Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެލޯކަލް ކައުންސިލް އިންތިޚާބު 2021

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވޯޓުލުން ކުރިއަށް

10 އެޕްރީލު 2021 | ހޮނިހިރު 02:47

ރައްކާތެރިކަމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއްވެސް ވަނީ އަޅާފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 10 އެޕްރީލު 2021 | ހޮނިހިރު 02:47
ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވޯޓުލުމަށް ތައްޔާރުވެފައި

ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވޯޓުލުމަށް ތައްޔާރުވެފައި

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ވޯޓުލުން ފަށައިފިއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހޮނިހިރު ދުވަހުގެ ހެނދުނު 07:00 ގައި ވޯޓުލާން ފަށާފައިވާއިރު، އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ކުރެއްވި ޓްވީޓެއްގައި ވަނީ މިނިވަންކަމާއި ރައްކާތެރިކަމާއެކު ވޯޓުލުމުގެ ހައްގު އަދާކުރެއްވުމަށް ގޮވާލައްވާފައެވެ. މިއީ ކޮވިޑުގެ ބަލިމަޑުކަމުގެ ތެރޭގައި ބާއްވާ އިންތިޚާބަކަށް ވުމުން، ރައްކާތެރިކަމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއްވެސް ވަނީ އަޅާފައެވެ.

Advertisement - newsAdvertisement

މި އިންތިޚާބުގައި އީސީން ވަނީ ދެ ރަށެއްގެ ވޯޓުލާ ގަޑި ފަސްކޮށްފައެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ ރަތްމަންދޫ އަދި ވ.ތިނަދޫގެ ވޯޓުލާ މަރުކަޒުތަކުގައި ޙަރަކާތްތެރިވާ އޮފިޝަލުން އެހެން ރަށްރަށުން އަންނަން ޖެހިފައިވާތީ، އެ ދެރަށުގެ ވޯޓުލުން ކުރިއަށްދާނީ އެޕްރީލް 10 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 08:30ން ހަވީރު 5:00ށް ކަމަށެވެ. އަދި ތ ވިލުފުށީގައި ބަހައްޓާ ދެ ވޯޓު ފޮށީގެ ގިނަ އޮފިޝަލުންތަކެއް ކަރަންޓީނުވާން ޖެހުމާއި ގުޅިގެން، މާލެއިން އޮފިޝަލުން ފޮނުވާ ގޮތަށް އީސީން ކުރިން ނިންމި ނަމަވެސް، މިހާރު އެކަން ހަމަޖެހިފައިވާކަމަށް އީސީން މައުލޫމާތު ދެއެވެ. އަދި މާލެއިން ވަކިން އޮފިޝަލުން ފޮނުވަން ނުޖެހި އެކަން ހަމަޖެހިފައިވާކަން އީސީގެ ރައީސް ޝަރީފުވެސް ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

އިންތިޚާބުތަކުގެ ވޯޓުލުން 7:00 ގައި ފަށާފައިވާއިރު، އީސީގެ އޮފިޝަލުންނާއި، މޮނިޓަރުންގެ އިތުރުން، ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ޙަވާލުވެފައިވާ ފުލުހުންވެސް ގެންދަނީ ޙަރަކާތްތެރިވަމުންނެވެ. އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ފުލުހުން ވަނީ ކުރީބައިގައި ރަށްރަށަށް ޓީމުތައްވެސް ފޮނުވާފައެވެ. އަދި ހުރިހާ ރަށެއްގައިވެސް ސަލާމަތީ ކަންކަން ބަލަހައްޓަނީ ފުލުހުންނެވެ.

ކަރަންޓީނުގައި ތިބި މީހުން ވޯޓު ލުމަށް އިލެކްޝަންސް ކޮމިޝަނުން ވަކި ގަޑިއެއް ކަނޑައަޅާފައިވާއިރު އެމީހުންނަށް ވޯޓުލެވޭނީ ހޮނިހިރު ދުވަހުގެ ހަވީރު 5ން 6 އަށެވެ. އެމީހުންނަށް ވޯޓުލެވޭނީ، އެހެން މީހުން ވޯޓުލައި ނިމުމުންނެވެ.

ކަރަންޓީނުގައި ތިބި މީހުން ވޯޓުލާން ދާން ހުއްދަ ދިން ނަމަވެސް އެމީހުން ސަމާލުކަން ދޭން ޖެހޭ ގިނަ ކަންތައްތަކެއް ފާހަގަކޮށްފައިވެއެވެ. އެގޮތުން ވޯޓު ލާން ދިއުމަށް އެއްވެސް ޕަބްލިކް ޓްރާންސްޕޯޓެއް ބޭނުން ނުކުރަން އެޗްޕީއޭއިން ވަނީ އަންގާފައެވެ. މީގެ އިތުރަށް ހުރިހާ ވަގުތެއްގައި މާސްކް އަޅައިގެން ތިބުމާއި ތިން ފޫޓުގެ ދުރުމިން ބެހެއްޓުމުގެ އިތުރަށް ވޯޓުލާން ދާއިރު އަދި ވޯޓުލައި ނިމިގެން އަންނައިރު މީހުންނާ ބައްދަލުނުކޮށް ވޯޓަށް ފަހު، ކަރަންޓީނުވެފައި ހުރި ތަނަކަށް އަވަހަށް އަނބުރާ ދިއުމަށް ވެސް އެޗްޕީއޭއިން އަންގާފައިވެއެވެ.

މި އިންތިޚާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވަނީ 273،128 (ދެލައްކަ ހަތްދިހަ ތިން ހާސް ސަތޭކަ އަށާވީސް) މީހުންނަށެވެ. އަނެއްކޮޅުން މިފަހަރު އިންތިޚާބު ބާއްވަނީ ކޮވިޑްގެ ޕެންޑަމިކްގެ ތެރޭގައެވެ. ރާއްޖޭގެ މިހާރުގެ ހާލަތަށް ބަލާއިރުވެސް ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ އަދަދު ހުރީ ތިންހާހަށްވުރެ މަތީގައެވެ. ޕޮޒިޓިވްވި މީހުންނާއި ކަރަންޓީނުގައި ތިބި މީހުންނަށް ގާނޫނުން ލިބިދޭ ހައްގެއްގެ ދަށުން ވޯޓުލާން ދިއުމުގެ ފުރުސަތު އެބައޮތެވެ.

އެންމެ ހިނގާ

1

އޮޑި އަށް ގެނައި ރެއާލް އަށް ކުޅުނު ރޮޑްރިގޭޒް، ކުލަބު ދޫކޮށް ގޮސްފި

2

ވިހައިގެން ހޮސްޕިޓަލުން ނުނިކުމެވި އުޅެނިކޮށް ލިބުނީ ފެނަކައިގެ ވަޒީފާއިން ވަކިކުރިކަމުގެ ޗިޓު!

3

ލޯބިވާ ކުޑަކުޑަ ހިތާއެވެ! ލޯބިވާ ދަރިފުޅާއެވެ!: ތުއްތު ޒީވާގެ ވަކިވުމާއެކު އަޝްރަފްގެ އައު ޅެމަކުން ރޮއްވާލައިފި!

4

މެމްބަރު ސައުދުﷲ ހިލްމީ ސޯޝަލް މީޑިއާގައި އާންމުކުރި ލިސްޓުގައި 18 އަހަރު ނުވާ ކުޑަކުދިންގެ މައުލޫމާތު ހިމެނޭތީ، އެ މައްސަލަ ފުލުހަށް ހުށަހަޅައިފި

5

އަނެއްކާ ވެސް އެކްސިޑެންޓެއް ހިނގައި، 17 އަހަރުގެ އަންހެން ކުއްޖަކަށް އަނިޔާވެއްޖެ

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ބާއްވަނީ

27 ޖެނުއަރީ 2017
ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ބާއްވަނީ
26 ޖެނުއަރީ 2017

ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ

26 ޖެނުއަރީ 2017
ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ
25 ޖެނުއަރީ 2017

ބަސް ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ކުރިއަށް: އެމްޓީސީސީ

25 ޖެނުއަރީ 2017
ބަސް ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ކުރިއަށް: އެމްޓީސީސީ
22 ޖެނުއަރީ 2017

ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް

22 ޖެނުއަރީ 2017
ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް
19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
16 ޖެނުއަރީ 2017

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
11 ޖެނުއަރީ 2017

ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ

11 ޖެނުއަރީ 2017
ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް