Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހުކުރު ޚުތުބާ

މި ރަމަޟާން މަހަކީ ހަޔާތުގެ އެންމެ ފަހު ރަމަޟާން މަސްކަމަށް ބަލައިގެން، ހަގީގީ މާނައިގައި ﷲ ގެ އަޅަަކަށްވާށެވެ.

ފަހެ ހަމަކަށަވަރުން ރޯދަވަނީ ތިމަން ﷲ އަށް، އެކަމަށް ޖަޒާ ދެއްވަނީ ތިމަން ﷲ

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 16 އެޕްރީލު 2021 | ހުކުރު 08:29
އަލް ރަޖީ މިސްކިތުގައި ނަމާދު ކުރަނީ

އަލް ރަޖީ މިސްކިތުގައި ނަމާދު ކުރަނީ

މި ރަމަޟާން މަހަކީ ހަޔާތުގެ އެންމެ ފަހު ރަމަޟާން މަސް ކަމަށް ބަލައިގެން، ހަގީގީ މާނައިގައި މާތްﷲ ގެ އަޅަަކަށްވުމަށް ހުކުރު ޚުތުބާގައި ގޮވާލައިފިއެވެ.

'މިއީ ތިބާގެ ފަހު ރަމަޟާން މަސްކަމަށް ވެސް ވެދާނެ'' މި މައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ހުކުރު ޚުތުބާގައި ބުނީ މި ރަމަޟާން މަހަކީ ހަޔާތުގެ އެންމެ ފަހު ރަމަޟާން މަހަށް ވެދާނެތީ ހެޔޮ އަމަލުތައް ކުރުމަށް އަވަސްވެގަންނާށެވެ. އެގޮތުން ނަމާދުތަކަށް ރައްކާތެރިވުމާއި ދީނުގައި މަނާ ކުރައްވާފައިވާ އެއްވެސް ކަމަކާ ގާތް ނުވުމަށް ނަސޭހަތްތެރިވެ ޚުތުބާގައި ބުނީ އެފަދަ މީހަކީ ބޮޑު ބަދު ނަސީބުވެރިޔެއް ކަމަށެވެ. އަދި މާތްﷲ ވަޙީކުރައްވާފައިވާ ޤުދުސީ ޙަދީޘް ފުޅުގައި ވަޙީކުރައްވާފައިވެއެވެ. އާދަމުގެ ދަރިޔާގެ ކޮންމެ އަމަލެއް ވަނީ އޭނާއަށެވެ. ރޯދަ މެނުވީއެވެ. ފަހެ ހަމަކަށަވަރުން ރޯދަވަނީ ތިމަން ﷲ އަށެވެ. އެކަމަށް ޖަޒާ ދެއްވަނީ ތިމަން ﷲ އެވެ. ޝައްކެތްނެތް ގޮތުގައި ރޯދަވެރިޔާ ރޯދައަށް ހުންނައިރު އެ ހުންނަނީ މަތިވެރި އަޅުކަމެއްގައި ކަމަށާއި ރޯދަ ވީއްލުމަށް ދާންދެން މަލާއިކަތުންގެ ހެޔޮ ދުޢާ ރޯދަވެރިޔާއަށް ލިބިލިބި ހުންނާނެ ކަމަށް ޚުތުބާގައި ބުންޏެވެ.

Advertisement - newsAdvertisement

ރޯދަވެރިޔާގެ ދުޢާ އަކީ ﷲ ތަޢާލާގެ ޙަޟްރަތުގައި ޤަބޫލުވެވިގެންވާ ދުޢާއެއް ކަމަށާއި ވަކިން ޚާއްސަގޮތެއްގައި ރޯދަވީއްލުމަށް ތައްޔާރުވެފައިވާ ވަގުތު ކުރާ ދުޢާ ޤަބޫލުވެވިގެންވާނެ ކަމަށް ހުކުރު ޚުތުބާގައި ބުންޏެވެ. އަދި ރަމަޟާން މަހަކީ މަދު ދުވަސްކޮޅެއްކަން ފާހަގަކޮށް ޚުތުބާގައި ބުނީ މި މަހު ކުރެވުނު ހެޔޮކަމަކުން މެނުވީ ފަހުން ފައިދާއެއް ނުކުރާނެ ކަމަށެވެ. މިދިޔަ އަހަރުގެ ރަމަޟާން މަސް އަހަރުމެންނާ ބައްދަލު ކުރިއިރު ދުނިޔެގައި ތިބި އެތައް އަޚުންނަކާއި އުޚްތުންނެއް މި ރަމަޟާން މަހާ ބައްދަލުވިއިރު ވަކިވެ ގޮސްފައިވާ ކަމަށާއި މި ރަމަޟާން މަހާ ބައްދަލުވުމަކީ ކުރިއަށް އޮތް ރަމަޟާން މަހާ ބައްދަލުވާނެކަން ޔަޤީންވާ ކަމެއް ނޫން ކަމަށް ޚުތުބާގައި ބުންޏެވެ.

ޚުތުބާގައި އިތުރަށް ބުނީ މިއީ އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންގެ އެންމެ ފަހު ރަމަޟާން މަސް ކަމަށް ވެދާނެ ކަމަށެވެ. އެހެންކަމުން މި މަހަށް ޤަދަރުކޮށް، އިހްތިރާމްކޮށް، އަޅުކަމުގެ މަހެއްގެ ގޮތުގައި ބަލައިގަތުމަށެވެ. އަދި ޙަޤީޤަތަކީ މިއީ ކަމުގައި ވިޔަސް ބައެއް މީހުންގެ ހާލާމެދު ހިތާމަކުރަން ޖެހޭ ކަމަށެވެ. އަދި އެބައިމީހުން ވަނީ އާޚިރަތާ މެދު ޣާފިލުވެފައިވާ ކަމަށެވެ. ރަމަޟާން މަހަކީ ކިހާ މަތިވެރިވެ މަހެއްކަން އެބައިމީހުން ނުދަންނަ ކަމަށާއި ބައެއް މީހުންނަށް ހީވެފައި އޮންނަނީ މިއީ ހަމައެކަނި ތަފާތު ކެއުންތަކާއި ބުއިންތަކުގެ މަހެއް ކަމަށް ވެސް ޚުތުބާގައި ބުންޏެވެ. އަދި މިއީ ކުޅިވަރާއި މަޖަލުގެ މަހެއް ކަމަށް ވެސް އެމީހުން ދެކޭ ކަމަށާއި ރޭގަނޑު ހޭލާ ހުރެފައި ދުވާލު ހަތަރުދަމު ނިދަން އޮންނަ މަހެއް ކަމަށެވެ. އެފަދަ މީހުންނަށް ރޯދައިގެ މަޤްސަދު އޮޅިފައިވާކަން ފާހަގަކޮށް ޚުތުބާގައި ބުނީ ނަތީޖާއެއްގެ ގޮތުން ރޯދަމަހު ޒުވާބު ކުރުމާއި އަރާރުން ވުން ގިނަވެ، ކާބޯތަކެތި އިސްރާފު ކުރުމާއި ވަގުތު ބޭކާރު ކުރުން އިތުރުވެފައިވާ ކަމަށެވެ.

ދުނިޔޭގެ ދިރިއުޅުމަކީ ވަގުތީކަމެއްކަން ހަނދާންކޮށް މާދަމާވެސް ލޯ މަރާލަން ޖެހިދާނެ ކަން ދެނެ، ތައުބާވެ އިސްތިޣްފާރު ކުރުމަށް ޚުތުބާގައި ވަނީ ގޮވާލާފައެވެ. މި ބަރަކާތްތެރި ދުވަސްކޮޅުގެ ހެޔޮކަން ލިބި، މި ރަނުގެ ފުރުސަތުގެ ބޭނުން ހިފުމަށް ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.

އިސްލާމިކް މިނިސްޓްރީ

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮންޓްރެކްޓް ހަވާލުކުރި ފަރާތުން ބޭނުންވާ ގޮތަށް ކައުންސިލުން އަމަލު ނުކޮށްގެން، އިސްލާމިކް މިނިސްޓްރީން އެލްޖީއޭ އަށް މައްސަލަ ހުށަހަޅައިފި

ކޮންޓްރެކްޓް ހަވާލުކުރި ފަރާތުން ބޭނުންވާ ގޮތަށް ކައުންސިލުން އަމަލު ނުކޮށްގެން، އިސްލާމިކް މިނިސްޓްރީން އެލްޖީއޭ އަށް މައްސަލަ ހުށަހަޅައިފި

04 ޑިސެމްބަރު 2025
އެކަނިވެރި މައެއްގެ ޒާތީ މައުލޫމާތު ހާމަކުރެވުނީތީ ޝަހީމް މައާފަށް އެދިވަޑައިގެންފި

އެކަނިވެރި މައެއްގެ ޒާތީ މައުލޫމާތު ހާމަކުރެވުނީތީ ޝަހީމް މައާފަށް އެދިވަޑައިގެންފި

25 ނޮވެމްބަރު 2025
އައްޑޫ ސިޓީ ހިތަދޫ މިސްކިތުގައި ހުރި ގޮނޑިތަކާއި މުސްހަފުތަކަށް ގެއްލުންދީފި

އައްޑޫ ސިޓީ ހިތަދޫ މިސްކިތުގައި ހުރި ގޮނޑިތަކާއި މުސްހަފުތަކަށް ގެއްލުންދީފި

10 ނޮވެމްބަރު 2025
މި ސަރުކާރުގެ އެންމެ ބޮޑު ވަޤުފު ދެ މަޝްރޫއު އަށް ބީއެމްއެލުން ލޯނު ދޫ ކުރަނީ

މި ސަރުކާރުގެ އެންމެ ބޮޑު ވަޤުފު ދެ މަޝްރޫއު އަށް ބީއެމްއެލުން ލޯނު ދޫ ކުރަނީ

30 އޮކްޓޯބަރު 2025
ފްލެޓުތަކުގެ ކުލި ބޮޑު ކޮށް، އެޑްވާންސް ފައިސާ ނެގުމަށް ނިންމި މި ސަރުކާރުން، ޑައުންޕޭމަންޓު ނުދެއްކޭ 14 އާއިލާ އަކަށް ޒަކާތު ފަންޑުން ފައިސާ ދައްކާ ދެނީ

ފްލެޓުތަކުގެ ކުލި ބޮޑު ކޮށް، އެޑްވާންސް ފައިސާ ނެގުމަށް ނިންމި މި ސަރުކާރުން، ޑައުންޕޭމަންޓު ނުދެއްކޭ 14 އާއިލާ އަކަށް ޒަކާތު ފަންޑުން ފައިސާ ދައްކާ ދެނީ

30 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

3 މެއި
މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ
20251 އަހަރު ކުރިން
ރާއްޖެ

މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ
20242 އަހަރު ކުރިން
މީހުން

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!
20233 އަހަރު ކުރިން
ރިޕޯޓު

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު
20224 އަހަރު ކުރިން
ރިޕޯޓު

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި
20197 އަހަރު ކުރިން
ދުނިޔެ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު