Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ

130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ޝަހީބުގެ ބަންދު ދަމަހައްޓައިފި

ޝަހީބް މާލޭ ޖަލަށް ބަދަލުކުރުމަށް ޝަރީއަތުން ދައުލަތަށް އަންގާފައިވޭ

ނަހުފާ މުހައްމަދު
ނަހުފާ މުހައްމަދު, ރާއްޖެ އެމްވީ | 15 އެޕްރީލު 2021 | ބުރާސްފަތި 10:04
130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި އިސްކޮށްހުރި ޝަހީބަކީ ޕީއެންސީގެ ކައުންސިލް މެމްބަރެއް!

130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި އިސްކޮށްހުރި ޝަހީބަކީ ޕީއެންސީގެ ކައުންސިލް މެމްބަރެއް!

ކަނޑުމަގުން ރާއްޖެއަށް އެތެރެކުރި 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި އިސްކޮށް އުޅުނުކަމަށް ތުހުމަތުކުރެވޭ، ޕީއެންސީގެ ކައުންސިލް މެމްބަރު، ޝަހީބް އިބްރާހީމް، ލައިޓްހައުސް، ގއ. ވިލިނގިލި, ބަންދުގެ މުއްދަތު ދެމެހެއްޓުމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.

މި މައްސަލައިގައި ބުރާސްފަތި ދުވަހު ބާއްވާފައިވަނީ، ބަންދު މުރާޖައާކުރުމަށް ބޭއްވުނު އަޑުއެހުމެކެވެ.

Advertisement - newsAdvertisement

ކްރިމިނަލް ކޯޓުން އޮންލައިންކޮށް ބޭއްވި އަޑުއެހުމުގައި، ދައުލަތުން ބުނީ، ޝަހީބް ބަންދުގައި ބެހެއްޓުމަށް ނިންމި ހާލަތު ދެމިއޮތް ކަމަށާއި، ބަދަލު ގެންނަން ޖެހޭ ހާލަތެއް އޮތްކަމަށް ނުފެންނަ ކަމަށެވެ. އަދި އޭނާ ބަންދުގައި ބަހައްޓާފައިވަނީ، ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައަށް ނުރައްކާވެދާނެތީ ކަމަށާއި، މައްސަލައިގެ ހެކީންނަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތުމުންކަމަށް ދައުލަތުން ފާހަގަކުރިއެވެ.

މި މައްސަލައިގެ ޝަރީޢަތުގެ އަޑުއެހުމުގައި ވާހަކަދައްކަމުން، ޝަހީބު ބުނީ ނާރުގެ ޑޮކްޓަރަކަށް ދެއްކުމުން އެމްއާރްއައިއެއް ހަދާފައިވާކަމަށާއި، އޭނާގެ މައިބަދައިގެ ޑިސްކު ގުޑާފައިވާކަން ރިޕޯޓުން އެނގެން ހުރިކަމަށެވެ. އެހެންކަމުން، ކަސްރަތުކުރުމަށް  ޑޮކްޓަރު ލަފާދިން ކަމަށް ޝަހީބު ބުންޏެވެ. ޝަހީބު ބުނީ، މަހެއްހާ ދުވަސްފަހުން ކަށީގެ ޑޮކްޓަރަކަށް ދެއްކި ކަމަށާއި، ފިޒިއޯތެރެޕީ ދިނުމަށާއި މިހާރު ނިދަމުންދާ އަށީގެ ބަދަލުގައި ގޮދަޑިއެއްގައި ނިދުމަށް ލަފާދިން ކަމަށެވެ. އެކަމަކު، ޑޮކްޓަރުންގެ ލަފާގެ މަތިން ލިބެންޖެހޭ ފަރުވާ ލިބެމުން ނުދާކަމަށާއި، ކަރެކްޝަނުން އެއްވެސް ކަމަކަށް އަޅާނުލާ ކަމަށް ޝަހީބު ބުންޏެވެ.

ޝަހީބުގެ ފަރާތުން ދިފާއީ ވަކީލުވެސް ވަނީ އޭނާގެ ސިއްހީ ހާލަތު ބަޔާންކޮށް އޭނާއަށް ލިބެންވާ ފަރުވާ އެކަށީގެންވާ ގޮތެއްގައި ލިބެމުން ނުދާކަން ފާހަގަކޮށްފައެވެ. ދިފާއުން ބުނީ، ޝަހީބުއަށް ބޭނުންވާ ފަރުވާ ލިބެމުން ނުދާތީ އެކަމާ ގުޅޭގޮތުން ޝަކުވާ ހުށަހެޅުމުން، މާލޭ ޖަލުން މާފުށީ ޖަލަށް ބަދަލުކޮށްފައިވާކަމަށެވެ. އަދި އެކަން އެގޮތަށް ކުރީ، އޭނާއަށް ފަރުވާދެވޭނެ މަގު ބަންދު ކުރުމަށް ކަމަށް ދިފާއުން ތުހުމަތުކުރިއެވެ. އަދި ޝަހީބުގެ ބޭސްފަރުވާގެ ކަންކަން އެންމެ ރަނގަޅަށް ކުރިއަށް ގެންދެވޭނީ ގެއަށް ބަދަލުކޮށްގެން ކަމަށް ދިފާއީ ވަކީލު ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ދައުލަތުން ވަނީ، ޖެނުއަރީ ތިންވަނަ ދުވަހުން ފެށިގެން އެކިފަހަރުމަތިން ޝަހީބް ޑޮކްޓަރަށް ދައްކާފައިވާ ތާރީޚްތައް ކިޔައިދީފައެވެ. ތަފާތު ހަ ފަހަރެއްގެ މަތިން ޑޮކްޓަރަށް ދައްކާފައިވާކަން ފާހަގަކޮށް، ޑޮކްޓަރުންގެ އިރުޝާދުގެ ދަށުން ދޭންޖެހޭ ބޭސްތައް ނަގާފައި ވާކަމަށް ދައުލަތުން ބުންޏެވެ. އަދި ކަސްރަތު ނުކުރެވޭ ކަމަށް ބުނެ ޝަހީބު ފާހަގަކުރި ނުކުތާއަށް ދައުލަތުން ބުނީ، ކުރަންޖެހެނީ ކޮންކަހަލަ ކަސްރަތެއްކަމެއް ސާފުކޮށްދީފައި ނުވާކަމަށެވެ.

މައްސަލައިގައި ދެފަރާތުން ދެކެވުނު ވާހަކަތަކަށް ރިއާޔަތްކޮށް، ޝަރީއަތުން ބުނީ، ހަ ފަހަރެއްގެ މަތިން ޝަހީބު ޑޮކްޓަރަށް ދެއްކުނުކަން ދައުލަތާއި ދިފާއުގެ ވާހަކައިން ފާހަގަކުރެވުނު ކަމަށާއި، އެހެންކަމުން ފަރުވާގެ ކަންކަން ކުރިއަށް ގެންގޮސްފައިވާކަން އޭގެން އެނގޭކަމަށެވެ. އަދި ފިޒިއޯތެރެޕީއާއި ނިދާ ތަންމަތި ބަދަލުކުރުމަށް ޑޮކްޓަރުން އެދިފައިވޭތޯ ކަށަވަރުކުރުމަށްފަހު އެކަންކަން ހަމަޖެއްސުމަށް ދައުލަތަށް ފުރުސަތު ދީފައިވެއެވެ.

މީގެ އިތުރުން، ޝަރީއަތް އަވަސްކުރުމަށްޓަކައި މައްސަލައިގައި ދައުވާ ލިބޭ އެހެން މީހުންނާ އެއްތަނެއްގައި ބެހެއްޓުމުގެ ގޮތުން، ޝަހީބް މާލޭ ޖަލަށް ބަދަލުކުރުމަށް ޝަރީއަތުން ދައުލަތަށް އަންގާފައިވެއެވެ. ޖުމްލަ ހަ މީހެއްގެ މައްޗަށް މި މައްސަލައިގައި ދައުވާ ކުރާއިރު، ޝަހީބުގެ އަޑުއެހުން ދެން ބޭއްވޭނީ މައްސަލައިގައި ދައުވާ ލިބޭ އަޙްމަދު މޫސާއާ އެކުގައި ކަމަށް މައްސަލަ ބެއްލެވި ގާޒީ ވިދާޅުވިއެވެ.

މި މައްސަލައިގައި ދެން ބޭއްވޭނީ އިބްތިދާއީ އަޑުއެހުމެވެ. އެ އަޑުއެހުން ތާވަލުކޮށްފައިވަނީ، އަންނަ މަހުގެ 6 ވަނަ ދުވަހުގެ 9:30 އަށެވެ.

ކަނޑުމަގުން ރާއްޖެއަށް އެތެރެކުރި 130 ކިލޯގެ މަސްތުވާތަކެއްޗާއެކު 7 މީހަކު ފުލުހުން ހައްޔަރުކުރީ 2020 އޮކްޓޯބަރު 12 ވަނަ ދުވަހުއެވެ. ޝަހީބް އިބްރާހީމާއި، އަހްމަދު މޫސާގެ އިތުރުން މި މައްސަލާގައި ކްރިމިނަލް ކޯޓުގައި ދައުވާކޮށްފައިވަނީ، ގއ. ވިލިނގިލި، ދުންފިނިގެ، އަސީލް މާހިރު އާއި ޅ. ހިންނަވަރު، ސެލް، އަނަސް ހުސައިންގެ އިތުރުން، ބަންގްލަދޭޝް ދެ މީހެއް ކަމަށްވާ މުހައްމަދު ރިޔާދު އާއި އިޤްބާލްގެ މައްޗަށެވެ.

ކްރިމިނަލް ކޯޓް

ކޮމެންޓް

އިތުރަށް ކިޔާލަން

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

18 ޖޫން
އިސްރާއީލަށް އީރާނުގެ ވަރުގަދަ ހަމަލާއެއް- އެތައް ބަޔަކު މަރުވެ އިމާރާތްތަކަށް ބޮޑެތި ގެއްލުން ތަކެއް
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލަށް އީރާނުގެ ވަރުގަދަ ހަމަލާއެއް- އެތައް ބަޔަކު މަރުވެ އިމާރާތްތަކަށް ބޮޑެތި ގެއްލުން ތަކެއް

ސުމުއްވުލްއަމީރް އަބްދުލްހަންނާން ހަލީމް ދޮށިމޭނާކިލެގެފާނު އަވަހާރަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ސުމުއްވުލްއަމީރް އަބްދުލްހަންނާން ހަލީމް ދޮށިމޭނާކިލެގެފާނު އަވަހާރަވެއްޖެ

ސުމަކުން ފަށައިގެން ތުޅާދޫގައި 3 ކޮޓަރީގެ 100 ހައުސިންގ ޔުނިޓް ނިމުމަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

ސުމަކުން ފަށައިގެން ތުޅާދޫގައި 3 ކޮޓަރީގެ 100 ހައުސިންގ ޔުނިޓް ނިމުމަކަށް!

ކުޑަކުދިންނަށް ޖަހާ ކޮވިޑް ވެކްސިނާ ބެހޭ ގޮތުން އެނގެނީ ކިހާ ވަރަކަށް؟
20224 އަހަރު ކުރިން
ރިޕޯޓު

ކުޑަކުދިންނަށް ޖަހާ ކޮވިޑް ވެކްސިނާ ބެހޭ ގޮތުން އެނގެނީ ކިހާ ވަރަކަށް؟

އަސްރާގެ ނަމުގައި ޕީޖީ އޮފީހަށް ސިޓީ ދިޔައީ އީސަގެ ވަކީލުންގެ ފަރާތުން: ޕީޖީ
20215 އަހަރު ކުރިން
ރާއްޖެ

އަސްރާގެ ނަމުގައި ޕީޖީ އޮފީހަށް ސިޓީ ދިޔައީ އީސަގެ ވަކީލުންގެ ފަރާތުން: ޕީޖީ

އެމްއެޗް 370: އޮކްސިޖަން ނުދީ ފަސިންޖަރުން މަރާލުމަށް ފަހު ޕައިލެޓުު ފްލައިޓް ވައްޓާލީ
20197 އަހަރު ކުރިން
ރާއްޖެ

އެމްއެޗް 370: އޮކްސިޖަން ނުދީ ފަސިންޖަރުން މަރާލުމަށް ފަހު ޕައިލެޓުު ފްލައިޓް ވައްޓާލީ

ބަޖެޓެއް ނުލިބޭ، އިންތިހާބެއް ނޯންނާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ބަޖެޓެއް ނުލިބޭ، އިންތިހާބެއް ނޯންނާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު