Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ރާމޯސް ކޮވިޑަށް ޕޮޒިޓިވްވުން

ރެއާލުގެ ކެޕްޓަން ރާމޯސް ކޮވިޑަށް ޕޮޒިޓިވް

ރާމޯސްއަށް ވަނީ ލިވަޕޫލް މެޗާއި ކްލަސިކޯ މެޗުވެސް ގެއްލިފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 13 އެޕްރީލު 2021 | އަންގާރަ 12:10
ރެއާލް މެޑްރިޑުގެ ކެޕްޓަން ސާޖިއޯ ރާމޯސް

ރެއާލް މެޑްރިޑުގެ ކެޕްޓަން ސާޖިއޯ ރާމޯސް

ރެއާލް މެޑްރިޑުގެ ކެޕްޓަން ސާޖިއޯ ރާމޯސް ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ރާމޯސް ކޮވިޑަށް ޕޮޒިޓިވްވެފައިވާކަން އަންގާރަ ދުވަހުގެ ވަގުތެއްގައި ރެއާލުން ވަނީ ހާމަކޮށްފައެވެ.

އުމުރުން 35 އަހަރުގެ ރާމޯސް ކޮވިޑަށް ޕޮޒިޓިވްވިއިރު، ކުޑަކަޅުވާ މަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ ހުރީ ކުޅުމާ ދުރުގައެވެ. ރާމޯސްގެ ކުޑަކަޅުވާ މަސްގަނޑަށް އަނިޔާވިކަން ޔަގީންވީ ފީފާ ވޯލްޑް ކަޕުގެ ޔޫރަޕް ކޮލިފައިންގައި މިދިޔަ މާޗު މަހުގައި ކޮސޯވޯ އަތުން 3-1 ގެ ނަތީޖާއަކުން ސްޕެއިން މޮޅުވި މެޗަށްފަހު ހެދި ޓެސްޓުތަކުންނެވެ. އެގޮތުން އެ މެޗުގެ ފަހުކޮޅު ރާމޯސް ކުޅެން އެރިއިރު، އެ މެޗުގެ ކުރިންވެސް ފަރިތަކުރުންތަކުގައިވެސް ކުޑަކަޅުވާ މަސްގަނޑަށް ތަދުވާކަން އިހުސާސްވި ކަމަށް ރާމޯސް ވަނީ ބުނެފައެވެ.

މި އަނިޔާއާ ގުޅިގެން ރާމޯސް ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ ސީދާ މުއްދަތެއް ހާމަކޮށްފައި ނުވި ނަމަވެސް، އޭނާއަށް ވަނީ ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި ލިވަޕޫލް އަތުން ރެއާލް މޮޅުވި މެޗު ގެއްލިފައެވެ. އަދި ބުދަ ދުވަހުގެރޭ ކުޅޭ ދެވަނަ ލެގުގައިވެސް އޭނާއަށް ނުކުޅެވޭނެއެވެ. މީގެ އިތުރުން ސްޕެނިޝް ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު އެލް ކްލަސިކޯ މެޗުގައިވެސް ރާމޯސް ކުޅެފައެއް ނުވެއެވެ. އެ މެޗުން ރެއާލް މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ.

އަނިޔާގައި ކުޅުމާ ދުރުގައި ހުއްޓައި ރާމޯސް ކޮވިޑަށް ޕޮޒިޓިވްވިއިރު، އަނިޔާގެ ސަބަބުން މި ސީޒަނުގައި އޭނާއަށް ވަނީ ގިނަ މެޗުތަކެއް ގެއްލިފައެވެ. އެގޮތުން ކަކުލަށް ލިބުނު އަނިޔާއަކަށް ފަރުވާ ހޯދަން މިދިޔަ ފެބްރުއަރީ މަހު ރާމޯސް އޮޕަރޭޝަނެއް ކުރިއިރު، އޭނާ ކުޅުމަށް އެނބުރި އައިތާ މާގިނަ ދުވަހެއް ނުވެ އަނެއްކާވެސް މިވަނީ އަނިޔާވެފައެވެ. އެކަމަކު ކޮވިޑުން ރަނގަޅުވެ، މި މަހުގެ ފަހުކޮޅު ރާމޯސްއަށް ކުޅުމަށް އެނބުރި އާދެވޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ރާމޯސް ކޮވިޑަށް ޕޮޒިޓިވްވިއިރު، މީގެ ކުރިން ރެއާލަށް ކުޅެމުން އަންނަ ފްރާންސްގެ ޑިފެންޑަރު ރަފައެލް ވަރާންވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އަދި ވައިރަހަށް ޕޮޒިޓިވްވުމާއެކު އޭނާއަށްވެސް ވަނީ ލިވަޕޫލާ ދެކޮޅަށް ކުޅުމުގެ ފުރުޞަތު ގެއްލިފައެވެ.

މި ފަހަރުގެ ޗެމްޕިއަންސް ލީގުގެ ކުއާޓާގައި ރެއާލް ވާދަކުރާއިރު، އަމިއްލަ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗުން 3-1 ގެ ނަތީޖާއަކުން ލިވަޕޫލް ބަލިކޮށް، ސެމީގެ ޖާގައެއް ކަށަވަރުކުރުމާ ގާތަށް ރެއާލް ވަނީ ޖެހިލާފައެވެ. އަދި ދެވަނަ ލެގުގެ މެޗު ކުޅުމަށް އަންގާރަ ދުވަހު ރެއާލް ޓީމު އިންގްލެންޑަށް ދިޔައިރު، އެ މެޗު ކުޅޭނީ ބުދަ ދުވަހުގެރޭ ލިވަޕޫލުގެ ދަނޑުގައެވެ.

ސާޖިއޯ ރާމޯސްރެއާލް މެޑްރިޑް

ކޮމެންޓް

އިތުރަށް ކިޔާލަން

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

09 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

04 ޑިސެމްބަރު 2025
އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް

އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް

02 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

8 ޖޫން
"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!
20242 އަހަރު ކުރިން
ރާއްޖެ

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް
20233 އަހަރު ކުރިން
ދުނިޔެ

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން
20224 އަހަރު ކުރިން
ސިއްހަތު

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟
20197 އަހަރު ކުރިން
ރިޕޯޓު

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟

ދަމު ނަމާދު. (تهجد ނަމާދު)
20188 އަހަރު ކުރިން
އިސްލާމް

ދަމު ނަމާދު. (تهجد ނަމާދު)

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު