Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
އިސްލާމް
ރަމަޟާން މަހަށް ތައްޔާރުވުން

ރަމަޟާން މަހަށް ތައްޔާރުތަ؟

ތައުބާވުމަކީ ކޮންމެ މީހެއްގެ މައްޗަށް ވާޖިބެއް

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 12 އެޕްރީލު 2021 | ހޯމަ 14:08
މިސްކިތެއްގައި މީހަކު ޤުރުއާން ކިޔަވަނީ

މިސްކިތެއްގައި މީހަކު ޤުރުއާން ކިޔަވަނީ

މަތިވެރި ރަމަޟާންމަހަށް މަރުޙަބާ ކިޔައި ތައްޔާރީވުމުގައި މީސްތަކުން ބެހިގެންވަނީ ދެބަޔަކަށޭ ބުނެވިދާނެއެވެ. އެއްބަޔަކީ ރޯދަމަހަށް ތައްޔާރުވުމުގެ ގޮތުން ގޭގެ ފަރުނީޗަރު ބަދަލުކޮށް، ބަދިގެ ސާމާނު ހޯދައި، ޓީވީން ރޯދަމަހަށް ޚާއްޞަކޮށްގެން ފޮނުވަން ހަމަޖެހިފާ ހުރީ ކޮން މުނިފޫހިފިލުވުމުގެ ޕްރޮގްރާމްތަކެއްތޯ ބަލައި އެއަށް ވަގުތު ހުސްކުރާ މީހުންނެވެ. އަނެއް ބަޔަކީ އެމީހުންގެ ގެތައް ރަމަޟާން މަހަށް ތައްޔާރު ކުރާ ބީދައިން އެމީހުންގެ އަމިއްލަ ނަފްސުތައް ވެސް ތައްޔާރުކޮށް އެމަހުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފޭނީ ކޮންގޮތަކަށްތޯ ބަލައި ތައްޔާރީވާ މީހުންނެވެ.

ތައްޔާރީތައް ތަފާތުވި ނަމަވެސް މިދެބައިމީހުންގެ އެއްގޮތް ކަމެއްވެސް އެބަހުއްޓެވެ. އެއީ ދުރާލައި ޝަޢުބާން މަހުން ފެށިގެން މިބައިމީހުން މިބަރަކާތްތެރި ރަމަޟާންމަހަށް ތައްޔާރުވަމުންދާ ދިޔުމެވެ. އެ

މި މާތް މަތިވެރި މަހަށް ފުރިހަމަ ތައްޔާރީއެއްވާން ބޭނުންވާ މީހެއް ނަމަ:

1 – ތެދުވެރި ތައުބާއަކުން ތައުބާވުން:

ތައުބާވުމަކީ ކޮންމެ މީހެއްގެ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ. މި މަހަށް ވަކިން ޚާއްޞަކުރެވިފައިވާ ކަމެއް ވެސް ނޫނެވެ. އިންސާނާގެ މުޅި ޙަޔާތުގައި އޭނާ ތައުބާވުން މަތީގައި އަބަދުމެ ދެމިހުންނަން ޖެހޭނެއެވެ. ނަމަވެސް، މި ކުރިމަތި ވަނީ ބަރަކާތްތެރި މަހެއް ކަމުން މިމަހާ ބައްދަލުވާ ހިނދު އިތުރަށް ހިތުނިޔަތް ސާފުކުރުމާއި ތައުބާވުމީ މި މާތް މަހަށް އަދާކުރެވޭ އެންމެ ފުރިހަމަ މެހެމާންދާރީކަމުގައި ވެގެންދާނެއެވެ.

2 – ދުޢާކުރުން:

މި އުތްމަތުގެ ސަލަފުއްޞާލިޙުންގެ ފަރާތުން ވާރިދުވެގެންެވެއެވެ. އެބައިމީހުން ރޯދަމަސް ޖެހެން ހަ މަހަށް ވުމުން އެ މަސް ލިބޭތޯ، އަދި އެ މަހާ ބައްދަލުވޭތޯ ﷲގެ ހަޟްރަތުގައި އެދި ދުޢާކުރައްވައެވެ. އަދި ރޯދަމަހުގައާއި ރޯދަމަސް ނިމުމުން ބާކީއޮތް ފަސް މަސްދުވަހު އެ ރޯދަމަހުގައި ކުރެވުނު އަޅުކަންތައް ޤަބޫލުކުރައްވާތޯ ވެސް ދުޢާކުރައްވައެވެ.

އެހެންކަމުން، ރޯދަމަސް ޖެހުމުގެ ކުރިން ރޯދަމަހާ ބައްދަލުވުމުގެ ތައުފީގު ދެއްވުމަށާއި، މި ރޯދަމަހުގައި މާތް ﷲ ރުއްސަވާފަދަ ރޯދައާއި ރޭއަޅުކަން ކޮށް މި މަހުގެ ސަވާބާއި ދަރުމަ އެންމެ ފުރިހަމަ ގޮތުގައި ލިބުމުގެ ތައުފީޤު ދެއްވުމަށް އެދި ދުޢާކުރުމަކީ ކޮންމެހެން ގިނަގިނައިން ކުރާން ޖެހޭނެ ކަމެކެވެ.

3 – މި މަތިވެރި މާތް މައްސަރާއި ބައްދަލުވާތީ އެކަމާ އުފާކުރުން:

މާތްﷲގެ ނިޢުމަތްތަކުގެ ތެރެއިން މުސްލިމުއަޅާއާ ބައްދަލުކުރާ ވަރަށް ވެސް ޚާއްސަ އަދި ބޮޑު ނިއުމަތެއްކަމުގައި މި މަސް އޭނައާ ބައްދަލުކުރުން ވެގެންދެއެވެ. އެހެނީ މިއީ ހެޔޮކަމުގެ މޫސުމެވެ. ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވާލެވޭ މޫސުމެކެވެ. ނަރަކައިގެ ދޮރުތައް ބަންދުކުރެވޭ މޫސުމެކެވެ. ﷲގެ ރަޙުމަތް އޮއްސައިލެވޭ މޫސުމެކެވެ. އުފާވެރިކަމުގެ މޫސުމެކެވެ.

މި މަތިވެރި މަހާ ބައްދަލުވާތީ އެކަމާ އުފާ ކުރުމަކީ ކޮންމެ ހިތު ތެރެއަށް ގެންނަން ޖެހޭ ޝުޢޫރެކެވެ. އެކަމުގެ ސަބަބުން މި މަހަށް ރަނގަޅު މެހެމާންދާރީއެއް އަދާކުރުމުގެ ޝައުޤު އުފެދިގެންދާނެ ކަމާމެދަކު އެއްވެސް ޝައްކެއް ނެތެވެ.

4- ރޯދަ ޤަޟާކުރުން:

މިއީ ބައެއް ފަހަރު ވަރަށް ގިނަ އަންހެން ބޭކަނބަލުންނަށް ދިމާވާ ކަމެކެވެ. ކުރީ ރޯދަމަހުގެ ޤަޟާކުރަން ޖެހޭ ރޯދަތައް ޝަޢުބާން މަހާ ހަމައަށް ގަޟާކޮށް ނުނިމި ހުރުމެވެ. މިއީ އޭގެ ޒާތުގައި އެއްވެސް މައްސަލައެއް ނޫން ކަމަށް އިލްމުވެރިން ވިދާޅުވެއެވެ. ސަބަބަކީ އެކަނބަލުން ގިނަފަހަރު ފިރިމީހާގެ ވާޖިބުތަކާއި އަދި ގޭތެރޭގެ ވާޖިބުތަކުގައި ތާށިވާތަން އާދެއެވެ. ނަމަވެސް، މި ޝަޢުބާން މަހު ބާކީ ހުރި ހުރިހާ ރޯދަތަކެއް ޤަޟާކޮށް ނިންމުމަށް އަވަސްވެގަތުން ލާޒިމުވެގެންވެއެވެ.

ﷲ ރުއްސުންލެއްވި އަބޫ ސަލަމަތުގެފާނުގެ ފަރާތުން ރިވާވެގެން އައިސްފައިވެއެވެ. އާއިޝަތުގެފާނު ވިދާޅުވަނިކޮށް ތިމަން އަޑުއެހީމެވެ. "ބައެއްފަހަރު ތިމަންކަމަނާގެ މައްޗަށް ޤަޟާކުރަންޖެހޭ ރޯދަތައް ހުރެއެވެ. ނަމަވެސް ތިމަންކަމަނާއަށް އެ ރޯދަތައް ޤަޟާކުރެވޭވަރު ޝަޢުބާން މަހުގައި މެނުވީ ނުވެއެވެ."

ޝަޢުބާން މަހާ ހަމަޔަށް ރޯދަތައް ގަޟާކުރަން ލަސްކުރުމަކީ މައްސަލައެއް ނޫނެވެ. އަދި އެ މަހުގައި ހުރިހާ ރޯދަތަކެއް ގަޟާކޮށް ނިންމުމަކީ ލާޒިމު ކަމެކެވެ.

5- ރޯދަމަހުގެ ޙުކުމްތަކާއި ބެހޭގޮތުން ބަލައި އޮޅުންފިލުވުން:

ރޯދަމަހަށް ތައްޔާރުވުމުގެ ގޮތުން އެންމެ މުހިންމު އެއް ކަމަކީ ރޯދައާއި ރޯދަމަހުގެ ފިޤްހާ ބެހޭގޮތުން މުތާލިއާ ކުރުމެވެ. ރޯދަައިގެ އަޙްކާމުތައް ބަލައި ހޯދައިގަތުމެވެ. މިއީ ފުރިހަމަ ރޯދައެއް ހިފުމަށް ކޮންމެހެން މުހިންމު ކަމެކެވެ.

ވުމާއެކު، ރޯދައާ ބެހޭގޮތުން އިލްމުވެރިން ލިޔުއްވާފައިވާ ފޮތްތަކާއި މަޒުމޫނުތަކާއި ލިޔުންތައް ކިޔައި، ރޯދައާ ބެހޭގޮތުން އިލްމުވެރިން ދެއްވާފައިވާ ނަސޭހަތާއި ދަރުސްތައް ބަލައި ހެދުމަކީ ވަރަށް މުހިންމު ކަމެކެވެ. ގިނަގުނަ މައުލޫމާތެއް ލިބި، ރޯދައަށް އިތުރަށް ޝައުގު އުފެދި، ފުރިހަމަ ރޯދައެއް ހިފުމަށް ލިބިގެންދާ އެހީތެރިކަމެއް ކަމުގައި މިކަން ހިމެނިގެން ދާނެއެވެ.

ރޯދައާ ބެހޭ މަޢުލޫމާތު ހޯދުމަށްފަހު ތިމާގެ އަނބިދަރިންނަށް ވެސް އެ މަޢުލޫމާތު ފޯރުކޮށްދިނުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. މި މަހުގެ މަތިވެރިކަން ހޯދުމަށް ޢާއިލީ އެންމެން ގުޅިގެން މަސައްކަތް ކުރުންވެގެން ދާނީ ލިބިގެންދާ އިތުރު ހިތްވަރަކަށެވެ.

6- ޝަޢުބާން މަހުގެ ގިނަގިނައިން ސުންނަތް ރޯދަހިފުން:

ﷲ ރުއްސުންލެއްވި އުސާމާ އިބްނު ޒައިދު ރަޟިޔަﷲ ޢަންހުމާ ވިދާޅުވިއެވެ. ތިމަންކަލޭގެފާނު ދެންނެވީމެވެ. އޭ ﷲގެ ރަސޫލާއެވެ. ޝަޢުބާންމަހު ރޯދަ ހިއްޕަވާ ފަދައިން އެހެން މަހެއްގައި ތިފަދަ ގޮތަކަށް ރޯދަ ހިއްޕަވާ ތަނެއް ނުފެނެއެވެ. އެކަލޭގެފާނު ޙަދީޘްފުޅުކުރެއްވިއެވެ " އެމަހަކީ މީސްތަކުން އެމަހަކާމެދު ޣާފިލުވެފައިވާ މަހެކެވެ. އެއީ ރަޖަބުމަހާއި ރަމަޟާންމަހާ ދެމެދެވެ. އަދި އެމަހަކީ ޢާލަމްތަކުގެ ވެރި ރައްބަށް އަޅާގެ ޢަމަލުތައް އުފުއްލެވޭ މަހެވެ. އެހެންކަމުން ތިމަންކަލޭގެފާނުގެ އަމަލު އުފުއްލެވޭއިރު ރޯދައަށް ހުންނެވުމަށް ތިމަންކަލޭގެފާނު ލޯބިކުރައްވަމެވެ."

ޝަޢުބާން މަހުގައި އެކަލޭގެފާނު އާދަޔާޚިލާފަށް ރޯދަ ހިއްޕެވުމުގެ ޙިކުމަތް ވަރަށް ސާފުކޮށް މި ޙަދީޘުން ބަޔާންވެގެން ހިނގައްޖެއެވެ. އެއީ އެމަހުގައި އަޅުތަކުންގެ ޢަމަލު މާތް ﷲގެ ޙަޟްރަތަށް އުފުއްލެވޭ މަސް ކަމަށްވާތީއެވެ.އެހެންކަމުން ރަމަޟާންމަހަށް ތައްޔާރުވުމުގެ ގޮތުން ޝަޢުބާންމަހުގައި ވީހާވެސް ގިނައަކުން ރޯދަ ހިފޭތޯ ބެލުމަކީ ވަރަށް މުހިންމު ކަމެކެވެ. އެކަމުގައި ވަކި މިވެނި އެވެނި ގޮތެއް ނެތެވެ. އެމީހަކަށް ހިފުނު އެންމެ ގިނައެއްކޮށް، ހިފުނު ދުވަސްތަކެއްގައި ހިފުމުން އެ ސުންނަތް އަދާ ކުރެވުނީއެވެ.

މީގެ އިތުރުން ވެސް ކުރެވިދާނެ ކަންކަން ހުންނާނެ ކަމާމަދަކު ޝައްކެއް ނެތެވެ. އަޅުގަނޑުމެންނަށް އޮތީ މާތް ﷲ ރުއްސަވާފަދަ ތައްޔާރީއަކުން ތައްޔާރީވުމެވެ. މާއްދީގޮތުންނާއި ރޫޙާނީގޮތުން ތައްޔާރުވުމެވެ.

ދުޢާއަކީ މާތް ﷲ އަޅުގަނޑުމެން އެންމެނަށް މިރަމަޟާންމަހުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމުގެ ތައުފީޤު ދެއްވުމެވެ. އާމީން!

ރަަމަޟާން

ކޮމެންޓް

އިތުރަށް ކިޔާލަން

ބިލު ބޮޑުވެ އިރުއިރުކޮޅާ ކަރަންޓު ކެނޑުނީމަ އެޑިއުކޭޓް ވާންވީ ރައްޔިތުން؟

ބިލު ބޮޑުވެ އިރުއިރުކޮޅާ ކަރަންޓު ކެނޑުނީމަ އެޑިއުކޭޓް ވާންވީ ރައްޔިތުން؟

03 ޑިސެމްބަރު 2025
ރާއްޖޭގައި ބިނާ ކުރަމުންދާ ފަނަރަ ވަރަކަށް މިސްކިތް ރަމަޟާން މަހުގެ ކުރިން ނިންމާނަން: ރައީސް މުއިއްޒު

ރާއްޖޭގައި ބިނާ ކުރަމުންދާ ފަނަރަ ވަރަކަށް މިސްކިތް ރަމަޟާން މަހުގެ ކުރިން ނިންމާނަން: ރައީސް މުއިއްޒު

29 ނޮވެމްބަރު 2025
ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟

ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟

19 މާރިޗު 2025
މިއަހަރުގެ ރަމަޟާންމަހުގެ ފިޠުރު ޒަކާތް ބަލައިގަންނަން ފަށައިފި

މިއަހަރުގެ ރަމަޟާންމަހުގެ ފިޠުރު ޒަކާތް ބަލައިގަންނަން ފަށައިފި

01 މާރިޗު 2025
ރަމަޟާން މަސް: ނަފުސު އިސްލާޙުކޮށްލުމަށް ލިބޭ ރަނުގެ ފުރުޞަތެއް

ރަމަޟާން މަސް: ނަފުސު އިސްލާޙުކޮށްލުމަށް ލިބޭ ރަނުގެ ފުރުޞަތެއް

01 މާރިޗު 2025

އަހަރުތަކުން މިއަދު

9 ޖެނުއަރީ
އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި
20251 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ
20242 އަހަރު ކުރިން
ރާއްޖެ

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!
20215 އަހަރު ކުރިން
ރިޕޯޓު

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!
20188 އަހަރު ކުރިން
އިސްލާމް

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު