Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެލޯކަލް ކައުންސިލް އިންތިޚާބުގެ ނަތީޖާ

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު

15 އެޕްރީލު 2021 | ބުރާސްފަތި 03:12

ދެ އިންތިޚާބުން އެމްޑީޕީއިން 617 ގޮނޑިކާމިޔާބުކޮށް 45.56 އިންސައްތައިގެ ލީޑްއެއްގައި ވާކަމަށް ވިދާޅުވި

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 15 އެޕްރީލު 2021 | ބުރާސްފަތި 03:12
އެމްޑީޕީއިން ބޭއްވި ކެމްޕޭން ހަރަކާތެއްގެ ތެރެއިން

އެމްޑީޕީއިން ބޭއްވި ކެމްޕޭން ހަރަކާތެއްގެ ތެރެއިން

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން ހެއްކާއެކު ދޮގުކޮށްފިއެވެ.

އިންތިޚާބުގެ ނަތީޖާއާ ގުޅޭގޮތުން ކުރެއްވި ޓުވީޓެއްގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ނެޝަނަލް ކައުންސިލްގެ މެމްބަރު އަންވަރު އިބްރާހިމް ކުރެއްވި ޓުވީޓެއްގައި ވަނީ އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަތަކަށް ރައްދުދެއްވާފައެވެ. އަދި މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާގެ ތަފްސީލު ވެސް އަންވަރުގެ ޓުވީޓްގައި ވަނީ ހިމަނާފައެވެ. އެގޮތުން ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ 45.56 އިންސައްތަ އެމްޑީޕީއަށް ކާމިޔާބުވެފައިވާކަމަށް އަންވަރު ވަނީ ވިދާޅުވެފައެވެ. އެގޮތުން މާލެ ސިޓީ ފިޔަވާ ބާކީއޮތް ތިން ސިޓީގެ މޭޔަރުކަމާއި، ސިޓީ ކައުންސިލްގެ 18 ގޮނޑިއާއި، އަތޮޅު ކައުންސިލްގެ 12 ގޮނޑިއާއި، ރަށުކައުންސިލްގެ ރައީސްކަމުގެ 66 ގޮނޑި އެމްޑީޕީއަށް ކާމިޔާބުވެފައިވާކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ރަށު ކައުންސިލްގެ އަންހެނުންނަށް ޚާއްސަ ކުރެވިފައިވާ 125 ގޮނޑިއާއި، ރަށު ކައުންސިލްގެ 143 ގޮނޑި އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ 250 ގޮނޑި ހިމެނޭހެން 617 ގޮނޑި އެ ޕާޓީއަށް ކާމިޔާބުވެފައިވާކަމަށް ވިދާޅުވިއެވެ.

Advertisement - newsAdvertisement

މި އިންތިޚާބުގައި އެމްޑީޕީއާ އެންމެ ގާތުން ވާދަކުރި އިދިކޮޅު ޕީޕީއެމްއަށް ލިބުނީ ދެ އިންތިޚާބު އެއްކޮށްލައިގެން ޖުމުލަ 418 ގޮނޑިކަމުގައިވާއިރު، މިއީ 30.87 އިންސައްތަކަމަށް އަންވަރު ވިދާޅުވިއެވެ. އެގޮތުން ޕީޕީއެމްއަށް ކާމިޔާބުވީ މާލެ ސިޓީގެ މޭޔަރުކަމުގެ ގޮނޑިއާއި، ސިޓީ ކައުންސިލްގެ 19 ގޮނޑިއާއި، އަތޮޅު ކައުންސިލްގެ 05 ގޮނޑިއާއި، ރަށުކައުންސިލްގެ ރައީސްކަމުގެ 43 ގޮނޑިކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ރަށު ކައުންސިލްގެ އަންހެނުންނަށް ޚާއްސަ ކުރެވިފައިވާ 99 ގޮނޑިއާއި، ރަށު ކައުންސިލްގެ 85 ގޮނޑި އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ 166 ގޮނޑި ޕީޕީއެމްއަށް ކާމިޔާބުވެފައިވާކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން އަމިއްލަގޮތުން ކުރިމަތިލި މީހުންގެ ތެރެއިން 263 ފަރާތަކުން ގޮނޑި ކާމިޔާބުކޮށް ދެ އިންތިޚާބުގެ 19.42 އިންސައްތަ ހޯދާފައިވާއިރު، ޖުމްހޫރީ ޕާޓީއަށް 33 ގޮނޑިއާއެކު 2.43 އިންސައްތަ، އެމްޑީއޭއަށް 14 ގޮނޑިއާއެކު 1.03 އިންސައްތަ، އަދާލަތު ޕާޓީއަށް 8 ގޮނޑިއާއެކު 0.59 އިންސައްތަ އަދި އެމްއާރްއެމްއަށް 1 ގޮނޑިއާއެކު ލިބިފައިވަނީ 0.07 އިންސައްތަކަމަށް ވިދާޅުވިއެވެ.

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން ހެއްކާއެކު ދޮގުކޮށްފައިވާއިރު، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުވަނީ އެ ޕާޓީއަށް މާލެ ސިޓީއިން ނާކާމިޔާބުވިޔަސް މުޅި ރާއްޖެއިން ކާމިޔާބުވެފައިވާކަމަށް ވިދާޅުވެފައެވެ. މި އިންތިޚާބުގެ ތެރެއިން ނާކާމިޔާބުވި ދާއިރާތަކުގައި އެކަން އެހެންދިމާވާން މެދުވެރިވި ސަބަބު ދެނެގަނެ އެ ދާއިރާތަކުން އިތުރަށް ކުރަންޖެހިފައިވާ ކަންކަން ދެނެގަނެ ކުރިއަށް ހުރި އިންތިޚާބުތަކުގައި އެމްޑީޕީ ނިކުންނާނީ އިތުރަށް ވަރުގަދަވެގެންކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީއިން މިހެން ބުނެފައިވާއިރު، އެޕާޓީއިން މިހާރު ދަނީ ލޯކަލްކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބާ ގުޅިގެން، ހަ ވޯޓު ފޮއްޓެއްގެ މައްސަލަ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިގެން އަލުން ގުނުމަށް މަސައްކަތްކުރަމުންނެވެ. އެމްޑީޕީން ޝަކުވާ ހުށަހެޅި ފޮށިތަކުގެ ތެރޭގައި ހިމެނެނީ، T03 (މެދުހެންވޭރު ދާއިރާ)، T04 (ހެންވޭރު ދެކުނު ދާއިރާ)، T05 (ހެންވޭރު ހުޅަނދު ދާއިރާ)، T10 (މައްޗަންގޯޅި އުތުރު ދާއިރާ)، T14 (މާފަންނު އުތުރު ދާއިރާ) ، T16 (މާފަންނު ހުޅަނގު ދާއިރާ) އެވެ. މި ފޮށިތަކުގެ އިތުރުން، ބާތިލް ވޯޓާ ގުޅޭ ގޮތުން ދިރާސާތަކެއްކޮށް ޖުމްލަ ހުށަހެޅުމެއް ހުށަހަޅާފައި ވާކަމަށް ޕާޓީގެ ޗެއާ ޕާސަން ހަސަން ލަތީފް ވިދާޅުވިއެވެ. އެގޮތުން، އިންތިޚާބު ކާމިޔާބުކުރި ކެންޑިޑޭޓާއި އެމްޑީޕީގެ ކެންޑިޑޭޓާ ދެމެދު ހުރި ވޯޓުގެ ފަރަގަށް ވުރެ، ބާތިލު ވޯޓުގެ އަދަދު އިތުރުކަން ފާހަގަކުރެވިފައިވާކަމަށް ވިދާޅުވިއެެވެ.

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

18 އޮކްޓޯބަރު 2025

އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް

18 އޮކްޓޯބަރު 2025
އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް
16 އޮކްޓޯބަރު 2025

ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި

16 އޮކްޓޯބަރު 2025
ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި
15 އޮކްޓޯބަރު 2025

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް

15 އޮކްޓޯބަރު 2025
ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް
15 އޮކްޓޯބަރު 2025

ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި

15 އޮކްޓޯބަރު 2025
ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި
14 އޮކްޓޯބަރު 2025

މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން

14 އޮކްޓޯބަރު 2025
މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން
13 އޮކްޓޯބަރު 2025

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ވެސް އޭސީސީއަށް ހާޒިރުވާން އަމުރު ފޮނުވައިފި

13 އޮކްޓޯބަރު 2025
ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ވެސް އޭސީސީއަށް ހާޒިރުވާން އަމުރު ފޮނުވައިފި
13 އޮކްޓޯބަރު 2025

އެމްޑީޕީގެ ޗެއާރޕާސަން ފައްޔާޒް އޭސީސީ އަށް ހާޒިރު ކޮށްފި

13 އޮކްޓޯބަރު 2025
އެމްޑީޕީގެ ޗެއާރޕާސަން ފައްޔާޒް އޭސީސީ އަށް ހާޒިރު ކޮށްފި
13 އޮކްޓޯބަރު 2025

ލޫޓުވައިފި މުޒާހަރާއިން ހައްޔަރުކުރި މީހުންނަށް އިހުމާލުވާތީ ހުށަހަޅަން އުޅުނު ކުއްލި މައްސަލައަށް ފުރުސަތެއް ނުދިން

13 އޮކްޓޯބަރު 2025
ލޫޓުވައިފި މުޒާހަރާއިން ހައްޔަރުކުރި މީހުންނަށް އިހުމާލުވާތީ ހުށަހަޅަން އުޅުނު ކުއްލި މައްސަލައަށް ފުރުސަތެއް ނުދިން
12 އޮކްޓޯބަރު 2025

"މުޒާހަރާ އިން ހައްޔަރު ކުރި މީހުންގެ ބަންދަށް 15 ދުވަސް ޖެހީ ސީދާ މިނިސްޓަރު އިހުސާން އަންގައިގެން"

12 އޮކްޓޯބަރު 2025
"މުޒާހަރާ އިން ހައްޔަރު ކުރި މީހުންގެ ބަންދަށް 15 ދުވަސް ޖެހީ ސީދާ މިނިސްޓަރު އިހުސާން އަންގައިގެން"
07 އޮކްޓޯބަރު 2025

އެމްޑީޕީ ސަރުކާރުން ހަންޏާމީދޫގައި އިމާރާތް ކުރި ކައުންސިލް އިދާރާ ރައީސް މުޢިއްޒު ހުޅުވައި ދެއްވައިފި

07 އޮކްޓޯބަރު 2025
އެމްޑީޕީ ސަރުކާރުން ހަންޏާމީދޫގައި އިމާރާތް ކުރި ކައުންސިލް އިދާރާ ރައީސް މުޢިއްޒު ހުޅުވައި ދެއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް