Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ

ރެވެނިޔު ސްޓޭމްޕް ޖެހުމުގެ ނިޒާމު އުވާލުމުގެ ބިލް ބަލައިގަނެ ދިރާސާކުރުމަށް ކޮމިޓީއަށް

ބިލް ދިރާސާކުރުމަށް ފޮނުވާފައިވަނީ މުޅި މަޖިލީހުގެ ކޮމިޓީއަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 14 އެޕްރީލު 2021 | ބުދަ 08:24
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން

ރެވެނިޔު ސްޓޭމްޕް ޖެހުމުގެ ނިޒާމު އުވާލުމަށްޓަކައި އެކިއެކި ލިޔުންތަކުގައި ރެވެނިއު ސްޓޭމްޕް ޖެހުމުގެ ގާނޫނު އުވާލުމުގެ ބިލް މަޖިލީހަށް ބަލައިގަނެ އެ ބިލް އިތުރަށް ދިރާސާކުރުމަށް މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވައިފިއެވެ.

ބުދަ ދުވަހުގެ ޖަލްސާގައި މިބިލް ބަލައިގަތުމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 55 މެމްބަރުންގެ އިއްތިފާގުން ވަނީ ބިލް ބަލައިގަތުމަށް ފާސްވެފައެވެ.

Advertisement - newsAdvertisement

މި ބިލަކީ ސަރުކާރުގެ ފަރާތުން މެދު ހެންވޭރު ދާއިރާގެ މެމްބަރ އަލީ އާޒިމް ހުށަހަޅުއްވާފައިވާ ބިލެކެވެ. ބިލް ހުށަހަޅުއްވަމުން އަލީ އާޒިމް ވިދާޅުވީ ބިލް ހުށަހަޅުއްވަނީ މިހާރު ޢަމަލުކުރަމުންދާ އެކިއެކި ލިޔުންތަކުގައި ރެވެނިޔު ސްޓޭމްޕް ޖެހުމުގެ ޤާނޫނަކީ 1970 ވަނަ އަހަރުން ފެށިގެން ޢަމަލުކުރަމުން އަންނަ ޤާނޫނެއް ކަމަށްވެފައި، އެ ޤާނޫނުގެ ދަށުން ރެވެނިޔު ސްޓޭމްޕް ޖެހުމުގެ ނިޒާމު ހިންގުމަށްޓަކައި ހިނގާ ޚަރަދާ އަޅާބަލާއިރު ލިބޭ އާމްދަނީއަކީ އެކަށީގެންވާ އާމްދަނީއެއް ކަމުގައިނުވާތީކަމަށެވެ.

އެ ޤާނޫނުގެ ދަށުން ނަގަމުން އައިސްފައިވާ ރެވެނިޔު ސްޓޭމްޕްގެ ފައިސާއަކީ ދައުލަތުގެ އެކިއެކި އިދާރާތަކުން ފޯރުކޮށްދެމުން އައި އެކިއެކި ޚިދުމަތްތަކަށް ނަގާ ފީއާއި އެނޫން ވެސް ފައިސާގެ ޒަރީއާއިން ހަމަޖެއްސޭނެ އާމްދަނީއެއް ކަމުގައިވާތީއާއި، ދިވެހިރާއްޖޭގައި ވިޔަފާރިކުރާ ފަރާތްތަކުން ޚިދުމަތް ހޯދުމުގައި ދައްކަންޖެހޭ ފީއާއި އެހެނިހެން ފައިސާގެ އިތުރުން ރެވެނިޔު ސްޓޭމްޕް ޖަހަންޖެހުމުގެ ސަބަބުން އެފަރާތްތަކަށް އިތުރު ދަތިތަކާ ކުރިމަތިލާން ޖެހޭތީ އާއި ދިވެހިރާއްޖޭގައި ވިޔަފާރިކުރުމަށް އޮތް ފުރުޞަތުތައް ފަސޭހަކަމާއެކު ކޮށްދިނުމަށްޓަކައި ކަނޑައަޅާފައިވާ ސަރުކާރުގެ ސިޔާސަތު ތަކުގެދަށުން، ޚިދުމަތް ހޯދާ ފަރާތްތަކަށް ލުއިފަސޭހަ ކޮށްދިނުމަށްޓަކައި، ރެވެނިޔު ސްޓޭމްޕް ޖެހުމުގެ ނިޒާމު އުވާލުމަށް ބިލް ހުށަހަޅުއްވާ ކަމަށް އާޒިމް ވިދާޅުވިއެވެ.

ސަރުކާރުން މި ބިލް ހުށަހަޅާ މަގްސަދަކީ ސަރުކާރުން އެކުލަވާލައިފައިވާ ސްޓްރޭޓީޖިކް އެކްޝަން ޕްލޭންގެ ދަށުން ރާއްޖޭގައި "ޑުއިންގ ބިޒްނަސް" ފަސޭހަކުރުމަށްޓަކައި ކުރެވުނު މަސައްކަތުގެ ތެރެއިން ރެވެނިއު ސްޓޭމްޕް ޖެހުމަކީ ވިޔަފާރިތަކަށް ދަތިކަމަކަށްވެފައި، ދައުލަތުގެ އެކި އިދާރާތަކަށް ފައިސާ ދެއްކުމުގެ ފަސޭހަ، އެހެނިހެން އާލާތްތައް ތަޢާރަފްވުމާއެކު މި އިންތިޒާމުން ލިބޭ އާމްދަނީ ދަށްވަމުންދިއުމާއި ސްޓޭމްޕް ޕްރިންޓުކުރުމަށް ޚަރަދުތަކެއް ހިނގާތީ ރެވެނިއު ސްޓޭމްޕް ޖެހުމުގެ ނިޒާމު އުވާލުމަށެވެ.

ރައްޔިތުންގެ މަޖިލިސް

ކޮމެންޓް

އިތުރަށް ކިޔާލަން

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް

16 މެއި 2024
92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް

92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް

14 މެއި 2024
މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް

މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް

13 މެއި 2024
ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރަން ޤާނޫނަށް ގެނައި އިސްލާހު ފާސްކޮށްފި

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރަން ޤާނޫނަށް ގެނައި އިސްލާހު ފާސްކޮށްފި

29 އެޕްރީލު 2024
 'ސުޕަރ މެޖޯރިޓީ' ގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނަން: ސަރުކާރު

'ސުޕަރ މެޖޯރިޓީ' ގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނަން: ސަރުކާރު

28 އެޕްރީލު 2024

އަހަރުތަކުން މިއަދު

17 މެއި
ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި
20224 އަހަރު ކުރިން
ދުނިޔެ

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި
20215 އަހަރު ކުރިން
ދުނިޔެ

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!
20197 އަހަރު ކުރިން
ރާއްޖެ

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު
20188 އަހަރު ކުރިން
ދިވެހި ބަސް

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު