Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖޭގެ ސިޔާސީ މަޝްރަހު

ރާއްޖޭގެ ސިޔާސީ ޠަބީއަތް މިސްރާބު ޖަހާފައި ހުރީ ރަށްވެހި ފަތިހަކާ ދިމާލަށް: ރައީސް ނަޝީދު

14 އެޕްރީލު 2021 | ބުދަ 07:31

ޕީޕީއެމުން ވެސް އަންނަނީ ކާމިޔާބު ހޯދަމުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 14 އެޕްރީލު 2021 | ބުދަ 07:31
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު

ނިމިގެންދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގެ ނަތީޖާއަށް ބަލާއިރު އެހެން އިންތިޚާބުތަކާއި މި އިންތިޚާބުގެ ނަތީޖާގައި މާބޮޑު ތަފާތެއް އައި ކަމަށް ނުފެންނަކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ކައުންސިލް އިންތިޚާބަށް ފަހު ކުރިޔަށްދާ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި އެ އިންތިޚާބާ ގުޅޭގޮތުން އެމަނިކުފާނު އެއްވެސް އެއްޗެއްް ވިދާޅުވެފައި ނުވާތީ އިދިކޮޅު ޕީއެންސީގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އެކަން ރައީސް ނަޝީދުގެ ސަމާލުކަމަށް ގެންނެވިއެވެ. އެކަމާ ގުޅިގެން ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެއް ޕާޓީއެއްގެ ނަތީޖާ އެހާބޮޑަށް މޮޅުވެގެން ދާދިޔުން މަޖިލީހުގެ ރައީސްގެ ގޮތުން ފާހަގަކުރުން އެއީ ކޮންކަހަލަ ކަމަކަށް ވެދާނެތޯ ވިސްނަވާލެއްވުމުގެ ގޮތުން އެކަމާ ގުޅޭގޮތުން އެއްޗެއް ވިދާޅުނުވީ ކަމަށެވެ.

Advertisement - newsAdvertisement

އެއަށްފަހު ނިމިގެންދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ނިކުތް ނަތީޖާ އާ ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީއަކީ އެންމެ ފުރަތަމަ ލާމަރުކަޒީ ނިޒާމު ފެށުނީއްސުރެ ވެސް ކައުންސިލް އިންތިޚާބުތަކުގައި ވާދަކުރަމުން އަންނަ ޕާޓީއެއް ކަމަށެވެ. އަދި ކޮންމެ އިންތިޚާބެއްގައި ވެސް އޭގެކުރީ އިންތިޚާބަށްވުރެ ބޮޑު ކާމިޔާބީއެއް އެމްޑީޕީން އަންނަނީ ހޯދަމުން ކަމަށް ނަޝީދު ވިދާޅުވިއެވެ.

އެހެންނަމަވެސް ކުރީގެ އިންތިޚާބުތަކުގެ ނަތީޖާ އާއި މިއިންތިޚާބުގެ ނަތީޖާއާ މާބޮޑު ތަފާތެއް އައި ކަމަކަށް ނުފެންނަކަމަށާއި ރާއްޖޭގެ ސިޔާސީ ޠަބީއަތް ހުރި ގޮތަށް މިސްރާބު ޖަހާފައި ހުރީ އޭގެ މަންޒިލަށް ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި އެއީ ލަފާކުރެވެނީ ރަށްވެހި ފަތިހަކަށް ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނިމިގެންދިޔަ ކައުންސިލް އިންތިޚާބުގައި އެމްޑީޕީން ފާއިތުވި އިންތިޚާބުތަކުގައި ބޮޑު ކާމިޔާބީއެއް ހޯދަމުން އައި މާލެއިން ވަނީ މިފަހަރު ނާކާމިޔާބީ އާ ކުރިމަތިވެފައެވެ.

ކައުންސިލް އިންތިޚާބުގެ ވަގުތީ ނަތީޖާތައް އިލެކްޝަންސް ކޮމިޝަނުން ހާމަކުރަމުންދާއިރު އަންގާރަ ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވާ އީސީގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ އިންތިޚާބުގެ ނަތީޖާގެ ޞައްހަކަން ކަށަވަރުކުރުމަށް 18 ފޮއްޓެއްގެ ނަތީޖާ ޝީޓް އަލުން ބަލަން ބޭނުންވާކަމަށެވެ. އެއީ އަދަދުތައް ދިމާނުވާތީވެ އެކަން ކަށަވަރުކުރުމަށްކަމަށް ޝަރީފް ވިދާޅުވިއެވެ.

އިންތިޚާބާ ގުޅޭގޮތުން ސިޔާސީ ޕާޓީތަކާއި އަމިއްލަ ފަރާތްތަކުން 80ށް ވުރެ ގިނަ ޝަކުވާ ހުށަހަޅާފައިވާއިރު އެޝަކުވާތަކުގެ ކަންކަން ބަލަމުން އަންނަ ކަމަށް ޝަރީފް ވިދާޅުވިއެވެ. ނަމަވެސް ވޯޓު އަލުން ގުނުން ފަދަ ޝަކުވާތައް ރަސްމީ ސިފައެއްގައި ބަލާނީ ވަގުތީ ނަތީޖާ އިއުލާންކުރުމަށްފަހު ކަމަށް ޝަރީފް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލިސް

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

16 މެއި 2024

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް

16 މެއި 2024
ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް
14 މެއި 2024

92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް

14 މެއި 2024
92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް
13 މެއި 2024

މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް

13 މެއި 2024
މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް
29 އެޕްރީލު 2024

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރަން ޤާނޫނަށް ގެނައި އިސްލާހު ފާސްކޮށްފި

29 އެޕްރީލު 2024
ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރަން ޤާނޫނަށް ގެނައި އިސްލާހު ފާސްކޮށްފި
28 އެޕްރީލު 2024

'ސުޕަރ މެޖޯރިޓީ' ގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނަން: ސަރުކާރު

28 އެޕްރީލު 2024
 'ސުޕަރ މެޖޯރިޓީ' ގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނަން: ސަރުކާރު
24 އެޕްރީލު 2024

އަމިއްލަ ގޮތުން އިންތިޚާބު ކާމިޔާބުކުރެއްވި 6 މެންބަރަކު ޕީއެންސީއަށް

24 އެޕްރީލު 2024
އަމިއްލަ ގޮތުން އިންތިޚާބު ކާމިޔާބުކުރެއްވި 6 މެންބަރަކު ޕީއެންސީއަށް
02 އެޕްރީލު 2024

އެންޓިޑިފެކްޝަން ބިލް ރައީސް ތަސްދީގުކުރެއްވުމާމެދު ޝައްކު އުފެދޭ: ޝަރީފް

02 އެޕްރީލު 2024
އެންޓިޑިފެކްޝަން ބިލް ރައީސް ތަސްދީގުކުރެއްވުމާމެދު ޝައްކު އުފެދޭ: ޝަރީފް
19 މާރިޗު 2024

މަޢާފަށް އެދެން މެމްބަރުން އެދުމުން ޒުލްފާ ވިދާޅުވީ ވަޒީފާ އަދާކުރާނެ ގޮތް ކިޔައިދޭން ނުޖެހޭނެކަމަށް

19 މާރިޗު 2024
މަޢާފަށް އެދެން މެމްބަރުން އެދުމުން ޒުލްފާ ވިދާޅުވީ ވަޒީފާ އަދާކުރާނެ ގޮތް ކިޔައިދޭން ނުޖެހޭނެކަމަށް
12 މާރިޗު 2024

މެމްބަރުން ގުނުމުގައި ސުޕްރީމްކޯޓުގެ ހުކުމަށް އަމަލުނުކުރަން މަޖިލީހުން ނިންމައިފި

12 މާރިޗު 2024
މެމްބަރުން ގުނުމުގައި ސުޕްރީމްކޯޓުގެ ހުކުމަށް އަމަލުނުކުރަން މަޖިލީހުން ނިންމައިފި
14 ޖެނުއަރީ 2024

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ޖަލްސާ ފެބްރުއަރީ 5ގައި އޮންނާނެ

14 ޖެނުއަރީ 2024
ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ޖަލްސާ ފެބްރުއަރީ 5ގައި އޮންނާނެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް