ކުރީގެ ނައިބް ރައީސް ވަޑައިގަންނަވާތީ ރަސްމިއްޔާތު ކެންސަލްކުރަން ސަރުކާރުން އެންގި"
18 ޖުލައި 2025

ޑޮލަރުގެ އަގުބޮޑުވެ އިގްތިސާދީ އަނދަވަޅަކަށް ވެއްޓެމުންދާއިރު ގަވަރުނަރު ޒިންމާ އަދާކުރުމަށް ޝާހިދު ގޮވާލައްވައިފި

18 ޖުލައި 2025
ޑޮލަރުގެ އަގުބޮޑުވެ އިގްތިސާދީ އަނދަވަޅަކަށް ވެއްޓެމުންދާއިރު ގަވަރުނަރު ޒިންމާ އަދާކުރުމަށް ޝާހިދު ގޮވާލައްވައިފި
01 މެއި 2025

ޒުވާނުން ކުރަމުންދިޔަ އިހުތިޖާޖަށް ފުލުހުން ވަދެ ބާރުގެ ބޭނުންކޮށް އަނިޔާކުރުން ޝާހިދު އާއި ފައްޔާޒު ކުށްވެރި ކުަރައްވައިފި

01 މެއި 2025
ޒުވާނުން ކުރަމުންދިޔަ އިހުތިޖާޖަށް ފުލުހުން ވަދެ ބާރުގެ ބޭނުންކޮށް އަނިޔާކުރުން ޝާހިދު އާއި ފައްޔާޒު ކުށްވެރި ކުަރައްވައިފި
31 ޖެނުއަރީ 2025

"ރައީސުލްޖުމްހޫރިއްޔާ ކުރައްވަންވީ ކަމަކީ ޚާރިޖީ ދާއިރާގައި ތިބި ސިޔާސީ މީހުން ވަކިކޮށްފަ ގެއަށް ފޮނުވާލެއްވުން"

31 ޖެނުއަރީ 2025
"ރައީސުލްޖުމްހޫރިއްޔާ ކުރައްވަންވީ ކަމަކީ ޚާރިޖީ ދާއިރާގައި ތިބި ސިޔާސީ މީހުން ވަކިކޮށްފަ ގެއަށް ފޮނުވާލެއްވުން"
25 ނޮވެމްބަރު 2024

2028ގެ ޕްރައިމަރީ ވާހަކަ ދައްކަން އަވަސް، މުޅި ފޯކަސްއަކީ މިސަރުކާރު ޖަވާބުދާރީކުރުވުން: ޝާހިދު

25 ނޮވެމްބަރު 2024
2028ގެ ޕްރައިމަރީ ވާހަކަ ދައްކަން އަވަސް، މުޅި ފޯކަސްއަކީ މިސަރުކާރު ޖަވާބުދާރީކުރުވުން: ޝާހިދު
21 ނޮވެމްބަރު 2024

ރާއްޖޭގެ ޑިމޮކްރަސީގެ އިރު އޮއްސިފައިވާ ކަމަށާއި، މިފެންނަނީ މި ސަރުކާރު ބަލިވަމުންދާ މަންޒަރު: ޝާހިދު

21 ނޮވެމްބަރު 2024
ރާއްޖޭގެ ޑިމޮކްރަސީގެ އިރު އޮއްސިފައިވާ ކަމަށާއި، މިފެންނަނީ މި ސަރުކާރު ބަލިވަމުންދާ މަންޒަރު: ޝާހިދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް