Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުގްނަބްރީ ކޮވިޑަށް ޕޮޒިޓިވްވުން

ކޮވިޑަށް ޕޮޒިޓިވްވެ، ގްނަބްރީއަށް ޕީއެސްޖީއާ ދެކޮޅަށް ނުކުޅެވޭނެ

7 އެޕްރީލު 2021 | ބުދަ 06:13

ލެވަންޑޯސްކީއަށްވެސް ޕީއެސްޖީއާ ދެކޮޅަށް ނުކުޅެވޭނެ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 7 އެޕްރީލު 2021 | ބުދަ 06:13
ބަޔާން މިއުނިކަށް ކުޅެމުން އަންނަ ޖަރުމަނުގެ މިޑްފީލްޑަރު ސާޖް ގްނަބްރީ

ބަޔާން މިއުނިކަށް ކުޅެމުން އަންނަ ޖަރުމަނުގެ މިޑްފީލްޑަރު ސާޖް ގްނަބްރީ

ބަޔާން މިއުނިކަށް ކުޅެމުން އަންނަ ޖަރުމަނުގެ މިޑްފީލްޑަރު ސާޖް ގްނަބްރީ ކޮވިޑް-19 އަށް ޕޮޒިޓިވްވެ، ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ޕީއެސްޖީއާ ދެކޮޅަށް ބަޔާނުން ކުޅޭ މެޗުގައި އޭނާއަށް ނުކުޅެވޭނެކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ކުއާޓާގެ ފުރަތަމަ ލެގުގައި ބަޔާނާއި ޕީއެސްޖީ ބައްދަލުކުރާ މެޗު ބުދަ ދުވަހުގެރޭ ޖަރުމަނުގައި ކުޅެން ވަނީ ތާވަލުކޮށްފައެވެ. އަދި ކުއާޓާގެ ދެވަނަ ލެގު ކުޅޭނީ އޭޕްރީލް މަހުގެ 13 ވަނަ ދުވަހު ފްރާންސްގައެވެ.

ރިޕޯޓުތައް ބުނާ ގޮތުން ކުއާޓާގެ ފުރަތަމަ ލެގަށް ތައްޔާތުވުމުގެ ގޮތުން އަންގާރަ ދުވަހު ބަޔާނުން ކުރިއަށްގެންދިޔަ ފަރިތަކުރުންތަކުގައި ގްނަބްރީ ބައިވެރިވެފައެއް ނުވެއެވެ. އެއާއެކު އަންގާރަ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި ބަޔާނުން ވަނީ ގްނަބްރީ ކޮވިޑަށް ޕޮޒިޓިވްވެފައިވާކަން ހާމަކޮށްފައެވެ. އަދި އޭނާގެ ހާލު ރަނގަޅު ކަމަށާއި، ވައިރަހަށް ޕޮޒިޓިވްވުމާއެކު، އަމިއްލަ ގޭގައި ގްނަބްރީ ކަރަންޓީނުވެފައިވާ ކަމަށްވެސް ބަޔާނުން ވަނީ ބުނެފައެވެ.

މި މެޗުގައި ގްނަބްރީއަށް ނުކުޅެވުމަކީ ބަޔާނަށް ލިބިގެންދާނެ އިތުރު ގެއްލުމެކެވެ. އެގޮތުން ކަކުލަށް ލިބުނު ސީރިއަސް އަނިޔާއެއް ސަބަބުން ޕީއެސްޖީއާ ދެކޮޅަށް ކުޅޭ މެޗުގައި ބަޔާނުގެ ތަޖުރިބާކާރު ފޯވާޑް ރޮބަޓް ލެވަންޑޯސްކީއަށްވެސް ނުކުޅެވޭނެކަން މީގެ ކުރިން ވަނީ ޔަގީންވެފައެވެ.

ޗެމްޕިއަންސް ލީގުގެ ކުއާޓާގެ ފުރަތަމަ ލެގުގައި ބުދަ ދުވަހުގެރޭ ބަޔާނާއި ޕީއެސްޖީ ބައްދަލުކުރާއިރު، މި މެޗުގެ ކުރިން ޕީއެސްޖީގެ ބައެއް މުހިންމު ކުޅުންތެރިންވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އެގޮތުން އެ ޓީމުގެ ތަޖުރިބާކާރު މިޑްފީލްޑަރު މާކޯ ވެރާޓީ އާއި ޑިފެންޑަރު އަލެސަންދްރޯ ފްލޮރެންޒީވެސް ވައިރަހަށް ޕޮޒިޓިވްވެފައި ވާއިރު، މި ދެ ކުޅުންތެރިންނަށްވެސް މި މެޗުގައި ނުކުޅެވޭނެއެވެ.

މި ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ކުއާޓާގައި ބަޔާނާއި ޕީއެސްޖީ ބައްދަލުކުރާއިރު، މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗުގައިވެސް މި ދެ ޓީމު ވަނީ ބައްދަލުކޮށްފައެވެ. އެ ފަހަރު ފައިނަލް މެޗުން 1-0 ގެ ނަތީޖާއަކުން ޕީއެސްޖީ ބަލިކޮށް، ބަޔާނުން ވަނީ ހަވަނަ ފަހަރަށް ޔޫރަޕުގެ ޗެމްޕިއަންކަން ހޯދާފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

11 މާރިޗު 2017

އޭއެފްސީ ކަޕް: އަބާނީއާ ދެކޮޅަށް ކުޅުމަށް މާޒިޔާ ބަންގްލަދޭޝްއަށް ފުރައިފި

11 މާރިޗު 2017
އޭއެފްސީ ކަޕް: އަބާނީއާ ދެކޮޅަށް ކުޅުމަށް މާޒިޔާ ބަންގްލަދޭޝްއަށް ފުރައިފި
08 މާރިޗު 2017

ޔޫވީއާ ދެކޮޅަށް ނުކުންނާނީ މޮޅެއް ހޯދުމަށް: ޓަވަރެސް

08 މާރިޗު 2017
ޔޫވީއާ ދެކޮޅަށް ނުކުންނާނީ މޮޅެއް ހޯދުމަށް: ޓަވަރެސް
04 މާރިޗު 2017

ޔޫވީ ތަރުތީބުކުރަން އެނގޭނީ އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗަށްފަހު: އާތީ

04 މާރިޗު 2017
ޔޫވީ ތަރުތީބުކުރަން އެނގޭނީ އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗަށްފަހު: އާތީ
28 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕް: ފައިނަލުގައި ޓީސީއާ ދެކޮޅަށް ނިކުންނާނީ ކޮރެއާގެ ޕޮޗިއަން

28 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕް: ފައިނަލުގައި ޓީސީއާ ދެކޮޅަށް ނިކުންނާނީ ކޮރެއާގެ ޕޮޗިއަން
27 ފެބުރުއަރީ 2017

ޓީސީއާ ދެކޮޅަށް ނިކުންނަ މަނަންގް ކްލަބަކީ ދަންނަންތަ؟

27 ފެބުރުއަރީ 2017
ޓީސީއާ ދެކޮޅަށް ނިކުންނަ މަނަންގް ކްލަބަކީ ދަންނަންތަ؟
25 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕް: ޓީސީއާ ދެކޮޅަށް ސެމީގައި ނިކުންނާނީ ނޭޕާލްގެ މަނަންގް

25 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕް: ޓީސީއާ ދެކޮޅަށް ސެމީގައި ނިކުންނާނީ ނޭޕާލްގެ މަނަންގް
25 ފެބުރުއަރީ 2017

މެޗަށް ނުކުންނާނީ ތިން ޕޮއިންޓް ހޯދަން، ސުޒޭންއާ ދެކޮޅަށް ނިކުންނަން ޖެހުމަކީ އުފާވާ ކަމެއް: ސޮބާ

25 ފެބުރުއަރީ 2017
މެޗަށް ނުކުންނާނީ ތިން ޕޮއިންޓް ހޯދަން، ސުޒޭންއާ ދެކޮޅަށް ނިކުންނަން ޖެހުމަކީ އުފާވާ ކަމެއް: ސޮބާ
15 ފެބުރުއަރީ 2017

މާޒިޔާއާ ދެކޮޅަށް ނިކުންނާނީ ނެގެންހުރި ހަތިޔާރެއް ނަގައިގެން:ފެސްކޯ

15 ފެބުރުއަރީ 2017
މާޒިޔާއާ ދެކޮޅަށް ނިކުންނާނީ ނެގެންހުރި ހަތިޔާރެއް ނަގައިގެން:ފެސްކޯ
14 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގު: ތިއާގޯ ސިލްވާ އަށް ބާސާއާ ދެކޮޅަށް ނުކުޅެވޭނެ

14 ފެބުރުއަރީ 2017
 ޗެމްޕިއަންސް ލީގު: ތިއާގޯ ސިލްވާ އަށް ބާސާއާ ދެކޮޅަށް ނުކުޅެވޭނެ
25 ޖެނުއަރީ 2017

އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

25 ޖެނުއަރީ 2017
އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް