Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީ

ދިވެހިން ބޭނުންވާ އަމާޒަށް ގެންގޮސްދެވޭނީ އެމްޑީޕީއަށް: ނަޝީދު

8 އެޕްރީލު 2021 | ބުރާސްފަތި 19:02

ރާއްޖެ ހެޔޮގޮތުގައި ރާއްޖެއަކަށް ހަދައިދެނީ ކޮން ބައެއްކަން ދިވެހިންނަށް އޮޅިފައެއް ނެތް

ޝުރުފާ މުހައްމަދު
ޝުރުފާ މުހައްމަދު | 8 އެޕްރީލު 2021 | ބުރާސްފަތި 19:02
ރައީސް މުހައްމަދު ނަޝީދު

ރައީސް މުހައްމަދު ނަޝީދު

ރައްޔިތުން ދާން ބޭނުންވާ އަމާޒަށް ދިވެހިން ގެންގޮސްދެވޭނީ އެމްޑީޕީއަށް ކަމަށާއި، އެކަމަށްޓަކައި ލާމަރުކަޒީ ނިޒާމް ފައްކާކުރަން ކައުންސިލްތައް އެމްޑީޕީއާ ހަވާލުކުރުން މުހިންމު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ލޯކަލް ކައުންސިލް އިންތިހާބަށް ވަމުން އަންނަ ތައްޔާރީތަކުގެ ތެރެއިން އެޕާޓީގެ ކެމްޕޭން ހަރަކާތްތައް ނިންމާލުމަށް އއ. ރަސްދޫގައި ބޭއްވި ބޮޑު ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖެ ހެޔޮގޮތުގައި ރާއްޖެއަކަށް ހަދައިދެނީ ކޮން ބައެއްކަން ދިވެހިންނަށް އޮޅިފައި ނެތް ކަމަށެވެ. ދިވެހިން ބޭނުންވާ ތަރައްގީ ދިވެހިންނަށް ހޯދައިދީ، ދިވެހިން ބޭނުންވާ ހިސާބަށް ރާއްޖެ ގެންގޮސްދޭނީ އެމްޑީޕީކަން އެންމެނަށް ވެސް އެނގޭކަން ފާހަގަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީއަކީ ރާއްޖެ ބަދަލުކުރާ ޕާޓީ ކަމަށެވެ.

Advertisement - newsAdvertisement

ރަށްރަށް ބާކީވެ ތަރައްގީގެ މަޝްރޫއުތައް ނުހިނގުމަކީ އަތޮޅުތެރޭގެ ރައްޔިތުންގެ އަބަދުގެ ޝަކުވާއެއްކަން ފާހަގަކުރައްވައި ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީން މަސައްކަތްކުރަނީ އެ ޝަކުވާތައް ހައްލުކުރުމަށް ކަމަށެވެ. ލާމަރުކަޒީ ނިޒާމަކީ އެ ހުރިހާ ކަމަކަށް އޮތް ހައްލުކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ އެ ނިޒާމުގެ ތެރެއިން ކައުންސިލްތަކާ ގިނަ ކަންތައްތަކެއް ހަވާލުކުރެވި ރަށް ހިންގައި ރަށުގެ ތަރައްގީގެ މަޝްރޫތަކުގެ މޭސްތިރިއަކަށް ރަށު ރައްޔިތުން ވެގެންދާނެ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީން މަސައްކަތްކުރަނީ ދުޅަހެޔޮ ތާހިރު ދިރިއުޅުމެއް އުޅެވޭ، އަމިއްލަ ފައި މައްޗަށް ތެދުވެ އަމިއްލަ ކަންކަން ކޮށްގެން އުޅޭ ރައްޔިތަކު ދިރިއުޅޭ ގައުމަކަށް ރާއްޖެ ހަދަން ކަމަށެވެ. އެކަން ކުރެވޭނީ ރައްޔިތުންނާ ގާތުން މަސައްކަތްކުރާ ވެރިކަމެއް އޮވެގެން ކަމަށާއި، ރައްޔިތުންނާ ގާތުން ގުޅިގެން މަސައްކަތްކުރާނެ ސަރުކާރެއް ގާއިމްކުރުމުގެ އެންމެ ފަސޭހަ މަގަކަށް ވާނީ ލާމަރުކަޒީ ނިޒާމަކުން ކައުންސިލްތަކާ ހިންގުން ހަވާލު ކުރުން ކަމަށް ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ލާމަރުކަޒީ ނިޒާމު ހިންގަން އެނގޭ ކަމަށް ބުނެ އިދިކޮޅުން ވާހަކަ ދެއްކިނަމަވެސް އެއި އެބޭފުޅުންނަށް ކުރަން އެނގޭ ކަމެއް ނޫން ކަން ރައީސް ޔާމީނުގެ ވެރިކަމުގައި ވަރަށް ސާފުކޮށް ފެންނަން އެބައޮތް ކަމަށެވެ. ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީގެ އެއްޗެއްކަން ފާހަގަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ އެއީ އެމްޑީޕީގެ ހާއްޔެއް ކަމަށާއި، އެ ހާއްޔަށް ބިސް އަޅާ ބިސް ފީކޮށް ދޫނި އުދުއްސާލާނީ އެމްޑީޕީން ކަމަށެވެ. އެ ދޫނި ދާނީ ރަށްވެހި ފަތިހަކާ ދިމާއަށް ކަމަށް ވެސް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

14 މާރިޗު 2017

ކޮލަންބޯގައި ދިވެހިންނަށް ހާއްސަކޮށްގެން ޕާކެއް ހަދަނީ

14 މާރިޗު 2017
ކޮލަންބޯގައި ދިވެހިންނަށް ހާއްސަކޮށްގެން ޕާކެއް ހަދަނީ
04 މާރިޗު 2017

ތަރައްޤީ ބޭނުންކަމުގައިވާނަމަ އެމްޑީޕީއަށް ވޯޓުދޭންޖެހޭ: އަބްދުﷲ ޝާހިދު

04 މާރިޗު 2017
ތަރައްޤީ ބޭނުންކަމުގައިވާނަމަ އެމްޑީޕީއަށް ވޯޓުދޭންޖެހޭ: އަބްދުﷲ ޝާހިދު
11 ފެބުރުއަރީ 2017

ހަސަން ލަތީފުގެ މަސައްކަތުން ދިވެހިންނަށް ހައްގު ގޮތް ހޯދާދެވޭނެ: ރައީސް ނަޝީދު

11 ފެބުރުއަރީ 2017
ހަސަން ލަތީފުގެ މަސައްކަތުން ދިވެހިންނަށް ހައްގު ގޮތް ހޯދާދެވޭނެ: ރައީސް ނަޝީދު
08 ފެބުރުއަރީ 2017

މިއަދުވެސް ދިވެހިން ތަހަމަލްކުރަމުން މިގެންދަނީ ބަގާވާތުގެ ހިތި ނަތީޖާ: މާރިޔާ

08 ފެބުރުއަރީ 2017
މިއަދުވެސް ދިވެހިން ތަހަމަލްކުރަމުން މިގެންދަނީ ބަގާވާތުގެ ހިތި ނަތީޖާ: މާރިޔާ
02 ފެބުރުއަރީ 2017

ރައީސް ނަޝީދު ލަންކާގައި ދިރިއުޅުންވާ ދިވެހިންނާ ބައްދަލުކުރައްވާފި

02 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި ދިރިއުޅުންވާ ދިވެހިންނާ ބައްދަލުކުރައްވާފި
31 ޖެނުއަރީ 2017

ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

31 ޖެނުއަރީ 2017
ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި
31 ޖެނުއަރީ 2017

ދިވެހިންތަކެއް ލަންކާގައި ޖުވާ ކުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހަށް ހުށަހަޅައިފި

31 ޖެނުއަރީ 2017
ދިވެހިންތަކެއް ލަންކާގައި ޖުވާ ކުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހަށް ހުށަހަޅައިފި
30 ޖެނުއަރީ 2017

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި

30 ޖެނުއަރީ 2017
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި
26 ޖެނުއަރީ 2017

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

26 ޖެނުއަރީ 2017
މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް
14 ޖެނުއަރީ 2017

2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު

14 ޖެނުއަރީ 2017
2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް