Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ގާނޫނު

ޓްރެފިކްކުރުމާއި ނާޖާއިޒް ފައިދާ ނެގުން މާނަކުރުން ފުޅާކޮށް ބިލް ފާސްކޮށްފި

ބިލް ފާސްކޮށްފައިވަނީ 57 މެމްބަރުން ވޯޓުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 14 އެޕްރީލު 2021 | ބުދަ 13:45
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން

ޓްރެފިކް ކުރުމާ ނާޖާއިޒް ފައިދާ ނެގުމުގެ މާނަފުޅާކޮށް މީހުން ޓްރެފިކް ކުރުން ހުއްޓުވުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މިބިލް ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތަށް ފާސްކުރުމަށް ބުދަ ދުވަހުގެ ޖަލްސާގައި ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 57 މެމްބަރުން ވަނީ ބިލް ފާސްކުރުމަށް ވޯޓު ދެއްވާފައެވެ. ސަރުކާރުގެ ފަރާތުން މިބިލް ހުށަހަޅުއްވާފައިވަނީ ހިންނަވަރު ދާއިރާގެ މެމްބަރ ޖީހާން މަހުމޫދެވެ.

Advertisement - newsAdvertisement

ރައްޔިތުންގެ މަޖިލީހުން މިބިލް ފާސްކޮށްފައިވާ ގޮތަށް ބަލާއިރު މީހުން ޓްރެފިކް ކުރުން ކަމުގައި ބެލެވޭނީ މީހަކާމެދު ބާރުގެ ބޭނުންކޮށްގެން ނުވަތަ ބާރުގެ ބޭނުންކުރާނެ ކަމުގެ ބިރުދައްކައިގެން ނުވަތަ އޮޅުވާލައިގެން ނުވަތަ މަކަރު ހަދައިގެން ނުވަތަ އިތުބާރުކުރެވޭ މަގާމެއްގެ ބޭނުންކޮށްގެން ނުވަތަ މީހަކަށް ކުރިމަތިވެފައިވާ ނިކަމެތިކަމެއް ނުވަތަ ނުކުޅެދުންތެރިކަމެއްގެ ބޭނުން ހިފައިގެން ނުވަތަ ފައިސާ ނުވަތަ އެނޫންވެސް މަންފާއެއް ދީގެން ނުވަތަ ގާނޫނާއި ޚިލާފު މަޖުބޫރުކަމެއް ކުރިމަތިކުރުވައިގެން އޭނާއާ މެދު ކަންތައްތަކެއް ކުރުމެވެ.

އޭގެތެރޭގައި ހިމެނެނީ ބޭރު ގައުމަކުން ރާއްޖެއަށް ގެނައުން ނުވަތަ ބަދަލުކުރުން ނުވަތަ ރާއްޖެއިން ބޭރު ގައުމަކަށް ފޮނުވަން ނުވަތަ ބަދަލުކުރުމާއި ރާއްޖޭގެ އެއް ތަނުން އަނެއްތަނަށް ގެންދިޔުން ނުވަތަ ބަދަލުކުރުމެވެ.

މީގެއިތުރުން މީހަކާ ހަވާލުވުން ނުވަތަ އޭނާގެ ބެލުމުގެ ދަށުގައި ބެހެއްޓުންވެސް ހިމެނެނީ އެފަދަ އަމަލެއްގެ ގޮތުގައެވެ. މަސައްކަތަކަށް ނުވަތަ ވަޒީފާއަކަށް ރެކްރޫޓްކުރުންވެސް އޭގެތެރޭގައި ހިމެނެއެވެ. އަދި އެކަންކުރީ އެމީހާއާމެދު އެކްސްޕްލޮއިޓޭޝަންގެ އަމަލެއް ހިންގުމުގެ މަގްސަދުކަމުގައިވުންވެސް އޭގެތެރޭގައި ހިމެނެއެވެ.

އެކްސްޕްލޮއިޓޭޝަންގެ އަމަލެއް ހިންގުންކަމުގައި ބިލްގައި ބުނެފައިވާ ކަންތައްތަކުގެ ތެރޭގައި މަސައްކަތެއް ކުރުމަށް ނުވަތަ ޚިދުމަތެއް ފޯރުކޮށްދިނުމަށް މީހަކަށް ލާޒިމްކުރުން ހިމެނެއެވެ. އަދި އޭނާ ލައްވާ އެ މަސައްކަތް ކުރުވަނީ ނުވަތަ އެޚިދުމަތެއް ފޯރުކުރުވަނީ ވަކި ކަމަކަށް ޝަރުތުކުރުވުމަށް ފަހުގައި ކަމަށްވުމާއި އޭނާއަށް ކުރިމަތިކުރުވާފައިވާ ގާނޫނާ ޚިލާފު މަޖުބޫރުވުމެއްގެ ސަބަބުން އޭނާއަށް އެހާލަތު ނުވަތަ އެ ޝަރުތު ބަދަލުކުރުމުގެ މިނިވަންކަން ނެތުންވެސް ހިމެނެއެވެ.

މިބިލްގައި ކުޑަކުދިން ޓްރެފިކްކުރުން ކަމުގައި ވަކިކަންތައްތަކެއް ހިމަނާފައިވެއެވެ. އޭގެތެރޭގައި ބޭރު ގައުމަކުން ރާއްޖެއަށް ގެނައުން ނުވަތަ ބަދަލުކުރުން ނުވަތަ ރާއްޖެއިން ބޭރު ގައުމަކަށް ފޮނުވުން ނުވަތަ ބަދަލުކުރުން ހިމެނެއެވެ. ރާއްޖޭގެ އެއް ތަނުން އަނެއް ތަނަށް ގެންދިޔުން ނުވަތަ ބަދަލުކުރުން ހިމެނޭއިރު ކުއްޖަކާ ހަވާލުވުން ނުވަތަ އޭނާގެ ބެލުމުގެ ދަށުގައި އެފަދަ ކުއްޖެއް ބެހެއްޓުންވެސް ހިމެނެނީ ކުޑަކުދިން ޓްރެފިކް ކުރުން ކަމުގައެވެ.

ވަޒީފާއަކަށް ނުވަތަ މަސައްކަތަކަށް ރެކްރޫޓްކުރުވުންވެސް ހިމެނެނީ އެފަދަ އަމަލެއްގެ ގޮތުގައެވެ.

ރައްޔިތުންގެ މަޖިލިސް

ކޮމެންޓް

އިތުރަށް ކިޔާލަން

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް

16 މެއި 2024
92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް

92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް

14 މެއި 2024
މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް

މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް

13 މެއި 2024
ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރަން ޤާނޫނަށް ގެނައި އިސްލާހު ފާސްކޮށްފި

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރަން ޤާނޫނަށް ގެނައި އިސްލާހު ފާސްކޮށްފި

29 އެޕްރީލު 2024
 'ސުޕަރ މެޖޯރިޓީ' ގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނަން: ސަރުކާރު

'ސުޕަރ މެޖޯރިޓީ' ގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނަން: ސަރުކާރު

28 އެޕްރީލު 2024

އަހަރުތަކުން މިއަދު

17 މެއި
ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި
20224 އަހަރު ކުރިން
ދުނިޔެ

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި
20215 އަހަރު ކުރިން
ދުނިޔެ

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!
20197 އަހަރު ކުރިން
ރާއްޖެ

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު
20188 އަހަރު ކުރިން
ދިވެހި ބަސް

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު