Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރެއާލުގެ ރައީސަކަށް ޕެރޭޒް

ރެއާލުގެ ރައީސަކަށް އަނެއްކާވެސް ޕެރޭޒް

13 އެޕްރީލު 2021 | އަންގާރަ 16:34

މިއީ ރެއާލުގެ ރައީސްގެ މަޤާމަށް ޕެރޭޒް އިންތިޚާބުވެވަޑައިގަތް ފަސްވަނަ ފަހަރު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 13 އެޕްރީލު 2021 | އަންގާރަ 16:34
ރެއާލް މެޑްރިޑުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް

ރެއާލް މެޑްރިޑުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް

ސްޕެއިނުގެ ގަދަބާރު ރެއާލް މެޑްރިޑުގެ ރައީސްގެ މަޤާމަށް އިތުރު ހަތަރު އަހަރަށް ފްލޮރެންޓީނޯ ޕެރޭޒް އިންތިޚާބުވެވަޑައިގެންފިއެވެ.

އުމުރުން 74 އަހަރުގެ ޕެރޭޒް އިތުރު ދައުރަކަށް ރައީސްގެ މަޤާމަށް އިންތިޚާބުވެވަޑައިގަތީ ކުރިއަށް އޮތް އިންތިޚާބުގައި ރައީސްގެ މަޤާމަށް ވާދަކުރައްވަން ކެންޑިޑެސީ ފޯމު ހުށަހެޅީ ޕެރޭޒް އެކަނި ކަމަށްވާތީއެވެ. އެހެންކަމުން އަންގާރަ ދުވަހު ރެއާލުން ވަނީ 2025 ވަނަ އަހަރުގެ ނިޔަލަށް ރެއާލުގެ ރައީސަކަށް ޕެރޭޒް އިންތިޚާބުވެވަޑައިގަތްކަން އިޢުލާން ކޮށްފައެވެ.

އެގޮތުން ރެއާލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ކުލަބުގެ ރައީސްގެ މަޤާމަށް ޕެރޭޒްގެ އިތުރުން ޝަރުތު ހަމަވާ އެއްވެސް ކެންޑިޑޭޓަކު ކުރިމަތިލާފައި ނުވާތީ، ކުލަބުގެ އަސާސީ ގަވާއިދުގެ ދަށުން އިންތިޚާބުގައި ވާދަކުރަން ލިޔެކިޔުންތައް ހުށަހަޅަން ކަނޑައަޅާފައިވާ މުއްދަތު ހަަމަވާއިރު އެންމެ ކެންޑިޑޭޓަކު ކުރިމަތިލާފައިވާނަމަ، އަދި އެ ކެންޑިޑޭޓަކީ އެ ވަގުތުވެސް ކުލަބުގެ ރައީސް ނަމަ، އޮޓޮމެޓިކުން އެ ރައީސަކަށް އިތުރު ދައުރެއް ލިބޭނެ ކަމަށެވެ.

އެހެންކަމުން މިއީ ރެއާލުގެ ރައީސްގެ މަޤާމަށް ޕެރޭޒް އިންތިޚާބުވެވަޑައިގަތް ފަސްވަނަ ފަހަރެވެ. އެގޮތުން އެންމެ ފުރަތަމަ ރެއާލުގެ ރައީސަކަށް ޕެރޭޒް އިންތިޚާބުވީ 2000 ވަނަ އަހަރުއެވެ. އެކަމަކު ކުލަބު ހިންގުމަށް ބަދަލެއް އަންނަން ޖެހޭ ކަމަށް ވިދާޅުވެ 2006 ވަނަ އަހަރުގެ ފެބްރުއަރީ މަހު ޕެރޭޒް ވަނީ މަޤާމުން އިސްތިއުފާދެއްވާފައެވެ.

އަދި އޭގެ ފަހުން ދެވަނަ ދައުރަކަށް ރެއާލުގެ ރައީސްގެ މަޤާމާ ޕެރޭޒް ހަވާލުވެވަޑައިގެންނެވީ 2009 ވަނަ އަހަރުއެވެ. އަދި އެއަށްފަހު 2013 އަދި 2017 ވަނަ އަހަރުގެ އިންތިޚާބުވެސް ޕެރޭޒް ވަނީ ކާމިޔާބުކުރައްވާފައެވެ. އަދި އެ އިންތިޚާބުތައްވެސް ޕެރޭޒް ކާމިޔާބުކުރެއްވީ އިދިކޮޅު ކެންޑިޑޭޓަކު ނެތިއެވެ.

ޕެރޭޒްގެ ދައުރުގައި ރެއާލުން ގިނަ ކާމިޔާބީތަކެއް ހޯދާފައިވާއިރު، ޕެރޭޒްގެ މޭސްތިރިކަމުގެ ދަށުން އެ ކުލަބަށް ވަނީ ދުނިޔޭގެ މަޝްހޫރު ގިނަ ކުޅުންތެރިންތަކެއްވެސް ގެނެސްފައެވެ، އޭގެ ތެރޭގައި ބްރެޒިލުގެ ލެޖެންޑް ރޮނާލްޑޯ ނަޒާރިއޯ އާއި، ޑޭވިޑް ބެކަމާއި، ކްރިސްޓިއާނޯ ރޮނާލްޑޯ އާއި، ކަކާ އާއި ޒަބީ އެލޮންސޯވެސް ހިމެނެއެވެ. އަދި ރެއާލުގެ މިހާރުގެ ކޯޗު ޒިނެދިން ޒިދާނުވެސް ރެއާލާ ގުޅުނީ ޕެރޭޒްގެ ދައުރުގައެވެ.

ފްލޮރެންޓީނޯ ޕެރޭޒްރެއާލް މެޑްރިޑް

އެންމެ ހިނގާ

1

ރަސްމާލެ އެއްބަސްވުމުގައި ސޮއިކޮށްފިނަމަ އިސްތިއުފާ ދެއްވާނެ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވެއްޖެ

2

ރާއްޖެޓީވީ ހިމެނޭ ގޮތަށް އިތުރު ދެ ޗަނަލަކަށް ފިޔަވަޅު އެޅުމުގެ މަސައްކަތް މީޑިއާ ކޮމިޝަނުން ފަށައިފި

3

ރިސޯޓެއް ހަދަން ނެގި ލޯނާ ގުޅިގެން ފައްޔާޒަށް ތުހުމަތުކޮށް ދެކެވުނު ވާހަކަ ތަކަށް ފައްޔާޒުގެ ރައްދެއް!

4

"ނިއުކްލިއަރ ހަމަލާއަކާއެކު ތިންވަނަ ބޮޑުހަނގުރާމަ ފެށޭނެ": އީރާނަށް ހަމަލާދޭން އިސްރާއީލުން ބާރުއަޅާ ކަމަށް ބުނެ ކާލްސަންގެ އިންޒާރު

5

އަސީލުގެ މަރުގެ މައްސަލަ ކުރިއަށްދާތާ 12 އަހަރު: 4 މީހެއްގެ މައްޗަށް ކުށް ސާބިތުވެއްޖެ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
09 ޑިސެމްބަރު 2025

ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

09 ޑިސެމްބަރު 2025
ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް
08 ޑިސެމްބަރު 2025

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި
04 ޑިސެމްބަރު 2025

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

04 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި
02 ޑިސެމްބަރު 2025

އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް

02 ޑިސެމްބަރު 2025
އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް
27 ނޮވެމްބަރު 2025

އެމްބާޕާގެ ހަތަރު ލަނޑާ އެކު ރެއާލް މޮޅުވެއްޖެ

27 ނޮވެމްބަރު 2025
އެމްބާޕާގެ ހަތަރު ލަނޑާ އެކު ރެއާލް މޮޅުވެއްޖެ
05 ނޮވެމްބަރު 2025

ރެއާލް ބަލިކޮށް، ލިވަޕޫލް އަށް ހަމަޖެހުމެއް

05 ނޮވެމްބަރު 2025
ރެއާލް ބަލިކޮށް، ލިވަޕޫލް އަށް ހަމަޖެހުމެއް
28 އޮކްޓޯބަރު 2025

އަލޮންސޯ ހުރީ ހިތްހަމަ ޖެހިގެން، ކުޅުންތެރިންގެ އިތުބާރު ހިފެހެއްޓޭނެ

28 އޮކްޓޯބަރު 2025
އަލޮންސޯ ހުރީ ހިތްހަމަ ޖެހިގެން، ކުޅުންތެރިންގެ އިތުބާރު ހިފެހެއްޓޭނެ
27 އޮކްޓޯބަރު 2025

ބާސެލޯނާ ބަލިކޮށް، ރެއާލް އަށް ފަސް ޕޮއިންޓުގެ ލީޑެއް

27 އޮކްޓޯބަރު 2025
ބާސެލޯނާ ބަލިކޮށް، ރެއާލް އަށް ފަސް ޕޮއިންޓުގެ ލީޑެއް
20 އޮކްޓޯބަރު 2025

ގެޓާފޭ އަތުން ހޯދި އުނދަގޫ މޮޅާ އެކު، ރެއާލް އެއް ވަަނަ އަށް

20 އޮކްޓޯބަރު 2025
ގެޓާފޭ އަތުން ހޯދި އުނދަގޫ މޮޅާ އެކު، ރެއާލް އެއް ވަަނަ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް