Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓު

ތަރައްގީއަކީ ވޯޓު ހޯދަން ބޭނުންކުރާ ހަތިޔާރަކަށް ނުހަދަމާ!

އިންތިޚާބުތަކަށް ކަޑަ ޖެހުމުގެ ނަތީޖާއަކަށް ވެފައި އޮންނަނީ ރާއްޖޭގައި ހިންގާ މަޝްރޫއުތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދެވިފައި ނެތުން

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 16 އެޕްރީލު 2021 | ހުކުރު 10:20
މާލޭގެ މަގުތަކުގެ ހާލަތު

މާލޭގެ މަގުތަކުގެ ހާލަތު

ތަރައްގީގެ ވާހަކައަކީ ދިވެހިން ދައްކާ ފޫހިނުވާ ވާހަކައެކެވެ. ރައީސް މައުމޫނުގެ ދިގު 30 އަހަރުން ފެށިގެން މިއަދާ ހަމައަށްވެސް އިވެނީ އެއްވާހަކަތަކެކެވެ. ބޯހިޔާވަހިކަމާއި، ބަނދަރާއި، ފަޅު ފުންކުރުމާއި، ނަރުދަމާއާއި އެއަރޕޯޓުގެ ވާހަކަތަކެވެ.

ފާއިތުވި ހުރިހާ އިންތިޚާބެއްގެ ކެމްޕެއިން ތަކުގައި ވެސް ރައްޔިތުން ގާތަށްގޮސް ކެންޑިޑޭޓުން ދައްކަނީ ވެސް މިވާހަކަތަކެވެ. ރައްޔިތުންގެ ސިކުނޑިއަށް މިކަންކަން ވައްދައިގެން ވޯޓު ހޯދައެވެ. ރައްޔިތުމީހާ ވޯޓު ދެނީ ރަށަށް އަންނާނެ ބަދަލުތައް ކުރެހުމާއި ލިޔުމުން ބަޔާންކޮށް ކުރިމަތީގައި އަތުރާލާ މެނިފެސްޓޯތަކާއި، ތަރައްގީގެ ޕްލޭންތަކަށެވެ. އެހެންކަމުން ގަބޫލުކުރަންޖެހޭ ހަގީގަތަކީ ރައްޔިތުންނަށް ތަރައްގީ މުހިއްމުކަމެވެ. ރައްޔިތުންނަށް އެމީހުންގެ ޒަރޫރީ ބޭނުންތައް ފުއްދުމަށްޓަކައި ވަސީލަތްތައް އަތްފޯރާ ފަށުގައި ހުރުން މުހިއްމުކަމެވެ.

އެހެންނަމަވެސް ހިތާމައަކީ މިގޮތަށް ކޮށްފައިވާ ވައުދުތައް ނުފުދި ހުރުމެވެ. އިންތިޚާބު ބޯމަތިވުމުން އަނެއްކާވެސް އެ ވައުދުތަކާއި އަހުދުތައް ހިފައިގެން ރައްޔިތުން ގާތަށް ދެއެވެ. އެއްކަލަ ތަރައްގީއަށް ބޭނުވެ ފެންބޮވައިގެންފައިވާ ރައްޔިތުންނަށް އަނެއްކާވެސް ވޯޓުދޭން މަޖުބޫރުވަނީއެވެ.

ތެދެކެވެ. ކޮންމެ ވެރިކަމެއްގައި ވެސް ކޮންމެވެސް މިންވަރެއްގެ މަސައްކަތްތަކެއް ކޮށްފައިހުރިކަން ފެނެއެވެ. އެކި ވެރިކަމުގައި އެކި މިންވަރަށެވެ. އެހެންނަމަވެސް ސުވާލަކީ އެއީ ހަމަ އެ ރައްޔިތުންނަށް ބޭނުންވާ މިންވަރު ބާވައެވެ. ހައްގު މިންވަރު ބާވައެވެ. ކަންކަން ފުރިހަމަ ކުރުމުގައި ލަސްވަނީ ނުވަތަ ކުރާ ވައުދު މަތިން ގަސްދުގައި ހަނދާން ނައްތާލަނީ، އެހެން އިންތިޚާބެއްގެ ވޯޓު ހޯދުމަށް އެކަންކަން ވިއްކުމުގެ ބޭނުމުގައި ހެއްޔެވެ.

އިންތިޚާބުތަކަށް ކަޑަ ޖެހުމުގެ ނަތީޖާއަކަށް ވެފައި އޮންނަނީ ރާއްޖޭގައި ހިންގާ މަޝްރޫއުތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދެވިފައި ނެތުމެވެ. މިކަމުގެ ސަބަބު ފަހުން އެ މަޝްރޫއުތަކަށް ކުރަންޖެހޭ ޚަރަދު ބޮޑުވެ، އެ ތަންތަނުން ޚިދުމަތްހޯދާ ރައްޔިތުންނަށް ބޮޑު ތަކުލީފަކަށްވުމެވެ. ރައްޔިތުންނަށް ފަސޭހަކުރުމަށް އެ ރައްޔިތުންގެ ލާބައާއި މަންފާއަށް އަޅާ އެއާޕޯޓުތަކާއި، ހަދާ ބަނދަރުތަކާއި މަގުތަކާއި، އަޅާ ފްލެޓްތަކަށް ބަލާލި ކަމުގައިވީނަމަވެސް މިއީ ހަގީގަތެއްކަން ސާފުކޮށް ފެންނަން އެބަހުއްޓެވެ.

ނިމިދިޔަ އިންތިޚާބުގެ ކެމްޕެއިންގައި އިވުނު އަޑުތަކަކީ ވެސް މިފަދަ އަޑުތަކެކެވެ. އެގޮތުން ބަނދަރު ކުޑަވުމާއި، އެއާޕޯޓު ރަންވޭ އާއި ޓާރމިނަލް ކުޑަވުމާއި، ފްލެޓް ނުވަތަ ގޯތި ނުލިބުމާއި، މަގުގެ ހާލަތު ގޯސްވެގެން ވެހިކަލްތައް ހަލާކުވާލެއް އަވަސްވާ ވާހަކަތަކުގެ އަޑު ގަދައެވެ. މިލިސްޓު މިހެން ކިޔަންފަށައިފިނަމަ، ކިޔާ ކޮޅުން ނުލާނެއެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އަޅާފައިވާ އެއާރޕޯޓުތަކަށް ނަޒަރުހިންގާލަމާތޯއެވެ. ދަތުރުފަތުރުފުޅާވެ، ރާއްޖޭގެ އަދުގެ ހާލަތަށް ބަލާއިރު، ރާއްޖޭގެ އެކިކަންކޮޅުތަކުގައި އެއާޕޯޓުތައް އަޅަން މިވަނީ ފަށާފައެވެ. ރާއްޖޭގެ ވީހާވެސް ގިނަ ސަރަހައްދުތަކެއްގައި އެއާޕޯޓު އެޅުމަކީ ސަރުކާރުގެ ސިޔާސަތެކެވެ. އިގްތިސާދީ ގޮތުން ގައުމެއް ކުރިއަރާ ދިޔުމަށް ފަސޭހަ ދަތުރުފަތުރުގެ ނިޒާމެއް އޮތުން އެއީ މުހިއްމު ކަމެކެވެ.  އެހެންނަމަވެސް މިކަމުގެ މަންފާ ފުރިހަމަ ގޮތުގައި ކުރާނީ ދެމެހެއްޓެނިވި ގޮތުގައި މިކަން ކޮށްގެންނެވެ. ވެރިކަމަށް ވަޑައިގަންނަވާ ކޮންމެ ބޭފުޅަކު އެއާރޕޯޓުގެ ރަންވޭއާއި ޓާރމިނަލް އަލުން ހަދަން ވެއްޖެއްޔާ މިކަންކަން ދާނީ ރަނގަޅަށޭ ނުދެންނެވޭނެއެވެ.

ރާއްޖޭގެ އެކިކަންކޮޅުތަކުގައި މިހާރު އަޅަމުންދާ އެއަރޕޯޓުތަކަށް ބަލާއިރު، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފުޅާވަމުންދާ ފަތުރުވެރިކަމުގެ ސިނާއަތައް ކޭޓަރ ކުރުމަށްޓަކާ، މިއެއަރޕޯޓުތައް މުހިންމު ދައުރެއް އަދާކުރާނެއެވެ. މުސްތަގުބަލުގައި، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނާއި ވިޔަފާރިވެރިން، ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދަތުރުކުރުމުގައި މި އެއަރޕޯޓުތައް މުހިންމު ދައުރެއް އަދާ ކުރާނެކަމަށް ވެސް މިއަދު ހިސާބުތައް ޖަހަންޖެހެއެވެ. އެހެންކަމުން މި އެއާރޕޯޓުތަކުގައި ހަދާ ރަންވޭތަކަކީ މިކަންކަމަށް އެކަށޭނަ ރަންވޭތަކަށް ވާންޖެހެއެވެ. 

ނަމަވެސް މިހާރު ފެންނަނީ މިމަންޒަރެއް ނޫންކަން މަޝްރޫއުތަކުގެ ތަފްސީލުތަކަށް ބަލާލުމުން އެނގެއެވެ.

ރާއްޖެއަށް ދަތުރުކުރާ ޖެޓްތަކަށް ސީދާ އެއަރޕޯޓަށް ލޭންޑްކުރުމަށް އެންމެ ކުޑަވެގެން 1200 މީޓަރުގެ ރަންވޭއެއް ބޭނުންވާއިރު ރާއްޖޭގެ އެކިހިސާބުތަކުގައި މިހާރު އަޅަމުންދާ އެއާޕޯޓުތަކުގެ ރަންވޭތަކަކީ މިއަށްވުރެ ކުޑަ ރަންވޭތަކެކެވެ. ކުރަންޖެހޭ ޚަރަދުގެ ގޮތުން މާބޮޑު ތަފާތުތަކެއް ނެތްއިރު، ދެމެހެއްޓެނިވި ތަރައްގީގެ މިފަދަ ވިސްނުންތައް ސިޔާސަތު ރާވާ ފަރާތްތަކުގެ ވިސްނުމުން ވިސްނައި ނުގަނެވެނީ، ރައްޔިތުންނަށް ހިންދެމި ލެވޭވަރުގެ ހަގީގީ ތަރައްގީއެއް ގެނައުމަށް ބޭނުން ނުވާތީއެއް ނޫނެވެ.

މަގުހެދުމުގެ މަޝްރޫއުތަކަށް ބަލާއިރު ރާއްޖޭގައި ކުރިއަށްގެންދިޔަ މަގުހެދުމުގެ މަޝްރޫއުތަކުގައި އެއްވެސް ޕްލޭނެއް ނެތްކަން އެންމެ ސާފުކޮށް ފެންނަންއޮތީ، އައްޑޫސިޓީންނެވެ. އައްޑޫ ފޭދޫގެ ބޮޑު މަގުގެ ރީތި އަދި ދުއްވާލަން ވެސް ފަސޭހަ މިމަގުގައި ހިތްފަސޭހަކަމާއެކު ހަމަޖެހިލައިގެން ދުއްވާލެވޭވަރުވީ ހަތަރުވަރަކަށް އަހަރުވަންދެނެވެ. އެތަށް މިލިއަން ރުފިޔާއެއް ޚަރަދުކޮށްގެން ހަދާފައިވާ މި މަގު ހަދާފައިވަނީ، ނަރުދަމާ އެޅުމުގެ ކުރިން ކަމުން، ނަތީޖާއަކަށްވެގެން ދިޔައީ، އެތައް މިލިއަން ރުފިޔާއެއް ޚަރަދު ކޮށްގެން ނިންމާފައިވާ މި ހުރިހާ މަގެއްގެ ތާރުތައް ކަނޑާ މަގު އަލުން ކޮންނަންޖެހުމެވެ.

މަސައްކަތް ކުރި މީހުންގެ ބުރަ މަސައްކަތާއި، ވަގުތާއި، އަދި މަގު ހެދުމަށް ކުރެވުނު އެތައް މިލިއަން ރުފިޔާއެއް، ބޭކާރު ވެގެން ދިޔައީއެވެ. އެހެންނަމަވެސް، މި ބިޔަ ޕްރޮޖެކްޓަށް ކުރި ހޭދަތަކުން ބައެއްގެ ޖީބަށް ބޮޑެތި މަންފާތަކެއް ކޮށްފައި ހުންނާނެއެވެ. ކެހި ލިބުނީ ރައްޔިތުންނަށެވެ.

ދެން މިއޮތީ ރައްޔިތުންގެ ލޭ ހޫނުވާ މައްސަލައެވެ. ބޯހިޔާވަހިކަމުގެ މައްސަލައެވެ. ކެންޑިޑޭޓުންގެ ވައުދު ލިސްޓުގެ ކުރީގައި އޮންނަނީ ވެސް މިކަމެވެ. އަދުގެ ޖީލު މިކަމަށް އެދި އާދޭސްކުރަނީ ކުރިއަށް އޮތް ޖީލުތަކަށް ކުރާ އިންވެސްޓްމެންޓްގެ ގޮތުގައެވެ. އެހެންނަމަވެސް އެކަމުންވެސް ރައްޔިތުން މޮޔަހެއްދުމުގައި ވެރިކަމަށް އަންނަ މީހުންނަށް އެވާރޑް ދޭވަރުވެއެވެ.

20 އަހަރުން ކުލި ދައްކާ ޚަލާސްކުރާ ގޮތަށް ފަރުމާކޮށްފައިވާ ތަނުގެ ހާލަތާމެދު އެއްވެސް ޔަގީންކަމެއް ނެތް ކޮންކްރީޓް އޮނިގަނޑެއްގެ ތެރެއަށް ވަދެ، އާދައިގެ އާއިލާތަކުން މި ފްލެޓްތަކަށް ކުލި ދައްކަމުން، ހުރިހާ ޚަރަދުތައް ދެކޮޅު ޖެއްސުމުގައި ވާންޖެހޭނެ ގުރުބާނީތަކަށް ވިސްނާލަމާ ހިނގާށެވެ.

ސޯޝަލް ހައުސިންގެ ނަމުގައި މިހާރު އަޅާފައިވާ ފްލެޓްތައް ކުޑައެވެ. ފެންވަރުވެސް ދަށެވެ. އެތަންތަނުގެ މެއިންޓެނަންސަށް ކުރަންޖެހޭ ޚަރަދު އިންތިހާއަށް ބޮޑެވެ. ވާނީވެސް އެހެންނޫންތޯއެވެ. ހަފުތާއަކު އެއްފަހަރު ޓައިލްސް ނެއްޓިގެން ނުވަތަ ފާރު ކަނޑައިގެންގޮސްގެން މަރާމާތުކުރަން ޖެހެއެވެ. 20 އަހަރުން ތަން މިލްކުވާއިރު އެތަން އޮންނަނީ ބޮލަށް ވެއްޓެން ކައިރިވެފައެވެ. މިކަން އެންމެ ރަނގަޅަށް ފެންނާނެ އެއްޗަކަށް ވާނީ މާލޭގައި އަޅާފައިހުރި "ސިނަމާލެ" ފްލެޓްތަކެވެ. މިހުރިހާ ތަޖުރިބާއަކަށް ބަލާއިރު، ރާއްޖޭގައި މިހާތަނަށް ހިންގާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުން ފްލެޓްގެ ދިރިއުޅުމަށް ދެމެހެއްޓެނިވި ހަމަޖެހުމެއް ހޯދިދާނެކަމަށް ގަބޫލުކުރަންދަތިވެއެވެ.

މީގެ ބަދަލުގައި ހަގީގީ، ދާއިމީ ބޯހިޔާވަހިކަމެއް ބޭނުންވެއެވެ. މިއީ ވެސް ވޯޓުހޯދުމަށް ކޮށާ މަގަކަށް ނުހަދަމާ ހިނގާށެވެ.

މިފާހަގަކޮށްލެވުނީ މަދު މިންވަރެކެވެ. ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ވެސް ތަރައްގީގެ ވައުދުތައް ގުނާ އަދަދު ނުކުރެވެއެވެ. އެހެންނަވެސް މިވައުދުތައް ފުއްދަނީ ނުވަތަ ފުއްދަން މަސައްކަތްކުރަނީ ކިހާ މިންވަރަކަށްތޯ ބަލަންތިބެމާ ހިނގާށެވެ. 

ކޮންމެ ވެރިކަމެއްގައި ވެސް އެއްކަމެއް ތަކުރާރުކޮށް ކުރަން އުޅޭހާހިނދަކު އާ ކަމެއް ނުފެންނާނެކަން ޔަގީނެވެ. ވެރިކަމުގެ އާރާއި ބާރު ދެމި އޮންނާނީ ކިހިނެއްތޯ ނުވިސްނާ، ރައްޔިތުންނަށް އިޚްލާސްތެރިކަމާއެކު ކަންކަން ކޮށްދޭން މަސައްކަތްކޮށްފިނަމަ، ރައްޔިތުން ބޭނުންވެގެން މިއުޅޭ ހަގީގީ ތަރައްގީ ފެންނާނެކަން ޔަގީނެވެ. އެކި ވެރިކަންތައް ނިމިގެންދާއިރުވެސް ރައްޔިތުން އެއްކަމަކަށް ކުރާ އާދޭސް ހުއްޓިގެންދާނެއެވެ. ހަގީގީ މާނައިގައި ތަރައްގީ ގެނައުމަށް ދުރުރާސްތާ ޕްލޭނެއް ބޭނުންވެއެވެ. ތަރައްގީއަކީ ކޮންމެ އިންތިޚާބެއްގެ ވޯޓު ހޯދަން ބޭނުންކުރާ ހަތިޔާރަކަށް ނުހަދާށެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ, ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން

ކޮމެންޓް

އިތުރަށް ކިޔާލަން

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި

ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި

27 ނޮވެމްބަރު 2025
ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ބުނި ގަޑިއަށް ފެން ދޫނުކުރެވުނު، އަދިވެސް މައްސަލަ ހައްލު ނުވޭ

ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ބުނި ގަޑިއަށް ފެން ދޫނުކުރެވުނު، އަދިވެސް މައްސަލަ ހައްލު ނުވޭ

12 ނޮވެމްބަރު 2025
މިއަހަރުގެ އެޕްރީލް 8 ގައި އާރްޑީސީ އާ ހަވާލުކުރި އައްޑޫ ލިންކް ރޯޑުގެ މަސައްކަތް، 7 މަސް ފަހުން ފަށައިފި

މިއަހަރުގެ އެޕްރީލް 8 ގައި އާރްޑީސީ އާ ހަވާލުކުރި އައްޑޫ ލިންކް ރޯޑުގެ މަސައްކަތް، 7 މަސް ފަހުން ފަށައިފި

06 ނޮވެމްބަރު 2025
އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެނައުމާ ގުޅޭ ވޯޓު މި މަހުގެ ތެރޭގައި ނެގުމަށް ނިންމައިފި

އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެނައުމާ ގުޅޭ ވޯޓު މި މަހުގެ ތެރޭގައި ނެގުމަށް ނިންމައިފި

05 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

19 ޖެނުއަރީ
ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު
20251 އަހަރު ކުރިން
ރާއްޖެ

ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟
20242 އަހަރު ކުރިން
މީހުން

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!
20233 އަހަރު ކުރިން
ކުޅިވަރު

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!
20224 އަހަރު ކުރިން
ރާއްޖެ

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު
20215 އަހަރު ކުރިން
ރާއްޖެ

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން
20197 އަހަރު ކުރިން
ރިޕޯޓު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު