Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ1442 ވަނަ އަހަރުގެ ރަމަޟާން މަސް

ރަމަޟާންމަހުގެ ފުރަތަމަ ދުވަހަކީ އަންގާރަ ދުވަސް

ރަމަޟާންމަހަށް ގޭގޭގައި ދަނީ ތައްޔާރީތައްވަމުން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 11 އެޕްރީލު 2021 | އާދީއްތަ 16:44
އިސްލާމިކް މިނިސްޓަރ ޑރ. އަހްމަދު ޒާހިރު އަލީ- މިނިސްޓަރ ވަނީ ހެޔޮ އަމަލުތައް ގިނަ ކުރުމަށް ރާއްޖޭގެ ރައްޔިތުންނަށް ވަސިއްޔަތް ކުރައްވާފައި

އިސްލާމިކް މިނިސްޓަރ ޑރ. އަހްމަދު ޒާހިރު އަލީ- މިނިސްޓަރ ވަނީ ހެޔޮ އަމަލުތައް ގިނަ ކުރުމަށް ރާއްޖޭގެ ރައްޔިތުންނަށް ވަސިއްޔަތް ކުރައްވާފައި

ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ 13 އޭޕްރީލް 2021 ވާ އަންގާރަ ދުވަސްކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

1442 ވަނަ އަހަރުގެ ރަމަޟާންމަހުގެ ހަނދު ސާބިތުކުރުމަށް އާދިއްތަ ދުވަހުރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިސްލާމިކް މިނިސްޓަރ ޑރ. އަހްމަދު ޒާހިރު އަލީ ވިދާޅުވީ، ހޯމަ ދުވަހަކީ މިއަހަރުގެ ޝައުބާން މަހުގެ 30 ވަނަ ދުވަސް ކަމަށެވެ. އަދި 13 އޭޕްރީލް 2021 ވާ އަންގާރަ ދުވަހަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަސްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވަނީ ރޯދައިގެ ފަރުޟު އަދާކުރުމަށް ފަރުވާތެރިވުމާއި، މާތްﷲ ގެ ރުއްސެވުމަށް އެދި ހެޔޮ އަމަލުތައް ގިނަކުރުމަށް ރާއްޖޭގެ ރައްޔިތުންނަށް ވަސިއްޔަތް ކުރައްވާފައެވެ.

މިއަހަރުގެ ރޯދަމަހު މާލޭގެ މިސްކިތްތަކުގައި ޖަމާއަތުގައި ތަރާވީހް ނަމާދު ކުރެވޭނެކަމަށާއި، ޖަމާއަތުގައި ނަމާދު ކުރެވޭނީ، ކޮވިޑް19 ފެތުރިފައިވާ މިންވަރަށް ބަލައި، ގައިދުރުކޮށް ސަފުހަދައިގެންކަމަށް މިނިސްޓްރީން މީގެ ކުރިން ބުނެފައިވެއެވެ.

ރަމަޟާން މަހަށް ގޭގޭގައި ދަނީ ތައްޔާރީތައް ވަމުންނެވެ. އަދި ބައެއް ވިޔަފާރިތައް ހުޅުވާ ގަޑިތަކަށް ބަދަލު ގެނެސްފައިވާއިރު، ރަމަޟާން މަހުން ފެށިގެން، ޝައްވާލްމަހުގެ ފުރަތަމަ 7 ދުވަހު، މުދާ ވިއްކާ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިއަކީ ހެނދުނު 8:00ން މެންދަމު 12:00 ކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ކަނޑައަޅާފައެވެ.

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް

06 ފެބުރުއަރީ 2017
މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް
06 ފެބުރުއަރީ 2017

ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް

06 ފެބުރުއަރީ 2017
ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް
01 ފެބުރުއަރީ 2017

ދުނިޔޭގެ ކެންސަރބަލީގެ ދުވަސް: ކަސްރަތުން ހިތްވަރުދިނުމަށް ހާއްސަ ހަރަކާތެއް ބާއްވަނީ

01 ފެބުރުއަރީ 2017
ދުނިޔޭގެ ކެންސަރބަލީގެ ދުވަސް: ކަސްރަތުން ހިތްވަރުދިނުމަށް ހާއްސަ ހަރަކާތެއް ބާއްވަނީ
01 ފެބުރުއަރީ 2017

ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

01 ފެބުރުއަރީ 2017
ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި
28 ޖެނުއަރީ 2017

މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

28 ޖެނުއަރީ 2017
މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު