Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކައުންސިލް އިންތިޚާބު

ޖަލުގައި ވޯޓުލުން އަދިވެސް ކުރިއަށް!

ޖަލުގައި ވޯޓުލުމަށް 196 ދާއިރާއަކުން 1136 މީހުން ރަޖިސްޓްރީކޮށްފައިވޭ

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 6 މެއި 2017 | ހޮނިހިރު 22:12
ފައިލް ފޮޓޯ: މާފުށީ ޖަލު

ފައިލް ފޮޓޯ: މާފުށީ ޖަލު

00:05 މާފުށި ޖަލުގައި ވޯޓްލުން ނުނިމޭ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި

10:00 ލޯކަލް ކައުންސިލް އިންތިޚާބް 2017 ގައި ވޯޓުލުމަށް ކ. މާފުށީ ޖަލުގައި ބަހައްޓާފައި ހުރި ވޯޓުފޮށި ހޮނިހިރު ދުވަހުގެރޭ 10 ޖެހިއިރުވެސް ބަންދު ނުކުރާ ކަމަށާ، އެ ފޮއްޓަށް ވޯޓުލުން ކުރިއަށްދާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އެ ކޮމިޝަނުން މިހެން ބުނެފައިވާއިރު، މާލޭގައި ހުރި ބައެއް ފޮށިތައް ފިޔަވައި، އެހެން ހުރިހާ ފޮއްޓެއް ބަންދުކޮށްފައިވާ ކަމަށް އެ ކޮމިޝަނުން ކުރިން ވަނީ ބުނެފައެވެ.

ރާއްޖެއެމްވީ އާއި ވާހަކަ ދައްކަވަމުން، އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަޙުމަދު އަކްރަމް ވިދާޅުވީ، މާފުށީ ވޯޓް ފޮއްޓަކީ އެންމެ ގިނަ ދާއިރާއެއްގެ މީހުން އެއް ފޮއްޓަކަށް ވޯޓުލާ ފޮށި ކަމަށެވެ. އެގޮތުން، މާފުށި ޖަލުގައި ހުރި ފޮއްޓަށް ވޯޓުލުމަށް 187 ދާއިރާއަކުން 1136 މީހުން ރަޖިސްޓްރީކޮށްފައިވާކަމަށް އަކްރަމް ވިދާޅުވިއެވެ. އަދި އޭގެ ތެރެއިން ހޮނިހިރު ދުވަހުގެރޭ 9:00 ހާއިރަށް ވޯޓް ލާފައިވަނީ 434 މީހުން ކަމަށް އޭނާ ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވީ ޖަލުގައި ވޯޓުލުން ލަސްވަމުންދަނީ، ޖަލުގައި އުސޫލުތައް އޮންނަ ގޮތުން، ޖަލުގައި ހުރި ފޮއްޓަށް ވޯޓުލުމަށް ފަހަރަކު ދެމީހުން ވޯޓު ފޮށި ކައިރިއަށް ގެންދާތީ ކަމަށެވެ. ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި ޖަލުގައި ހުރި ވޯޓް ފޮށި ބަންދުކުރަން ހަމަޖެހިފައިވަނީ މިރޭ ދަންވަރު 12:00 ގައެވެ.

މާފުށީ ޖަލުގެ ވޯޓް ފޮށި ބަންދުނުކޮށް ކުރިއަށް ގެންދާތީ، ކެނޑިޑޭޓުން ވަނީ މާފުށީގައި ބަހައްޓާފައިވާ އެހެން ފޮށިތައް ގުނުން ހުއްޓުވައި، މި މައްސަލަ އިލެކްޝަންސް ކޮމްޕްލެއިންސް ބިއުރޯއަށް ހުށަހަޅާފައެވެ. ނަމަވެސް އެ ޝަކުވާ އާއި މެދު އަދި ގޮތެއް ނުނިންމާ ކަމަށް އަކްރަމް ވިދާޅުވިއެވެ.

ހޮނިހިރު ދުވަހު ކުރިއަށްގެންދިޔަ ވޯޓުލުން ފަށައިގެން، ވޯޓު ފޮށިތައް ބަންދުކުރުމަށް ހަމަޖެހިފައިވާ ވަގުތު ހަމަވަނިކޮށް، އިލެކްޝަން ކޮމިޝަނުން ވަނީ ޤައުމީ ލަފާދޭ ކޮމިޓީގެ ބަހަކާއި ނުލައި، އިންތިޚާބުގެ ވަގުތު އިތުރުކޮށްފައެވެ.

އިތުރަށް ކިޔާލަން

19 އޮކްޓޯބަރު 2017

ފުވައްމުލަކު ގޮނޑުދޮށަށް ލެއްގި ހިލަތައް އަދިވެސް ނަގާ ނުނިމޭ: އީޕީއޭ

19 އޮކްޓޯބަރު 2017
ފުވައްމުލަކު ގޮނޑުދޮށަށް ލެއްގި ހިލަތައް އަދިވެސް ނަގާ ނުނިމޭ: އީޕީއޭ
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
16 ޖެނުއަރީ 2017

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
15 ޖެނުއަރީ 2017

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ
10 ޖެނުއަރީ 2017

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
07 ޖެނުއަރީ 2017

ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ

07 ޖެނުއަރީ 2017
ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް