Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މާޒިޔާ އާއި ޓީސީގެ މެޗު

މާޒިޔާއާ ޒާތީ އެއްވެސް ކަމެއް ނެތް: ނިޒާމްބެ

މާޒިޔާ އާއި ޓީސީ ބައްދަލުކުރާ މެޗު ފަށާނީ ހުކުރު ދުވަހުގެރޭ 22:00 ގައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 15 އެޕްރީލު 2021 | ބުރާސްފަތި 12:19
ޓީސީ ސްޕޯޓްސް ކުލަބުގެ ކޯޗު މުޙައްމަދު ނިޒާމް (ނިޒާމްބެ)

ޓީސީ ސްޕޯޓްސް ކުލަބުގެ ކޯޗު މުޙައްމަދު ނިޒާމް (ނިޒާމްބެ)

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ ކޯޗުކަމުން އިސްތިއުފާދިނުމަކީ ޕްރޮފެޝަނަލް ނިންމުމެއް ކަމަށާއި، އެކަމާ ހެދި މާޒިޔާއާ ޒާތީ އެއްވެސް ކަމެއް ނޯންނާނެ ކަމަށް ޓީސީ ސްޕޯޓްސް ކުލަބުގެ ކޯޗު މުޙައްމަދު ނިޒާމް (ނިޒާމްބެ) ބުނެފިއެވެ.

މާޒިޔާގެ ކޯޗުގެ މަޤާމާ ނިޒާމްބެ ހަވާލުވެފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. އެކަމަކު މިދިޔަ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހު ނިޒާމްބެ ވަނީ ކުއްލި ގޮތަކަށް އެ ޓީމުގެ ކޯޗުގެ މަގާމުން އިސްތިއުފާދީފައެވެ. މާޒިޔާގެ ކޯޗުގެ މަޤާމުން ނިޒާމްބެ އިސްތިއުފާދިންއިރު، މި ސީޒަން ފެށުމަށް ކުޅުނު އެފްއޭ ޗެރިޓީ ޝީލްޑް މެޗުން މާޒިޔާ ވަނީ ނިޒާމްބެގެ އިރުޝާދުގެ ދަށުން ބަލިވެފައެވެ. އެކަމަކު ނިޒާމްބެ އިރުޝާދުގެ ދަށުން ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާއިން ކުޅުނު ތިން މެޗުންވެސް އެ ޓީމު ބަލިވެފައެއް ނުވެއެވެ.

މާޒިޔާއާ ވަކިވުމަށްފަހު ނިޒާމްބެ އަލުން އަނބުރާ ޓީސީއާ ހަވާލުވީ ޖެނުއަރީ މަހުގެ 29 ވަނަ ދުވަހުއެވެ. މާޒިޔާގެ ކޯޗުކަމުން ވަކިވުމަށްފަހު ނިޒާމްބެ ފުރަތަމަ ފަހަރަށް އެ ޓީމާ ދެކޮޅަށް ހުކުރު ދުވަހުގެރޭ ނުކުންނާނެއެވެ. އެ މެޗުގެ ކުރިން ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ނިޒާމްބެ ބުނީ ކެރިއަރުގައި މިދިޔަ 20 އަހަރު މަސައްކަތް ކޮށްފައިވާނީ ޕްރޮފެޝަނަލް ރަނގަޅު އުސޫލުން ކަމަށެވެ. އެގޮތުން ކެރިއަރުގައި ނަގަންޖެހޭ ނިންމުމަކީ ޕްރޮފެޝަނަލް ނިންމުމެއް ކަމަށާއި، އެކަމުގެ ސަބަބުން އެ ޓީމުގެ އޮފިޝަލުންނާއި، ނޫނީ މެނޭޖުމަންޓާއި އަދި ކުލަބަކާވެސް ޒާތީ އެއްވެސް ކަމެއް ނުބާއްވާ ކަމަށް ނިޒާމްބެ ބުންޏެވެ.

މާޒިޔާ މެޗާ ބެހޭ ގޮތުން ނިޒާމްބެ ބުނީ އެ ޓީމުގައި ތިބި ކުޅުންތެރިންނާއެކު މީގެ ކުރިން މަސައްކަތްކޮށްފައިވުމަކީ ކުރިއަށް މެޗަށް ނުކުންނައިރު، ޓީސީއަށް އޮތް ފައިދާއެއްގެ ގޮތުގައި އެހާ ބޮޑަށް ނުދެކޭ ކަމަށެވެ. އެކަމަކު މާޒިޔާގައި މިހާރު ތިބި ސީނިއާ ކުޅުންތެރިންނަކީ ވަކި ސްޓައިލެއް ގާއިމުކޮށްފައި ތިބި ކުޅުންތެރިން ކަމަށާއި، ނަމަވެސް އެ ކުޅުންތެރިންނަކީ ކޮންމެ ވަގުތެއްގައިވެސް ނަތީޖާ ބަދަލުކޮށްލެވޭނެ ފެންވަރުގެ ކުޅުންތެރިން ކަމަށްވެސް ބުންޏެވެ.

ޓީސީ މެޗުގެ ކުރިން މާޒިޔާގެ ކޯޗު ރިސްޓޯ ވިޑަކޮވިޗް ބުނީ މީގެ ކުރިން މާޒިޔާއަށް ކޯޗުކަން ކޮށްދިން ކޯޗެއް، އެ ޓީމު ބަލިކުރަން ބޭނުންވުމަކީ އާންމު ކަމެއް ކަމަށެވެ. އަދި މާޒިޔާ ބަލިކުރަން ކޮންމެ ޓީމެއްވެސް ބޭނުންވާނެ ކަމަށާއި، އެހެންކަމުން ޓީސީންވެސް މި މެޗަށް ތައްޔާރުވާނީ 100 އިންސައްތަ ދީގެން ކަމަށްވެސް ބުންޏެވެ. އަދި އެއީ މާޒިޔާއަށް އައު ކަމެއް ނޫން ކަމަށްވެސް ވިޑަކޮވިޗް ވަނީ ބުނެފައެވެ.

ވިޑަކޮވިޗް ބުނީ މާޒިޔާއާ ދެކޮޅަށް ކުޅޭއިރު ޓީމުތަކުން ވަރަށް ރަނގަޅަށް ޑިފެންސްކުރާ ކަމަށާއި، އެކަން އެންމެ ފަހުން ކުޅުނު ދެ މެޗުން ފެނިގެންދިޔަ ކަމަށެވެ. އަދި އެއީ މާޒިޔާއަށް ކުރިމަތިވާ ގޮންޖެހުމެއް ކަމަށާއި، އެގޮތުން ލަނޑު ޖެހުމަށް ފުރުޞަތުތަކެއް ތަނަވަސްކުރަން އުނދަގޫވާ ކަމަށްވެސް ބުންޏެވެ. އަދި ޓީސީއާ ކުރިމަތިލާއިރު، އެ ޓީމުންވެސް ކުޅޭނީ އެފަދަ ގޮތަކަށް ކަމަށާއި، އެކަމަކު އެކަމަށް މާޒިޔާއިން ފުރިހަމައަށް ތައްޔާރުވާނެ ކަމަށްވެސް ވިޑަކޮވިޗް ވަނީ ބުނެފައެވެ.

ލީގުގައި ޓީސީއާ ދެކޮޅަށް މާޒިޔާ ނުކުންނައިރު، އެ ޓީމު އޮތީ ތާވަލުގެ އެއްވަނައިގައި ކުޅުނު 11 މެޗުން ލިބުނު 25 ޕޮއިންޓާއެކުއެވެ. އަދި ޓީސީ އޮތީ ތާވަލުގެ ފަސްވަނައިގައި 12 މެޗުން 13 ޕޮއިންޓާއެކުއެވެ. ދެވަނަ ބުރުގައި މާޒިޔާ އާއި ޓީސީ ބައްދަލުކުރާއިރު، ފުރަތަމަ ބުރުގައި މި ދެ ޓީމު ބައްދަލުކުރި މެޗުން މާޒިޔާ ވަނީ 2-1 ގެ ނަތީޖާއަކުން މޮޅުވެފައެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ޓީސީ ބައްދަލުކުރާ މެޗު ފަށާނީ ހުކުރު ދުވަހުގެރޭ 22:00 ގައެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުމާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންޓީސީ ސްޕޯޓްސް ކުލަބު

ކޮމެންޓް

އިތުރަށް ކިޔާލަން

ޔޫވީ އަތުން ބުރަށް ނުވަ ލަނޑުގެ މޮޅެއް

ޔޫވީ އަތުން ބުރަށް ނުވަ ލަނޑުގެ މޮޅެއް

13 ޑިސެމްބަރު 2025
ޔޫވީ އިން ގްރީން ބަލިކޮށްފި

ޔޫވީ އިން ގްރީން ބަލިކޮށްފި

01 ޑިސެމްބަރު 2025
ފަހަތުން އަރައި ބުރުން ވެލެންސިއާ ބަލިކޮށްފި

ފަހަތުން އަރައި ބުރުން ވެލެންސިއާ ބަލިކޮށްފި

30 ނޮވެމްބަރު 2025
ޓީސީ ބަލިކޮށް އޮޑި ދެ ވަނަ އަށް

ޓީސީ ބަލިކޮށް އޮޑި ދެ ވަނަ އަށް

30 ނޮވެމްބަރު 2025
ވިކްޓަރީ ކައިރިން އީގަލްސް ސަލާމަތް ކޮށްދިނީ ރިޒޭ

ވިކްޓަރީ ކައިރިން އީގަލްސް ސަލާމަތް ކޮށްދިނީ ރިޒޭ

29 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

15 ފެބުރުއަރީ
ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި
20251 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް
20242 އަހަރު ކުރިން
މީހުން

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ
20224 އަހަރު ކުރިން
ރާއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
20197 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި
20188 އަހަރު ކުރިން
ރާއްޖެ

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު